މީގެ ހަފްތާއެއްހާ ދުވަސް ކުރިން އައްޑޫ ސިޓީ ހިތަދޫ އެޕޯލޯ ފިހާރައިން ވަގަށް ނެގި ތިޖޫރީގައި ހުރި ފައިސާތަކެއް ހޯދައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 19 އަހަރާއި 26 އަހަރުގެ އިތުރުން 30 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލައާ ގުޅިގެން މިހާތަނަށް ކުރި ތަހުގީގުން ތިޖޫރިން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 14000 ރުފިޔާ އާއި 1200 ޑޮލަރު ހޯދާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ ބަންދަށް 15 ދުވަސް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ދީފައިވެއެެވެ.

އެ ފިހާރައިން ވައްކަން ކޮށްފައި ވަނީ މެއި 30 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ތަޅު ހަލާކުކޮށްލައިގެން ވަދެއެވެ. އެ ފިހާރައިގެ އޮފީސް ތެރޭގައި ހުރި އެ ތިޖޫރި ވަގަށް ގެންދިޔައިރު، އެ ތިޖޫރި ފުލުހުން ވަނީ އޭގެ އަނެއް ދުވަހުގެ ހެނދުނު ހޯދާފައެވެ. އެ ތިޖޫރި ފެނުނު ނަމަވެސް އޭގައި ހުރި އެއްވެސް ފައިސާއެއް ފެނިފައެއް ނުވެއެވެ.