ތަރައްގީއަކީ ދިވެހި ގައުމަށް ލިބިފައިވާ ގުދުރަތީ ރީތިކަން ނަގާލައި ހަމައެކަނި ކޮންކުރީޓް ޖަންގައްޔެއްގެ ގޮތުގައި ރަށްތައް ޒީނަތްތެރި ކުރުން ނޫންކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ "ދިވެހި ތާރީޚުގެ ތެރެއިން ތިމާވެށި" ފޮޓޯ މައުރަޒު ހުޅުއްވައިދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުންނެވެ. މި މައުރަޒަކީ މިނިސްޓްރީ އޮފް އެންވާރަމަންޓް އަދި މިނިސްޓްރީ އޮފް އަރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ އިސްނެންގެވުމުގެ ދަށުން މިއަހަރުގެ ބައިނަލްއަޤްވާމީ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
ނެޝެނަލް އަރޓް ގެލެރީގައި ކުރިއަށްދިޔަ މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިސަލް ވަނީ ރާއްޖޭގެ ޤުދުރަތީ ރީތިކަން ދެމެހެއްޓޭތޯ މަސައްކަތްކުރުމަށް ދިވެހި އެންމެހާ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ރާއްޖޭގެ ތަރިކައާއި ސަޤާފަތް ދިރުވުމަށް އެންމެހާ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
މިޙަފުލާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ ވައި ތަޣައްޔަރުވުން ހައްލުކުރުމަށްޓަކައި ކޮންމެ މީހަކުވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާކުރުމަށް ގޮވާލައްވާފައެވެ.
"މުޅި ދުނިޔެއަށް އެކި ގޮތްގޮތުން އަންނަ ބަދަލުތައް ދިވެހިރާއްޖެއަށް ވެސް އަންނަމުން އެބަދޭ. އަޅުގަނޑުމެންނަށް މިފެންނަނީ އަޅުގަނޑުމެން އިންސާނުން ކުރާ ބައެއް ކަންތައްތަކުގެ ސަބަބުން ޖައްވު ތަޣައްޔަރު ވެގެންދާ ތަން. އިންޖީނުތަކުން ބޭރުކުރާ ދުމާއި ވެހިކަލުތަކުން ދޫކުރާ ވިހަ ގޭސްތަކާއި ރަށްތަކުގައި އުފެދޭ ކުނިތައް ނައްތާލުމަށް ބޭނުން ކުރެވޭ ގޮތްތަކުގެ ސަބަބުން ޖައްވަށް ދިމާވާ މައްސަލަތައް. މިފަދަ ދުވަހެއް ފާހަގަކުރަމުން ގެންދާއިރު އަޅުގަނޑުމެން އަބަދުވެސް ވިސްނަންޖެހޭ މިކަންތައްތަކަށް ހައްލު ހޯދުމަށްޓަކާ. އަޅުގަނޑުމެން ދުވަހެއް މިފާހަގަ ކުރަނީ ހަގީގަތުގައިވެސް އަޅުގަނޑުމެންނަށް ހިތްހަމަޖެހިގެން ނޭވާލެވޭނެ ގޮތެއް ހޯދުމަށްޓަކައި." ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ މިރޭ ހުޅުއްވައިދެއްވި މައުރަޒުން ފެންނަންހުރި ފޮޓޯތަކުން ދޭހަވާ މެސެޖުތައް ނުވަތަ އިންޒާރުތައް ބަލައިގަނެ އެދުވަހު އެއޮތް ޖަޒީރާ ރާއްޖެ އެގޮތުގައި ދެމެހެއްޓޭތޯ މަސައްކަތްކުރުމަކީ ކޮންމެހެން ކުރަންޖެހޭކަމެއް ކަމުގައި ފާހަގަކުރައްވާފައެވެ.
ނުވާނިއްޔަ ބީތާ ސަރުކާރު.....ނާށި ގަނޑު ރަދުން ފިނިހަކަ ދުވެލީގަ.....
ބޭކާރު އަގަނުތަޅާ ތަންކޮޅެއް ހަލުވި ބާރުމިނެއް ގާއި ޖަޒީރާ ކޮއްލަބަލަ “ ބަސް މަދުކުރާށޭ ޢަމަލު ގިނަކުރާށޭ “
ކަލޭ އަވަހަށް ނަމޫނާ ދައްކާ. ފައި މަގުގަ ހިނގާފަ ގަނޑުވަރުގަ ފުޅި ބައްތި ދިއްލާ. ކަލޭ ދަތުރު ފަތުރު ކުރަންޖެހޭނީ ކަނޑު މަގުން މަސްދޯނީގަ. ގިފިލިން ދާނީން ފެންވަރަށް ޖެހޭނި. ވަރަށްވެސް ރީތި އާދައަކަށްވާނެ
ކަމެއްނުކުރާ މުޒާހަރާއަށް ނުކުންނަ 200 ވަރަކަށް މީހުންނަށް ސްޓޭޓް މިނިސްޓަރުކަން ދިނީމަ ދެން ދައުލަތުން އިތުރަށް ޚަރަދު ކުރެވޭނެ ކަމެއް ނޯވޭ! ހުސްފުޅިއަކަށް ވައި އަޅާފަ ތަރައްގީ އޭ ކިޔައިގެން ރައްޔިތުން ކޮސްހެއްދޭތޯ ބަލާ!
ފަން ޖިފުޑި އެޅީމަ ހަރަދުކުޑަވާނެ
ތަރައްގީ އަކީ ބާގޯނީގަ އުވަހާކައިގެން ދަނޑިން ހަދާފަ ހުންނަ ތަންތަނަށް ކިޔާ އެއްޗެއް. ލަލަލާ
މިސާލަކަށް ފައިސަލު އަންހެނުން ތުންފަތުގާ ?ކުލަކާއްތަނީ ކީއްވެތަ ތަރަށްގީ ވާށޭކިޔާފަ ގެރިގުއި އުގުޅަންވީނު ތުންފަތުގާ !!!!!! މީމޮޔަ ސޮރެއް!
ތަރައްގީއަކީ ދައުލަތުގެ ބަޖެޓްގައިހުރި ފައިސާކޮޅު ހުސްވަންދެން އާއިލީ ކުދިންނަށް އެކި ނަންނަމުގަ މަގާމްތައް ހަދައި މަގާމުތައްދީގެން ފައިސާކޮޅު ދަވާލުން ތަރައްގީއަކީ ކޮބައިކަން އެގިއްޖެ ކަމަށް ހީކުރަން
ނާއިބު ރައީސަށް އެގޭބާ ތަރައްގިއަކީ ކޮބައިކަން ، މިގައުމުގާ ވަނީ އިންސާނީ ވަސީލަތް ތަރައްގި ވެފަ ، އެއީ މިގައުމުގާ ވަނީ ކިޔަވައިދިނުމުގެ ހުރިހާ ފަންތިއެއްގާ ގައުމުގާ ތިބެގެން ފާސް ނެގޭ މިންވަރަށް ތަރައްގީ ކުރެވިފާ މިގޮތުން ޕްރައިމަރީ، މެދުމަދުރަސީ މަތިތައުލީމު އަދި ޑިޕޮލޮމާ ، ބެޗްލަރ ޑިގްރީ މަސްޓަރސް ޕީއެޗްޑީ ރާއްޖޭގަތިބެގެން ކިޔަވަން ވަނީ ފެށިފާ. އަދި މަދްރަސާ ތަކަ ކޮލެޖްތަކާ ޔުނިވަރސިޓީ ވަނީ ގާއިމް ވަނީ ކުރެވިފާ މިހާރު ހެލްތު ވޯކަރުންނާ ހެލް އެސިސްޓުންގެ ބަދަލުގާ ދުނިޔޭގެ އެހެން މީހުންވެސް ކިޔަވައިދޭ ޑޮކްޓަރުކަންވެސް ރާއްޖޭގަ ވަނީ ކިޔަވައިދޭން ފެށިފާ ކިޔަވައިދިނުމަކީ ހުއްޓުމަކާ ނުލާ ޖީލަކަށްފަހު ޖީލެއް ކުރިއަރަމުން ތަރައްގި ކުރެވެމުން ދާ އިންސާނީ ވަސީލަތެއް. މިހާރު މިގައުމަށް ބޭނުންވަނީ އުމްރާނީ ތަރައްގީ އާ ވިޔަފާރިއާ އާމަދަނީ އިތުރުކުރުމާ އާބާދީ އެއްފަސް ކުރުމުގެތެރައްގީ . މިހާރު 200 މީހުން ދިރި އުޅޭރަށަކު މަދްރަސާ ކޮލެޖް ޔުނިވަރސިޓީ ގާއިމްކުރާނީ މެއްސާ މަދަިރިޔަށް ޓާގެޓް ކޮށްގެންތޯ ވިޔަފާރި ފިހާރައެއް ހުޅުވާ ވިއްކާނީ މަދަިރި މަރަ ލޯސަން އެކަނިތޯ ؟ އާބަދީ އެއްފަސްނުވެ ތަރައްގިއެއް ނުވެވޭނެ. ނަސީދު ވިދާޅުވާހެނ ދެމަފިރިން ނިދާ އެނދުގެ ދެމަފިރިންގެ މެދަކު ގެސްޓް މީހާ ނުނިންދެވޭނެ. ދުނިޔޭގެ ގައުމުތަކުގަ ރައްޔިތުން ދިރިއުޅޭފަދަ ބޯހިޔާވަހިކަމުގާ ދިވެހިރައްޔިތުންވެސް އުޅެންބޭނުންވޭ ޖަޒީރާ ވަންތަ ޖިފުޓިތަކަކު މިޒަމާނަކު ދިވެހިން އުޅޭކަށެއް ބޭނުމެއްނުވޭ ވީމާ ކޮިންކްރީޓްތަކާ އޮމާންފާރުތަކަ ކާރާ މޮޓޯސައިކަލްތަކާ ބްޖިޛް ތައް ގާއިމް ކޮށްގެން ރައްޔިތުންނަށް ތަރައްގީގެނެސް ނުދެވޭނަމަ އިސްތިއުފާދެއްވާ އެކަން ކޮށްދެވޭ ފެންވަރުގެ ބަޔަކާ ގައުމުހަވާލުކުރައްވާ.
މިޒަމާނުގަ ތަރައްގީއަކީ ކޮންކްރީޓް ކަމަށް ގިނަބަޔަކު ދެކޭއިރު ކިހިނެއް ތިހެން ބުންޏެއް ކަމަކު އެކަން އެވިސްނުން ބަދަލުކުރާނީ ؟ ބޯހިޔާވަހިކަމޭ ކިޔާ ވައުދެއް ވީމުތޯ؟ އެހެން ކަމުގަ ވަނީނަމަ ގަބޫލުފުޅު ކުރައްވާ އެއޮތީ ކޮންކްރީޓް ތަރައްގީ ޕްރޮމޯޓް ކުރެވިފަ ވ.ޝުކުރު
މާލޭގައި މިހުރި އިމާރާތްތަށްވެސް ދަޑިފަނަށް ބަދަލުކުރަން ވެރިފަރާތަށް އަންގަން ފެނޭ. ޖަޒީރާވަންތަ ވާން.
ދެންް ތަރައްގީއަކީ އަނެކާއަށް ވަގަށްގޮވުމާއި އަނެކާގެ އަބުރު ކަތިލުމާއި ދީނަށް ފުރަށްސާރަކުރުން ދެއްތޯ
ތަރައްގީއަކީ ޖަޒީރާވުމެއްވެސް ނޫން.. ތަރައްގީ ބަލާ އިންޓަނޭޝަނަލް މިންގަނޑުތަކެއް ހުރޭ.. މިސާލަކައް އެޗް ޑީ އައި.. ނުނީ ޖީޑީޕީ.. ނޫނީ އާރަބަނަ ރޫރަލް އިންޑެކްސް.. އެކަމަކުވެސް އުމްރާނީ ތަރައްގީ އަކީ މުޅިދުނިޔޭގައިވެސް ތަރައްގީ އަންދާޒާކުރުމުގައި ބަލާ އެންމެ މުހިންމު ކަންތައް. ނައިބްރައީސް އުޅުއްވަނީ މިސަރުކާރުގެ ނާގާބިލުކަން ފޮރުވުމައްކަމައް ލަފާ ކުރެވޭ. އެހެން ހެއްދެވުމުގެ ބަދަލުގައި ސަރުކާރު އެތެރޭ ހުންނަވައިގެން ތަރައްގީގެ ބޮޑެތި މަޝްރޫތަކައް ހިތްވަރުދެއްވުން މާރަނގަޅުވާނެ..އަދި ޒިންމާދާރުވާނެ. ރައްޔިތުންގެ ފައިސާއިން ދިރިއުޅެމުން ރައްޔިތުންގެ ކާރު އަދި ގެދޮރުގައި ހުންނަވައިގެން ރައްޔިތުންނައް އެކުސްކިޔުޒު ނުދައްކަވާށެވެ.
ނައިބު ރައީސް ކީއްވެތޯ ކޮންކުރީޓް ކުރި ތަނެއްގައި ތިއުޅުއްވަނީ ފަނުން ގެއެއް އަޅުއްވަން ވީ ނޫން ތޯ.... ކޮންކުރީޓް ނުކޮށް އުޅޭނީ ފަގީރު ނިކަމެތި ގައުމު ތަކުގެ މީހުން ބަލާ ބަލަ ތަރައްގީ ވީ ތަންތަން އުސް އުމާރަތް ތަކާއި ކޮންކުރީޓާ ނުލާ ތޯ ތަރައްގީ ވީ ކޮސް ގޮވަނީ ވަކި ވަރަކަށް ނޫން ވިއްޔާ ރަށުގައި ހުރި ގެ ކީއްވެބާ ފަނުން ނޭޅީ ގިފިލި ލާފައި މިގޮތަށް ވާހަކަ ދައްކާ ކޮންމެ މީހަކު ހުންނަނީ ބުރި ބުރިއަށް ގެ ނަގާފައި....
މިހާރު ހަންދުމަ ފުޅުނެތުނީކަމަށް ވެދާނެ ނައިބު ރައީސް އޭނާ ކުރިން މަސައްކަތް ކިރެއްވި ތަން ތަރައްގީކުރުމަށް އޭނާ ކުރައްވަމުންގެންދެވި މަސައްކަތް އެހެނަސް މިވަގުތު ހަނދުމަފުޅު އާކޮށްލަމާ.
ދެންތަރައްޤީއަކީ ފަންޖިފުޓިގަޑަކާއެކު ވަޅުޖަހައިގެންފާޚާނާކުރުންތޯ ތިޔަޖަޒީރާތަރަށްޤީ ހަމަގައިމުވެސްތިޔަބޭފުޅާބޭނުންފުޅުވާނަމަ އަވަހަށް މިހާރުތިޔައުޅުއްވާގެދޫކުރަށްވާ ފަންޖިފުޓިއަކަށް ނައިބުރައީސްކަންކުރަށްވަންބަދަލުވެވަޑައިގަންނަވާށެވެ.
ތަރައްގީއަކީ ދިވެހި ގައުމަށް ލިބިފައިވާ ގުދުރަތީ ރީތިކަން ނަގާލައި ހަމައެކަނި ކޮންކުރީޓް ޖަންގައްޔެއްގެ ގޮތުގައި ރަށްތައް ޒީނަތްތެރި ކުރުން ނޫންކަމަށް ޤަބޫލު ކުރާއިރު ތަރައްޤީ އަކީ ވަޢުދުތަކާ ޚިލާފުވުމާ އަމިއްލަ މުށުތެރެއަށް ހުރިހާ ކަންކަން ބާރުކޮށްލުން ކަމަށް މިސަރުކާރުން ދައްކަން ފަށައިފިއެވެ.
މީ ކުންކްރީޓު އިމާރާތްތަކުން ޒީނަތްތެރިކަމާއި ތަރައްގީ ކުރާ ޒަމާން. އެކަން ކުރެވޭނެ ގާބިލް ބަޔަކަށް ނުވާތީ ތިހެން ވާހަކަ ދައްކަނީ. ދެން ފަންޖިފުޓީގައި ސްކޫލްތަކާއި އޮފީސްތައް ހިންގަން އުޅުނަސް އެކަން މީހުން ބަލައެއް ނުގަންނާނެ. ބޯގޯސް ވާހަކަ ނުދައްކާ ތަރައްގީ ނުގެނެވޭނަމަ އިސްތިޢުފާދީ.
ތަރައްގީއަކީ ފޭރުން. ޚަޒާނާ ދޮވެލުން. ގެރިމޯޑޭ އުނގަށް ވެއްޓުން. އެއްވެސް މަޝްރޫއެއް ނުހިންގުން. ރޯދައަށް ލިބުނު ކަދުރު ކަޅުދައްތަމެން ކައްވާލުން. ކަރަންޓް ބިލު އޮޅުވާލުން. އަދިވެސް އަދިވެސް.......
ޖަޒީރާވަންތަ ފަން ޖިފުޓި ޖެހުން ތަރައްގީއަކީ....
އެއީތެދެއް. ތަރައްގީއަކީ ފޮނިބަސްތަކުން ރައްޔިތުން ގުނބޯހެއްދުން. އެކަން މިސަރުކާރުން އެދަނީ ކުރަމުން.
މި ރާއްޖެ އަކީ ވަރަށް ރީތި ޖަޒީރާޤައުމެއް. މި ޤައުމުގެ ޖަޒީރާކަން ކަޑުވާލަން މަސައްކަތް ކުރަންފެށީ ނަޝީދު. އެއީ އައްޑު އަތޮޅަށް މާބޮޑު ތަރައްގީ އެއްގެންނަން އުޅޭކަމުގެ ހުވަފެން އައްޑޫ އަތޮޅު މީހުންނަށްދެއްކުމަށް . ޢެ އަތޮޅަށް ސިޓީގެ ނަންދީގެން. ރާއްޖެ އަކު ނެތް ސިޓީ އެއް. މާލެ އަކީ ރާއްޖޭގެ ވެރިކަން ކުރާ ރައް ސިޓީ އެއްނޫން.
ފައިސަލްމެން އުޅެނީ ދަނޑިފަނުން އަޅާފަހުރި ތަންތަނުގައެވެ. ތަރައްގީއަކީ އިގުތިސާދީ ފަހިކަމާއި، ރީތި ހިތްފަސޭހަ ބޮޑެތި އިމާރާތްތައް.
ދުނިޔޭގެ އެއްވެސް ޤައުމެއް ތަރައްގީނުވޭ ކޮންކްރީޓްނުލާ. ފައިސަލް ހުންނަން ރަގަޅީ ފަޅުރަށެއް، އަދިވެސް ރާއްޖޭގަ 900 ވަރަކަށް ފަޅުރަށް އެބައޮތް..... ކީއްވެތޯ ފައިސަލް ބައިސްކަލްގަ ނުއުޅުއްވަނީ، ހަމަ ދުއްވަނީ، ދުން އަރުވާ ޖައްވު ނުސާފުކުރަން.
ތަރައްޤީއަކީ ރަށްރަށްކުނިވެ ބަލިމަޑުކަން އުފެދި ދިޔުން. ތަރައްޤީއަކީ ބައްތި އަލީގަ އުޅުން. ތަރައްޤީއަކީ ހަމަބުއްދި ފިލާދިޔުން
ރައީސް ޔާމީން ގެނެސްދެއްވި ތަރައްޤީ ފެނިފަ އެފެންވަރަށް މިމިީހުންނަށް ނުކުރެވޭނޭކަން އެގޭތީ ހޮޑުލަވާތީ އުޅޭހެން ހީވަނީ!!!!
ކޮންކުރީޓާއި ނުލާ ތަރައްގީ ވީ ގައުމެއްބުންބަލަ! ކޮންކުރީޓަކީ ޢިންފްރާސްޓްރަކްޗަރ އެއީ ތަރައްގީގެ ތަބު އަދި ބިންގާ.
ކަމެއް ނުކޮށް ގައުމަށް ލިބޭ ހުރހާ ފައިސާއެއް ކާން ދައްކާ މޮޅުވާހަކަ. އިމާރާތެއް ބްރިޖެއް ނާޅަންޏާ ބުނެވޭނެތާ އަހަރުމެން ރައްޔިތުންގެ ސިކުނޑި ތަރައްގީ ކުރަންށޭ ހަރަދުކުރީ.
ބްރިޖް އެޅުން ގޯސް. ހިދްމަތެއްދޭން އިމާރާތެއް ހެދުން ގޯސް، މަދުހެދުން ގޯސް. ސަބަބަކީ ދިވެހިން ރޯނުފިލާތީ. ނަމަވެސް :
ރާއްޖެއިން ބޭރު ކޯހެއްގައި ބައިވެރިވިޔަސް ދިވެހިން އެއްމެކުރީގައި އުޅޭނީ.
އޭލެވެލް އަދި އޯލެވެލް އިން މިކުޑަ ގައުމުގައި ނެރޭ ނަތީޖާޔަކީ ފަޚްރުވެރިވުން ހައްގު ކަމެއް
މިގައުމަށް އެކި ނަންނަމުގައި ރާއްޖެއިން ބޭރުން އަންނަ ތަޖްރިބާކާރުން ދިވެހިން ކައިރީ ސައިޒްވާން ޖެހިގެން ދަނީ ދިވެހިން ލޯހުޅުވޭކަމުން. މިސަރަހައްދުގައިވެސް އޮތް އެއްމެ ތައުލީމީ ގައުމު މިގައުމަކީ.
ތިބޭޅައަށްވެސް ކައިރި މިސްކިތަށް ދެވެނީ ކާރު ފުޅުގަ. ފުރަތަމަ އަމިއްލަ ނަފުސު ދެން އެހެން ފަރާތްތަކަށް ނަމޫނާ ވެބަލަ.
ދުނިޔޭގެ އެންމެން ތަރައްޤީ ކިޔަނީ، ކޮންކްރީޓް ބޭނުންކޮށްގެން ކުރާ ކަންތައްތަކަށް. މިގައުމުގައި 2018 ނޮވެމްބަރަށް ގަބޫލު ކުރީ އެގޮތަށް. މިހާރު ތަރައްޤީއަކީ، ފަގީރު އަވަށެއްގެ ކުޑަކުދިންނަށް އެތަނުގެ ސަރުކާރުން ކާއެތި ކޮޅު ފޯރުކޮށްދޭހެން، މަސްހުންޏާ ރޮއްޓާ އޮޅާލާފަ ކުދިންނަށް ދިނުންތަ؟
ދެން ތަރައްޤީ ކިޔަނީ ކޯންޗަކަށޭ؟ އެއެއް ނުބުނެވޭ. ބަގީޗާ ހެއްދުމަށްތަ؟ އެކަން ޔާމީން ކުރީމަ ކީ ފްލެޓް އަޅަން ޕާކްތައް ނެގުން މާރަނގަޅޭ. ވިންޓަރ ޕާރކް ހެދީމަ ބޯހިޔާވަހިކަން ނެތިގެން އެނުވި ތަރައްޤީއަކަށް. ރަސްފަންނު ހެދީމަ އެތަނަށް ވެލިއަޅަން ދިމާކޮށްފަ މިތިބީ އެއީ ކޮންކްރީޓް މޫދެއްވީމަތަ؟
ތަރައްޤީއަކީ، ބްރެއިން ވޮޝްޑް ޖީލެއް އުފެއްދުންތަ؟ އެކަން މޑޕ ކޮށްފަ މިއޮތީ. މިގައުމުގައި، އެމްޑީޕީ ނޫން ކޮންމެ މީހަކީ އަބުރެއް އިއްޒަތެއް ގަދަރެއް އޮތް ބައެއްނޫން. މަނިކުފާނުވެސް ނިކަން އެމީހުނާ ފެއަށް ޖެހިލަބަލަ، މަނިކުފާނުވެސް ވާނީ، ފައިވާނު ދަށުގަ އުނގުޅޭ ކުކުޅު ގުއިގެ ދަރަޖައިގެ މީހަކަށް.
މިގައުމުގައި، ތަރައްޤީ ކަނޑައަޅާނީވެސް، މީހުންގެ އަބުރު ބަހައްޓާނެވަރުވެސް، އިއްޒަތްވެސް ކަނޑައަޅާނެ ބަޔަކީ، މޑޕ ކަލްޓުގެ މީހުން. އެމީހުން ނުރުހޭ މީހެއްވިއްޔާ އެއީ އިންސާނުންގެ ދަރަޖަވެސް ދޭވަރުގެ މީހަކަށް ނުވާނެ. އެމީހާގެ މައިން ބަފައިންނާއި ކާބަފައިންގެވެސް އަބުރު ނަގާލާ އެއެންމެނާ ގުޅޭގޮތުން ހެއްދެވިހާ ދޮގެއް ހަދާ، ރަށްމެދަށް/ މިހާރުނަމަ ދުނިޔޭގެ މެދަށް އެމީހާ ނެރެ އަޅިދެލި ކުރަހާނެ.
ތަރައްޤީ އަޅުގަނޑުމެނަށް ފެނިއްޖެ. ސޯސަލް މީޑިޔާއަށް ވަދެލަން އެނގޭ ކޮންމެ މީހަކު، އެމީހާ ރުޅިއަރާ ނުވަތަ ރީނދޫ ޕާޓީ ނޫން ކޮންމެ މީހަކު އެއީ، އިންސާނެއްވެސް ނޫންކަމަށް ހަދާލާނެ. ނުކިޔާކަށް ނުބައިއެއްޗެއް ނޯންނާނެ. ނުކުރާ އާޑަފުރައްސާރައެއް ނޯންނާނެ. އެހެޔޮވާނެ ދޮގުގެ މައްޗަށް ދޮގު ހަދައިގެން ވިޔަސް. އެ ފަދަ ޖީލެއް މިއޮތީ "ތަރައްޤީ ކޮށްފަ" ކޮންބައެއް މިކަން ކުރީ؟ ތިކިޔާ ކޮންކްރީޓް ތަރައްޤީއާ ދެކޮޅު އަމުދުން ބިނާކުރުމާވެސް ދެކޮޅު ރަތްލާޖެހި މޑޕ ގެ އެކްޓިވިސްޓުން. ހާއްޞަކޮށް، ނޮވެމްބަރ 3 ގެ މޭސްތިރިއާއި، "ރޫހާނީ ލީޑަރ" ގެ އައުވާނުން.
އަޙްލާޤެއްނެތް ގޮތެއް ފޮތެއްނެތް، އިލްމެއްނެތް، ﷲ އަށް ބިރުވެތިވުމެއްނެތި އިންސާނުންގެ އަބުރު ކަތިލަމުން ދުވުންބާ ތަރައްޤީއަކީ؟
ކޮންކްރީޓް ނުހިމަނާ އެއަރޕޯޓްގެ ރަންވޭ ހަދާ ޓަރމިނަލް ހަދަންބާ އެމަޝްރޫޢު އިނދަޖައްސާލައިގެން މިތިބެނީ. ބަލަ ކަލޭމެން ދިވެހިންނަށް ތިދޭ އަނިޔާއަކީ ފަހުގެ ޖީލުތަކުންވެސް ބަލާނެ، އަދި ކަލޭމެނަށް ލައުނަތްދޭނެ އަނިޔާތައް. ލޯނަށް ދައްކަންޖެހޭ އަދަދު ހަމަޖެހޭނީ ދައްކަން. އެކަން ތިކުރަނީވެސް، ސައޫދީއާ ބައްދަލުކުރީ އެ ޖީއެމްއާރަށް ބަދަލު ކޮށް ޖީއެމްއާރަށް އެއަރޕޯޓް ހަދަން ދޭން. އެކަން ނުވީމަވެސް އަދިވެސް އެތިބެނީ ގޮތެއް ފެނޭތޯ. އެކަމަކު، މިގައުމުގެ ރީނދޫ ޕާޓީގެ އަޑުގަދަ، ސޯޝަލް މީޑިޔާގަ އެކްޓިވް އެކްޓިވިސްޓުން ބްރެއިން ވޮޝް ވެފަ ތިބީމަ، ހަތެރެސްފައި ބުރިކޮށްލިޔަސް ތިބޭނީ އޯކޭ ވެފަވިއްޔާ.
ކޮންކްރީޓް ނޫންވީމަތޯ، ރައީސް ޔާމީން ފަށައިގެން ކުރިއަށްގެންގޮސް އެތައްމަގެއް ނިންމާފައޮތް ފުވައްމުލައް "ތިޔަބޭފުޅާގެ އުފަންރަށުގަ" ތާރު އެޅުމުގެ މަޝްރޫޢު ދެބަޔަށް ގޮސްއޮއްވަ އަލަށް ފަށާކަމެއްގޮތަށް ރައްޔިތުންނަށް އޮޅުވާލާފަ ބޮޑު ހަފްލާގެ އިފްތިތާހްކުރީ؟
ފައެސަލު ތަޖުރިބާހޯދީވެސް ކޮންކްރީޓްގެ މަސައްކަތުން ފެށިގެން ސްޕާ ކޮންކްރީޓާހަމައިންނެވެ. އަނގައެއް އޮތަކަސް ވިސްނާނުލާ ވާހަކަ ނުދެއްކުމަށް ނަސޭހަތްތެރިވަން. މަނިކުފާނު މާލޭ ރިންގް ރޯޑުްނވެސް ނުދުއްވާތި. ހުޅުމާލެއަ މާލެއާ ދެމެދު ބްރިޖުންވެސް ދަތުރުނުކުރައްވާތީ. ވެލާނާ އެއާރޕޯރތްވެސް އައިސްގޮސް ނަހަދާތީ. އެއީ އެތަންތަނަި ކޮންކްރީޓް ތަރައްގީއަށްވާތީ.
ތަރައްޤީއައްކިތަންމެ ހަޖޫޖެއްސަސް ރައީސްޔާމީން މިޤައުމައް ފަސްއަނހަރުތެރޭގައިއެގެނެސްދެއްވި ތިރީސް އަނހަރާއިނުބައްދަލުތަރައްޤީ އެހެންބަޔަކައްނުގެނެވޭނެ
ތަރައްޤީ އަކީ ވެރިކަމުގެ ހުރެގެން އޮފީހަށް ހާޒިރުވެ ޔޯގާ ކަސްރަތު ކުރުން.
ތަރައްގީ ކިޔަނީ ނައިބުރައީސުންނަށް އިނާޔަތް ނުދިނުމަށް ބިލް ފާސްކުރުމަށް. ތިޔަ މަގާމުން ވަކިވާ ދުވަހު ނައިބު ރައީސްކަން ކުރި ކަމަށްވެސް ނުވާނެ.
ކަލޯ ފައިސަލް، އަދިވެސް ބޭކާރު ވާހަކަ ދައްކާ ފޮނިއަނގަ ނުތަޅާ ހުރެވޭތޯބަލާ. މިޚަބަރާއި ގުޅިގެން ކަލެއަށް ސަޕޯރޓްކޮށް އެއްވެސް ލިޔުންތެރިއަކު މިނޫހުގައި ކޮމެންޓް ކޮށްލާފައެއް ނެތް. އެހެންވީމާ ކަލޭ މިހާރު ލަދުވެސް ނުގަނޭދޯ
ދެން ތަރައްގީ އަކީ ހަޑަސް ބުރި ހިފައިގެން އަތިރިއަށް ދިޔުންތޯ؟