މާލެ ޖަލަށް ވައްދަން ގެންދިޔަ ގައިދީއެއް އަރައިގެން ހުރި ފައިވާނެއްގެ ތެރޭގައި ފޮރުވާފައި އޮތް ފޯނެއް ފެނިއްޖެއެވެ،

ކަރެކްޝަންސް އިން ބުނީ، މިއަދު މާލޭ ޖަލުން ކޯޓަށް ހާޒިރުކުރި ޤައިދީއަކު އަނބުރާ ޖަލަށް ގެންގޮސް، ޗެކް ކުރިއިރު އޭނާ އަރައިގެން ހުރި ފައިވާނުން ވަނީ ފޯނެއް ފެނިފައިވާކަމަށެވެ.

ކަރެކްޝަން އިން އާއްމުކޮށްފައިވާ ފޮޓޯއިން ފެންނަނީ ފައިވާނެއްގެ ތިރިއަށް ފޯން ލުމަށްފަހު އެ ފޯން ފޮރުވުމަށްޓަކައި އޭގެ މަތީގައި އެއްޗެއް އަޅާފައި ހުރި މަންޒަރެވެ.

ޖަލަށް ޑްރަގް ވެއްދުމާއި ފޯން ފަދަ އެއްޗެހި ވެއްދުމަކީ އާއްމު ކަމެކެވެ. އާއްމުކޮށް މިފަދަ ކަންކަން ކުރަމުން ދަނީ ޕްރިޒަން އޮފިސަރުންނާއި ގުޅިގެން ކަމަށް ތުހުމަތުތައް ކުރެވެއެވެ.