މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ހާޒިރުކޮށްފިއެވެ.

ރިޔާސީ ކޮމިޝަނުން ދެންމެ ވިދާޅުވީ އަދީބު ކޮމިޝަނަށް ހާޒިރުކޮށް ސުވާލު ކޮށްފައި ވަނީ ނޫސްވެރިޔާ ރިލްވާން ގެއްލިފައިވާ މައްސަލަ އާއި ޑރ.އަފްރާޝީމް މަރާލި މައްސަލައިގައި އަދީބުގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން ކަމަށެވެ.

ރިލްވާންގެ މައްސަލައިގައި އަދީބުގެ ބައިވެރިވުމެއް އޮތްތޯ ބަލައިދޭން ރިލްވާންގެ އާއިލާ އިން ވެސް ވަނީ މީގެ ކުރިން އެދިފައެވެ.

ރިޔާސީ ކޮމިޝަނުން ވިދާޅުވީ އަދީބުގެ ބަޔާނެއް ކޮމިޝަނުން ނަގާފައިވާނެ ކަމަށެވެ.

އަދީބު ރިޔާސީ ކޮމިޝަނަށް ހާޒިރު ކުރި ކުރުމާއި ބެހޭ ގޮތުން އިތުރު އެއްވެސް މައުލޫމާތެއް ރިޔާސީ ކޮމިޝަނުން ހާމައެއް ނުކުރެއެވެ. ރިޔާސީ ކޮމިޝަނަށް ހާޒިރު ކުރުމާއި ބެހޭ ގޮތުން އަދީބުގެ ފަރާތުން ވެސް މިހާތަނަށް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލައި އެމައްސަލަތަކުގެ ހަޤީޤަަތް ހޯދުމާއި އިންސާފު ގާއިމް ކުރުމުގެ މަސައްކަތް އެކަށީގެންވާ ގޮތުގައި ކުރެވިފައި ނުވާކަމަށް ވިދާޅުވެ ރައީސް ޞާލިހް އުފައްދަވާފައިވާ ކޮމިޝަނުން ބަލަމުން ގެންދާނީ 01 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެމްބަރ 2018 ގެ ނިޔަލަށް ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ހިނގާފައިވާ ހާދިސާތަކެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ކޮމިޝަނެއް އުފައްދަވާ ރައީސް ޞާލިހް ނެރުއްވި ޤަރާރުގައި ވިދާޅުވެފައި ވަނީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލައި އެކަށީގެންވާ މިންވަރަށް ތަޙްޤީޤު ކުރެވި އިންސާފު ގާއިމު ކުރެވިފައި ނުވަނީ އެފަދަ މައްސަލަތައް ތަޙްޤީޤުކޮށް އިންސާފު ގާއިމުކުރުމަށް އުފައްދާފައިވާ މުއައްސަސާތަކާއި ދައުލަތުގެ އިދާރާތަކުން އެފަރާތްތަކާއި މަތިކުރެވިފައިވާ ޤާނޫނީ ޒިންމާ އެކަށީގެންވާ ގޮތެއްގައި އަދާކޮށްފައި ނުވާތީ ކަމަށެވެ.

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ ތެރެއިން އެކިއެކި ސަބަބުތައް މެދުވެރިވެގެން އެކަށީގެންވާ މިންވަރަށް ތަޙްޤީޤު ނުކުރެވި ހުރި މައްސަލަތަކުގައި މިނިވަން މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަޙްޤީޤެއްކޮށް ހަޤީޤަތް ހޯދައި އާންމުކުރުމަކީ އިންސާފު ގާއިމުކުރުމަށްޓަކައި ދައުލަތުން އުފުލަން ޖެހޭ މަސްއޫލިއްޔަތެއް ކަމަށް ވެސް ކޮމިޝަން އުފައްދަވަން ރައީސް ނެރުއްވި ޤަރާރުގައި ވިދާޅުވެފައި ވެއެވެ.

ރިޔާސީ ކޮމިޝަނުން ތަޙްޤީޤު ކުރާ ބައެއް މައްސަލަތަކުގެ ހަޤީޤަތް މިހާރު ހޯދިފައިވާ ކަމަށް ރިޔާސީ ކޮމިޝަނުން ވިދާޅުވި ނަމަވެސް އެއްވެސް މައްސަލައެއްގައި އެއްވެސް މީހެއްގެ މައްޗަށް މިހާތަނަށް ދައުވާ އުފުލާފައެއް ނުވެއެވެ. އަދި މައްސަލަތަކުގައި ލިބިފައިވާ ކުރިއެރުންތަކުގެ މައުލޫމާތެއް ވެސް ހާމައެއް ނުކުރެއެވެ.

މިއަދަކީ ރިޔާސީ ކޮމިޝަންތައް އުފެއްދިތާ ހަމަހާއި 25 ދުވަސް ފުރިހަމަވީ ދުވަހެވެ.

ރިޔާސީ ކޮމިޝަންތަކަށް ބޮޑެތި ބާރުތައް ލިބޭ ބިލެއް ސަރުކާރުން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. Anonymous

    މުޅި ދިނިޔޭގަ ވެސް ހުރި އެންމެ ތެދުވެރިމީހާތަ އެއީ؟ އަދީބު ބުނާ ގޮތަކަށްތަ ރިޟުވާން ގެއްލުވާލި މައްސަލައިގެ ގުކުމް އަންނާނީ؟ ޑރ އަފްރާޝީމް އަވަހާރަކޮށްލުމުގެ ވާހަކަ އަދީބަށްތަ އެނގެނީ. ހުމާމް ކޯޓުގައި ކިޔައިދިން ގޮތުން އަދީބު ނުހިމެނޭ.

  2. ސަންތިމަރިޔަބު

    ބަންދު ކަނޑާ 100 ދުވަސް ހަމަވާ ދުވަހު ތިހުރިހާކަމެއް ހާމަކުރާނެ 100 ދުވަހަށް އިންތިޒާރު ކުރަށްވާ

    12
  3. ބުރޯ

    ތިޔަ 2 މައްސަލަޔާ ގުޅުންހުރީ އަދީބުތަ ؟ ނުވަތަ ނަސީދު ތަ؟ ނަސީދު ބުނި ވާހަކަ މީޑިޔާ އިންދުށިން ހަބަރު ގެ ވަސީލަތް ތަކުން އަޑު އެހިން އަފަރާސީމް އަވަހާރަ ކޮށްލި މީހުން މެދު އިރުމަތިގެ ގައުމަކަށް ގޮއްސިކަމަށް އަވަހަރަކޮށްލީ ވެސް ނަސިދު ގާތު ބުނެފަ ފުރައިގެންދިޔައީވެސް ނަސިދު ގާތުގަ ބުނެފަ ކަމުގަ ނަސީދު ގެ ވާހަކައިން ދޭހަވި އިރު ނަސިދާ ސުވާލު ނުކުރަނި ކީއްވެ ؟؟؟؟؟؟؟؟ ރިޒްވާންގެ މައްސަލާގަ ނަސީދު ރިޒްވާނަ ދިން ލާދީނީ އިންޓަވިޔު ކޮބައިތޯ ބެއްލެވިބާ . އައިރިސްޓައިމުން އެ އިންޓަވިޔު އަޕްލޯޑްކުރި އެކަމާ ދެކޮޅުހަދާ ނަސީދު ނެރުނު ނޫސްބަޔާނުގެ އަޑު މީޑިޔާ ތަކުން އިވުނު ނަސިދާ ސުވާލު ނުކުރަނީ ކީއްވެ ؟؟؟؟؟

    13
    1
  4. މަރިޔާދު

    އަދީބުއަކީ މީހަކު އެޅުވި ފަންޔެއް. ފަނި އެޅުވިމީހާ ތި ފޭކު ތަނަކަށް ހާޒިރު ކުރަން ރަނގަޅު!

    13
    1
  5. ހުސްއަގަ

    އަދީބެއް ގުއި ރޯނެއްގަ ނުޖެހޭނެ

    5
    2
  6. ހޮހޮ

    އަދީބު ފިލަން ކައިރިވަނީ

    10
    1
  7. ހުސް

    މާސްޓަރ މައިންޑު މޭންދޯ

    8
    1
  8. Anonymous

    މިހާރުތަ ތިކަލޭގެއާއި ސުވާލުކުރަންތިބީ، ވޭތުވި ދުވަސްތަކުގާ މަރުތައްބަލާ ކޮމެޓީއޮތީ މަރުވެފައިތަ؟؟ މި ޢައްދާރު ގާތިލު އަދީބު ގައުމުންބޭރަށް ފުރާން ހުއްދަދީގެން އޭނަ އެހެރީ ދަތުރުމަތީގައި، ދެން އެނބުރި ނައަންނާނެކަން ޔަގީން، ވީމާ ކަމެއްނުވިޔަސް މަރުތައްބަލާކޮމިޝަންވެސް އެބަހިނގާކަން އަންގަނީ ދޮތާ؟؟؟

    8
    1
  9. ރާސްޓަސް

    ތީވަކި މީހެއްގެ ބޮލުގަ އަޅުވާނެ ތާކިހަލެއް ފަހަން ހަދައިގެން އުޅޭ ކޮމިސަނެއް ކަމައް މިހާރު ބެލެވެނީ އެއްވެސް ހާލަތެއްގާ ހެޔޮ ނިޔަތެއްގަ ކުރާ ކަމެއް ކަމަކައް މިހާރަކު ގަބޫލެއް ނުކުރެވޭ ކޮންމެ ގޮތަކުން ވެސް ބޭނުންވާ މީހާގެ ބޮލައް ތާކިހާ ހެޔޮވަރު ކުރެވޭތޯ ބަލާތި.

    9
    1
  10. އައްޑޫ މީހާ

    ފިލަން ދިން ޗާންސް ވަރަށް ފައްކާ އަހަރުމެންނަށް އިންގޭ އެސޮރު އަތުގަހުރި ފައިސާ ނަޝީދުއާއި ހަވާލުކުރިކަން ނަޝީދު އަމިއްލައަށްވެސް އިއުތިރާފްވި އަދީބު ތިމަންނަ ކައިރީގަ ބުންޏޭ ފައިސާހުރިތަން އެހެން ކަމުގަ ވަނީނަމަ އެމް.ޑީ.ޕީ ވެރިކަމަށް ގެންނަން އަދީބު ކުރި ހަރަދުގެ ބަދަލުގައި ތިޔަ ދެއްވީ ވަރައް ސަޅި ހަދިޔާއެއް ދެން އެސޮރު ރާއްޖޭން ބޭރުގައި ކޮންމެވެސް ގައުމެއްގެ ހިމާޔަތް ހޯދައިގެން އުޅެފާނެތާ! މިގައުމުގެ ރައްޔިތުން އަދީބު ހައްޔަރުކުރަން ގޮވާގޮވުން އޭރުން ނިމުމަކަށް ގެނެވުނީ ފިލްމް ނިމުނީ ދެން ލަލަލާ

    8
    1
  11. ޢިބްރާ

    އަފްރާޝީމް މަރުގެ މައްސަލައިގަ ރައްޔިތުނގެ މަޖިލީހުގެ މިހާރުގެ ރައީސްއާ ސުވާލުކިރިބާ؟ އޭނަ ބުނެފައޮތީ އަފްރާޝީމް މެރި މީހުން ރާޢްޖެއިން ފުރިވާހަކަ،

  12. އަފިރިންގެ ޚިޔާލް

    އަދީބްގެ ބާރު ހިނގާ ސަރުކާރެއް، ޤާއިމްވެ، ތިބޭފުޅުންވެސް ތިފަދަ ކަމިޝަންތަކަށް ހާޒިރުކުރާނެ.. އަޅަފަހެ މިއުޅެނީ މޮޔަވެގެންތަ،،
    ދުނިޔޭގެ ބޮޑްތި ޖަރީމާ ހިންގާތަކުންވެސް ތިފަދަ ކަމިޝަން އުފައްދާ، އެތަނުގެ ޤާއިމް ކުރެވިފައިވާ ތަހުގީގީ އަދި ޝަރުއީ ނިޒާމު ނޫންގޮތަކަށް ޖިނާއީ މަށްސަލަތަކެއް ނުބަލާ، ނަމަވެސް އެސެޓް ރިކަވަރީ، ކުރުންފަދަ ކަންކަން.
    ސުއޫދު ޓީމުގައިވާ މީހުންނަކީ ތަހުގީގާއިބެހޭ އިލްމާއި ތަމްރީނު ލިބިފައިވާ ބަޔެއްނޫން. ޤާނޫނީ ވަކީލުން ދަސްކުރަނީ ޤާނޫނީ ދުސްތޫރީ ހަމަތައް، ޝަރީއަތް ހިންގާ ހުކުމްކުރާނީ ކޮންމެ ޤައުމެއްގައިވެސް ޤާނޫނު ހަދާ މަޖުލިސް އިން ހަދާފައިވާ ޤާނޫނުގެ މަށްޗަށް.... ދިވެހި ދައުލަތުގެ ފައިސާ ނާޗަރަންގީ ކުޅުމަށް ބޭނުން ނުކުރޭ..
    1988 ނޮވެމްބަރ 3 ގައި ލާއިންސާނީ ގޮތުގައި މަރާލި 19 ދިވެހިން މަރާލަން މަގުފަހުކުރި މީހުން ކޮބާ، އީވާން ނަސީމު އަދި އެދުވަހު ޖަލުގައި މަރާލެވުނު މީހުންގެ ހައްގުކޮބާ، ސަލާމުގެ މަރުގެ ހަގީގަތްކޮބާ، 2008 ހުން 2012 މަރާލެވުނު އެތައް ޒުވާނެއްގެ މަރުގެ ތަހުގީގު ކޮބާ. ބަލަ ސުއޫދ، ކިޔެއްވެގެންތަ ތިތެޅެނީ، 2012 އިން 2018 މިޤައުމުގައި ޖެނޮސައިޑެއް ހިންގީތޯއެވެ. ސިޔާސީމީހުންގެ ޕްރިންސިޕަލަކީ ޖަލަށް އެމީހުން ވަންނަންޖެހިދާނެކަން ޤަބޫލްކުރުން ރ. ނަޝީދު 17 ފަހަރު ޖަލަށް ލެވުނު، އެއިރު މައުމޫނުގެ ވެރިކަން، ރ.ސޯލިހު ވެރިކަމުގައި ރ .ޔާމިން ޖަލަށް ނުލާތޯ. ރ ..މައުމޫން 25 އަހަރަށް ރ.ނާސިރު ޖަލަށްލާން ހުކުމް ނުކުރޭތޯ. އަދި ރ.މައުމޫން، 2 ފަހަރަށް ޖަލަށް ނުލާތޯ...

  13. އަފާ

    ކީރިތިވަންތަﷲއަށްބިރުވެތިވެ ރިޝްވަތުން އެއްކިބާވެހުރެ ތަޙްޤީޤްކުރައްވަވާ އޭރުން ޙަޤީޤީ ޤާތިލް ފެނިގެންދާނީ.

  14. އަފާ

    ސާބަހޭ އިބޫއަށް

    1
    6
  15. ބޭންބީ

    ހަ މަސް ފާއިތުވެގެން ދިޔައިރުވެސް އަދިވެސް ބަޔާނަކުން އަރައި ނުގަނޭ..

  16. ސޯދު ބޭބެ

    ބޮޑެތި ކުއްވެރިން ކުށް ނުކުރާ ބަޔަކަށް ހަދައި ހުކުންތައް ބާތިލް ވާތަން ފެންނައިރު މަރުތަކާ ބެހޭ ކޮމެޓީގެ ހޯދުންތައް ނިމެދާނެ ބޭނުންވާ ބަޔަކު ކުއްވެރިކޮށްފައި ބޭނުން ނުވާބަޔަކު ސަލާމަތް ކުރެވޭ އުސޫލުތަކެއް މިހާރުވެސް..... އިތުބާރު ކުރެވެ ކޮމެޓީއެއްނޫން ސޫދުގެ މަކަރުވެރިކަން ފެންނަން ފަށައިފި

    10
  17. ކުކުޅޭ

    ފުރުވައިލާގެން އަދީބް ފޮރުވައިދޭން ނިންމާފަ ދެން ކޮން ކޮމިޝަނަކުން ކޮން ސުވާލެއް ކުރާކަށްތަ؟

    5
    1
  18. ރައްޔިތުމީހާ

    01 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެމްބަރ 2018 ގެ ނިޔަލަށް ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ހިނގާފައިވާ ހާދިސާތަކެވެ.
    ކިހާ ހަމަޖެހޭ. 2008 ން ފެށިގެން އަންނިގެ ދައުރުގައި އެއްވެސް މީހަކަށް އަނިޔާއެއް ވެސް ނުލިބެ ޤަޞްދުގައި މީހަކު މަރާފައިވެސް ނެތް. ކޮންކަހަލަ އިންސާފެއް.
    މިފަދަ ބަޔަކަށް ހޯދާ ދެވޭނެ އިންޞާފެއް އެބައޮތްތަ.

    11
  19. ޥިންދު

    މިއަދަކީ ރިޔާސީ ކޮމިޝަންތައް އުފެއްދިތާ ހަމަހާއި 25 ދުވަސް ފުރިހަމަވީ ދުވަހެވެ. މިދުވަސްތަކަށް ބަރާބަރަށް މުސާރަ އާއި އިނާޔަތްތައް ލިބޭ

  20. އިބްރާ

    އަދީބު ބުނާނީ ނުވެސް ދެނަހުރި ކަމެކޭ . ކުރީގައި އެވާހަކަ ދެއްކީ ސިޔާސީ ގޮތުންނޭ. ސިޔާސީ ގޮތުން ރާއްޖޭގައި ނުދެއްކޭނެ ވާހަކައެއް ނެތެވެ. ގާތްގަނޑަކަށް ޖަވާބަކީ މިއީ.

  21. ހޭލުން

    ނަޝީދު ދައްކަވާފައިވާ ވާހަކައަށް ރިއާއަތްކުރާއިރު ތިމައްސަލާގައި އެންމެފުރަތަމެވެސް ސުވާލުކުރެއްވުން ރަަގަޅީ ނަޝީދުއާ އެއީ ނަޝީދު ވިދާޅުވެފައިވޭ އަފްރާޝީމް އަވަހާރަކޮށްލިމީހުންމެދުއިރުމަތީގެ ގައުމަކަށް ގޮއްސިކަމަށާ އަފްރާޝީމް އަވަހާރަ ކޮށްލުމުގައިވެސް އަދި އެކަންކުރިބަޔަކު ފުރައިގެން ދިޔައީވެސް ނަޝީދުކައިރީބުނެފައިކަމަށް ނަޝީދުގެ ވާހަކައިންދޭހަވާއިރު އިތުރުފަރާތަކާ ސުވާލުކުރެއްވުމުގެކުރިން ތަހުގީގަށް ސާބިތުވާނެ އަދީބުއާ ސުވާލުކުރެއްވުމުން މިހާރުއަދީބު ސަލާމަތްނުވާނެގޮތަކަށް އަދީބުބަޔާންދެއްވާނެތޯ އެހެންފަރާތެއްގެބޮލުގައި މިކަންއެޅުއްވުމަކީވަަރަށްގާތްކަމެއް އެއީ ރައީސުލްޖުމްހޫރިއް ދަތުރުކުރެއްވި ލާންޗްކޮޅުގައި އެއްޗެއްގޮއްވާލުމާ، ދައުލަތުގެ ފައިސާތަކަކަށް ޚިޔާނާތްތެރިވި މައްސަލާގައި ވަރަށޤބޮޑު ހުކުމެއްއައިސްފައިވާތީ

  22. މުޖޫ.

    އޭނާ ފުރަން ހުރިހާކަމެއް ކޮށް ނިންމާދީފަމިހާރު މަރު ކޮމިޝަނަށް ވެސް ޙާޒިރު އެބަކުރޭ. ކަމެއް ކުރާކަމެއްހަދަން. އަދީބަކީ މިސަރުކާރު ގެ އެއްހިއްސާދާރު. ތިކނަ ކުރިޔަކަށް ނުވެސް ގެންދެވޭނެ.

  23. އާސަންދަ

    އަދީބު މިނިވަން ކުރުމަކީވެސް މިސަރުކާރުގެ ވަޢުދެއް އެހެންވެ ކުރެވެން އޮތްގޮތައް އެކަން އެކުރަނީ ރާގު ތަފާތެއްކަމަކު ތަޅަނީ އެއްބެރެއްތާ ދެއްތޯ. ތިޔަދެން ބޮނޑިއެއް ބޮވެން ކާރިވަނީ ބަލަން ތިބިބަޔަކަށް ފެންްނާނެ.