17 އަހަރުގެ ދިވެހި އަންހެން ކުއްޖަކަށް ބައްޕަ ޖިސްމާނީ އަނިޔާ ކުރާކަމަށް ބުނެ އަމިއްލައަށް ފުލުހަށް ހާޒިރުވެފައި ވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އޭނާ ފުލުހަށް ހާޒިރުވެ މައްސަލަ ހުށަހަޅާފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެެވެ.

އޭނާ އަށް އެހެން މީހެއްގެ ފަރާތުން ޖިންސީ ގޯނާ ކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ކުއްޖާ ޑޮކްޓަރަށް ދައްކާފައި ވާކަމަށް ފުލުހުން ވިދާޅުވެއެވެ. ފުލުހުން ވިދާޅުވީ އޭނާ ޖިންސީ ގޯނާ ލިބިފައި ވާކަން ޑޮކްޓަރު ޔަގީން ކޮށްފައިވާ ކަމަށަށެވެ.

ޖިސްމާނީ އަނިޔާ އާއި ޖިންސީ ގޯނާ ލިބުނު ކުއްޖާ އަކީ ނަފްސާނީ ބައްޔެއް ހުންނަ ކުއްޖެއް ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލަ ހުށަހަޅާފައި ވަނީ ކޮން ރަށަކުން ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ބުނެއެވެ.

ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ހުށަހެޅޭ މިންވަރު އަނެއްކާ ވެސް ވަނީ އިތުރު ވެފައެވެ.

ނުވަ އަހަރުގެ ކުއްޖަކަށް އޭނާގެ މަންމަގެ ލޯބިވެރިޔާ އާއި ދެ ބޭބެ ޖިންސީ ގޯނާ ކުރާ މައްސަލައެއް ވެސް ދާދި ފަހުން ފުލުހުންނަށް ހުށަހަޅާފައިވެއެވެ. އަދި ކުޑަ ދެފިރިހެން ކުއްޖަކަށް ފިރިހެނަކު ޖިންސީ ގޯނާ ކުރި މައްސަލައެއް ވެސް ފުލުހުންނަށް ހުށަހަޅާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. އައްޑޫ މީހާ

  އިންޑިއާއާއި ގުޅުން ބަދަހި ކުރިކަމަށްވާނީ އެމީހުންގެ ސަގާފަތްވެސް ދިރުވާ އާލާކޮށްގެން

  27
  7
 2. ދެރަ

  ކިހިނެތް ވެފަ ތަ މިމީހުނަށް މި ތިބެނީ؟ ގައިމު އެހާ ފަސޭހައިން ރަށުތެރެއިން ވާން ހުންނަ ކަންކަން ވިއްޔަ މިއީ!ފޭސްބުކް ވައިބަރ އިން ދެ މެސެޖެއްކޮއްލާއިރަށް ސެޓްވޭ..އެހާ ޗީޕް ދެޖިންސުގެމީހުނަވެސް. ދެން ކީއްކުރަން ކުޑަކުދީންނަށް މިފަދަ ގެއްލުން ދޭންވީކީ!!

  29
  2
 3. މޯރޑިސް

  ދިވެހިރާއްޖެ ކަމުން ކެނޑި އިންޑިއާ ކަމަށް ބަދަލުވާކަމުގެ އަލާމާތްތައް

  31
  4
 4. ރަށުމީހާ

  މިއީ ހިތެއްއޮތް ބައްޕައެއްތަ އަޅެ މިޤައުމުގެ މައުސޫމް ތުއްތުކުދިން ސަލާމަތްކުރަށްވާށި ޔާﷲ

 5. ދދދދދދ

  ހޯރަ ބޭ ދޫކޮށްލީމަ މާނައަކީ ތިކަމަކީ މައްސަލައެއް ނޫނޭ. ދެން ފުލުހުން ކޯޗެކޭ ކިޔާކަށްތަ.

  2
  3
 6. ހަމިދު

  މިހާރު އިންޑިޔާގެސްޓައިލަށް ބަދަލްވުމުގެކޮޅުމަތިމިފެންނަނީ ދޯ ދެން އޯކޭ ވާނެ

 7. ހުސްއަގަ

  ތިއީކީ މިހާރު އާކަމެއް ނޫން ތ ޕޮލިހައް ދިޔުން ބޭކާރު

 8. Anonymous

  ރައްޔިތުން މި ކަމާ ވެސް އުޅެންވީ... ރައްޔިތުން ނުކުމެ ނުލަފާ މީހުން ހަޔަރުކޮށްލާފަ ފުލުހުންނާ ހަވާލު ކުރޭ... ފުލުހުންނަށް ކަމެއް ވާނީ ވަރަށް ގިނަ ދުވަހުން

 9. ކ

  ރައްޔިތުން މި ނުލަފާ މިހުން ހަށްޔަރުކޮށް ފުލުހުންނަށް ހުށަހަޅާ