ފާއިތުވި ދެ މަހުގެ މާލޭގެ ކަރަންޓް ބިލްތައް ބޮޑުވެފައި ވަނީ، ރަމަޟާން މަހު ގޭގޭގައި ކަރަންޓުގެ ޚިދުމަތް ބޭނުންކޮށްފައިވާ މިންވަރު އިތުރުވެފައިވާތީ ކަމަށާއި، އަދި އާދަޔާ ޚިލާފަށް ހޫނުމިން އިތުރުވެފައިވާތީ ކަމަށް، ސްޓެލްކޯއިން މިއަދު ބުނެފި އެވެ.
ސްޓެލްކޯގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ނާޝިދު ވިދާޅުވީ، ކޮންމެ އަހަރެއްގެވެސް މާރޗް، އޭޕްރީލް އަދި މޭމަހަކީ އަބަދުވެސް ހޫނު ގަދަ މަސްތަކެއް ކަމަށާއި، އެކަމުގެ ޝަކުވާ ކޮންމެ އަހަރަކުވެސް ރައްޔިތުންގެ ފަރާތުން ލިބޭ ކަމަށެވެ.
"ކޮންމެ އަހަރެއްގެވެސް މާރޗް، އޭޕްރީލް އަދި މޭ މި ތިންމަހަކީ އަބަދުވެސް ހޫނު ގަދަ ތިން މަސް، އެހެންކަމުން ކަރަންޓް ބިލްތައް ބޮޑުވަނީ، މިސާލަކަށް އޭސީ ބޭނުންކުރާ މިންވަރު މިމަސްތަކުގައި އިތުރުނުވި ނަމަވެސް ހޫނު ގަދަވުމުން އޭސީގެ ކޮމްޕްރެސަރު މަސައްކަތްކުރާ ވަގުތު އިތުރުވެގެންދޭ. އަޅުގަނޑުމެން ޔަޤީންކަން ދެން، ބިލްތަކުގަ އެއްވެސް މައްސަލައެއް ނޫޅޭކަމަށް" ނާޝިދު ވިދާޅުވި އެވެ.
މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ، ސްޓެލްކޯގެ ސީނިއަރ މެނޭޖަރު އަލީ މުޖުތަބާ މުހައްމަދު ވިދާޅުވީ މާލޭގެ ޓެރިފް ސްޓްރަކްޗަރަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށާއި، މިކަން ވަރަށް ގިނަ ކަސްޓަމަރުންނަށް އޮޅިފައި އޮތް ކަމަށެވެ. އަދި ފިއުލް ޑިސްކައުންޓްވެސް ވާނީ ކަސްޓަމަރުންނަށް ޑައިރެކްޓުކޮށް ޕާސްކޮށްފައި ކަމަށާއި، މި ބަދަލާ ގުޅިގެން ދެ ބިލް އަޅާ ކިޔާކަށް ނުޖެހޭނެ ކަމަށެވެ. އަދި އޭގައި ބަލަން ޖެހެނީ، ބިލްގައި ފިއުލް ޑިސްކައުންޓްގެ ގޮތުގައި ކެނޑޭ މިންވަރު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ސްޓެލްކޯގެ ސުޕްރިޓެންޑް އިންޖިނިއާ އިބްރާހިމް ރައުފު ވިދާޅުވީ، ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު ދުވަހެއް ދުވަހަކަށް ދަނީ މަތިވަމުން ކަމަށާއި އެހެން ކަމުން ބޭނުންކުރާ ސާމާނުވެސް ބަދަލުވަމުންދާ ކަމަށެވެ. އޭގެ ސަބަބުން ކަރަންޓް ބޭނުންކުރާ ޔޫސޭޖް މަތިވެގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ތިބޭފުޅުން ބައްލަވާ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ހާލަތަށް. ދުވަހެއް ދުވަހަކަށް މި ދަނީ މި ހުރިހާ ކަމެއް ބަދަލުވަމުން. އޭގެ ސަބަބުން ކަރަންޓު ބޭނުންކުރާ މިންވަރުވެސް ވަރަށް ބޮޑަށް އިތުރުވޭ. އަޅުގަނޑުމެން އަބަދުވެސް ކަރަންޓް މި ސަޕްލައި ކުރަނީ ޑިމާންޑާ އެއްވަރަށް، އެހެންކަމުން އަޅުގަނޑުމެން ކަސްޓަމަރުން ކަރަންޓް ބޭނުން ކުރާ މިންވަރަކަށް މިޖެހެނީ ކަރަންޓް އުފައްދަން،" ރައުފު ވިދާޅުވި އެވެ.
މިކަމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ ޖެނެރަލް މެނޭޖަރ މުހައްމަދު ސަލީމް ވިދާޅުވީ، ޔުނިޓް ބޭންޑް ތަކެއް ކަނޑައަޅާފައިވާ ކަމަށާއި އެކި ޔުނިޓް ބޭންޑްތަކަށް ޗާޖް ކުރަނީ އެކި އަދަދު ކަމަށެވެ. އަދިޔުނިޓް ބޭންޑް މަތިވާ ވަރަކަށް ޔުނިޓަކަށް ޗާޖްކުރާ ވަރު މަތިވެގެންދާ ކަމަށާއި، އެހެންވުމުގެ ސަބަބުން ބިލްތައް ބޮޑުވުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސްޓެލްކޯއިން މިހެން ވިދާޅުވެފައި މިވަނީ، ސަރުކާރުން އަގު ހެޔޮ ކޮށްފައިވާ ކަރަންޓްގެ އަގަށް ބަލައިގެން ތައްޔާރު ކުރި ކަރަންޓް ބިލްތައް ފުރަތަމަ ފަހަރަށް މިމަހު އާއްމުންގެ ގެތަކަށް ލިބުނު އިރު ކުރީ މަސްތަކަށް ވުރެ އާދަޔާއި ހިލާފަށް ބިލް ބޮޑު ކަމަށް ގިނަ ބަޔަކު ބުނަމުންދާ ދަނޑިވަޅެއްގައެވެ.
އެޕްރީލް މަހު އޮތް މަޖިލިސް އިންތިޚާބާއި ދިމާކޮށް ސަރުކާރުން ކަރަންޓްގެ އަގު ހެޔޮ ކުރީ އޭޕްރިލް 01 ވަނަ ދުވަހު އެވެ. ނަމަވެސް އޭޕްރިލް މަހަށް ތައްޔާރު ކުރި ކަރަންޓް ބިލް މެއި މަހު ލިބުނީ ކުރީގެ އަގުގައެވެ. ސަރުކާރުން އޭރު ވިދާޅުވީ ކަރަންޓްގެ އަގު ހެޔޮ ވާނީ ޖޫން މަހު އަންނަ ބިލްގައި ކަމަށެވެ.
ނަމަވެސް މިއަދު "ވަގުތު" އަށް މައުލޫމާތު ދިން މީހުން ބުނީ ކަރަންޓް ބިލަށް އެރި އަދަދު މިދިޔަ މަސްތަކަށް ވުރެ އާދަޔާއި ހިލާފަށް ބޮޑުވެފައިވާ ކަމަށެވެ. މާލެ އިން ވާހަކަދެއްކި މީހަކު ބުނީ އޭނާ ދިރިއުޅޭ ގޭގެ ކަރަންޓް ބިލަށް ހަހާސް ރުފިޔާ އެރި ކަމަށެވެ.
ޑެދެން ރަށްރަށަށް ވިންޓަރ އައިއްސަތަ؟ ރޯދަމަސްވެސް އައީ ހަމައެކަނި މާލެއަށްތަ؟
ރީނދޫ ބައިގަނޑު ޫ ޫ ޫ އަނގައިން ބުނެބަލަ ނިކަން. ހޭނެތިފަތަ ކަލޭމެން.
“ބިލްތައް ބޮޑުވީ، ހޫނު ގަދަވެ، ބޭނުން ކުރި މިންވަރު އިތުރުވުމުން” މިއަދުގެ ރައީސް އަށް ރާއްޖޭގައި ހޫނު މޫސުމާއި ރޯދަ މަސް ނޭނގި ވީ ވައުދެއްތޯ؟ ވައުދުވީ ކަރަންޓު ބިލަށް އަރާވަރު ކުޑަކުރާނެ ކަމަށް ބިލްތަކުގެ ސައިޒް ކުޑަ ކުރާކަށް ނޫން.
ރަށްރަށުގަ ދެގަޑިން އެއްގަޑީގަ ކަރަންޓާ ނުލާ އުޅެން ޖެހުނީވެސް ހޫނުގަދަކަމުންތަ؟ އެއީ ތެދެއް. ބައެއް ރަށްރަށުގަ ޅަދަރިން މަގުމަތީ ނިންދަވައިގެން މަދިރި ފައްސަން ދަމަށް ހޭލާ ތިބެން ޖެހުނީ ހޫނު ގަދަވީމަތާ. އެހެންނޫންނަމަ ގޭތެރޭގަ ނިދުނީހެއްނު. ރަނގަޅު ވާހަކައެއް އެބުނީ.
ރޯދަމަސް ހޫނުގަދައެއްނޫނެވެ.
?
ކޮން ދޮގެއް ހަދާކައް. ޢަހަރެމެންގެ ގޭގެ ކޮޓެރިއެއްގަ ހުންނަނީ 1 އޭސީ. ކުރިންވެސް ބޭނުން ކުރާ ވަރައް ބޭނުން ކުރަނީ.ފަހަކުން އިތުރަކައް ބޭނުމެއް ނުކުރަން ކޮޓެރިއަކައް 6 އޭސީއެއް. ޢެމްޑީޕީ ލުއްޗާއިން އަދިވެސް ވިސްނޭކައް ނުވޭތަ. މިލާދީނީ ސަރުކާރަކީ މަކަރާ ހީލަތާ ކޮރަޕްޝަން އިންތިހާއައް އޮތް ސަރުކާރެއެއް
ކިތަންމެ ވަރަކަށް ހޫނުވިޔަސް ފަންކާ އެބުރޭ އެންމެ ބާރުމިން ބަދަލެއް ނުވާނެ، ފަންކާގެ ކަރަންޓު ހަރަދެއް ބޮޑުނުވާނެ. 24 ގަޑިއިރު ފަންކާ ބޭނުންކުރާ ގެތަކަށްވެސް މިފަހަރު ކަރަންޓުބިލް މިވަނީ ދެގުނަޔަށް އަރާފަ.
ފުލެޓު ކޮމިޓީ ގެ ހަބަރަކީ ކޮބާ... ވަގުތުން ގެނެސްދޭނެ ކަމަށް އުންމީދު ކުރަން
ބިލްތައް ބޮޑުވީ ސަރުކާރުން ކުންފުންޏަށް ލާފައި ތިބި ވަގުންގެ ބަނޑަށް ހޫނުގަދަވެގެން! ހަދާންކުރާތި ރައްޔިތުންގެ ބަނޑުފަޅާގެން ހަމަ އަލިފާން ތި ކަނީ!
މިރޯދަމަހު ވާރެވެހި ރައްރަށުގަ ފެންބޮޑުވީވެސް ހޫނުގަދަވެގެންތަ ބޮޑުމުސާރަ ނަގާއިގެން ރައްޔިތުންނައް އޮޅުވާލަން ސަރުކާރުން ލާފަ ތިބޭބައެއްތީ
ޜޯމާ ދުވާލު، އަނެއްކާ އަނެއް އައުގުރާނަ، ނުގޮވަބަލަ..
ދޮގު ހަދާނެ ކަމެއް ނެތް.. މި ގޭގައި އޭސީ ހުންނާނީ ކޫލްގަ ފޭން ފުލް ކޮއްފަ... ހޫނުވެގެން އަލިފާން ރޯވިޔަސް އެސީގެ ހަރަދު އިތުރަކަށް ބޮޑުވާނެ ހަމަ އެއް ގޮތެއް ވެސް ނޯންނާނެ.. ހޫނު ގަދަވެގެން ޓީވީ އިތުރަކަށް ނުބަލަން.. ހޫނު ގަދަވެގެން ބޮކިތައް އިތުރަކަށް ނުދިއްލަން.. ހޫނު ދަގަވެގެން އައިސް އަލަމާރީ ހުޅުވާފައެއް ނުބަހައްޓަން.. ދެން މީ ކިހިނެއްވީ ކަމެއް؟
ކަރަންޓް ބިލް ބޮޑުވެގެން ކުޑަކިރަން ވައުދުވެގެން އާ ބަޔަކު ދެން ކޮން ހޫނިމޫސުމެކޭ ފިނިމޫސުމެކޭ ތަ މި ކިޔަނީ. ދިވެންނަށް އޮޅުވާލާގެން
އަހަރެމެން އަކީ މޮޔައިން ކަމަށްތަ ތިހީފުޅު ކުރައްވަނީ؟
އެއީތެދެއް އެއީ ރީނދޫ ކަރަންޓަށް ވާގޮތެކެވެ. އެވައްތަރު ކަރަންޓް ގައި ބޮކި ނުދިއްލިޔަސް ފަންކާ ނުޖެހިޔަސް ހަމަ ހިނގާވަރުން ކަރަންޓު ހިނގާނެއެވެ. އެއީ މޯދީ އަތުން ނަޝީދު އަތުލި ކަރަންޓެކެވެ.
ޙަކަފަލަ ވަރަ
މިކަމާ އަޅާލަދޭނެ މަޖްލިސް މެންބަރަކު މާލޭގަނެތީތޯ.
ވައުދުވީ ކަރަންޓް ބިލް ކުޑަކުރަން އެކަމު އަރާ މިކިޔަނީ ބޭނުން ކުރާ ވަރު ބޮޑީ އޭ ރޯދަމަހޭ އޭސީއޭ ބޭންޑޭ.....
ރޯދަމަހު އަންހެނުންނާއި ދަރިފުޅުހުރީ ރަށުގައި މައެކަނި ގޭގައި! މަގެޔަށް ވަންނަނީ ނިދަން، އަންހެނުންނާއި ދަރިފުޅުހުންނައިރު އޭސީވެސް ޖަހާނެ، އަވަންޖައްސާނެ، ދޮންނަމެޝިންވެސް ބޭނުންކުރާނެ! ހަމަގައިމުވެސް މީގެންއެއްވެސްއެއްޗެއް މަށެއްބޭނުމެއްނުކުރަން، ފަންކާގަނޑުވެސް ޖައްސަނީ ނިދާގަޑިގައި އެކަނި، ޓީވީވެސް ހުންނާނީ ރެސްޓްގައި އެކަމަކުއެހެންމަސްމަހަށް ވުރެން 300ރ ބިލަށް އިތުރުވި، ސަބަބު ބަލައިހޯދާލިއިރު ޖެހިގެން ހުރިގޭ ފުޜާޅުގެ ޓިނުންއަރާ ހޫނުން މީޓަރބާރަށް އެނބުރުނީކަމަށް މަމިބަލަނީ، ދެންވައުދުގެ މަތިންހަނދާން ވެގެން ބިލުބެލިއިރު އެހެންބިލުތަކަށްވުރެން 0.5 އެމްއެމް ކުަޑަކަމަށް ފާހަގަވި!
އަހެރެންގެ ގޭގައި ހުންނަނީ ދެކޮޓަރި. ކޮންމެ ކޮޓަރިއެއްގައި ދެމީހުން އުޅެމުންއައީ . ބިލް ބޮޑުވެފަ މިއޮތް މަހުގަ އެއް ކޮޓަރި ހުރީ ހުހައް މާނައަކީ 2 މީހުން މަދުވެފައޭ. ބިލް އައި އިރު ކުރިން އަރަމުން އައި މިންވަރުގެ ޑަބަލް ބޮޑު. ހޫނުވެގެން އިތުރު އޭސީއެއް ހަރެއް ނުކުރޭ . ހޫނުވެގެން ނުވަތަ ރޯދަމަސް ވީތީ އިތުރަށް ބޭނުންކުރި ހަމަ އެއްވެސް އެއްޗެށް ނެތް.. ބިލް ހަދާފައި އިނީ އެޕްރިލް 7 އިން މެއި 7 އަށް . މިއަށް ރޯދަމަސް ނުވެސް ވަދޭނު. ދެން މީ އަރަތެއްނު.
ހޫނުގަދަވެގެން އޭސީ ޖެހޭ ވަރު އިތުރުވީއޭ. އަޅުގަނޑުމެންގޭ މީހަރުން ބޭނުންކުރަނީ ދެކޮޓަރި، އެއްކޮޓަރީ މީހުން 1 މަހު ނޫޅޭ އޭސީ އެއްވެސް ނުހުރޭ ހަމައެކަނި ފަންކާ ދެންކީއްވެ ބޮޑުވީ
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރަކަށް މި ސަރުކާރުން ލާފައި ހުރި މީހަކީ އިންޓެގްރިޓީ ކޮމިޝަނުގައި އުޅުނުއިރު ގަވާއިދާ ޚިލާފު ކަންތައްތަކެއް ހިންގައިގެން އެތަނުން ފިޔަވަޅު އެޅީމާ އެތަނުން ވަކިވި މީހެއް. ޒީރޯ ޓޮލޮރެންސް ހައްދު ފަހަނައަޅާފައި.
ދައްކާނެ ވާހަކައެއް ނޭންގެންޏާ ތިވަރަށް ދޮގު ނުހަދާ އަނގަމަޑުން ލައިގެން ތިބިއްޔާ މާ ތާހިރުވާނެ. މިސަރުކާރުން ރައްޔިތުންގެ ހެވާ ލާބައަށް ކޮށްދެވުނު ކަމެއް ބުނެބަލަ. އިރާދަ ކުރެއްވިއްޔާ މި ސަރުކާރު ވަރަށް އަވަހަށް ވެއްޓޭނެ.
ކަރަންޓް ބިލް ކުޑަކޮށްފީމޭ ކިޔާފަ އަދި އަގު ކުޑަބިލް ލިބޭނީ ޖޫން މަހުއޭ ކިޔާފަ މިހެދި އެއްޗެއް ނޭނގިގެން މިއުޅެނީ ރައީސް މީހާ މާރޗްމަހު ބުނީ ކަރަންޓްގެ އަގު ހެޔޮ ކޮށްފީމޭ ޖަޒީރާ ހޮޅުއަށީގަ، އަދިވެސް ބިލަކުން އެކަމެއް ނޭނގޭ މައްސަލައަކީ އެއީ
ފަންކާ ހުންނަ ގެތަކުގަވެސް 70% ބިލު ބޮޑުވީ ހަމަ ހޫނުގަދަވެގެންތޯ..؟
ސުޓެލްކޯ މީހުންގެ ގެއަށް އާދަޔާ ހިލާފަށް ހޫނު ވެފަ، ވާރޭ ބަދަލު އަލިފާން ވެހުނީ އެއޯ ވާ ގޮތަކީ
ދެން ޗުއްޓީގަ ތިބި މީހުންގެ ގޭގެ ބިލޯ؟
ޖެނިއަރީގައި މާލެއަށް އޮތީ ސްނޯފައިބާފަތޯ؟
ތިޔަ ބޭފުޅުން ކަރަންޓުން ވައްކަންފުޅު ކޮށްފަ އޮތީ އިންޑިވިޖުއަލް ގޭބިސީތަކުންނޭ މިބުނަނީ.
ބޮޑު ވަގުފުޅު.
ދެން އެހެންވިއްޔާ ރާއްޖޭގައި ފިނިމޫސުން ބާއްވަން ކުންފުންޏެއް ހަދަންވީނު ދޮގާއި މަކަރުން އުޅެނިކޮށް ރައްޔަތުން ނުކުމެ އައި ރުޅީގައި ވެރިކަން ނިންމާލަފާނެ .
2 ދުވަސް ވަންދެއް އިބިލީސްހެެން ސައްލާކޮށްފަ ތިއަށްވުރެ މޮޅުއެއްޗެއް ބުނެވޭނެ ގޮތެއް ނުފެނުނު ދޯ؟ ސައްލާގަ އިބްލީސް ބުނާނެ ރައްޔިތުންނަށް ޘާބިތެއް ކޮށެއް ނުދެވޭނެއޭ ހޫނު ގަދަ ނޫން ކަމަށާ ކަރަންޓް އިތުރައްބޭނުން ނުކުރާކަމަކށް. އެމޮޅު އެއްޗެކޭ ބުނަން.
ކަނޑައެޅިގެން ދޮގެއް އޭރުވެސް ބޭނުންކުރޖ އެއްޗެހި ބޭނުންކުރިީ. ސްޓެލްކޯއި ްް އިތުރު އެއްޗެއް ބޭނުންކުރިނަމަ ކުރީ.
ހޫނުގަދަވެގެން ކަރަންޓު ބިލްތަކަށް ބާރު ބޮޑުވީ 3 ގުނައަށް ފައިސާގެ މިންވަރު އިތުރުވީ ކަމަށްބުނިމަނަވެސް އެވާޙަކަ ޤަބޫލުކުރާނީކާކުބާ؟ ފާއިތުވީ 05 މަސްދުވަހު މަހަކަށްވުރެ މަހެއްގެ ބިލް ބޮޑުވަމުންއައީ އެކަމަކު އިތުރު ކަރަންޓެއް ބޭނުމެއްނުކުރޭ ގޭގަ ހުރި އެއްޗެއް ހުރީ އިތުރު ކެއްކުމެއް ނުކައްކާ އިތުރު މީހުން ގެޔަކަށް ނާދޭ އިތުރު ފަންކާއެއް ބޮތްކެއް އޭސީއެއް ހަރެއް ނުކުރޭ އެކަމަކު 12 ސަތޭކަރުފިޔާއިން ދެހާސް ހަސަތޭކައަށް ބިލް ބަދަލްވެއްޖެ އެންމެ ފަހު މަހުގެ ބިލް ތިންހާހަށްވުރެ މައްޗަށް ދިޔާމަ ދެން މި ބުނަނީ ހޫނު ގަދަވެގެންނޯ އެކަން އެވީ ރައްޔިތުން ފެލަނީ 2008 ވަނަ އަހަރުވެސް ވެރިކަން ލިބުނީމަ އަސާސީ ހުރިހާ ޚިދުމަތްތަކެއްގެ އަގު ބޮޑުކޮށްލީ މިފަހަރު އެއަށްވުރެ ބޮޑަށް ބޮޑުކޮށްލީ ރައްޔިތުން ހަނާ އަރުވާލައިގެންވެސް ފައިސާ ހޯދޭތޯ ބަލަނީ އެޖެންޑާ 19 ގެ އަސްލު ސިފަ މި ފެންނަނީ
ނޫސްވެރިންނަކީ ރަތްޔިތުންނަށް ކަންކަން އޮޅުން ފިލުވާ ދެއްވުމުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ ބައެއް ތި ބޭފުޅުންގެ މަސައްކަތަށް ސުކުރު އަދާކުރަން. އަދި މި ދަންނަވާ ކަންކަން އޮޅުން ފިލުވާލަ ދެއްވުންވެސް އެދެން. ސްޓެލްކޯގެ ބޭފުޅުން ފާހަކަ ކޮށްފަ އެބައޮތް އެޕްރީލް އަދި މެއި މަސް މި މަސްތަކަކީ އާންމު ގޮތެއްގައި ހޫނު ގަދަވާ މަސްތަކެއް ކަމަށް، ވުމާއެކު އެއް ކަމަކަށް މިދިޔަ އަހަރުގެ މި ފާހަގަ ކުރި މަސްތަކުގެ ހޫނު މިނާ މި އަހަރު ގެ މި މަސްތަކުގެ ހޫނުމިން، ދެވަނަ ކަމަކަށް ބިލްތަކުގެ ތަކުގެ ތަފާތު އަދި ދެ އަހަރުގެ މިފަދަ މަޢުލޫމާތު ރިޕޯރޓެއްގެ ސިައިގަ ގެނެސް ދެއްވުން ވަރަށް ބޮޑަށް އެދެން. އޭރުން ސްޓެލްކޯ ބޭފުޅުން އެ ކިޔާ އެއްޗެއް ރަގަޅަށް ފަހުން ވާނީ.
ވައްކަން... ކަރަންޓު ބިލުން ވެސްވައްކަންކުރާ ސަރުކާރެއް މިއީ... ދައުލަތުގެ ރިޒާވް ވެސް ދޮވެލައިފި.. ވަގު އަންނި އިބުރޭ
ބިލްތައް ބޮޑުވީ ގުއިރޯނެއްގަ ޖެހިގެން
މިހާރު މި ފެށުނީ ވިއްސާރަ މޫސުމް . ޖޫން ޖުލައި . ޢެއްވެސް ހޫނެއް ނުވާނެނު. ބިލައް އެއްވެސް އެއްޗެއް ދައްކަން ނުޖެހޭނެ ކަމަށް އުއްމީދު ކުރަން
ހެހެ އަނގައޭ ކިޔާބަލަ. ކަލޭމެން ވެރިކަމާ ހަވާލު ވީމަ ދުވަހަކު ނުވާ ވަރަށް ގައުމު ދޮންބޮޑުވީ ދޯ؟ ހުރިހާ ވަގުތެއް ނަގައިގެން ރާވާ ސައްލާ ކޮށް، އެންމެ ރަނގަޅު ބަހަނާއަކަށް އެއްބަސް ވެވުނު ގޮތަކީ ތީ؟
އޭސީ ބޭނުންކުރާ މިންވަރު މިމަސްތަކުގައި އިތުރުނުވި ނަމަވެސް ހޫނު ގަދަވުމުން އޭސީގެ ކޮމްޕްރެސަރު މަސައްކަތްކުރާ ވަގުތު އިތުރުވެގެންދޭ. މިކަހަލަ މޮޔަނުގޮވަބަލަ ގަމާރުވިޔަސް ބޮޑުވަރު
ރައްޔިތުން އަތުން ފެލާލި ލާރިތައް ސަރުކާރުން ހޯދަދޭން ޖެހޭ. މަމެން ގޭގަވެސް އިތުރަށް ކަރަންޑު ބޭނުމެއް ނުކުރަން.އެކަމް ބިލް ބޮޑު ހަމަ..
ނަސީބެންނު ނުބުނިކަން " މިދިޔަމަހު ރޭގަނޑެއް ނާދެޔޭ"
މީގެ ކުރިން މިގޭ ކަރަންޓް ބިލައް އަރަނީ 600 ރުފިޔާ މިހާރު އަގުހެޔޮކުރީމައަރާ 1300 ރުފިޔާ ކުރިޔައް ވުރެމަދުންކަރަންޓް ބޭނުން ކުރަނީވެސް މިސަރުކާރު ޕާޓީމީހުންގެ ގޭގެ ބިލްތަކަށް 200 ރުފިޔާވެސް ނާރަ ބަލާފަ މިބުނީ ދެނ ކޮން ހޫނުގަދަވެގެންނޭ ކިޔާކަށް އަހަރުމެން ނިކަމެތިރައްޔިތުން ފެލާސަރުކާރެއްމީ ދިރިއުޅޭތަނުގެ ކުލިދައްކާފަ ބާކީ އޮންނަ އެތިކޮޅުމިޖެހެނީ ބިލްދައްކަން ލިބުނު ފުލެޓްގަނޑުވެސް ފޭރިގަނެފަ ކިހާދެރަކަމެއް އޯގާތެރިސަރުކާރޯ ކޮންގޮތަކަށްބާ އޯގާތެރީ
ސްޓެލްކޯ ގެރިން ހީކުރީ ކަންނޭގެ ރައްޔެތުން ގުނބޯ ހެއްދޭނޭ.އައް ތުރެ ހޫނު ދުވަސްރަކެއް ވެސް އައި.. އެކަމަކު ކަރަންޓް އަކައް ބަދަލެއް ނާދޭ.މަގޭ ހައްގު ހޯދަން މަ ތެދުވާނަން. އަދި އެދުވަހަކުން ކަލޭމެންނާ ސުވާލުވެސް ކުރެވޭނެ. ދުވަހަކުވެސް މާފެއް ނުކުރާނަން. ކަލޭމެންނައް އޭގެ ހައްގު ޖަޒާ ލިބޭނެ. މިއަދު އުޅެލާ މަގާމުގެ ބާރު ބޭނުން ކޮއްގެން. ރައްޔެތުން ވެސް ގުނބޯ ނެހެދި މުޒާހަރާކުރަން ނިކުންނަން ވީ. އެއީ އހަރުމެންގެ ޒިންމާއެއް!!!
އަޅުގަނޑުމެންގެ ގެއިން ކަރަންޓް ބޭނުންކޮށްފަ ހުރީ އެހެން މަސްމަހާއި އަޅާބަލާއިރު މަދުން. ޢެކަމަކު ބިލް ވަރަށް ބޮޑު. މަދުން ބޭނުންކުރިޔަސް ބިލްބޮޑުވާން ޖެހޭކަމެއް ނުދަންނަށް.
ދެން އެކަަމަކު ހޫނު ގަދަވާނީ ތިކޮޅަށް؟
ހަމަ ޑަބަލް ބޮޑުވި އަހަރެމެންގެ ބިލް ރަށުގަ ނެތް 12 ދުވަސް އެމުއްދަތުގައި ދިޔަ އިރުވެސް. އައިސް އަލަމާރި އާ އެންމެ ލެޑް ބޮތްކެއް ނޫން އެއްވެސް އެއްޗެއް 12 ދުވަސް ވާނދެއް ގޭގަ ނުޖައްސާ
ސްޓެލްކޯއިން ބުނި ފްރީކުއެންސީ އަކާ ނުކުޅެމޭ،،،މާނައަކީ އެއޮތީ ކުޅަފައޭ،،އެހެންވީމަ ބޯޑުވީ ބިލްތައް!
ސްޓެލްކޯއިން ޖަވާބުދޭން އަރާތީނި ކޮންރަށަކުން ބަނބުކެޔޯ ކައިގެން އަރާ އިން ފަލަފަލަ ގަމާރެއް ބާ!!!ބަލަގަ ޔުނިޓު މައްޗަކަށް ނުދެޔޭ....ތިލަވަ ކަލޭ އަންހެނުންނަށް ކިޔައިދީ ބަލަ ..އެިރަށް ހެވިފަ އިންނާނެ!!!
ކޮންމެސް ޕާޓީ ފޯމެއް ފުރީމަ ބިލް ކުޑަ ވާނެއޭ ޕާޓީ އޮފީހަށް ގޮސް ފޯރމެއް ފުރާލާށޭ އެކްޓިވިސްޓަކު ބުނި މަ ކައިރީގަ. މީ ހަޤީޤަތަކީ. އެމީހުންގެ ބިލް ކުދަވީ ހޫނު ގަދަވީމަ
ފަހުގެ ތާރީޙްގައި އެންމެ ގަދައަށް ހޫނުވީ މިއަހަރު އެޕްރީލް މޭ ގަ ތޯ؟ ވޭތުވެ ދިޔަ 5 އަހަރުގައި ވެސް ކަރަންޓު ބިލަށް ނާއަރާ އަދަދު މިފަހަރު ފެނިގެން މިދިޔައި. ހަމަ އެއްވަރަކަން ކަރަންޓު ބޭނުން ކުރެވެނީވެސް. ދެންކީކޭ ބުނަނީވެސް.