ނަވާރަ ވަނަ ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މަޖިލީހުގެ ރިޔާސަތާ މިއަދު ބަލަހައްޓަވާ ތާރީޚުގެ ތެރެއަށް ވަދެވަޑައިގެންފިއެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާގައި އީވާ ވަނީ 30 މިނެޓަށް މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާފައެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރިޔާސަތުން އެއްފަރާތްވެ ވަޑައިގަތުމަށްފަހު އީވާ ރިޔާސާތުގައި އިންނެވުމަށްފަހު އަލުން ރައީސް ނަޝީދަށް ރިޔާސަތަށް ވަޑައިގެންނެވިއެވެ.

އީވާ މިއަދު ރިޔާސަތު ބެލެހެއްޓެވީ ބާ ކޮމިޝަން އުފެއްދުމުގެ ބިލްގެ ބަހުސް މަރުހަލާގައެވެ.

އީވާ މިއަދު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމާ ގުޅިގެން އޭނާ ވެވަޑައިގަންނަވާނީ 2008 ވަނަ އަހަރު އަމަލުކުރަން ފެށި ގާނޫނުއަސާސީގެ ދަށުން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ދެވަނަ އަންހެން ބޭފުޅާ އަށެވެ. މިގާނޫނުއަސާސީގެ ދަށުން މަޖިލީހުގެ ރިޔާސަތު މީގެކުރިން ބަލަހައްޓަވާފައިވަނީ މ. އަތޮޅުގެ ކުރީގެ މެންބަރު އަދި ކުރީގެ ވަޒީރު އަނީސާ އަހްމަދެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރަސީދު

    މޭޒު މަތިން ރިޔާސަތައް

  2. ކަނހަނބު

    ޢާއިލީމަޖިލިހުގެނާއިބުރައީސް ފުރަތަމަފަހަރައް ޢާއިލީމަޖްލިހުގެރިޔާސަތުބަލހައްޓައިފި

  3. އާއިލާ

    އާއިލީ ވެރިކަމަށް ހަޖޫޖެހުންތެރިން އާއިލީ ވެރިކަން އިޢާދަ ކޮށްފި.
    ކުރީގެ ރަޢީސް މައުމޫންގެ ދިގު ވެރިކަން ކުރަމުން އައީ އާއިލާތެރެއިން ކަމަށްބުނެ ހަޖޫޖަހާ އާއިލީ ވެރިކަން ނިންމަން މަގުތަކަށް ނިކުތް ބައިގަނޑަށް ވެރިކަން ލިބުނީމާވެސް ދިވެހި ރައްޔިތުންނަށް ފެންނަނީ ހަމަ އެއް މަންޒަރެއް. ވެރިކަން ދިފާޢުކުރަން ސަރުކާރުގެ މަތީ މަގާމްތަކަށް އާއިލާގެ މީހުން ހަމަޖައްސަމުންދާތަން. މިއަދު މައުމޫނުގެ އާއިލީ ވެރިކަން ނިންމަން ނަޝީދު ކަހަލަ ގަމާރުންގެ ފަހަތުން މަގުތަކަށް ނިކުމެވުނު ރައްޔިތުން ތިބީ ލަދުން ހަލާކުވާވަރުވެފަ. ނަޝީދުގެ އިތުބާރު ގެއްލިއްޖެ. ދައްކާ ވާހަކަ އާއި ޢަމަލާ ދިމާނުވެ.

  4. ރާޅު ބޯއީ

    އަހަރެމެން ދިވެހިން އުފަލެއް ނުވޭ މި ދައިތަ މުންނާރު މައްޗަށް އެރިޔަސް. ރައްޔިތުންގެ ދިފާއުގައި ރައްޔިތުންނަށް ހެވެއް އެދޭނެ ބައިގަނޑެއް ނޫން މީކީ.

  5. ދަންޑަހިލް

    ދެން ފެންނާނީ މަޖިލީހުގެ ރައީސް ގެ މޭޒުކޮޅުމަތީގަ ޤާނޫނު އަސާސީ ނުވަތަ ޤުރުއާން ހަތިމުމައްޗަށް ކޮޅަށް އަރާހުންނަ މަންޒަރު އެއީ އެންމެ މުހިންމު މަންޒަރަކަށްވާނީ މަރުހަބާ ކީއްކުރަން ސަނާކިޔަންވެސްވާނެ ޝަރަފާ ޢިއްޒަތްވެސް ދޭންވާނެ ހުރިލަޤަބެއްވެސް ދޭންވާނެ އަންހެން ކަނބަލުންނަށް ހުރި ލާމަސީލް މިސާލެއް ތިޔައީވާ ފިސާރި ކަނބަލެއް މުސްލިމު ޤައުމެއްގެ ޤާނޫނު ހަދާ މަޖިލީހުގެ ރިޔާސަތުގަ މުސްލިމު އަންހެނެއްގެ ހައިސިއްޔަތުން އައުރަ ނިވާނުކޮށް ވަރަށްސަޅި

  6. ޗަބީ

    ނަސީބަކުން ފުރަތަމަ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓި އަންހެނާގެ ޝަރަފު މިގޮއްޔައަކަށް ނުލިބުނުދޯ! އުފާކުރަން.