ޕާޓީ ތަކަށް ލިބެންޖެހޭ ފައިސާގެ ތެރެއިން، ޕީޕީއެމް އަށް ލިބެންޖެހޭ ފައިސާ ދޫކުރުމަށް، އިލެކްޝަނުން، ފިނޭންސް މިނިސްޓްރީ އަށް ފޮނުވީ މިއަދު ކަމަށާއި، މި ހިނގާ ހަފްތާގެ ތެރޭގައި ފައިސާ ހަމަޖެހޭނެ ކަމަށް، އެ މިނިސްޓްރީން ބުނެފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޕީޕީއެމަށް ފައިސާ ދޫކޮށްދޭން އީސީން، ފިނޭންސް މިނިސްޓްރީ އަށް ފޮނުވާފައިވަނީ ރޭގެ ވަގުތެއްގައެވެ.
ޕީޕީއެމް ފިޔަވާ އެހެން ހުރިހާ ޕާޓީ ތަކަށް މިހާރު ވަނީ ފައިސާ ދޫކޮށްފައެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، އިލެކްޝަންސް ކޮމިޝަނުން ފައިސާ ދޫކުރުމަށް އެދި ފޮނުވުމުން ރަސްމީ 7 ދުވަސްތެރޭގައި ޖަމާކޮށްދީފައިވާކަމަށެވެ.
މިިދިޔަ އަހަރު ނިމުމުނު އިރު 10000 މެމްބަރުން ތިބީ ހަތަރު ޕާޓީއެއްގައެވެ. އެ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން 26.2 މިލިއަން ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ދައުލަތުގެ ބަޖެޓުން މިއަހަރު ފައިސާ ދޫކުރަން ހަމަޖެހިފައިވަނީ އެމްޑީޕީއާއި ޕީޕީއެމް، ޖުމްހޫރީ ޕާޓީގެ އިތުރުން އެމްޑީއޭއެވެ. މީގެ ތެެރެއިން ޕީޕީއެމް ފިޔަވާ ހުރިހާ ޕާޓީއަކަށް ވަނީ ފައިސާ ދޫކޮށްފަައެވެ.
އެމްޑީޕީއަށް ދޫކޮށްފައިވަނީ 12،749،191.09ރ އެވެ. ޖުމްހޫރީ ޕާޓީއަށް ދޫކޮށްފައިވަނީ 2،059،960.36ރ އެވެ. އަދި އެމްޑީއޭއަށް ދޫކޮށްފައިވަނީ 2،031،754.50ރ އެވެ. ޕީޕީއެމްއަށް ދޫކުރަން ޖެހޭ ފައިސާގެ އަދަދަކީ 9،377،167.06ރ އެވެ.
ޕާޓީތަކަށް ފައިސާ ދޫކުރިކަން ފިނޭންސް މިނިސްޓްރީން އެންގިއިރު، ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި ޚިލާފަށް ޕީޕީއެމްއިން ރަރަދުކޮށްފައިވާތީ 95،000 ރުފިޔާއިން އެޕާޓީ ވަނީ ޖޫރިމަނާ ކޮށްފައެވެ. އަދި އެމްޑީޕީ ވަނީ 60،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. އެހެންކަމުން މި ދެޕާޓީއަށް ފައިސާ ޖަމާކުރުމަށް ފިނޭންސްއަށް ފޮނުވާފައިވަނީ މި މި ބައި އުނިކުރުމަށްފަހުއެވެ.
އީ ސީ ޝަރީފު ބޭޒާރުވުމުން އެންމެފަހުން އެސޮރަށް އެ ޖެހުނީ "ތިމަންނަގެ ޖޭ ވުމެއް ޖެއްސުން ކުރުމެއް ނެތްކަން ދައްކަންވެގެން" ޕީޕީ އެމް އަށް ފައިސާ ޖަމާކޮށްދޭށޭ ފިޮނޭންސް މިނިސްޓއރީގައި އެދެން ދޯ. ލަލަލަ
ނުދީ ނުދީ ދޭނެ ކަމެއް ނެތް. ނުލަފާކަން ދައްކާފަ ބަހައްޓާ. އެހެންނޫނީ ކަލޭމެން ދެރަވެދާނެ. ތީ ވަރަށް މޮޅު ބައެއްނު.