ގދ ކާޑެއްދޫ އެއާޕޯޓުގައި ބޭނުންކުރަމުންދާ ފަޔާ ލޮރީ ހަލާކުވެ، ދަތުރުތައް ވަގުތީ ގޮތުން މިއަދު މެދުކަނޑާލައިފިއެވެ.
ކާޑެއްދޫ ރަންވޭ ބަންދުކޮށް ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލުމާއި ގުޅިގެން މިއަދު ކާޑެއްދޫއިން މާލެ އަށް އަދި މާލެ އިން ކާޑެއްދޫއަށް ފުރަން އޮތް ބައެއް ދަތުރުތަކަށް ވަނީ ބުރޫ އަރާފައެެވެ.
ކާޑުއްދޫއަށް ދިއުމަށް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔަ ފަސެންޖަރަކު ބުނީ، އެއާޕޯޓްގެ ފަޔާ ލޮރީއެއްގެ މައްސަލަ ޖެހި މިވަގުތު ފްލައިޓްތައް އެ އެއާޕޯޓަށް ދަތުރު ނުކުރާކަން އަންގާފައިވާކަމަށެވެ. އަދި އެކަން އެންގީ އެއާޕޯޓަށް ދިއުމުން ކަމަށްވެސް އެމީހާ ބުންޏެވެ.
"ވަގުތު"އަށް މައުލޫމާތުދެމުން ރީޖަނަލް އެއާޕޯޓްގެ ޑިރެކްޓަރ ސާމީ އަގީލް ވިދާޅުވީ، އެ އެއާޕޯޓްގެ އޮޕަރޭޝަން ހުއްޓާލީ ފަޔާ ލޮރީއެއްގެ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށެވެ. އަދި މިހާރު އެ ލޮރީ ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެ މަސައްކަތް ދެ ގަޑިއެއްހާ އިރު ތެރޭގައި ނިމި އަލުން އޮޕަރޭޝަންތައް ފެށިގެން ދާނެ ކަމަށް ސާމީ ވިދާޅުވިއެވެ.
އެ އެއާޕޯޓަށް ދަތުރުތައް ކުރަމުންދާ ހަމައެކަނި އެއާލައިން މޯލްޑިވިއަން އިން ބުނީ، އެ އެއާޕޯޓްގައި ފްލައިޓް ޖައްސަން ފުރިހަމަވާން ޖެހޭ ޝަރުތުތައް ފުރިހަމަނުވާތީ ވަގުތީ ގޮތުން އެ އެއާޕޯޓަށް އެ އެާލައިނުން ކުރާ ދަތުރުތައް ވަގުތީ ގޮތުން މެދު ކަނޑާލާފައިވާކަމަށެވެ.
ފަޔާ ލޮރީ ހަލާލުވީ އޭ.......
2 ގަޑިއިރޭ ... ކާޑެއްދޫ އެއަރޕޯޓް ގައި ޗެކިން ކޮށްފަ ބޯރޑިން އަށް ވަނުމުގެ ކުރިން ފްލައިޓް ކެންސަލް ކަމަށް ބުނީ ... އެތާގައި 3 ވަރަކަށް ގަޑި އިރު ތިބެފައި އަމިއްލަ އަށް ލޯންޗް ކުއްޔަށް ހިފައިގެން ކޫއްޑޫ އަށް މިއައީ .. އެމް އޭ ސީ އެލް ގެ މުވައްޒަފަކު ކައިރީ ގައި ވާނުވާއެއް ސާފުކުރަން އެހީމަ ބުނީ "އެމީހަކު އައިގޮތަކަށް ދާށޭ... ކޫއްޑޫގައި އޮންނާނެ ފްލައިޓް" މެންދުރު 2 ފްލައިޓަކަށް ދިޔަ އެންމެން ވެސް ބޮޑު ހަރަދު ކޮށްފަ ލޯންޗް ހިފައިގެން ކޫއްޑޫއަށް އައީ
ޢެމް އޭ ސީ އެލް އިން ފުރަންގޮސް ތިބި މީހުނާ ދޭތެރޭ ކަންތައް ކުރީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ... އެންމެ ކުޑަ މިނުން ކޫއްޑޫއާއި ހަަމައަށް ނުފޮނުވުނުތާ ކާނެ އެއްޗެއް ވެސް ހަމަ ނުޖެހުނު ... "އެމީހަކު ދާނެ ގޮތަކަށް ދާށޭ" މީތޯ ދިވެހިންގެ އެއަރޕޯރޓް .... ދިވެހިން ދިވެހިންގެ ގޮތުގައި ... ނުވިތާކަށް މީޑިއާ ތަކަށް ދޮގު މައުލޫމާތު ދެނީ
ޖަޒީރާ ރާއްޖޭގައި ފަޔަރ ލޮރީއެއް ބޭނުމެއްނުވާނެ! އަލިފާން ރޯވީމާ ދަޅުދަޅާއި ފުޅިފުޅީގައި ގެނެސް ފެންޖަހާ ނިއްވާލެވޭނެ!
ހޫނު ގަދަވެގެން ފަޔަރ ލޮރީ ހަލާކުވީއޭ. ހަމަޖެހިބަލަ.