ކަރަންޓް ބިލްތައް ބޮޑުވެ، ރައްޔިތުންގެ ޝަކުވާތައް އިންތިހާއަށް އިތުރުވުމުން މާލެ އަށާއި ބައެއް ރަށްރަށަށް ކަރަންޓް ފޯރުކޮށްދޭ ސްޓެލްކޯ އިން ބާއްވަން ތާވަލް ކުރި ނޫސްވެރިންގެ ބައްދަލުވުމުން ދެވަނަ ފަހަރަށް ގަޑި ކަނޑައެޅުމަށް ފަހު އަނެއްކާ ވެސް ފަސްކޮށްފިއެވެ.

ބިލްތައް ބޮޑުވި ސަބަބު ސާފުކޮށްދޭން ސްޓެލްކޯގެ ނޫސްވެރިންގެ ބައްދަލުވުން ފުރަތަމަ ތާވަލް ކުރީ ހޯމަ ދުވަހު މެންދުރު ފަހު 13:30 އަށެވެ. އެބައްދަލުވުމުގެ ދައުވަތު މީޑިއާތަކަށް ފޮނުވުމަށް ފަހު މިއަދު ހެނދުނު ވަނީ ނޫސްވެރިންގެ ބައްދަލުވުން މިރެއަށް ފަސް ކުރި ކަން އަންގާފައެވެ.

މިރޭ 20:30 ގައި ނޫސްވެރިންގެ ބައްދަލުވުން އޮންނާނެ ކަމަށް ސްޓެލްކޯ އިން މިއަދު މެންދުރު ވިދާޅުވި ނަމަވެސް އަނެއްކާ ވެސް ވަނީ ގަޑިއަށް ބަދަލު ގެނެސްފައެވެ. ސްޓެލްކޯ އިން އެންމެ ފަހުން ވިދާޅުވީ ނޫސްވެރިންގެ ބައްދަލުވުން އޮންނާނީ މާދަމާ ހެނދުނު 10:45 ގައިކަމަށެވެ.

ކަރަންޓް ބިލްތައް ބޮޑުވި މައްސަލައިގައި ގިނަ ބަޔަކު މީސް މީޑިއާގައި ނުރުހުން ފާޅުކުރަމުން ދަނިކޮށް ސްޓެލްކޯގެ އޮފިޝަލަކު މިއަދު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސަރުކާރުން ކަރަންޓުގެ އަގު މާލެ އާއި އަތޮޅުތަކުގައި އެއް ހަމަކުރުމުގެ ސަބަބުން ރަށްރަށުން ވަރަށްވެސް "ޕޮޒިޓިވް ކޮމެންޓްސް" ލިބިގެން ގޮސްފައިވާ ކަމަށެވެ. އެކުންފުނިން މާލޭ ރީޖަން ފިޔަވާ ދެން ކަރަންޓް ފޯރުކޮށްދޭ ރަށްތަކުން ބިލް ބޮޑުވެގެން އެއްވެސް ޝަކުވާއެއް ލިބިފައިނުވާ ކަމަށާއި ލިބިގެންދިޔައީ ކަރަންޓް ބިލްތަކާމެދި ހިތްހަމަ ޖެހިފައިވާ ރައްޔިތުންގެ ޝުއޫރުތައް ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

އޭޕްރިލް މަހު އޮތް މަޖިލިސް އިންތިޚާބާއި ދިމާކޮށް ސަރުކާރުން ކަރަންޓްގެ އަގު ހެޔޮ ކުރީ އޭޕްރިލް 01 ވަނަ ދުވަހު އެވެ. ނަމަވެސް އޭޕްރިލް މަހަށް ތައްޔާރު ކުރި ކަރަންޓް ބިލް މެއި މަހު ލިބުނީ ކުރީގެ އަގުގައެވެ. ސަރުކާރުން އޭރު ވިދާޅުވީ ކަރަންޓްގެ އަގު ހެޔޮ ވާނީ ޖޫން މަހު އަންނަ ބިލްގައި ކަމަށެވެ.

ނަމަވެސް "ވަގުތު" އަށް މައުލޫމާތު ދިން މީހުން ބުނީ ކަރަންޓް ބިލަށް އެރި އަދަދު މިދިޔަ މަސްތަކަށް ވުރެ މިމަހު އާދަޔާއި ހިލާފަށް ބޮޑުވެފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޙުއއތު

    ފެލުނުވަރަކަށް ފެއްލަވާ، ރައްޔަތުން ތިބޭނެތެޅެން . ތިޔަ މޮޅު ހިސާބެއް ހަދައިގެން މިގޭ ބިލަށްވެސް 1000 ރުފިޔާ ބޮޑުވި . ޖުމްލަ 3800 ވަރު އެބައަރާ

    18
  2. ޢަނީ

    ޢަޅުގަނޑު މެންގެއިން ދޮޅުހާސްރުފިޔާ މިދިޔަމަހު ބޮޑުވި..އެކަމަކު އިތުރު އެއްވެސް އެއްޗެއް ބޭނުންނުކުރަން...ކިހާދެރަކަމެއް ހުރިހާދިމާލަކުން ފައިސާދަމަނީނު..

    18
  3. ހަސަން ނ

    މިސަރުކާރަކީނާގާބިލުސަރުކާރެއް
    މިސަރުކާރަކީބަހާއަމަލުދިމާނުވާ
    ސަަރުކާރެއް
    މިސަރުކާރަކީތާރީޚުކަނޑައަޅާވައުދުވެ
    ތާރީޚުފަހަނަޅާދާއިއެވައުދުނުފުއްދުނު
    ސަަރުކާރެއް
    މިސަރުކާރަކީގިއަރުބޮކްސްފުުޑިފައިވާ
    ސަރުކާރެއް

    18
    1
  4. ޔުފާ

    އާން. އެއްބަޔަކަށް އަގު ހެޔޮކޮށްފައި އަނެއްބަޔަކު ފެލާލަނީ. ބޯޑު މެމްބަރުންނަށް ބައި އަޅާފައި އެމީހުން ހިމޭން ކުރުވާ! ތިޔަށްވުރެ ރަނަގަޅު ވާނެ ޕާކިން ސްޓިކާ ޖަހައިގެން ލާރި ހޯދިޔަސް.
    ފެލަނީ ފެލާނެ. ރައްޔިތުން ހަމަ ތިބެންޖެހޭނީ ހެދުނު އެއްޗެއްހެދިގެން

    20
  5. ހަސަން ނ

    މިސަރުކާރުގެ ގިިއަރުބޮކްސް
    ހަލާކުވެފައިވާކަންފުއާދުއަށް
    އެގިނުލައްވަނީތޯ؟

    17
  6. އާއިޝާ

    އަޅުގަނޑަށް ޤަބޫލުކުރެވެނީ ބިލްތައް ބޮޑުކުރަނީ އިލެކްޓްރޯނިކް ސިސްޓަމްގެ ތެރެއިން މީޓަރު ތަކާ ކުޅެގެންކަން. މިއަހަރުގެ މާޗް މަހުން ފެށިގެން މީޓަރުގެ ޔޫސޭޖް ވެސް އަންނަނީ ފަހަރަކަށްވުރެ ފަހަރެއް ބޮޑުވަމުން. އެކަމު، ކުރިން ބޭނުންކުރީ 2 އޭސީ. މިހާރު 1 އޭސީ. ކުރިން ބޭނުން ކުރި އޮޓޯ މެޝިނުގެ ބަދަލުގެ އާދައިގެ މެޝިނެއް ބޭނޫންކުރީ. އެކަމުވެސް ޔޫސޭޖް މަތިކަމަށް ދައްކަނީ. އިތުަށް 500ރ. މީ ކޮންފަދަ އަރަތެއް ތޯ؟

    16
  7. ގޑން

    ހަދާނެ ދޮގުތައް އަދި ތައްޔާރު ކުރެވިފައި ނުވާތީހެން ހީވަނީ ކެންސަލް ކުރީ

    19
  8. ބޫ

    ތި ބައްދަލުން ބާއްވާފަ ބުނޭ މީ އަހަރަމެން ކުރިކަމެއްނޫނޭ ކަނޑު އަޑީގެ ކެންސަރޭ. ބިލް ހަދާ މީހުން އައިސް ކުރީމް ހަދާނޭ އެ މީހުން ނޭވާވެސް ލާނޭ ހިލޭ އެހީގަ ކުރިކެޓް ބެޓުވެސް ހޯދާނޭ ސަހަރޯއޭ މީ އަހަރަމެނަށް ވާވަރުގެ ކަމެއްނޫނޭ ޤާބިލްކަމެއްނެތޭ ރައްޔިތުންނަށް އެވަރު ނުވިސްނުނީއޭ ކިޔާ.

    16
  9. ރާޅު ބޯއީ

    ތިޔަ ނޫސްވެރިންގެ ބައްދަލުވުން ނުބޭއްވިޔަސް އަހަރެމެންނަށް އެނގޭ ދައްކާނެ ވާހަކަ. ބިލުތައް ބޮޑު ނުވާކަމަށް ބުނެ ދޮގުތަކެއް ހަދާފައި ފައިބައިގެންދާނީ. އެހެންޏާ ފަހެ، ކަރަންޓް ބިލު ކުޑަވެގެން މާލޭގަ އާއި ރަށްރަށުގައި ރައްޔިތުން ނުކުމެ އުފާފާޅުކޮށް ލޮރީ ބުރު ޖަހަނީނު އެއޮއް! މިއީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވާ ސަރުކާރެއް.

    19
  10. 100 މެގަވޮޓް

    އިންޖީނުން ތެޔޮ ހުސްވަންދެން ބައްދަލުވުން ލަސްވާނެ. އިންޖީނުން ތެޔޮ ހުސްވެ އިންޖީނުތައް ނިވުނީމާ ދެން އަންނާނީ ކުޑަ ބިލް. މީއެހެންވީމާ ރައްޔިތުން ބޭނުންވާނެ ގޮތެއް ނޫން. ބޮޑު ބިލް ދައްކާލާގެން ހިތްވަރު ކޮށްލާފަ ބިލްދެއްކޭތޯ ބަލާލަދީ ރައްޔިތުންނޭ ހެޔޮނުވާނެ. ފެނަކައިން ބޮޑު މުސާރަ. ދޭން ޖެހޭ ސިޔާސީ މީހުންނަށް މުސާރަ ދެވޭވަރުގެ ބިލެއް މުސްތަޤްބަލްގައި ވެސް އަންނާނެ

  11. ރަމްޒީ

    ކަރަންޓް ބިލް ކުޑަވީމަ މިހިރީ ވަރަށް އުފަލުން އޭޕްރީލް މަހު 1270 ރ މެއި މަހު 2104 ރ

  12. ޙުކުމް

    ކޮންރަށެއްގެ ބަޔަކަށް ކަރަންޓް އަގުހެޔޮވެގެން ހިތްހަމަޖެހިގެން ތިބިވާހަކައެއް ދައްކަނީ ހަމަ ގައިމުވެސް އައްޑޫގެ ކަރަންޓް އަގުހެވެއްނޫން ކިތަންމެ މަދުން ކަރަންޓ ބޭނުން ކުރިއަސް އޮންނަނީ ބިލް އަތްނުފޯރާ ހިސާބުގައި