ދަޢުލަތުން ގެއްލިފައިވާ ހުރިހާ ފައިސާތަކެއްވެސް ހޯދަންޖެހޭ ކަމަށާއި، ނަމަވެސް ރައީސުލްޖުމްހޫރިއްޔާ މިހާރު އުފައްދާފައިވާ، މައްސަލަ ބަލާ ކޮމިޝަންތަކަށް އެކަމުގެ ހުރިހާ ބާރެއް ދިނުން ރަނގަޅު ނޫންކަމަށް، ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ޣައްސާން މިހެން ވިދާޅުވީ، ރިޔާސީ ކޮމިޝަންތަކުގެ ބިލާއި ގުޅޭގޮތުން، މަޖިލީހުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

"ދައުލަތުން ގެއްލިފައިވާ ފައިސާތައް ހޯދަން ޖެހޭ. އެކަމުގައި އިހުމާލުވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް ފިޔަވަޅު އަޅަން ޖެހޭ. ނަމަވެސް އެކަންކަން ކުރުމަށް ގާނޫނު އަސާސީން ބާރު ދީފައި ހުރި އިދާރާތައް އެބަހުރި. އެހެންކަމުން އެ ބާރުތައް ކޮމިޝަންތަކަކަށް ހަވާލު ކުރުމުން މުސްތަގުބަލުގައި ނިކުމެދާނެ ނަތީޖާ ތަކަަށް ވިސްނާލަން ޖެހޭ." ޣައްސާން ވިދާޅުވިއެވެ.

މީގެ އިތުރުން ޣައްސާން ވިދާޅުވީ، ގެއްލިފައިވާ ފައިސާ ހޯދަން އެބަ ޖެހޭ ކަމަށާއި، އެކަމުގައި އިހުމާލުވާ މީހެއް ނަމަ އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރަންވެސް ޖެހޭ ކަމަށެވެ. އަދި މިކަންކަން ކުރަން ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި ކަނޑައެޅިފައި ހުރި އުސޫލުތަކެއް އެބަހުރި ކަމަށާއި،ގާނޫނުއަސާސީންނާއި ގާނޫނުތަކުން ބާރު ލިބިގެން އުފެދިފައިވާ އިދާރާތަކާއި މިނިވަން މުއައްސަސާތަކާއި ކޮމިޝަންތައްވެސް އެބަ ހުރި ކަމަށެވެ.

ހަމަ އެހެންމެ، މިފަދަ ބާރުތައް އެއްބައެއްގެ މައްޗަށް ދޫކޮށްލައިފި ނަމަ ޑިމޮކްރަސީގެ ރިވެތި އުސޫލުތަކާއި ޗެކް އެންޑް ބެލެންސްގެ އުސޫލުތައް ގެއްލިގެން ދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރިޔާސީ ކޮމިޝަންތަކުގެ ބިލުން ކޮމިޝަންތަކަށް ލިބިދޭ ބޮޑެތި ބާރުތައް 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވަނީ ނަގައިފަ އެވެ. ނަމަވެސް އައު މަޖިލީހުން ވަނީ އެ ކޮމިޝަންތަކަށް އަލުން ބާރުތައް ދޭ ގޮތަށް ބިލު އިސްލާހުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ބަގެ

    މޮޅުވަާހަކަ ރަގަޅު ސަާބަހެޭ

    20
    1
  2. ރާބޮޑޭ

    ތިޔަވިދާޅުވާ މުއައްސަސާތައް ހުރެމެ މިހުރިހާ ދުވަސްވީއިރުވެސް އެކަން ނުބެލިގެން ނޫންހޭ މައްސަލަބަލާ ކޮމިޝަންތަކެއް އުފައްދާ ބާރުދޭންޖެހުނީ !

    12
    35
    • ދޮންބެ

      މުއައްސަސާތަކަށް ނުވީމަ މުއައްސަސާތަށް އިސްލާޙު ކުރާނީ. އިބޫ ވެރިކަމުގަ ހުރެފަ، އިބޫ ކައިރި އެނބުރޭ ހައެއްކަމީހުން ލައިގެން ކޮމިޝަންހަދާ އެކޮމިޝަނަށް ރާއްޖޭގެ ދެންހުރި ހުރިހާ ބާރެއް ދިނުމެކޭ ރަސްކަމެއް ކުރުމެކޭ ކޮބާ ތަފާތެއް؟ ޑިމޮކްރެސީގެ ވާހަކަ ދައްކަނީ ވަކި މަގުސަދެއް ޙާސިލް ކުރަންވީމަ.

      11
      4
    • ޒަބާދުކުޑޭ

      އެހެންވެގެނެއްނޫން. ޕާޓީކުދިންނަށް މަގާމްތަކެއް ދޭންވެގެން ކޮމިޝަންތައް އުފައްދަނީ. މައުމޫނުގެ މައްސަލަތައް ބަލަންވެސް ވެސް އުފެއްދި ކޮމިޝަނެއް. ކޮންކަމެއްތޯވީ. އެކޮމިޝަނުގެ މެމްބަރުންނަށް ބޮޑެތި މުސާރަތަކެއްދިނީ. އެހެންކަމެއްނުވޭ.

      9
      3
  3. އަލްޖިބްރާ

    ކަލެއަށް އެކަން ރަގަޅު ނުވާނެކަން އެގޭ ! ތީ ޔާމީނުގެ " ޕަޕެޓެއް " !

    6
    12
  4. ކޮމި

    ކޮމިޝަން ތަކުގެ އިސްވެރިންނަށް ތިބީ ކިހިނެއް ހުކުން ކޮށްފައި ތިބިބައެއް ތެދުވަހަކަ ނުފެނެއި

    5
    1
  5. ޖާހިލު

    މީ އަނެއް ޔާމީނަށް ނުވަނިސް މީނާ ހިންގާފަހުރި ކޮރަޕްށަނާ ފަސާދަ ބަލާ ސިޔާސީ ދާއިރާއިން ދުރުކުރަން ޖެހޭމީހެއް. ނޫންނަމަ މުސްތަގުބަލުގައި ދިވެހި ގައުމަށް އިޔާދަނުކުރެވޭފަދަ ގެއްލުންތަކެއްދީފާނެ

    1
    6