13 ރަށެއްގެ ފުޓްބޯޅަ ދަނޑުގައި ޓާފް އަޅަން ޓެންޑާ ބޯޑް އަށް މިއަދު ފޮނުވައިފިއެވެ.

ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފް މިއަދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ، 13 ރަށެއްގައި ޓާފް އަޅަން މިއަދު ޓެންޑާ ބޯޑްއަށް ފޮނުވާފައިވާ ކަމަށެވެ.

އަދި ޓާފް އަޅަން ނިންމާފައިވާ ރަށްތަކުގެ ތެރޭގައި ހިމެނެނީ ރ. އަލިފުށި، ފ. ނިލަންދޫ، ސ. ފޭދޫ، ޏ. ފުވައްމުލަށް، ގދ. ތިނަދޫ، ލ. ގަން، ޅ. ހިންނަވަރު، ސ. ހޮޅުދޫ، ހއ. ދިއްދޫ، ގއ. ވިލިނގިލި، އދ. މާމިގިލި، ހދ. ނެއްލައިދޫ އަދި ނ. ކެނދިކުޅުދޫއެވެ.

މި ރަަށްތަކުގެ އިތުރަށް، 11 ރަށަކަށް ވަރަށް އަވަހަށް އިއުލާނު ކުރެވޭނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ މިއަދު މިހެން ވިދާޅުވިއިރު، ދިއްދޫގައި ޓާފް އަޅައިގެން ހަދާފައިވާ ދަނޑެއް ރޭ ހިނގި ހަމަނުޖެހުމެއްގައި ވަނީ ހަލާކުކޮށްލާފައެވެ. ނަމަވެސް ޓާފް އަޅަން މިއަދު ޓެންޑާ ބޯަޑަށް ފޮނުވި ރަށްތަކުގެ ތެރޭގައި އެރަށު ފުޓްބޯޅަ ދަނޑުވެސް ހިމެނެެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދިވެހި ފުޓްބޯޅަ

    ތި ލިސްޓުން ހއ.ދިއްދޫ އުނިކުރޭ! އެއީ އެކަން ކުރަންޖެހޭނެ ގޮތް. ޢެހެން ނޫނީ ކޮންމެ ރަށެއްގައި ވެސް ކުޅިވަރުގެ ރޫހުނެތިގޮސް ހަނގުރާމައިގެ ރޫހު އާލާވެދާނެ؟ އެފް.އޭ. އެމް އިން މިހާރުން މިހާރަށް އެކަން ކުރިބަޔަކަށް ފިޔަވަޅު އަޅަން ޖެހޭ! މިނިސްޓްރީން ވެސް އަޅާފިޔަވަޅަކީ މިހާރުން މިހާރަށް ޓާފް އަޅާ ދަނޑުތަކުގެ ލިސްޓުން ދިއްދޫ އުނިކޮށް އެހެން ރަށަކަށް އެދަނޑުގެ ޓާފް ބަދަލުކުރަން ޖެހޭ

    12
    2
  2. އިރުފާނު

    ރާއްޖެތެރެ ޗެމްޕިއަން ތިމަރަފުށީގަ ޓާފް ނާޅަނީ ކީއްވެ؟ މިފަހަރު ޗެރިޓީ މެޗް ވެސް ތިމަރަފުށިގަ ނުކުޅެވުނީ ރަނގަޅު ޓާރފެއް ނެތީމަ؟ ޖެހިގެން މިދިޔަ 3 އަހަރު މިނިވަން ޗެމްޕިއަންޝިޕް ރަނާރ އަޕް އާއި ޗެމްޕިަން ހޯދި ތިމަރަފުއްޓަކީ %100 ތިމަރަފުށި ކުދިންނަށް ނިސްބަތްވާ ޓީމެއް...

    9
    1
  3. ޝާން

    އިންޑިޔާ އިން ދިން އެއްޗަކައް ވާނީ

    2
    3
  4. އަލިފުޅުބެ

    ތި ލިސްޓުން ދިއްދޫ އުނިކުރަންވީ އެމީހުން ހިތުހުރިހައި ގޮތެއް ހަދަން ފުރުސަތު ނުދެމާ، ދުވަހަކުވެސް ކުށެއް ނުކުރާނެ، ކުށެއް ކުރިޔަސް އަދަބުން ބަރީއަ ކުރާނެ، އޮފީހަށް މަސް އެޅި މީހުނަށް ވެސް ދިން އަދަބެއް ނެތް. ލޯންޗުގައި ރޯކުރީމަވެސް ދިން އަދަބެއް ނެތް މީހުން އެނގޭއިރު . ދެން ސުލްހަވީ އޭ ކިޔައިގެން މެޖް ޕޯސްޓު ކުރީމާ ނިމުނީ ކީ ނޫން، އެހެން ތަނެއްގައި ކުރިކަމެއް ނަށް ވަރަށް އެވާހަކަ ދައްކާނެ ދިއްދޫ މީހުން. ދެން ކޮމެވެސް މޮޅުވާހަކައެއް ދައްކާނީ. ދިއްދޫ މީހުންނަކީ ކުއްވެރި ވާ ބަޔެއްނޫން. ސަރުކާރު މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ނަގަން ޖެހޭ ސަރުކާރު މުދަލަށް ގެއްލުން ދިނީމާ.

  5. ސައްބު

    މިއީ ރައީސް ޔާމީން ވެރިކަމުގައި ޗައިނާއިން ދީފަހުރި އެހީތަކެއް. ބޭނުންވާ ސާމާނުވެސް ހުރީ ގެނެސް ގުދަންވެސް ކޮށްފަ.

    3
    1