އަތޮޅުތެރޭގެ ރައްޔިތުން ތިބީ ބިލްތަކާއި މެދު ހިތްހަމަޖެހިފައި ކަމަށް މާލެ އަށާޢި ބައެއް ރަށްތަކަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދޭ ސްޓެލްކޯ އިން މިއަދު ބުނެފިއެވެ.

އޮންލައިން ނޫސް "އަވަސް" އަށް މައުލޫމާތު ދިން ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ ސަރުކާރުން ކަރަންޓުގެ އަގު މާލެ އާއި އަތޮޅުތަކުގައި އެއް ހަމަކުރުމުގެ ސަބަބުން ރަށްރަށުން ވަރަށްވެސް "ޕޮޒިޓިވް ކޮމެންޓްސް" ލިބިގެން ގޮސްފައިވާ ކަމަށެވެ. އަދި އެކުންފުނިން މާލޭ ރީޖަން ފިޔަވާ ދެން ކަރަންޓް ފޯރުކޮށްދޭ ރަށްތަކުން ބިލް ބޮޑުވެގެން އެއްވެސް ޝަކުވާއެއް ލިބިފައިނުވާ ކަމަށާއި ލިބިގެންދިޔައީ ކަރަންޓް ބިލްތަކާމެދި ހިތްހަމަ ޖެހިފައިވާ ރައްޔިތުންގެ ޝުއޫރުތައް ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

ކަރަންޓް ބިލް ބޮޑުވި ސަބަބު ސާފުކޮށްދޭން މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ރޭ ސްޓެލްކޯ އިން މީޑިއާތަކަށް ދައުވަތު ފޮނުވިއެވެ. ނަމަވެސް މިހާރު ވަނީ ނޫސްވެރިންގެ ބައްދަލުވުމުން މިރެއަށް ލަސްކޮށްފައެވެ.

އޭޕްރިލް މަހު އޮތް މަޖިލިސް އިންތިޚާބާއި ދިމާކޮށް ސަރުކާރުން ކަރަންޓްގެ އަގު ހެޔޮ ކުރީ އޭޕްރިލް 01 ވަނަ ދުވަހު އެވެ. ނަމަވެސް އޭޕްރިލް މަހަށް ތައްޔާރު ކުރި ކަރަންޓް ބިލް މެއި މަހު ލިބުނީ ކުރީގެ އަގުގައެވެ. ސަރުކާރުން އޭރު ވިދާޅުވީ ކަރަންޓްގެ އަގު ހެޔޮ ވާނީ ޖޫން މަހު އަންނަ ބިލްގައި ކަމަށެވެ.

"ވަގުތު" އަށް މައުލޫމާތު ދިން މީހުން ބުނީ ކަރަންޓް ބިލަށް އެރި އަދަދު މިދިޔަ މަސްތަކަށް ވުރެ އާދަޔާއި ހިލާފަށް ބޮޑުވެފައިވާ ކަމަށެވެ.

ގިނަ މީހުން ވަނީ ފާއިތުވި ތިން ހަތަރު މަސް ދުވަހުގެ ބިލްތައް މީސް މީޑިއާގައި ހިއްސާކޮށްފައެވެ. އެބިލްތަކަށް ބަލާއިރު ވެސް މި މަހު އާދަޔާއި ހިލާފަށް ބިލް ވަނީ ބޮޑުވެފައެވެ.

ކަރަންޓް ބިލް ބޮޑުވީ ރަމަޟާން މަސް ކަމަށް ވުމުން ކަމަށް ބައެއް މީހުން ބުނި ނަމަވެސް އަނެއް ބަޔަކު ބުނާ ގޮތުގައި ރަމަޟާން މަސް ކަމަށް ވީނަމަވެސް އެފަދަ ބޮޑު ބަދަލެއް އަންނާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ދަންނަ

    ބަލަ ބިލް ބޮޑުވީ ކީއްވެ ތޯ؟ ރޭޓް މަތި ކުރީތޯ؟ ނޫނީ ބޭނުން ކުރެވުނު މިންވަރު އިތުރު ވީ ތޯ؟ ބިލް ބޮޑޭ ބިލް ބޮޑޭ ކިޔެއްކަމަކު ބޮޑުވި ސަބަބު އެގެން އެބަޖެހޭ.

    33
    2
    • ޑިމޮކްރަޓިސްޓް، ރ.ވާދޫ

      އެޔެއްނޫންވީގޮތަކީ، ތަރަށްގީގެބާނީ ރައީސް ޔާމީނުގެ ސަރުކާރުން މާލެއާ ރާއްޖޭގެ އެހެން ރަށްތަކާ ކަރަންޓު އަގު އެއްވަރުކޮށްލީމަ، އެއްކަލަ ވޯޓަށް މަކަރުހަދައިގެން އައި ބައިގަނޑަށް ރާއްޖެތެރެއަށް ތެޔޮ ގެންދަންވީމަ މޭކަރަންފެށީ. ދެން މިޖެހުނީ މަކަރާ ހީލަތުން ރައްޔިތުން ފެލައިގެން އެބައި ފޫބައްދަން. ކަމެއްކުރަން ނޭނގުނަސް ވެރިކަމަށް އެރޭތޯބަލާތި. ދެން އަތާފަޔާ ޖަހަންތިބޭ.

      17
  2. އަލީ އަހުމަދު

    ބިލްތައްޔާރު ކުރާކަރުދާސް ބޮޑުވީ ބީ5 އިން އޭ4 އަށް... ލޮލް އޯގާތެރި ސަރުކާރު

    35
  3. ގުމްރީ

    އަތޮޅުތެރޭ ރައްޔިތުންތިބީ ހިތްހަމަޖެހިގެނެންނޫން.ކަރަންޓް ބުލުތައް މިމަހު ހުރީ ހަމަ ބޮޑުކޮށް.

    48
    1
  4. ަހައްގު

    މި ސަރުކާރު އައީއްސުރެން ހަމަ ރައްޔެތުން ފެލަ ފެލާފަ ބޮޑެތިންގެ ޖީބައް ބަރުކުރަނީ..މީ ހަމަ ގަބޫލު ކުރިޔަސް،ނުކުރިޔަސް ހަމަ ހަގީގަތް.. ރައްޔެތުން ދެން ތިބޭ އެމީހުން ޖަހާ ބެރަކައް ނަށާލަ ނަށާލަ....އަދިއަދައް ދާންދެންވެސް ރާއްޖެގަ ބޮޑު ޕްރޮޖެކްޓެއް ނުޖެއްސެ..އެކަމަކު ބަރާބަރައް ޓެކްސް ނަގާ.. އެންޑް ސްޓެލްކޯ އައް ބުނެލަން އޮތީ "ތިމާގެ ދަރި ތިމާ އައް ދޮންފުތެއް ނުވާނެ".. އެހެން ވީމަ ކޮމެންޓެއް ނުކުރިޔަސް ނުވަތަ ނެގެޓިވް ކޮމެންޓެއް އަޔަސް އޭތި ވަގުތުން ބަދަލުވާނެ ޕޮޒިޓިވް އައް...މޮޔަ ނުގޮވާ ސްޓެލްކޯ.. އޮޅުވާލަން އުޅުނަސް ތި ދެން ބޮޑުވަރު. ދޮގެއްވެސް ހަދާކައް ނޭނގެ އެއްނު

    23
  5. ކާފަ

    1000ރުފިޔާ ބޮޑުވެފަ އޮތީ މަގޭ ގޯތި ކަރަންޓް ބިލްގަވެސް.. މިވެސް ރާއްޖެތެރޭ ރަށެއްގެ މީހެއް..

    33
  6. ބިލް

    ތިޔަކަމާ ވާހަކަ ދައްކާލުމަށް ފޯރމެއްގައި ބައިވެރިވެބަލަ! ޗޮކުން ދާނެކަން ޔަޤީން. ޢތޮލުތެރެ އޭކިޔާފަ އަނގަ ނުހުލުވައި މަޑުންހުރުން ރަނގަޅުވާނެ.

    27
  7. މަހޭޝް

    ޜާއޗޖެތެރެއާ ސްޓެލްކޯއަކާ އޮތީކޮންގުލުމެއް

    20
  8. ސުނާ

    ހޫމް ކަލޯނޭ، މިތިބީ ވަރަށް ހިންހަމަޖެހިގެން. ވަރަށް ސަލާމް ދެން

  9. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    އަނެއް ގަޅިވާހަކަ.. ސްޓެލްކޯއިން ކޮންއިރެއްގަ ރައްޔިތުންގެ ވޯޓެއްނެގީ.. ހިތްހަމަޖެހޭތޯ، ނޫންތޯވަލަން؟ ކަލޭ ރ.އަތޮޅު ވާދޫގެ ގޭގެ ބިލުތައް ބަލާލަބަލަ! އެހެންވިއްޔާ ރައިތުން އަތުންނެގި ބާކީބައި ނިޔާޒު ދިރުވާލީ! އެހެންވެތާ ރައްޔިތުން އެވަރު ދައްކަންޖެހުނީ، ވެރިފަރާތައް އެހެން މަސްމަހަށްވުރެ މަދުން ފައިސާލިބި، ބިލުތައް ކުޑަވީކަމަށް ފެނަކަ ނުވަތަ ސްޓެލްކޯއަށް ފެންނަނީ!

  10. ހައިރާން

    ރާއްޖެތެރެ މީހުން ތިބީ ހިތްހަމަ ޖެހިފައޭ.. ލަދެއްވެސް ނުގަނޭ ދޯ އެހެން ބުނާކަށް.. މިގޭ ބިލް މިފަހަރު ބޮޑުވީ.. އެއިން އެއްބައި ކަނޑާލައިފިއްޔާ ކުޑަވެދާނެ.. އޭރުން ހިތްހަމަ ޖެހިގެން ތިބޭނަން..

  11. ވަޒީލް

    އެހެންވީމާ ހެދި އެތި މިހާރު ވިސްނިއްޖެ. އަތޮޅުތަކުގެ ކަރަންޓުބިލުން ބަޔެއް އުނިކޮއްފަ.. މާލޭގެ ބިލުތަކައް އެއްކޮއްލީ.

    7
    2
  12. ޝިދާތާ ޝަރީފު

    މަމެންނަކަށް ކުޑައެއް ނުވެޔޭ . ކިހާ ދެރަކަމެއްމީ

  13. ހިތާމަ

    ރައްޔިތުން ހަނާކޮށް ބަނޑަށްޖެއްސުން ބޭނުމަކީ

  14. ޅާމް މީހާ

    ގާއިމު މިގޭ ކުރިން ދައްކަމުން އައި އަދަދަށް ވުރެ ތިންގުނަ ބޮޑު މި އޯގާތެރި ސަރުކާރުން ކަރަންޓު އަގުހެޔޮ ކުރިފަހުން އެހެންވެ ރާއްޖެ ތެރޭވީމާ ވަރަށް އުފަލުން މިތިބީ