ޖުޑިޝަލް ސާވިސް ކޮމިޝަނުގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރު ކުރުމަށް ނިންމައިފިއެވެ.

މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމަށް މި ހުށަހެޅުން ހުށަހަޅާފައިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފުއެވެ. އެ ހުށަހެޅުމަށް ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ތާއިދުކުރެއްވިިއިރު، މި ހުށަހެޅުމާ އެއްކޮޅަށް ކޮމިޓީގެ ހުރިހާ މެމްބަރުން ވޯޓު ދެއްވާފައިވެއެވެ.

ޖޭއެސްސީގެ މެންބަރުން ކޮމެޓީއަށް ހާޒިރު ކުރަނީ ޖޭއެސްސީގެ މަސައްކަތްތައް ގޮސްފައިވާ ހިސާބު ސާފުކުރުމަށާއި، ކުރީގެ ނައިބު ރައީސް އަހުމަދު ކޯޓުން ދޫކޮށްލުމުން ރާއްޖެ އިން ބޭރަށް ފުރާވަޑައިގަތުމުގެ މައްސަލައާ ގުޅިގެން ކޮމިޓީން އިތުރަށް ސާފުކުރަން ބޭނުންވާ ކަންކަން ސާފުކުރުމަށެވެ.

މި ހުށަހެޅުން ހުށަހަޅުއްވަމުން ހަސަން ލަތީފް ވިދާޅުވީ އަދީބު ރާއްޖެ އިން ބޭރަށް ފުރުމުގެ ހުއްދަ ސަރުކާރުން ދީފައިވަނީ ކޯޓުން ނިންމި ނިންމުމަށް ބިނާކޮށް ކަމަށާއި ކޯޓުން ކުރި ހުކުމަކީ ނުރަނގަޅު ގޮތަކަށް ކޮށްފައިވާ ހުކުމެއް ކަމަށްވާނަމަ ސަރުކާރުން އެކަމުގައި ނިންމާފައިވާ ނިންމުން ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ޖޭއެސްސީގެ މެމްބަރުން ކޮމިޓީ އަށް ހާޒިރުކުރާނީ މާދަމާ ރޭގައެވެ. އަދި މިކަމާ ގުޅޭ މައުލޫމާތު ސިޓީއަކުން މަޖިލީހުގެ އިދާރާ އިން ޖޭއެސްސީ އަށް ފޮނުވާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު