ސ.ހިތަދޫ ޕޮލިސް ސްޓޭޝަނުން ތަޙުޤީޤް ކުރަމުންދާ މައްސަލައަކާ ގުޅިގެން މާލެ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ، ތަހުޤީޤް ކުރަމުންދާ މައްސަލައަކާއި ގުޅިގެން ހޯދަމުންދަނީ ކ.މާލެ، މ.ވިލާތުކުންނާރުގެ، ޙަސަން ރަފްޙާން (32އ) ކަމަށެެވެ.
އޭނާ ހޯދަމުން ދަނީ ކޮން މައްސަލައަކާއި ގުޅިގެންކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ވިދާޅުވީ، ރަފްޙާން އާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ސ.ހިތަދޫ ޕޮލިސް ސްޓޭޝަނުގެ ޑިއުޓީ ނަމްބަރު 9791612 އަށް ގުޅުއްވައި ޙިއްސާކުރެއްވުމަށް އެދޭ ކަމަށެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް އެއްބާރުލުން ލިބޭކަމަށް ފުލުހުން ވިދާޅުވިއެވެ.
މީ އަދި އަލަށް ވކި ރަށެއްގެ ނންކިޔާފަ މީހަކު ހޯދަން ބަޔަކު އުޅޭ ފަހަރު ކީކޭ ބުނާނީ
ޢަސްތާ...! ކޮބާ ރަހޫ..މާލޭ ބޮޑުމީހާ..އޭނަ ހޯދަން އިއުލާން ނުކުރޭތަ؟
ލޮޓަސް ރުލާ އައް އިންގޭނެ އޭނަ ވީ ތަން ލޮލް!
ރައްޔިތުންގެ ފަރާތުން ފުލުހުންނަށް އެއްބާރުލުން ދެއޭ އަބަދުވެސް. ފުލުހުންގެ ފަރާތުން ރައްޔިތުންނަށޭ އެއްބާރުލުން ނުލިބެނީ.