މުޖުތަމައު ބާރުވެރި ކުރުމަށް ހިޔާލު ހޯދަން ހުދު ކަރުދާސް ނެރެފިއެވެ.

ރޭ ޒުވާނުންގެ މަރުކަޒުގެ ސެމިނާ ރޫމްގައި ބޭއްވި ރަސްމިޔާތެއްގައި ހުދު ކަރުދާސް ރަސްމީކޮށް ނެރެއްްވީ މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް އެމްޕަވާރމެންޑް އަހުމަދު މަހުލޫފްއެވެ.

ހުދު ކަރުދާހަކީ މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް އެމްޕަވާރމެންޑް އިން މުޖުތަމައުތަށް ބާރުވެރިކުރުމަށް ހިންގަން ހަމަޖެހިފައިވާ ތަފާތު އެކި ޕްރޮގުރާމް ތަކަށް އާންމުންގެ ހިޔާލު ހޯދަން ނެރުނު ކަރުދާހެކެވެ.

ހުދު ކަރުދާސް ނެރުމުގެ ރަސްމިއްޔާތުގައި މަހްލޫފް ވާހަކަފުޅު ދައްކަވަނީ – ވަގުތު އިމޭޖްސް: އަޝްހާދު އަބްދުﷲ (ޖެރީ)
ހުދު ކަރުދާސް ނެރުމުގެ ރަސްމިއްޔާތުގައި މަހްލޫފް ވާހަކަފުޅު ދައްކަވަނީ – ވަގުތު އިމޭޖްސް: އަޝްހާދު އަބްދުﷲ (ޖެރީ)

މި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވީ ހުދު ކަރުދާހަކީ އެހެން ގައުމުތަކުގައި ވެސް އާންމުންގެ ހިޔާލު ހޯދުމަށް އާންމު ކޮށްލެވޭ ކަރުދާހެއް ކަމަށެވެ.

"މި ކަރުދާސް ނެރުމުގެ މަޤުސަދަކަށްވީ ކޮންމެ ރަށެއްގެ ކޮންމެ މުޖުތަމައަކާއި ބައްދަލުކޮށް މީހުން ދިރިއުޅޭ ރަަށްރަށް ގިނަ ކަމުން މައުލޫމާތު ނުހޯދޭނެތީ ކޮންމެ ރަށަކުން ވެސް އެރަށެއްގައި ހިންގަން ބޭނުންވާ ޕްރޮގުރާމުތަށް މި ކަރުދާސް މެދުވެރިކޮށް ލިބިގަތުން" މަހުލޫފް ވިދާޅުވިއެވެ.

މުޖުތަމައު ބާރުވެރި ކުރުމަށް ހިޔާލު ހޯދަން އާންމު ކުރި ހުދު ކަރުދާސް ކޮންމެ ރަށެއްގެ ކައުންސިލްތަށް ނުވަތަ ޔޫތް މިނިސްޓްރީންގެ ވެބްސައިޓް މެދުވެރިކޮށް އާންމުނަށް ލިބިގެން ދާނެއެވެ.

ހުދު ކަރުދާސް ނެރުމުގެ ރަސްމިއްޔާތުގައި އުގައިލް ވާހަކަފުޅު ދައްކަވަނީ – ވަގުތު އިމޭޖްސް: އަޝްހާދު އަބްދުﷲ (ޖެރީ)
ހުދު ކަރުދާސް ނެރުމުގެ ރަސްމިއްޔާތުގައި އުގައިލް ވާހަކަފުޅު ދައްކަވަނީ – ވަގުތު އިމޭޖްސް: އަޝްހާދު އަބްދުﷲ (ޖެރީ)

މިރަަސްމިޔާތުގައި ވާހަކަ ދައްކަވަމުން ޕްރެފެސަރ ހަސަން އުގެއިލް ވިދާޅުވީ ހުދު ކަރުދާހަކީ އެހެން ގައުމުތަކުގައި ވެސް ބޭނުން ކޮށް ތަޖުރިބާ ވަރަށް ރަގަޅު ވަސީލަތެއް ކަމަށާއި ހުދު އޭނާ ވެސް މި ވަސީލަތަށް ދިރާސާ ކުރެއްވި ކަމަށެވެ. އުގައިލް ވިދާޅުވީ އުންމީދަކީ މިހިންގޭ މަސައްކަތުގެ ފޮނިމީރުކަން ރައްޔިތުންނަށް ލިބިގެން ދިޔުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ހުސޭނުބޭ

  ކަރުދާހުން މުޖުތަމަޢު ބާރުވެރި ނުކުރެވޭނެ! މުޖުތަމަޢު ބާރުވެރިކުރުވަން އަތަށް ދަނޑިބުރި ދީފައި ބައިތިއްބާ! ބައެއް ރަށްރަށުގައި އެ ޕޮލިސީ ހާދަ ރަގަޅަކަށް ހިނގަޔޭ! އެހެން ހެދީމާ ތިއުޅޭ ޕާޓޭން، ވަގުން ކުޑަކުދިންނާ ބެހޭ މީހުންނަކަށް ލާހިކެއްނޫން އެގޮތުގައި ތިބޭކަށެއް!

 2. ޅަބޭބާ

  ބާރުވެރިވެ އިޤްދުސާދު ކުރިއަރާނީ ސަބުސިޑީއާއި އިނާޔަތްތައްމަދުކޮށް މަސައްކަތްކުރަން މީހުނަނަށް ބަޖުބޫރުވެގެން. ނޫނީ ބާރުގަދަވާނީ ބަންގާޅީންގެ މުޖުތަމައު. ދިވެހިން ބާރުވެރިވަނީ ހަކުރަށް!

 3. ައެޑްވަޑް ބާމުންޑޭ

  ހުދު ކަރުދާސް. ހުދުހުސް ކަރުދާސް. ހުސްފޯރަމް. ހުސްޖަލްސާ. ހުސްވާސަރުކާރު.

 4. ހަސަންބެ

  ތިޔަ ހުދުކަރުދާސް ވެސް ހުދުކާފޫރަށް ނުވެއްޖިއްޔާ ރަންގަޅު.

 5. ތެޅި ފޮޅެނީ

  އެޖެންޑާ 19 އޭ ކިޔާ ގުބޯ ހައްދައިގެން މަޖިލިސް އަތަށް ކަހާލައިފި. އެ ވެސް ހަމަ އެކައްޗެއްވެސް ނެތް ހުދު ކަރުކަރުދާހެއް، ދެން އޭގަ އެކައްޗެއް ނެތީމަ ތަރައްޤީގެ ޕްލޭނަށް ހިޔާލު ހޯދަނީއޭ ކިޔަން ފެށީ، ބަލަގަ މެކުނު ފުމުނަކަސް ގާފަކައަކަށް ނުފުމެވޭނެ، ދިޔަ ފެލާނެ އެއްޗެއް ނެތް އެއްޗަކުން ކޮން އެއްޗެއް ފެލޭނީ. ދެން އަދުން އެޅުވޭތޯބަލާ. ބުނެ އެއްނު އަނގަ އޮތިއްޔަކާ ކާޅެއް ނުކާނޭ. ސާބަހޭ

 6. މުޙައްމަދު

  ނުކިޔަވާ ވަލުން ނިކުމެ މިނިސްޓަރކަން ކުރަފަރާތްތަކުން ހުދު ކަރުދާހާ ފެހިކަރުދާސް ކިތައްމެ ވަރަކަށް ނެރެ ފޮޓޯ ރީތިކުރިޔަސް ތިމީހުން އައިފަހުން މިގައުމުދނީ ފުންވަޅުގަނޑަކަށްވެއްޓެމުން.

 7. މަހޭޝް

  ހާދަ މޮޅުކަމެކޭ ތިކުރެވުނީ ތިއީ މީގެކުރީ އެއްވެސް ވެރިޔަކަށް ކުރެވިފަ އޮތްކަމެއް ނޫނޭ.
  އެމް ޑީ. ޕީ މެކުހަށް ހެސްކިޔާފަ ތަރައްގީ

 8. ގަބުރޭ

  އަޑުބަރޭ މީ މިނިސްޓރ ފައިންޕުޅު ހިއްޕަވަން ކާއިރީގަ ބަހަށްޓާފަ ހުންނަ މީހެއްބާ؟