މިދިޔަމަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައި ވަނީ ޗައިނާއިން ކަމަށް މޯލްޑިސް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަމަހު ރާއްޖެއަށް 3.6 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ. އަދި އެތެރެކުރި މުދާލުގެ ތެރެއިން އެ މުދަލުގެ 22 އިންސައްތައަކީ ޗައިނާއިން އެތެރެކުރި މުދަލެވެ. މިއީ 802 މިލިއަން ރުފިޔާގެ މުދާކަމަށް ކަސްޓަމްސްއިން ބުނެއެވެ.

ދެވަނައަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައި ވަނީ ޔޫ.އޭ.އީ އިންނެވެ. އެ ގައުމުން ރާއްޖެއަށް އަގު 761 މިލިއަން ރުފިޔާގެ މުދާ އެތެެރެކުރިއިރު، އެ ލިސްޓުގެ ތިން ވަނާގައި ހިމެނޭ ސިންގަޕޫރުން 425 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައި ވެއެވެ. އަދި އިންޑިއާއިން 295 މިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކުރިއިރު، ސްރީލަންކާއިން އެތެރެކޮށްފައިވަނީ 202 މިލިއަން ރުފިޔާގެ މުދަލެވެ.

މިދިޔަމަހު ރާއްޖެއިން އެކްސްޕޯޓް ކުރި މުދަލަށް ބަލާލާއިރު، 232 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓްކޮށްފައެވެ. އޭގެ ތެރެއިން އެންމެ ގިނަ މުދާ އެކްސްޕޯޓްކޮށްފައިވަނީ ތައިލެންޑަށެވެ. ޖުމްލަ އެކްސްޕޯޓްގެ 47 އިންސައްތަ ތައިލެންޑަށް އެކްސްޕޯޓްކޮށްފައިވާއިރު، އޭގެ އަގު 109 މިލިއަން ރުފިޔާއަށް އަރައެވެ.

ދެވަނައަށް އެންމެ ގިނައިން އެކްސްޕޯޓްކުރި ޖަރުމަން ވިލާތުންނެވެ. އެ ގައުމުން 27 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވެއެވެ. ތިން ވަނައަށް އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވާ ފްރާންސަށް 19 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު، އެމެރިކާއަށް ވަނީ 13 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައެވެ. އަދި ވިއެޓްނާމަށް 10 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކުރިއެވެ.

މިދިޔަމަހު ރާއްޖެއަށް ޖުމްލަ 3.6 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވެއެވެ. އަދި 232 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރުޒާނާ ޗޮއްޕަޓު

    ނުވާނެ ތިހެނެއް. ޗައިނާއިން ގެންނަ އެއްޗިއްސަށް އަހަރުމެން ރީނދުސްތާނުން އެލާޖިކް ވާނެ. ބްރިޖް ފެނުނީމަވެސް އަހަރުން ހޮޑު ލަވާ

  2. ކޮމެންޓްްްކުރާމީހާ

    ކޮބާ... އެހެންވީމާ އިންޑިއާ ހާދަހާ ފަހަތެއްގައޭދޯ މިއުޅެނީ....

  3. އަހްމަދު

    ދެންވިޔަފާރިވެރިންނަށް އަންގަންވީނު މީގެފަހުން މުދާއެތެރެކުރަންވާނީ އިންޑިއާއިންނޭ

  4. އަހުމަދު

    ޗައިނާ އާއި ނުލާ ދެން ނޫޅެވޭނެ....ކިތަންމެ ވަރެއް ކުރިޔަސް ކޮންމެ ގެއެއްގައި ހުންނަ ޓީވީ ދޮންނަ މެޝިން ތަށިމުށި ދޮރު ދޮރުފަތް ޗައިނާގެ އުފެއްދުން