މި ފާއިތުވި މަހުގެ ބިލްތައް ތައްޔާރުކޮށްފައި ހުންނާނީ، ފިއުލް ޑިސްކައުންޓްވެސް ހިމަނައިގެން ކަމަށް، ސްޓެލްކޯ އިން ބުނެފިއެވެ.

މިދިޔަ މަހުގެ ބިލްތައް ގޭގެއަށް ލިބުނި އިރު، އާދަޔާ ޚިލާފަށް އެ ބިލްތައް ބޮޑުވެފައިވާތީ، އެކަމާއި ގުޅިގެން އާއްމުންގެ ޝަކުވާތައް އިންތިހާއަށް ގޮސްފައިވާ ދަނޑިވަޅެއްގައި، އެކަމާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، ސްޓެލްކޯގެ ސީނިއަރ މެނޭޖަރު އަލީ މުޖުތަބާ މުހައްމަދު ވިދާޅުވީ މާލޭގެ ޓެރިފް ސްޓްރަކްޗަރަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށާއި، މިކަން ވަރަށް ގިނަ ކަސްޓަމަރުންނަށް އޮޅިފައި އޮތް ކަމަށެވެ. އަދި ފިއުލް ޑިސްކައުންޓްވެސް ވާނީ ކަސްޓަމަރުންނަށް ޑައިރެކްޓުކޮށް ޕާސްކޮށްފައި ކަމަށާއި، މި ބަދަލާ ގުޅިގެން ދެ ބިލް އަޅާ ކިޔާކަށް ނުޖެހޭނެ ކަމަށެވެ. އަދި އޭގައި ބަލަން ޖެހެނީ، ބިލްގައި ފިއުލް ޑިސްކައުންޓްގެ ގޮތުގައި ކެނޑޭ މިންވަރު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ސްޓެލްކޯގެ ސުޕްރިޓެންޑް އިންޖިނިއާ އިބްރާހިމް ރައުފު ވިދާޅުވީ، ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު ދުވަހެއް ދުވަހަކަށް ދަނީ މަތިވަމުން ކަމަށާއި އެހެން ކަމުން ބޭނުންކުރާ ސާމާނުވެސް ބަދަލުވަމުންދާ ކަމަށެވެ. އޭގެ ސަބަބުން ކަރަންޓް ބޭނުންކުރާ ޔޫސޭޖް މަތިވެގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތިބޭފުޅުން ބައްލަވާ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ހާލަތަށް. ދުވަހެއް ދުވަހަކަށް މި ދަނީ މި ހުރިހާ ކަމެއް ބަދަލުވަމުން. އޭގެ ސަބަބުން ކަރަންޓު ބޭނުންކުރާ މިންވަރުވެސް ވަރަށް ބޮޑަށް އިތުރުވޭ. އަޅުގަނޑުމެން އަބަދުވެސް ކަރަންޓް މި ސަޕްލައި ކުރަނީ ޑިމާންޑާ އެއްވަރަށް، އެހެންކަމުން އަޅުގަނޑުމެން ކަސްޓަމަރުން ކަރަންޓް ބޭނުން ކުރާ މިންވަރަކަށް މިޖެހެނީ ކަރަންޓް އުފައްދަން،" ރައުފު ވިދާޅުވި އެވެ.

ސްޓެލްކޯގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ނާޝިދު ވިދާޅުވީ، ކޮންމެ އަހަރެއްގެވެސް މާރޗް، އޭޕްރީލް އަދި މޭމަހަކީ އަބަދުވެސް ހޫނު ގަދަ މަސްތަކެއް ކަމަށާއި، އެކަމުގެ ޝަކުވާ ކޮންމެ އަހަރަކުވެސް ރައްޔިތުންގެ ފަރާތުން ލިބޭ ކަމަށެވެ.

"ކޮންމެ އަހަރެއްގެވެސް މާރޗް، އޭޕްރީލް އަދި މޭ މި ތިންމަހަކީ އަބަދުވެސް ހޫނު ގަދަ ތިން މަސް، އެހެންކަމުން ކަރަންޓް ބިލްތައް ބޮޑުވަނީ، މިސާލަކަށް އޭސީ ބޭނުންކުރާ މިންވަރު މިމަސްތަކުގައި އިތުރުނުވި ނަމަވެސް ހޫނު ގަދަވުމުން އޭސީގެ ކޮމްޕްރެސަރު މަސައްކަތްކުރާ ވަގުތު އިތުރުވެގެންދޭ. އަޅުގަނޑުމެން ޔަޤީންކަން ދެން، ބިލްތަކުގަ އެއްވެސް މައްސަލައެއް ނޫޅޭކަމަށް" ނާޝިދު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ހުސޭނުބޭ

    ބޮޑުގޮހޮޑާ ވާހަކަ ކިޔާދޭނެކަމެއްނެތް! ޑިސްކައުންޓް ލިޔަސް އަދި ނުލިޔަސް ކަރަންޓް ބިލް ވާންޖެހޭނީ ކުޑަ! ވަޢުދުވީ އެގޮތަށް!

    45
    1
  2. Anonymous

    ޑިސްކައުންޓް ލިީމަ ކުޑަވުމުގެ ބަދަލުގައި ބޮޑުވާކަން އަދި ކިރިޔާ މިއިނގުނީ.

    31
    1
    • ޝުކުރިއްޔާ ގައުމު

      ނާ ތެދެއް! ޑިސްކައުންޓްވެސް ދީފަ އޮތް ބިލެއް މީ! އެހެންނޫންނަމަ އަދި ކިހާވަރެއް ވީސް. ދެން އަންނަ ބިލަށް އަދި އިތުރަށް ޑިސްކައުންޓް ދީފަ މިހާރަށްވުރެ ބިލް "ކުޑަ" ކޮށްލަ ދެއްޗޭ.

  3. ސޮރީ

    ދިރިއުޅުމުގެ ހާލަތަ އެންމެގެ އެއްފަހަރާތަ މިދިޔަ ހަތަރު މަހު ބަދަލުވީ. ހުރިހާ ވެސް މައްސަލައަކީ މ.ޑ.ޕ ސަރުކާރުން ހަމައަގު ގެންނާތީ. ކުރިން ހުރިގޮތަށް ބެހެއްޓިނަމަ މާ ރަނގަޅުވީސް.

    23
    2
  4. ޥާވާ

    ޢެޖެންޑާ 19 ވަރަށް ސަޅި!

    20
    2
  5. މަލާ އައްޑޫ

    ރައްޔިތުން ނަށް ވައްކަން ކުރާނެ ގޮތް ދަސްކޮއް ދޭ ކުންފުނި ފެނަކަ (ނަރަކަ).ވައްކަން ކުރުމަކީ ތޮބީ އީ ކަމެއް.ވަަގުން ބޭރު ކުރޭ!

    16
  6. ވަހީދާ

    ފިއުލް ޑިސްކައުންޓު ކަލޭމެން ބިލައް އެއްކުރީ ދޯ.. ޑިސްކައުންޓަކީ އެއް ކުރާ އެއްޗެއްނޫން..އެއީ ކަނޑަން ޖެހޭ އެއްޗެއް.

    23
    1
  7. މޮޔަ

    މީގެ ކުރިންވެސް ތިކިޔާ ޑިސްކައުންޓް އެއް ދިން، ރޯދަމަހު ހެސްކިޔާފަ ފިނި އަބަދު ވާރޭ ވެހޭ ސުޓެލްކޯ މީހުން ގެއަށް އަލިފާން ކަންނޭންގެ ވެހުނީ ހޫނު ގަދަވީ

    23
    1
  8. މަންމާން

    ޖަޒީރާ ރާއްޖޭގެ ކަންކަން ހިނގަމުންދާގޮތުން.. ކުރިއައް އޮތް މަސްތަކުގައި ގޭގޭގައި ބޭނުންކުރަންޖެހޭނީ އުއްބައްތި ނޫނީ ބިގަރު ކަހަލަ ކަރާސީނު ބައްތި އެވެ. ދެން ސޫތުކުޅިން ގެންނަ މުންޑު އަނދެގެން ބޮޑު ބިސްކޯދު ކާން ތިބުމަކީ ރާއްޖޭގެ ކުރިމަގުކަމުގައި އިސާހިތަކު ވެގެން ހިނގައިދާނެއެވެ.

    27
  9. ޑިސްކައުންޓު

    ސާބަހޭ ތިޔަ ކުރާ ހިތްވަރަށް ތިޔަކަހަލަ ޑިސްކައުންޓު ނުލީމަ މާރަނގަޅު ޑިސްކައުންޓުލީމަ މިވާ ގޮތަކީ 1200 އަރާބިލް 2600 އަށް ކުޑަވަނީ ތިޔަހެން ޑިސްކައުންޓުދީ ކަރަންޓު ބިލް ކުޑަކުރަންޏާ ދިވެހިނަ ހަނާވާކަށް މާ ގިނަ ދުވަހެއް ނުނަގާނެ ކޮންމެހެން ކުޑަކުދިން ނިންދަވަން އުނދޯލީގަ ކިޔާކަހަލަ ފުލޯކުވާހަކަޔާ ފުލޯކު ރައިވަރު ފަދަ އެއްޗެހި ކިޔާނެކަމެއްނެތް އެންމެން ޅޮސް އުނދޯއްޔަކަށްވެސް ނޭރުވޭނެ މިޤައުމުގަ އެންމެން އަބަދަކު ހަމައިން ނެއްޓިފައެއް ނުތިބޭނެ ހަމަ ހޭގަ ތިބޭ ވަގުތުވެސް އަންނާނެ ރައްޔިތުންގެ ބޯކާލައިގެން ނުފުއްދޭހާ ވައުދުވެގެން މަޖިލީހާ ވެރިކަމާ ޖުޑިސަރީ އަތްދަށުލައި މޮޑޭ ފުށްގަނޑެއްހެން މޮޑެފއި ގުޅަވަށައުގެން ބަނޑުދަށުލައިގެން ތިބެ ތިންބާރޭ ޑިމޮކްރަސިއޭ ކީމާ އެކަން ޤަބޫލްކުރާ ބަޔަކު ކުރާނީ އެންމެނަކު އެވާހަކަ ޤަބޫލެއް ނުކުރާނެ

    19
    1
  10. އާއް

    އޮޅުވާލުމެއް ނެތް، ބޭނުން ކުރި ކަރަންޓްގެ އަދަދު އިތުރުވީ ކަމަށް ސްޓެލްކޯ އިން ބުނާނަމަ އެކަން ދައްކަންވީ ނޫންތޭ ތަފާސް ހިސާބު ތަކުން އިލެސްޓްރޭޝަންގެ އެހީގައި ނަމަވެސް ތަމެން ތިޔާ ދައްކާ ވާހަކަ އިން ބޮޑަށް އާންމު ރައްޔިތުންނަށް އޮޅެނީއޭ އާންމު ރައްޔިތުން ތަމެން ދައްކާ ވާހަކަ ގަބޫލުކުރުމުގެ ބަދަލުގައި ޖަހަނީ ޖޯކްއޭ ތަމެން ދައްކާ ވާހަކަ އަށް ދެން ޖޫން ޖުލައި މަހު ކަރަންޓް ބިލް އަށް އަރާނީ 1 ރުފިޔާ ނޫންތޭ އެއީ ވިއްސާރަވެފައި ވައިގަދަ ވުމުން ނޫންތޭ

    11
  11. ބޮޑުކަމެއްނު

    ޖޫން ޖުލައިގެ ވިއްސާރަ ދުވަސްވަރު ބިލައް އެއްވެސް އެއްޗެއް އަރައިގެން ނުވާނެ. ބިލް ބޮޑުވީ ހޫނުވެގެން ކަމައް ވަންޏާ އެއްކޮށް ހޫނުކަން ދިޔައިމަ އަންނަން ޖެހޭ ބިލެއް އޮވެގެން ނުވާނެ

  12. ކެކެކެ

    ތެދެއް. ދެ ބިލް އަޅާ ބަލާކަށް ނުޖެހޭނެ. މިފަހަރު ބިލު އެކަނި ބަލާލާފަ އާނ އާނ ވަރަށް ކުޑަވެފައޭ މިއޮތީ ކިޔަމުން ގޮސް ލާރިގަނޑު ދައްކާލީމަ އެކަން އެނިމުނީނު. ހހހހ މިތިބަ މަރުމޯލުންތަކެކޭ ދޯ؟

  13. ލާލު

    ހެޔޮނުވާނެ ފިއުލްޑިސްކައުންޓް ނުލާދެންހަދާތި

  14. އެޑިޓް

    މިދުނިޔޭގަ ލެއްވި ހުރިހާ ކޮހެއް އެއްފަހަރާ ނުގޮވަބަލަ... އެހެން މީހުންވެސް ގޮވަން ބަހައްޓަބަލަ...

  15. އަހްމަދު

    މިދިޔަ ދެމަސްދުވަހުތެރޭގައި އެއްވެސް ތަނަކަށް އަލަށް ކަރަންޓް ނުދެނީތޯ؟ ދިންކަމަށްވާނަމަ އިތުރު ކަރަންޓް ހިނގާނެ. އެބައި ހިނގާނީ އެތަނަކުން. އެބައިމިބޮޑުވީ ކުރިން ކަރަންޓްލާފާ ހުރި ތަންތަނުގެ ބިލައްތޯ؟ ނޫސްވެރިންނަކަށްވެސް ނޭގޭ މިކަހަލަސުވާލު ކުރާކަށް.

  16. ބުރޯ

    ތިޔަ ވާހަކަ ނުދައްކާ 2008 ގަވެރިކަމަށް އައިސް ފިއުލް ސާޗާޖޭ ކިޔާފަ އަގު ބޮޑުކުރި ހަނދާނެއް ނެތް ދޯ . މިހާރުވެސް މިހެދީ އެކަހަލަ ކަމެއް އިތުރަށް ޑިސްކައުންޓެއްދިނީއޭ މިކިޔަނީ ، ގައުމު ހިންގާކަށް އެމްޑިޕީ އަކަށް ނޭގޭނެޔޭ ބުނީމާ ކެރަފާ ވަގު އާއިލާ ނިކުމެ އެހެން މީހުނަށް ވަގަށްގޮވައިގެން ވެރިކަމަށް އައީ 2008 ގެ ހަނދާން ޖީލެއް ނުދަނީސް ހަނދާނުން ފޮހެވުނީމަ ވާނީ މިހެން. .

    • ާރަސީދު

      އަޅުގަނޑުމެންގެ ވެރި ރަސްކަލާނގެ ކިތައްފަހަރު ފުރުސަތު ދެއްވާ ރަނގަޅު ވެރިޔަކު އިޚުތިޔާރު ކުރުމުގެ ހެޔޮ ނަސީބު ނުދެއްވަންތޯ އެކަމަކުވެސް މި ބީތާ މަކަރު ވެރި އާއިލާ ވެރި ކަމަށް ގެނަައީ ހަމަ ހޭގަ އަޅުގަނޑުމެން ދިވެހި އުތްމަށް އޮއް ހާލުގަ ނޫންތޯ! ވަރަށް ސަލާމް

  17. Anonymous

    ދޮގު ހެދިޔަސް މީ ބޮޑުވަރު ޑިސްކައުންޓް ދިނީއޭ ކިޔައިގެން ހަދާ ބުޙުތާން ދޮގު މީ އެޖެންޑާ 19 ގެ ތަފާތުކަން އަދިވެސް މިކަހަލަ ކިތަންމެ ކަމެއް ކުރިއަށްއޮތްތާ ފެންނާނެ ބަލަންތިބޭ

    5
    1