ކުރީގެ ނައިބު ރައީސް، އަހުމަދު އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ އިރު، އެ ދަތުރުގައި ފުލުހުންނާއި ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ވެސް ދާނެ ކަން ސަރުކާރުން އަންގާފައިވާ ކަމަށް އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވެއްޖެ އެވެ.

ނަޝްވާ މިހެން ވިދާޅުވީ އޭނާ ރޭ ދަންވަރުގެ ވަގުތެއްގައި ކުރެއްވި ޓުވީޓެއްގަ އެވެ.

އަދީބާއި އެކު ފުލުހުންނާއި ކަރެކްޝަންގެ އޮފިސަރުން ރާއްޖެ އިން ބޭރަށް ދާނެ ކަމަށް ނަޝްވާ ވިދާޅުވެފައި މިވަނީ އަދީބު ރާއްޖެ އިން ބޭރަށް ދިއުމުގެ ހުއްދަ ސަރުކާރުން ދިނުމާއި ގުޅިގެން ބައެއް އާއްމުން ކަންބޮޑުވުން ފާޅުކުރަމުން ގެންދަނިކޮށެވެ.

ބޭސްފަރުވާ ކުރެއްވުމަށް އަދީބު ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ކަރެކްޝަނަލް ސާވިސެސް ގެ މެޑިކަލް ބޯޑުން ދިނީ އިއްޔެ ވަގުތެއްގަ އެވެ.

ނަޝްވާ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2016 ވަނަ އަހަރު އަދީބު ޑޮކްޓަރުން ދެއްކުމުން، ލޮލުގެ ސީރިއަސް ބައްޔެއް ކަމަށްވާ "ގްލޫކޯމާ" ހުރިކަން އެނގިފައިވާ ކަމަށާއި އަދި އޭރުވެސް އަދީބަށް އިތުރު ފަރުވާ ދިނުމަށް ރާއްޖެއިން ބޭރަށް ގެންދަން ޑޮކްޓަރުން ލަފާދިން ކަމަށެވެ. އެހެންނަމަވެސް ކުރީގެ ސަރުކާރުން އެފުރުސަތު ނުދިން ކަމަށާއި އަދި އޭރު ޑޮކްޓަރުންގެ ލަފާ މެޑިކަލް ބޯޑަށް ވެސް ހުށަހަޅާފައި ނުވާ ކަމަށެވެ.

ނަޝްވާ ވިދާޅުވީ އަދީބު ރާއްޖެއިން ބޭރަށް ފޮނުވުމުގެ ބަދަލުގައި، ގްލޫކޯމާ އަށް ޚާއްސަ ޑޮކްޓަރަކު ސަރުކާރުން މިދިޔަ މަހު އައިޖީއެމްއެޗަށް ގެނައި ކަމަށާއި އެ ޑޮކްޓަރު ވެސް ލަފާ ދިނީ އަދީބު ރާއްޖެއިން ބޭރަށް ގެންގޮސްގެން ފަރުވާ ދިނުމަށް ކަމަށެވެ.

އަދީބުގެ މައްޗަށް އިއްވާފައިވާ 33 އަހަރުގެ ޖަލު ޙުކުމް މިހާރު ބާތިލް ކުރުމުން އަދީބު ވަނީ މިނިވަން ވެފައެވެ. ނަމަވެސް އޭނާގެ މައްޗަށް ދައުވާ ކުރާ ބައެއް މައްސަލަތައް ކޯޓުތަކުގައި އެބަހުއްޓެވެ.

އަދީބު ރާއްޖެ އިން ބޭރަށް ފުރާ ތާރީޚެއް އަދި ނޭނގެއެވެ. އޭނާ ވަޑައިގަންނަވަނީ ކޮން ގައުމަކަށް ކަމެއް ވެސް އަދި ސާފެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ދެކުނުތަރި

    ރައްޔތިތުންގެ މާލިއްޔާއިން ވައްކަންކުރީމަވެސް އެންމެ ޢިއްޒަތާ ޤަދަރުދެވޭތަ؟

    14
  2. މޫސަ

    ޢަދީބަކީ ކުށްވެރިއެއްނޫން. އަދި ކުށެއްގެ ތުހުމަތު ވެސް ކުރެވިދާނެ ފަދަ ބޭފުޅެއްނޫން. އެހެންވީމާ އަދީބާއެކު ކަރެކްސަންގެ މީހުނާ ފުލުހުން ދިއުމަކީ ސުވާލު އުފެދޭ ކަމެއް.

    17
    2
  3. ގފިކުރު

    އަދީބުގެ ބޭސްފަރުވާއަށް ހުރަސް އެޅުމަށް މީހުން ފޮނުވުމަކީ މިސަރުކާރުން ކުރާ އަނިޔާއެކެވެ
    ގަސިމް އިބްރާހިމް އާއި މުހައްމަދު ނަޝީދު ފަދަ
    ބޭފުޅުން ބަންދުގައި ތިބެ ބޭސްފަރުވާކުރުމަށް
    ބޭރަށް ވަޑައިގެން އިރު މިނިވަންކަމަށް ހުރަސް
    އެޅުމަށް އޭރުގެ ސަރުކާރުން ލަސްކަރުތައް ނުފޮނުވައެވެ.

    15
    5
  4. މަމިޔޮކާކަ

    މޮޔަކަމެއްދޯ ކުށެއްނެތް މައުސޫމް މީހެއްގެ ފަހަތުން ... ބޭކާރު ޚަރަދު..

    14
  5. ކައްދާދި

    އަސްތާ ތިޔަހެން ފަރުވާ އަށް ފޮނުވި މީހުން ހެދިގޮތް ނޭނގި ތޯ ތިޔަކަން ތިޔަކުރައްވަނީ ހަމަ މީނަވެސް ވާނީ ހަމަ އެހެންއޭނާ އެބަ ދައްކާދޭ ފައިސާއިން ނުކުޅެވޭނެ ކަމެއްނެތްކަންވެސް ސޯ އިތުރު ވާހަކަ ނުދައްކާ އޭނާވެސް ޤައުމުން ބޭރުގަ ހުންނާނެ ދުވަހެއް ވާންދެއް ދޫކޮށްލާ ހިމާޔަތުގަ އުޅެލާފަ ހަމަ ނޭވާލެވުނީމަ އަންނަން.

    13
    1
  6. ކާފަބޭ2019

    ތިޔައީ ގުޅިގެންހިންގާޖަރީމާ މީގެކުރިންވެސް ތިޔަކަހަކިތަންމެޗަރުކޭހެއްކުޅެފި ދެންބުނާއަޑުއިވޭނީ އަދީބުފިލައިފިއޭ ކަލޭމެންބޭނުންވިގިނަކަންތައްވެއްޖެ ދެންދުވަސްކޮޅަކުޓާކީކާލާ ހަމަޖެހިލެވުނީމަ އެނބުރިއައިސް އެމްޓީޑީޕީ(މޯލްޑިވް ތިޖޫރީ ދަވާލި ޕާޓީ)ހިންގުމައިގެންކުރިއަށް ރައިއްޔަތުންބޮލަށް މިރުސްހުސްކުރިގޯނި ދެންކިނބިހިއަޅާލައަޅާލާތިބޭ

  7. އިމްރާން

    ބަޔަކު ތިއްބަސް ނެތަސް އަދީބު ފުރާއިފިނަމަ ރާއްޖެ ވަޑައިގަތުން ދުރު، އެހެނީ އަދީބަކީ، ކުށްވެރިވެފައިވާ މީހެއްތޯ.... މާޒީގަވެސް ކަންތައްވީގޮތަށް.
    އަދީބު ފިލާއިފިނަމަ ...ނަމަ... އަދީބުއަށްވެސް ހައްގު އޮންނަންވާނެ، އަދީބުގެ ލޮލުގެ ފެނުން ގެއްލިއްޖެނަމަ އުމުރުދުވަހަށް އެވޭން ތަހައްމަލު ކުރަންޖެހޭނެ...

  8. އަހްމަދު

    ތީދެން ވަރަށް ހެއްވާ ގޮތެއް މިނިވަނަކާއެކު ފުލުހުންނާ ކަރެޝަން ިިިިިިިިިިިިިިިިިިިިިިިިިިިިިިިިި މީހުން ދާންޖެހުނީމަ ތީ ޖޯކެއް

  9. ރަސްރަނަ 2

    އަދީބަކީ ހުދު ކާފޫރު ކޮޅެއް

  10. އަޖައިބު

    އޭނައަކީ ކުށްވެރިއެއްތަ ބަންދެއްގަ ހުރި މީހެއްތަ ހަތިޔާރު އެޅި ގާފިލާއެއް ދާންވީ؟