ރައްޔިތުންގެ މަޖިލީހުގައި އަލަށް އުފެއްދެވި މުހިއްމު ކޮމެޓީއެއް ކަމަށްވާ ލާމަރުކަޒީ ކޮމެޓީގެ މުގައްރިރަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ކޮއްކޮ އަލީ ނިޔާޒް ހަމަޖައްސައިފިއެވެ.
ލާމަރުކަޒީ ކޮމެޓީގެ މުގައްރިރު ކަމުގެ އިތުރުން ރައްޔިތުން މަޖިލީހުގެ އެންމެ މުހިއްމު އެއް ކޮމެޓީ ކަމަށްވާ ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީގެ މެންބަރަކަށް ވެސް އަލީ ނިޔާޒް ވަނީ އައްޔަން ކޮށްފައެވެ.
އަލީ ނިޔާޒް ރައްޔިތުންގެ މަޖިލީހުގައި ތަމްސީލް ކުރައްވަނީ ހުޅުމާލޭ ދާއިރާ އެވެ.
އަލީ ނިޔާޒަކީ އެމްޑީޕީގެ ސީނިއާ މެންބަރެކެވެ. އޭނާ ވަނީ އެޕާޓީގެ ޗެއާޕާސަންގެ ނައިބު ކަން ވެސް ކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކަށް މިއަދު ވަނީ މެންބަރު އައްޔަން ކުރައްވާފައެވެ. އަދި ކޮމެޓީތަކުން ވަނީ މުގައްރިރުންނާއި ނައިބު މުގައްރިރުން ވެސް ކަނޑައަޅާފައެވެ. މަޖިލީހުގައި 17 ދާއިމީ ކޮމެޓީ އޮންނާނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މުހިއްމު ކޮމެޓީއެއްގެ މުގައްރިރުކަމަށް ރައީސްގެ ކޮއްކޮ ހަމަޖައްސާ، އަދި މުހިއްމު ކޮމެޓީއެއްގެ މެންބަރު ކަން ވެސް އޭނާ އަށް ދީފައި ވާއިރު ރައީސް ޞާލިހްގެ ވެރިކަމުގެ ތެރޭގައި އޮތީ ވަކި އާއިލާއެއްގެ ނުފޫޒު ކަމަށް ބުނެ ބައެއް ފަރާތްތަކުން މީގެ ކުރިން ވެސް ވަނީ ފާޑުކިޔާފައެވެ.
އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ނަޝީދު ވަޑައިގެންފައި ނައިބު ރައީސް ކަމަށް އެމަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ އީވާ އަބްދުﷲ ގެނައުމުންނެވެ.
ހެހެހެ ހަތަރެސް ކަން ހަމަވެފަ
ނިޔާޒު އެއީ އެކަމަށް ވަރަށް ޤޢބިލް ބޭފުޅެއް!ޔާމީންގެ ކޮއްކޮ ޣައްސާނު ނުލިކަނ ނަސީބު!
ބަލަ! އެއީ ޢާއިލާ މީހުންނަށް އިބްރާހީމް މުޙައްމަދު ޞާލިޙު ދެއްވާ މަޤާމްތަކެއް ނޫނޭ!
އެއީ އެ ބޭފުޅުންނަށް ރައްޔިތުން ދެއްވާ މަޤާމްތަކެއް!
ޙަސަދަވެރި ވިޔަސް ތިޔައީ ތަންކޮޅެއް ބޮޑުވަރު!
ޙަސަދަޔާ ފިތުނަޔާ މަކަރުން ހިތާއި މެޔާ ފުރައިފިއްޔާ,
މަސަލަހުން އެންމެ ހިނދުކޮޅަކަށް ނަފުސު ގައިމޭ ނުހުންނާނޭ.
ކޮއިފުޅާ! ޙަސަދަވެރިކަމަކީ, ޝައިޠާނާގެ ޢަމަލެއް!
އެ ޢަމަލު ހިންގާ މީހުންނީ ޝައިޠާނާގެ އަޚުން!
ފިތުނަ އުފައްދަން މަސައްކަތް ކުރުމީ ނޫސްވެރިކަމެއް ނޫން! އެއީ ފިތުނަވެރިކަން!
ރައީސްގެ ކޮއްކޮވީއްޔާ ނުވާނެތަ މުގައްރިރަކަށް ވެގެންނެއް؟ބަލަގަ އެއީ މަޖިލިސް މެމްބަރެކޭ ދިވެހި ރައްޔިތެކޭ. އޭނާ އަށް ވެސް އޮންނާނެ އެ ހައްޤު.. ވަގުތު ތިއުޅެނީ ކޯއްޗެށް ހަދަން..
ރައީސް މައުމޫނު ގެ ދުވަސްވަރު އެމް.ޑީ.ޕީ އުފެދުމުގެ ކުރިންވެސް އޭގެ ފަހުންވެސް ހަމަ މިމީހުން ކިޔާ އުޅުނީ " ރަބަރު ތައްގަޑު ސަރުކާރު " ކަމަށް. އެއީ ކެބިނެޓްގަޔާ މަޖްލިސްގެ ރައީސް ނައިބުރައީސް ކަމުގައި އެމަނިކުފާނުގެ އަޚްންނާ ޅިޔަނުންނާ ކްލާސްމޭޓްން ހިމެނޭތީ. މިހާރު މިވަނީ ކޮންއެއްޗަކަށް.؟؟؟ ކޮން ކަހަލަ މެޓީރިއަލެއްގެ ތައްގަޑެއްގެ ސަރުކާރަކަށް.
އެއްވެސް ލާމަރުކަޒީ އެކޭ ކިޔާނެ ކަމެއްނެތް. ލާމަރުކަޒީ ނުވެގެންތަ ރައްރަށަށް ކަންކަން ނުވަނީ. ތީ ވަގުން އިތުރު ކުރާ ޕޮރް ގުރާމެއް!
ހެޔޮހިތުން ކަމެއް ކުރަންބޭނުންނަމަ މާލޭ ފިޔަފައި ތިނެއް ނުވަތަ ހަތަރު ތަނެއްގައި ތައުލީމާއި ސިއްހީނިޒާމް ރަނގަޅު ކޮށްދީބަަލަ. ދެން ތިބޭ ވާއެއްޗެއް ބަލަށް.
މިގައުމުގާ މިހާރުއޮތީ ހިންނަވަރު ޟޯލިހް އާއިލާއާއި ކެރަފާ އާއިލާގެ ވެރިކަން.??
މީ ކޮއްކޯފުޅުތަ؟ އެހެންވަނީ؟ "ފޭރޭ" ފައިސާތައް ބޭބޭފުޅު އެކައުންޓަކަށް ނޫން ކޮއްކޯފުޅު އެކައުންޓަށް ދޯ އެހެންވީމަ. ދައުލަތުން އުޖޫރައެއް ކަނޑައަޅައިގެން ނަމަވެސް ކޮއްކޯފުޅު ފެންވަރުވާ ތާހިރު ކޮށްފަ ތަންތަނަށް ފޮނުވަދޭންވީނު. ފަކުރުކަމުން ދެން ޗީ
އޭ ބަލަ "މޯފް". މައްސަލައަކީ އެއީއެއް ނޫނެވެ. މައްސަލައަކީ މީގެކުރިން އެފަދަ ކަންތަކަށް ޖޯކުޖަހާފަ ހަމަ އެކަންތައް އެގޮތަށް ޖޯކުޖެހިމީހުންވެސް ކުރުމެވެ.
އައްނި
އީވާ
އިބޫ
ނިޔާޒް
އެމްޑީޕީ ވެރިކަމުގައި އެކަކަށް ދެ ވަޒީފާއެއް ނުދޭނެ. އޮޅުވައިނުލާ.
އެއީ އިއްތިފާގު. މައުމޫނު ދައުރުގަވެސް ވީއެހެން.
ކިތަންމެޖޭވިޔަސް މީޢާއިލީވެރިކަމަކައްނުވާނެއެއްގޮތްވެސްނޯންނާނެ