މިހާރު އޮތް ސަރުކާރުން ދައުލަތަށް އާމްދަނީ އިތުރުކުރާ ތަން ފެނިވަޑައިނުގަންނަވާ ކަމަށާއި، ދައުލަތް އިތުރަށް ދަރަނިވެރިވެއްޖެ ކަމަށާއި ނަމަވެސް ސަރުކާރު ހިންގަން މަސައްކަތްކުރާ ތަންވެސް ފެނިވަޑައިނުގަންނަވާ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޝަރަފުވެރިކަމާ އެކު މަގާމުން ވަކިވާ ފަނޑިޔާރުންނަށް ދައުލަތުން އިނާޔަތް ދޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ކުރީގެ މަޖިލިހުން ގެނައި އިސްލާހު، ރައީސް ތަސްދީގު ނުކުރައްވައި މަޖިލިހަށް ފޮނުއްވުމާ ގުޅިގެން އެ މައްސަލައަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ ސަރުކާރު ނުހިންގެނީ ރައީސް ކަމުގައި ހުންނަވާ ބޭފުޅެއްގެ ކިބައިގައި ފައިސާ ހޯއްދެވުމުގެ ތަޖުރިބާ ނެތުމުން ކަމަށެވެ.

ޖާބިރު ރައީސް ކަމުގައި ހުންނަވާ ބޭފުޅަކަށް ފައިސާ ހޯއްދެވުމުގެ ތަޖުރިބާ ނެތި، ވަޒީރުންނަކީ ގައުމުތަކަށް ވަޑައިގެން ބޮޑެތި މަޝްރޫއުތަކަށް ފައިސާ ނުހޯއްދެވޭ ވަރުގެ ގާބިލް ބަޔަކަށް ނުވާ ނަމަ، ދައުލަތް ދެކޮޅެއްނުޖެހޭނެ އެވެ. އަދި ދައުލަތުގެ ބަޖެޓު 10 ބިލިއަން ޑޮލަރުން އޮޕަރޭޓް ކުރެވޭނެ ވަސީލަތްތައް ރާއްޖޭގައި ގާއިމުވެފައި ހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހް މަސައްކަތްޕުޅު ކުރައްވަންވީ ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރުމަށެވެ. އަދި އަވައްޓެރި ގައުމުތަކަށް ރާއްޖެ ދަރަމުން އަންނަ ކަމަށް ވިދާޅުވެ، ޖާބިރު މިސާލު ނެންގެވީ ރާއްޖެ އާއި އިންޑިއާ އިން ދާދި ފަހުން ގާއިމްކުރި އެމްއޯޔޫތަކަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޖިލިހުގެ މެމްބަރުންނަށް އެމްއޯޔޫތަކުގައި ހުރި އެކައްޗެއް ވެސް ނޭނގެ އެވެ. އަދި ސަރުކާރުން ވެސް އޭގެ ތަފްސީލް ނުދޭ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ ރައްޔިތުން ހޮވާފައި ތިބި މެންބަރުން، އަޅުގަނޑުމެންނަށް އެކަށްޗެއްވެސް ނޭނގޭ. ސަރުކާރަކުން އައިސް ބްރީފެއް ކުރަނީކި ވެސް ނޫން. ރައްޔިތުންނަށް އެނގެނީކީ ވެސް ނޫން، ހިނގާ ޕްރޮޖެކްޓެއް އެނގެނީކީ ނޫން. ލިބޭ އާމްދަނީއެއްވެސް އޮތީކީ ނޫން. ހަމައެކަނި އޮތީ އެމްޑީޕީގެ މެޖޯރިޓީއެއް މި ޕާލަމެންޓުގައި. ހަމަ އެމްޑީޕީގެ ސަރުކާރެއް އޮތީވެސް. ގުޅިފައިވާ ކޯލިޝަނަކުން ސަރުކާރު ހިންގަނީ ވެސް،" ޖާބިރު ވިދާޅުވިއެވެ.

މިސަރުކާރު ގެންނަން ގިނަ ޚަރަދުތަކެއް ކުރެއްވި ޖާބިރު ވަނީ މަޖިލިސް މެންބަރު ކަމަށް ވަޑައިގެންނެވުމުގެ ކުރިން ރައީސް ޞާލިހްގެ ސްޕެޝަލް އެންވޯއީ ކަން ކުރައްވާފައެވެ. ނަމަވެސް ފަހަކަށް އައިސް އޭނާ ގެންދަވަނީ ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އުޙްތު

    ޖާބިރަކަސް އެ ބުނީ ހަަމަ ތެދެއް

    8
    1
  2. އައްޑޫ މީހާ

    ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރަށް ވެދުން ސަލާމަށްފަހު ދަންނަވަމެވެ. މަނިކުފާނު ދެއަނގައިން ވާހަކަފުޅު ދައްކަވާތީ ހަމަ ސާބަސް ދެމެވެ. މަނިކުފާނުމެން އުފެއްދި އެއްބައިވަންތަކަމުގެ ނާގާބިލު ސަރުކާރުން މިގައުމު ހަލާކުކޮށްނުލާ މިގައުމުގެ އަންނަން އޮތް ޖީލަށް ވާސިލް ކޮށް ދިނުމަށްޓަކައި އަވަހަށް އިސްތިއުފާ ދެއްވުމަށް އިބްރާހީމް މުހައްމަދު ސާލިހުގެ އަރިހުގައި ދަންނަވާ ދެއްވުން އެދެމެވެ. ޢިއްޒަތްތެރި ކާށިދޫ ދާއިރާގެ މެމްބަރުގެ ހައިސިއްޔަތުން ވިޔަސްމެއެވެ.
    ޢިހްތިރާމް ގަބޫލުކުރުން އެދެން
    ގައުމަށް ވަމުން އަންނަ ގޮތާއިމެދު ކަންބޮޑުވާ މީހެއް

    7
    2
  3. ނޫރު

    ޖާބިރު ނޫނީ ކެރިގެން ބަހެއް ބުނެލާނެ، މީހަކު ނެތް، ހާދަ ތެދުވާހައޭ، އެމަނިކްފާން އެދައްކަނީ..
    ޝުކުރިއްޔާ،،،

    87
    3
  4. ބޮލި މުލައް

    އިސްތިއުފާ ދީ މިޤައުމުގައި އެބަތިބި ހިންގޭވަރު މީހުން. އެކަން ސާބިތުވެސް ކޮށްދީފި

    10
    1
  5. ވގ

    އަނެއްކާ ހަމައިގަތޯ

    4
    3
  6. ޒާ

    ކަމަށް ގާބިލް ނޫން މީހަކު ވެރިކަމަށް ހޮވުމުގެ ހިތި މިފަސްއަހަރު ދިވެހިން ދެކޭނެ.

    9
    2
  7. ޔޫވީ

    މިހާރު އޮތް ސަރުކާރު ގެނައީ ތިޔަކަހަލަ އެއްވެސް ކަމެއް ކުރާކަށް ނޫން. ހަމައެކަނި އަނިޔާވެރިކަން ނިންމަން ގެނައި ސަރުކާރެއް މިއީ. ވައުދުގެ 90% އެ ހާސިލްވީ. ގައުމަށް ތަރައްގީ ގެންނަން ބޭނުންނުވާ މީހުންނާ ކުރިން ގެނައި ތަރައްގީ ހަޖަމްނުކުރެވުނު މީހުންނާ ވެރިކަމަށް އަންނަން އުޅުނު މީހުން ހެދި ހުރިހާ ދޮގުތައެއް އެއީ ތެދުކަމަށް ބެލި މީހުން މި ސަރުކާރު ހޮވަން ވޯޓްލީ.

    7
    1
  8. ނަވާރަ

    ޖާަބިރަކީއަބަދުވެސް މޫނައްކަނދުރާއައްބެލުމެއްނެތި ވާހަކަދައްކަންކެރިގެން ވާހަކަދައްކާމީހެއް

    9
    1
  9. Anonymous

    ނުލިބުނިއްޔާ ކަންނޭގެ ރަނގަޅީ. ދައުލަތުން މިހާތަނަށް ޖާބިރު ނަގާފަހުރިވަރު ހިސާބު ކޮށްބަލަ

    6
    15
  10. ރާޅު ބޯއީ

    ޖާބިރު ވަރެއް ހަމަ ނެތް. އެމްޑީޕީގެ ދެން ތިބި މެމްބަރުންނަކީ ނަގޫފިތި އެޅިހާ ބަތަކަށް ރިހަ ވެފައި ތިބި ބައެއް. ގައުމާމެދަކު އެބައި މީހުން ނުވިސްނާނެ. ކަރަންޓް މައްސަލައިގައި އާއި އެނޫންވެސް ރައްޔިތުންގެ ކަންބޮޑުވުންތަކަށް އެ މެމްބަރުން ބިރުން ޗުއްޕުވެސް ބުނެލަން ނުކުރެނު. އެހާވެސް ފިނޑި ހަރާންކޯރު ބައެއް.

    7
    1
  11. މުފައްކިރު

    އަނބި ކަނބަލުން މަޤާމަކަށް ގެންނަށް ކުރާ ޕްރެޝަރަށް ވެދާނެ.

    2
    4
  12. ސްމާރޓް

    ޖުހާ ބުނިވާހަކަ ހަނދާންވަނީ ނޭގޭބަޔަކައް ވެރިކަމެއްލިބުނަކަސް ހިންގާކައްނޭގޭނެޔޭ

    7
    1
  13. ޖަމީލުބެ

    ޖާބިރަކީ މި އުންމަތުގެ ސައްދާމް ހުސައިން

    6
    1
  14. ޢަދުރޭ

    ރައްޔިތުން ހޮވި ސަރުކާރަކުން ރައްޔިތުންނަށް ފައިދާވާ ކަން ކަން ނުކުރަންޏާ މަގުމައްޗަށް ނުކުމެވޭނެ . ޙަޅޭއްވެސް ލެވޭނެ . ސަރުކާރު ޕްރެޝަރަށް ނުލަނީސް މި ސަރުކާރުން ނުކޮށްދޭނެ އެއްކަމެއްވެސް. ޢުމަރު ނަސީރު މިހާރު މިފަދަ ކަމެއް ކުރެވޭނެ މީހަކަށް ހުރީ

    4
    1
  15. ޖާގެ ދީ

    އޭރުވެސް ބުނިން ޖާ ތަފާތު ވާނެއޭ...ބަލަ ކަމެއްވެގެންދޯ ކާށިދޫ މީހުން މަގޭ ޖާ ހޮވީ... ޖާ އަށް ކާށިދޫގެ މަސައްކަތް ކުރިއަށް ނުގެންދެވިގެން އެ އުޅެނީވެސް ބުއްޅަހޮއްކޮ އާއި ހެދި. ބުއްޅަ ހޮއްކޮ ބޭނުމެއްނުވޭ މަޖްލިސްގެ ރަޢީސްކަމުގެ އިނދެގެން ޖާ އަށް ކުރި އެރުމެއް ލިބޭކަށް ...ވަރަށް ފޫހިވޭ ...

    5
    2