ފުލުހުން ކުރިއަށް ގެންދާ ތަޙްޤީޤަކަށް މީހަކު ހޯދަން ފުލުހުން މިއަދު އާއްމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ފުލުހުންގެ ވެބްސައިޓްގައި ވިދާޅުވީ އއ. މަތިވެރި ޕޮލިސް ސްޓޭޝަނުން ތަޙުޤީޤް ކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދާ ކަމަށެވެ.

މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ލ. މާމެންދޫ، ރޯޝަންވިލާ، އަސްލަމް ޙުސައިން (35އ) ކަމަށް ފުލުހުން ވިދާޅުވިއެވެ.

އަސްލަމް ޙުސައިންއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އއ. މަތިވެރި ޕޮލިސް ސްޓޭޝަނުގެ ޑިއުޓީ ނަމްބަރު 9994875 އަށް ގުޅުއްވައި ޙިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

އަސްލަމް ޙުސައިން އާއި އާއި ގުޅޭ ގޮތުން ތަޙްޤީޤު ކުރަމުން ގެންދާ މައްސަލައިގެ އެއްވެސް ތަފްސީލެއް ފުލުހުން ނުދެއެވެ.

ފުލުހުން ވިދާޅުވީ މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދަންނަ

    އޭނާގެ ފޮޓޯ ފެނުނީމަވެސް އެބައެނގޭދޯ ކޮންބާވަތެއްގެ މައްސަލައެއްކަން

  2. ށުމަން

    ތި ސޮރު އިއްޔެ ވެސް ގ.ޕެލިކަން ( މީގެ ދުވަސް ކޮޅެއް ކުރިން ފުލުހުން ތަޅާ ސުންނާފަތި ކުރިގެއެއް) ކައިރީ އުޅުނު. ޜައްޔިތުން ލޮލުގަ އަދުން އަޅުވަން މީހަކު ހޯދާނީޔޯ....