ކުދި އަދި މެދު ފަންތީގެ ވިޔަފާރީތަކާ ގުޅޭގޮތުން ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެއް ބައްދަލުވުންކަމަށްވާ ވޯލްޑް އެސްއެމްއީ ކޮންފަރެންސްގައި ތަޤުރީރު ކުރެއްވުމުގެ ފުރުސަތު ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދުއަށް ލިބިއްޖެއެވެ.

މި ކޮންފަރެންސް އަކީ މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާގެ ބެއިޖިންގައި ކުރިއަށްދާ ކޮންފަރެންސްއެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި 19 ވަނަ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު ސައީދު ވިދާޅުވީ، އޭނާ ތަޤުރީރުކުރައްވާނީ ވިޔަފާރީގެ މާހައުލުގައި ކުރިއަށްދާ ބައެއް ކަންކަމާއި، ވިޔާފަރީކުރުމުގައި ގެންގުޅޭ ބައެއް އުސޫލުތަކުގެ މައްޗަށް ކަމަށެވެ.

މި ކޮންފަރެންސްގައި ސަޢީދުގެ އިތުރުން އެހެން ބައެއް ޤައުމުތަކުގެ ތަޖުރިބާކާރުންނާއި ސަރުކާރުތަކުގެ އޮފިޝަލުން ތަޤުރީރުކުރައްވާނެއެވެ.

މިއީ މި ކޮންފަރެންސް ބާއްވާތާ ދެވަނަ އަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. Anonymous

  މަރުޙަބާ ސަޢީދު، ވަރަށް އުފާވެއްޖެ.

  36
  2
 2. ދދދދދދ

  މަރުހަބާ ޔާމީން ސަރުކާރުގެ އިގްތިސާދީ ބައިވެރިޔާ. ދެރަވާ ބަޔަކު ދެރަވާންވީ.

  19
  1
 3. ރާޅު ބޯއީ

  ތަރައްޤީއާ ގުޅިފައި ހުރި މިކަހަލަ ބޮޑު ކޮންފަރެންސެއްގައި ވާހަކަ ދައްކާލާން މިސަރުކާރުގެ ވަޒީރަކަށް ފުރުސަތު ނުލިބުމަކީ މި ސަރުކާރުގެ ނާގާބިލުކަން ރަމްޒްކޮށްދޭ އަލިގަދަ ހެއްކެއް އަދި. ބޮޑެތި ޓައީ އަޅާފައި މިނިސްޓަރުން ތިއްބަސް މިމީހުންގެ ނާގާބިލް ކަމާއި ކުފޫ ހަމަ ނުވާކަން. މިދާގޮތަށް ދަނީ ކަމަށް ވަންޏާ މިކަހަލަ ކޮންފަރެންސްއަކަށް ރައީސްއޭ މިކިޔާ މީހާ ހުރިތާ ހުއްޓާ ތަރައްގީގެ ބާނީ ރައީސް ޔާމީނަށް ފުރުސަތު ލިބިގެންދާތަން ފެންނާނީ.

  18
  1
 4. ޞިރާޠު

  މި ޤަރުނު ދުށް އެންމެ ޤާބިލް މިނިސްޓަރު! މަރުޙަބާ

  17
  1
 5. ކާފަބޭ2019

  މިސަރުކާތުގަތިބީ މަގުމަތީބާޒާރުހިންގާ މަގުމަތީގެ ކުދިންކޮޅެއް މުޒާހަރާއެއްކުރަންނޫނީ ހަމައެއްވެސް ކަމެއްނުދަންނާނެ ޕޯޑިއަމަކަށްއަރުވައިފިއްޔާ ހަމަލޮލަށްފެންކަންތަކަށްހަދާނީދޮގު