އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތަކުގެ ކިޔެވުން ދަރިވަރުން ފަށާނީ ފަތިން ނަމާދުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
ރޭ ޕީއެސްއެމް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ، އެއްދަންފަޅިއަށް ސްކޫލްތައް ބަދަލުކުރަނީ ހަމައެކަނި ސެޝަން ބަދަލުކޮށްލުމުގެ ބޭނުމުގައި ނޫން ކަމަށެވެ.
"އިއްޔެ 22 ސްކޫލެއްގައި އެއްދަންފަޅިއަށް ކިޔަވައިދިނުމުގެ ޕައިލެޓް ޕްރޮޖެކްޓް ވަނީ ފަށާފައި, އެއްދަންފަޅިއަށް ސްކޫލްތައް ބަދަލުކުރަނީ ހަމައެކަނި ސެޝަން ބަދަލުކޮށްލުމުގެ ބޭނުމުގައެއް ނޫން" މިނިސްޓްރ ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަަށް ވިދާޅުވީ ބޭނުމަކީ ސްކޫލްތަކުގައި އެކަށީގެންވާ ވަސީލަތް ގާއިމްކޮށް ވަށާޖެހޭ ތައުލީމެއް ފޯރުކޮށްދީގެން ދަރިވަރުން ދުނިޔެ އާއި ދިރިއުޅުމަށް ތައްޔާރުކޮށް ދިނުމެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެއްދަންފަޅިއަށް ސްކޫލްތައް ބަދަލުކުރުމުން ލިބޭނެ އެންމެ ބޮޑު ފައިދާ އަކީ، ސްކޫލް ސެޝަން ނިމުމުން ދަރިވަރުންނާއި ޓީޗަރުން ގެއަށްގޮސް އާއިލާތަކާއެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބުމެވެ.
"ވަށާޖެހޭ ތައުލީމުގެ އަމާޒަކީ ދަރިވަރުންނަކީ ދުނިޔެއަށް ލޯހުޅުވި، އެހެން މީހުންނާއެކު އުޅެން ދަސްވެފައިވާ، ހުނަރުވެރި، ތައުލީމީ، ދީނަށް ލޯބިކުރާ، ހަށިހެޔޮ ކުދިން ތަކަކަށް ހެދުން އެއްދަންފަޅިއަށް ސްކޫލްތައް ބަދަލުކުރުމުން ސްކޫލް ސެޝަން ފެށިގެންދަނީ ފަތިސް ނަމާދުން. ސްކޫލުން ނާސްތާ ކުރުމަށްފަހު ކްލާސްތައް ފެށޭ ގޮތަށް ވަނީ ހަމަޖެހިފައި،" މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގައި ހުރި ސަރުކާރުގެ ހުރިހާ ސްކޫލެއްގައި އިއްޔެ ވަނީ ހެނދުނުގެ ނާސްތާ ޕްރޮގްރާމް ވެސް ފަށައިފަ އެވެ. އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ ވިދާޅުވީ ރާއްޖޭގައި ހުރި 213 ސުކޫލުގެ ތެރެއިން 134 ސުކޫލެއް އެއްދަންފަޅިއަށް ބަދަލުކޮށްފައިވާކަމަށާއި، ބާކީހުރި 79 ސުކޫލުވެސް އެއްދަންފަޅިއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ބާކީ ހުރި ސްކޫލްތަކަށް އެއް ދަންފަޅިއަކަށް ބަދަލުކުރާނީ، އެ ސުކޫލުތަކުގެ ހާލަތު ދެނެގަތުމަށްފަހުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ޝުކުރިއްޔާ... ވަރަށް ރަގަޅު.. އުފާ ކުރަން މިހަބަރު އިވިފަ.
ކަރަންޓްގެ އަގުހެޔޮކުރި ވައުދު ކަހަލަ ވައުދަކަށް ތި ވައުދު ނަހަދައްޗޭ މަންޖޭ.
ހާދަ އުފާވެއްޖެއެވެ. އެކަމަކު ފަތިސް ނަމާދު ކުރަންވާނީ އިރު އެރުމުގެ ކުރިން!
ރާއްޖޭގެ ސުކޫލުކުދިންނަށް ރަނގަޅު އައުރަ ނިވާކުރަން ބާރު އެޅުންވެސް. އެގޮތުން ކަންކަން އެންމެ ރަނގަޅަށް ކުރެވޭނި ނަމޫނާ ދައްކައިގެން. އަންހެނާގެ އައުރައަކީ މޫނާއި ދެއަތްތިލަ ފިޔަވާ ހުރިހާގުނަވަނެއް ކަމުގައި ދީނުގައިވަނީ. އެހެންވީމަ އެންމެ ފުރަތަމަ މިނިސްޓަރު މިކަމުގަ ދަރިވަރުންނަށް ނަމޫނާ ދެއްކުން ވަރަށް ރަނގަޅުހެން ހީވަނި.
ތިޔަކަހަލަ ވާހަކަ މިނިސްޓަރު ދައްކަވާއިރު ބުރުގާ އަޅައިގެން ދީނުގައި ހުއްދަކުރާ މިންވަރައް އައުރަނިވާކޮއްގެން ހުންނަވައި ތިޔަވާހަކަ ދެއްކެވިނަމަ ތިއީ އިޚުލާސްތެރިކަމާއި އެކު ހުށައަޅާ ޚިޔާލެއްކަމުގައި ބަލައިގަނެވުނީސްކަން ކަށަވަރެވެ.
މިނިސްޓަރު އެންމެފުރަތަމަ އައުރަނިވާކޮއްފަ ދެންކުދިންއިސްލާހް ކޮއްބަލަ
ފަތިސް ނަމާދު ކުރަނީ 8 ޖަހާއިރުތޯ؟ ކީކޭބާ މިކިޔަނީ
ސްކޫލްތަކުގެ ކިޔެވުން ދަރިވަރުން ފަށާނީ ފަތިސް ނަމާދުން ފަށަާތީ މަމެން އުފާކުރަން. ޢެކަމު އެމްޑީޕީ އަޅުވާތީ ކަޑަ
ފަތިސް ނަމާދު ވަގުތަކީ 7:10 ކަމެއް ނުދެނެ ހުރިން!
ފުރަތަމަ މިނިސްޓަރުގެ އައުރަ ނިވާކޮށްބަލަ
މިއީ ދެއްކުންތެރި ކަމުގަ ހައްދުފަހަނަ އަޅައިފައި ތިބި ބައެއް
އަހަރުމެންނަށް ހެޔޮ ތިޔަހެން ވަގުތު ނުދިނަސް 3 ނޫނި 4 ޖަހާއިރު ނިމެނި ސެޝަން އަދި އެވަރުން ވެސް އެތައްކަމެއް އޮންނާނެ މިނިސްޓަރުމެން ހެވިލާފަ ބޮޑު ގޮނޑީގަ ރައްޔިތުން ގުނބޯ ހައްދަން ތިބީމަ ނިމުނީނު
ކަމަނާ އައުރަނިވާކޮއްގެން ހުރެ ނަމާދުގެ ވާހަކަދައްކަބަލަ
ތީ ވަރަށް ރަގަޅު ކަމެއް އެކަމަކު ތިކަން ކުރަން ސަރުކާރުން ހުއްދަދޭނެ ކަމާއިމެދު ޝައްކު ތިކަން ތިގޮތައް ކޮށްފިއްޔާމު ބެލެނިވެރިންވެސް ހަރުދަނާ ވާނެކަމަށް ބެލެވޭ މިހާރުވެސް ގިނަ ބެލެނިވެރިން ނަމާދު ނުކުރާނެ އޭރުން ކަންނެތްކަން ފިލައުގެން ދާނެކަމަށް ބެލެވޭ
ދެއްކުންތެރި ކަމުގެ ނިޔަތުގައި ކުރާ އެއްވެސް ކަމެއްގައި މާތްﷲ ބަރަކާތް ނުލައްވާނެ ކަން ހަނދުމަފުޅު ނެތީތޯ؟
ފަތިސް ނަމާދުން ފެށުމަކީ ރަނގަޅު ކަމެއް، އެކަމަކު ކަސްރަތު ކޮށް ނިމިގެން ގެއަށް އައިސް އަނެއްކާވެސް ސްކޫލް އަށް ގެންދިއުން މީ ކުރަން ވަރަށް އުނދަގޫ ވާނެ ކަމެއް، މި ހަލަބޮލި މާލޭގެ ކިހިނެއް އިރު އިރު ކޮޅުން ސްކޫލް އަށް ދާނީ.
މީނަ ފުރަތަމަ ބުރުގާ އެޅިއްޔާ މާރަނގަޅެއްނު
އެޑިއުކޭޝަން މިނިސްޓަރަންވަރަށްބޮޑަށް ޝްކުރިއްޔާ އަޅުގަނޑުގެދަރިފުޅުވެސް ފަތިސްނަމާދަށް ދާންގޮވިއަސް އަޑުއިވޭކަމަށްވެސްނުހަދާ ތެދުވާނީ ސްކޫލްގަޑިޖިހެން 10ވަރަކަށްމިނެޓަށްވީމައި ދެންތެޅިފޮޅިގެން ފެންނުވަރައި ދަތްނޫގުޅާ މޫނުގައިފެންކޮޅެއްހާކާލައިގެން ހެނދުނުގެނާސްތާ ނުކައި ސްކޫލަށްދަނީ މިގޮތައްހެނދުނު ރަނގަޅަށްފެންނުވަރާކުދިން ސްކޫލަށްދިޔައިމައި ދެންތިބިކުދިންނަށް ދުވާވަހުންކައިރީގައިތިބެންވެސްނުކެރޭ މިހާރުތިގެނައިބަދަލަށް ވަރަށްބޮޑަށް ޝްކުރިއްޔާ މިނިސްޓަރަށް
މާ ދީނަށް ލޯބިކުރާ ސަރުކާރެއް ކަމަށް ދައްކަން ކުރާ ކަމެއްމީ. ބަލަ އަހަރެމެންގެ ދަރިން ސްކޫލަށް ދަނީ ފަތިސް ނަމާދު ކޮށްގެންނޭ. ކަމެއް ރަނގަޅު ކުރަންޏާ ދަރިވަރުންނަށް ބޭނުންވާ ރިސޯސްތައް ސްކޫލްތަކުގައި ގާއިމްކޮށްދިނިއްޔާ މާތާހިރެއްނު.
ފަތިސްނަމާދުން ފަށަނީއޭ. ހަހަހަ. ދަމުނަމާދުން ފަށާދީ. ޕްރެކްޓިކަލީ ނުކުރެވޭނެ ކަންތައް.
އަގީދާ ކިޔާ މާއްދާއެއް އުފައްދާ ރާއްޖޭގަ ކިޔަވާދޭންވެސް ފަށަންވީ.
ފަތިހު ކުއްޖާ ފަތިސްނަމާދައް ސްކޫލަށް ފޮނުވާފަ، ނިމުނީމަ ބަލާގޮސްސަ އަނެއްކާ ތައްޔާރު ކޮއްގެން ސްކޫލައް ފޮނުވާފަ. މައިން ބަފައިން އުޅެންޖެހޭނެ ހާލުދޯ، ހާއްސަކޮއް ދެކުދިން އެއްފަހަރާ ގެންދަން ޖެހޭމީހުން! ލަފާ ކުރެވެނީ ލާދީނީ ކިޔާތީ ޖެއްސުމައް ކުރުވަން އުޅޭ ކަމެއްހެން. އެނގި ދާނެތާ.
މަރުޙަބާ! ތިޔައީ ހެޔޮ ބަދަލެއް.
ވަރަށް ދެއްކުންތެރި އަންހެނެއް މީ....
"ސްކޫލުގައި ނަމާދު ކުރާގޮތަކަށް ނޫން މިއޮންނަނީ. އަޅުގަނޑުމެން މި އެންކަރޭޖް ކުރަނީ އެ ގަޑިއަށް ކުދިން ސްކޫލަށް އަންނައިރު ނަމާދު ކޮށްގެން އައުމަށް،" ޝަކީބް ވިދާޅުވި އެވެ....
ބަލަ މިހާރުވެސް ގިނަ ދަރިވަރުން ފަތިސްނަމަދުކުރޭޔޭ! އެއްތެލުން ތެޅިޔަސް ހުރިހައިކުދިން ފަތިސްނަމަދެއްނުކުރާނެ! އެކަމަކު ތިޔަ ނިންމުން ވަރަށް ރަގަޅު!
އައުރަނިވާކޮއްގެންނަމާދުގެ ވާހަކަ ދެެެ
އަވަހަށް ނިދުން މުހިއްމު ކަމެކެވެ.
ސެލިއުޓް
ވަރަށް ތާޢީދުކުރަން ތިކަމަށް! އެކަމަކު ތިކަން ކުރަންޏާ ކަލޭމެންގެ ރޫޙާނީ ލީޑަރ ކޮށިއަރާނެ. އިބުރާމެން އާނިޔާމެން މޮޔަވާނެ!
އައުރަނިވާކޮއްގެން ފުރަތަމަ ތިވާހަކަ ދަައްކަމާ
ދަމުނަމާދުން ފެށުން މާރަނގަޅުވާނެ.
އައުރަނިވާކޮއްގެން ހުރެ ނަމާދުގެ ވާހަކަދައްކަބަލަ
މިނިސްޓްރީން ހަމަ ކަމެއް ނިންމާލުމާ އެކު އެކަމަށް އަމަލު ކުރަން ފަށާއިރު މިކަމާމެދު ޓީޗަރުންގެ ހިޔާލު ހޯދުމެއް ވެސް ނުވޭތޯ؟ އަޅުގަނޑު މެންގެ ވަގުތު އަނެއްކާވެސް އިތުރުމިވީ. އެކަމަކު ލިބޭ އުޖޫރަ ބަލައި ނުގަނެވޭނެ. އެހެން ޤައުމު ތަކުގަ ހިންގާ ބޮޑެތި ކަންތައްތައް ތަޢާރަފް ކުރާއިރު އެ ޤައުމުތަކުގަ ޓީޗަރުންނަށް ދޭ އުޖޫރައާވެސް ދިމާވާން އެބަޖެހޭ.
ނުވާނެ ތިކަމެއް މިއުޅެނީ ބައެއް ބެލެނިވެރިން ނައް ކުދިން ހެދުނު ސްކޫލް ނުގެން ދެވިގެން
ކިހާ ދީންވެރި ރޯދަހިފާގެން ސްކޫލް އަށް ދިޔަ ދަދިވަރަށް ދިން ފެކެޓުވެސް އަތުލާފަ ވަނީ ސްކޫލް އިން އެކުއްޖާ ދެދުވަހު ވެސް އައީ ދެރަވެގެން . އެއީތޯ އެބުނާއޯގާތެރި ކަމަކީ......ދީންވެރިކަމަކީ..... މީހަގީގަގަތޭ މިނިސްޓަރ...
އެޑިޔުކޭޝަން މިނިސްޓަރަށް ފަތިސްނަމާދުގެ ވަގުތަކީ ކޮބައިކަން ނޭންގޭތީ ދައްކާވާހަކައެއްކަމަށް ބޮޑަށް ގަބޫލުކުރެވެނީ.
އެއްކޮޅު ހައްދު ފަހަނެޅުން ހުއްޓުވާ ވާހަކަ. އަނެއްކޮޅުން ޅަ ސިކުނޑިތައް އެމަގަށް ހާނުވަނީ. ދެން ބޮޑުވެގެން ޖިހާދަށް ނުކުތީމަކާ އެކަމެއް ނުހުއްޓުވޭނެ. ދިވެހި ރާއްޖެ ދާނީ ހައްތާ ނިރުބަވެރިވަމުން.