ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބޭސްފަރުވާއަށް ރާއްޖެ އިން ބޭރަށް ފުރާވަޑައިގަންނަވާނީ އަންނަ ހުކުރު ދުވަހު ކަމަށާއި އެނބުރި ވަޑައިގަތުމަށް ހަމަޖައްސާފައި ވަނީ މި މަހުގެ 26 ވަނަ ދުވަހު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިމްރާން މިގޮތަށް ވިދާޅުވީ، އޭނާގެ އިތުރުން، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ކޮމިޝަނަ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ވަނީ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރު ކުރުމުން ދެއްކެވި ވާހަކަތަކުގައެވެ.

"މިހާރު ވަނީ ދެކޮޅު ޓިކެޓުވެސް ނެގިފައި. މި މަހުގެ 14ގައި، ގޮސް 26 ގައި އެނބުރި އަންނަ ގޮތަށް ވަނީ ޓިކެޓުވެސް ނެގިފައި. އެހެންވީމަ މިހާރު އޮތް ޝެޑިއުލްއަށް ދާކަމުގައި ވާނަމަ ޑޮކްޓާރުން، އިތުރު ލަފައެއް ނުދެއްވާކަމުގައިވާނަމަ 26 ގައި އެނބުރި ގެނެވޭނެކަމަށް". އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ، އަދީބާއެކު ފުލުހުންނާއި ކަރެކްޝަންގެ އޮފިސަރުން ދާނެ ކަމަށެވެ. އަދި އިންޑިއާގެ ކަމާއި ބެހޭ ފަރާތްތަކާއިވެސް އެ މައުލޫމާތު ހިއްސާކުރެވިފައިވާނެ ކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ

މިނިސްޓަރ އިމްރާން ވިދާޅުވީ، އަދީބު ބޭރަށް ފުރުވަން ޖެހެނީ އޭނާގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް ކޮންމެެހެން ބޭރަށް ފޮނުވަން ޖެހޭތީ ކަމަށެވެ. އަދި އަދީބު ބޭސް ފަރުވާއަށް ފުރުވާލަނީ އެހެން މީހަކަށް ހަމަޖެއްސިފައިނުވާ ހަރުދަނާކޮށް ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

"އިރާދައްކުރެއްވިއްޔާ އަހުމަދު އަދީބު ފިލުމަކަށް ޕޮލިސް ސާވިސް އަދި ކަރެކްޝަނަލް ސާވިސްގެ ފަރާތުން އެއްވެސް ފުރުސަތެއް އިރާދަކުރެއްވިއްޔާ ނުދޭނަން". މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

އިތުރަށް އިމްރާން ވިދާޅުވީ، އަދީބު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް އިސްކަންދޭނެ ކަމަށެވެ.

އަދީބު ބޭސް ފަރުވާއަށް ފޮނުވާލަނީ އިންޑިއާއަށެވެ. ބޭސްފަރުވާއަށް އަދީބު ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ކަރެކްޝަނަލް ސާވިސެސް ގެ މެޑިކަލް ބޯޑުން ދިނީ އިއްޔެ ވަގުތެއްގަ އެވެ.

ހޯމް މިނިސްޓްރީ އިން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އަދީބު ރާއްޖެ އިން ބޭރަށް ފޮނުވަނީ އަދީބުގެ ސިއްހީ ހާލަތާ ގުޅިގެން، ރާއްޖޭގެ ސިއްހީ ޚިދުމަތްދޭ އެއްވެސް ތަނަކުން ލިބެން ނެތް ފަރުވާއެއް ހޯދުމަށް ޑޮކްޓަރުން ތަކުރާރުކޮށް ލަފާދިނުމާގުޅިގެން، ރާއްޖެއިން ބޭރުގެ ކަމާގުޅުންހުރި ސިއްހީ މާހިރުން ގެނެސްގެން ކުރެވުނު މަސައްކަތުންވެސް އިތުރުގޮތެއް ނުފެނުމުން ކަމަށެވެ.

އަދި އޭނާގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ އިރު، އެ ދަތުރުގައި ފުލުހުންނާއި ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ވެސް ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނޫރު

    އަދީބު ވަޑައިގަންނަވަނީ ލޮލުގެ މެޑިކަލް އަކަށް އަދި އެއީ ރާއްޖޭގައި ތިބި ލޮލުގެ މޮޅު ޑޮކްޓަރުންނަށް ނުކުރެވޭފަދަ ސަރޖެރީއެއް. ވީމާ އެބުރި އަންނަ ދުވަސް ކަޑައަޅާނީ ކިހިނަކުންތޯ...
    މިދަތުރުގަ 6 މަސްވެސް ވެދާނެ، އިމްރާނު މެންނަށް ނޭގެނީ ނުންތޯ އަދީބުގެ ހުށިޔާރުކަމާއި ވިސްތޫނުކަމާއި، އަދީބުގެ ވަރުގަދަ ލިންކް... އަދީބު ހިފަހައްޓަނީ ކީއްކުރަންތޯ. އެފްޕީ އައިޑީގެ ޚިޔާނަތާއި އެފައިސާ ކޮބާތޯ.... އަދީބުވަނީ ޤާނޫނީ ހަމަރަކުން ދޫވެފަ.

  2. އަދީބު

    ދެނެއް ނާންނާނަން

  3. ޝައިޚް

    ފިލާފިއްޔާ އިމްރާނު ޖަލައް ލާނީ ދޯ. ؟

    11
  4. ޜައްޔިތު އަހުމަދު

    މާދަމާއަކީ އަދީބުގެ ހުކުމުގެ މުއްދަތު ހަމަވާދުވަސް. ޢޭގެ ފަހުން އެއީ މިނިވަނެއް. ޢިމްރާނަކަށް ހަމީދަކަށް ކުރެވޭނެ ކަމެއްނޯންނާނެ

  5. ފަހަރި ވަޒީރު

    އާ ާ ާނ މީ އެއްކަލަ ދެލޯ މަރައިގެން ހުރެ "މަށަށް އެބަ ފެނޭ. މަށަށް އެބަ ވަސް ދުވާ" އޭ ކިޔައި ޣައިބު އެނގޭ ކަމަށް ހެދިގެން ހުންނަ ދަންނަކަލޭފާނު