ޕާކްކޮށްފައި ހުރި ސައިކަލެއްގެ ވަށިގަނޑުގައި ބޭއްވުނު ފޯނެއް ގެއްލުމުން، ފުލުހުން އެފޯނު ހޯދައި ވެރިފަރާތާއި ހަވާލުކޮށްފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ ހެންވޭރު ނާދީ ގޯޅިތެރޭގައި ޕާކްކޮށްފައިހުރި ސައިކަލެއްގެ ވަށިގަނޑުގައި ބޭއްވެނު ފޯނެއް ގެއްލިފައިވަނިކޮށް، އެފޯނު ހޯދައި އޭގެ ވެރިފަރާތާއި ހަވާލުކޮށްފައި ވާނެ ކަމަށެވެ.

ނާދީ ގޯޅިތެރޭގައި ޕާކްކޮށްފައިހުރި ސައިކަލެއްގެ ވަށިގަނޑުގައި ބޭއްވުނު އައު ފޯނެއް ގެއްލިފައިވާކަމަށްބުނެ އިއްޔެ 18:43 ހާއިރު ފުލުހުންނަށް ލިބުނު ރިޕޯޓަކާއި ގުޅިގެން އެފޯނު ނެގި މީހާ ސީސީޓީވީ ފުޓޭޖްގެ އެހީގައި ހޯދައި، ފޯނު ވަނީ ވެރިފަރާތާއި ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސައަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފޯނު ވަގަށް ނެގި މީހާ ދެނެގަނެވުނު ނަމަވެސް އޭނާ ހައްޔަރު ނުކޮށް ދޫކޮށްލީ ކީއްވެ ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބުރުހާނާ

    ދެންވެސް އެހެން ފޯން އެއް ވަގަށް ނެގޭނެނު އޭރުން. އެހެންވެ ތޯއްޗެއް.

  2. ދޮންތަ

    އަދިވެސް ދިވެހިން ހާދަ ހޭލުންތެރިކަން ކުދައޭ ދޯ