ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން، ނޫމަރާގައި އެޅުމަށް ހަމަޖެހިފައިވާ ފުޓުސަލް ދަނޑަށް ބޭނުންވާ ބައެއް ތަކެތި އެރަށް ގެންގޮސްފިއެވެ.

މިކަމާއި ގުޅޭގޮތުން "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން ނޫމަރާ ކައުންސިލްގެ ރައީސް، ޙަސަން ޢަބްދުﷲ ވިދާޅުވީ، ދަނޑު އެޅުމަށް ބޭނުންވާ ބިން އޮތީ ސާފު ނުކުރެވި ކަމަށާއި، އެކަން ކުރުމަށް ޚަރަދުވާނެ ފައިސާގެ ތަފްޞީލް މިހާރު މިނިސްޓްރީ އަށް ފޮނުވާފައިވާ ކަމަށެވެ.

"ކައުންސިލުން ކުރަން ޖެހޭ ކަމެއްގެ ގޮތަށް އެކަން އޮންނަނީ. ނަމަވެސް އަޅުގަނޑުމެންގެ މާލިއްޔަތުގައި ނެތް އެހާ ތަނަވަސްކަމެއް. އެހެންވީމަ އަޅުގަނޑުމެން ދެންނެވިން ޔޫތު މިނިސްޓްރީގައި އަޅުގަނޑުމެންނަށް އެކަން ކުރެވެން ނެތް ވާހަކަ. މިހާރު ވާނީ އެކަމަށް ޚަރަދުވާނެ ފައިސާގެ ތަފްޞީލްވެސް ފޮނުވާފަ. ގާތްގަނޑަކަށް އެއްލައްކަ ސާޅީސް ހާސް ރުފިޔާ އެބަ ޚަރަދުވޭ." ޙަަސަން ވިދާޅުވިއެވެ.

އިތުރަށް ޙަސަން ވިދާޅުވީ، ކޮންމެ ރަށެއްގައިވެސް ފުޓުސަލް ދަނޑުތައް އަޅާފައި ހުރީ ސަރުކާރުން ހުރިހާ ޚަރަދެއް ކޮށްގެން ކަމަށާއި، އެހެންކަމުން ރައްޔިތުންގެ މާލިއްޔާއިން އެކަމަށް ޚަރަދު ކުރަންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށެވެ.

ނޫމަރާގެ ފުޓުސަލް ދަނޑު އެޅުމަށް ބޭނުންވާ ހިލަ، ހިލަވެލި، ސިމެންތި ފިޔަވާ އެހެން ހުރިހާ އެއްޗެއް މިހާރު ވަނީ އެރަށަށް ގެންގޮސްފައެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ފުޓުސަލް ދަނޑުތައް އަޅާ، ސްޕޯޓްސް އެރީނާތައް ޤާއިމުކުރުމަކީ ރައީސް ޔާމީންގެ ސަރުކާރުން ފެށި މަޝްރޫޢު އެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. އ. ޖ. އ

  ރައީސް ޔާމީން އަކަށް ނުވިއެއްނު ތިކަމެއް.

  3
  13
 2. އ. ޖ. އ

  ރައީސް ޔާމީން އަކަށް ނުވިއެއްނު ތިކަމެއް....

  2
  13
 3. ޢެޖެންޑާ 19

  ކޮބާތޯ ދިގުރަށު ފުޓުސެލް ދަޏޑު..

 4. ކަބިލި

  ފާލަން އެޅުމަށް ދީފަހުރި ހޮޅިޔަށްް ވީހެން ކަންނޭގެ ވާނީ ބެހެއްޓި ތާކު ހުރެ ނިމިދާނީ

 5. ދދދދދދދ

  އޭނ ކީކޭ! ފުޓްސަލް ދަނޑު އަޅަންތަ ކަލޭމެންވެސް؟ ޒުވާނުން ކުޅިވަރުގަ ބައިތިއްބަނީތަ؟ ހެހެހެ

  2
  1
 6. މުއާވިން

  ޔާމިން ސަރުކާރުގައި ނުބަހާ ހުރި ޓާފްތައް ބަހަން ފެށީ ދެއްތޯ... ހަހަހަ

  8
  2
 7. އައްޓަމަސް

  ފުޓުސަލްދަނޑުނާޅާށޭ! ހަމައަޅާއިރަށް 2 ޓީމެއްކުޅެފައި ހުރިހާވަރެއް ދަނޑުގެ ޓާފްގަނޑަށް! ފައިސާތަކެއް ބޭކާރުވީ! ފުލުހުން ސައިލެންޓްގަޔޯ ދިއްދޫމީހުން ދަނޑުހަލާކު ކުރީމައިވެސް! ދެންމިވަރުތަނެއްގައި ފުޓުސަލް ދަނޑު އަޅަންވާނެބާ؟!