ކުޅުދުއްފުށީ މަގެއްގައިހުރި ހޮޅިދަނޑިއެއްގައި ކާރެއް ޖެހި އެކްސިޑެންޓެއް ހިގައިފިއެވެ.

މި އެކްސިޑެންޓް ހިގާފައި ވަނީ މިއަދު ހަވީރު ގާތްގަނޑަކަށް 6:00 ގައެވެ.

މި އެކްސިޑެންޓް ހިގާފައިވަނީ ސިޓީ ގަރާޖު ކުރިމަތި، މެދުގައި ހުރި ހޮޅިދަނޑީގައި އެ ކާރު އައިސް ޖެހިގެންނެވެ. މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވި ނަމަވެސް ކާރަށް ގެއްލުންތަކެއްވެފައިވާކަން ފޮޓޯތަކުން އިނގެއެވެ.

އެގޮތުން ކާރުގެ ކުރީ ކޮޅަށް ގެއްލުންވެފައިވާ މަންޒަރު ފެނެއެވެ. މީގެ އިތުރުން ކާރު އައިސް ޖެހުނު ހޮޅިދަނޑިވެސް ވަރަށް ބޮޑަށް އަރިއަޅާލާފައިވާ މަންޒަރު ފޮޓޯތަކުން ފެނެއެވެ.

އެކްސިޑެންޓްވެފައި ވަނީ އެރަށުގައި ޓެކްސީއެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ކާރެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނިދި

    ޑުރައިވަރަށް ނިދިޖެހުނީ ހުރިހާކަމެއްނިމުނީ

  2. ޙށނ

    ޙޮޅިދަނޑި ހައްޔަރުކުރޭ އަވަހައް!!