ދިޔަވަރު ބޮޑުވާ ދުވަސްތަކުގައި އާއްމުކޮށް އުދަ އަރަމުން އަންނަ މާލޭގެ ކާނިވާ ސަރަހައްދަށް އުދަ އަރަން ފަށައިފިއެވެ.
ފުލުހުން މިއަދު ވިދާޅުވީ، މާލެ ކާނިވާ ސަރަަހައްދަށް އުދަ އަރާ ފެންބޮޑުވެފައިވާ ކަމަށެވެ. އަދި ހުރިހާ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން ވަނީ އެދިފައެވެ.
އެ ސަރަހައްދަކީ ގިނަ އަދަދެއްގެ ރެސްޓޯރެންޓްތައް ހުންނަ ސަރަހައްދެކެވެ. އެ ސަރަހައްދުގައި ޕާކްކޮށްފައި އެތައް ވެހިކަލެއް ހުރެއެވެ. އޭގެ ތެރެއިން ގިނައީ ސައިކަލު ތަކެވެ.
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުތުރުގެ އަތޮޅުތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށް މުސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ
ޖަޒީރާ އަށް ރާޅު އަރާ ފައިބާނެ!
ރެސްޓޯރަންޓް ތައް ބަންދު ކުރަން ވީއެވެ.