އަޙުމަދު އަބީދުގެ ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ދިޔަކަމުގައި ވިޔަސް، މުއްދަތު ހަމަވުމުން، އަނބުރާ ރާއްޖެއަށް އަބީދު ގެނެވޭނެކަން، ޕޮލިސް ސާރވިސްގެ ފަރާތުން ކަށަވަރުކުރައްވާނެ ކަމަށް، ކޮމިޝަރަ އޮފް ޕޮލިސް، މުޙައްމަދު ޙަމީދު ވިދާޅުވެއްޖެ އެވެ.

ހަމީދު މިހެން ވިދާޅުވީ، އަަހުމަދު އަދީބު ރާއްޖެއިން ބޭރަށް ފޮނުވުމުގެ މައްސަލައިގައި މިހާރު ކުރިއަށްދާ، ޤައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އަޙުމަދު ޢަބްދުލްޣަފޫރަކީ ދަޢުލަތުގެ މަޞްލަޙަތު ހިމެނޭ ވަރަށް ގިނަ މައްސަލަތަކެއްގެ ތުހުމަތުތަކެއް ކުރެވޭ ފަރާތެއްކަމަށްވާތީ، އަދި މިހާރުވެސް ހިނގަމުންދާ މައްސަލަތަކެއްގައިވެސް ހިމެނޭ ފަރާތަކަށްވާތީވެ، އަޅުގަނޑުމެންގެވެސް ދައުރެއް އެބަ އޮތް، އަދީބު ސަލާމަތީ ކަންކަން ހަމަޖެއްސުމާއި، އެނބުރި ރާއްޖެ އަންނާނެކަން ކަށަވަރުކޮށް އެކަންކަން ރަނގަޅަށް ބެލުމަށް" ހަމީދު ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން ވިދާޅުވީ، އަދީބާއެކު ފުލުހުންނާއި ކަރެކްޝަންގެ އޮފިސަރުން ދާނެ ކަމަށެވެ. އަދި އިންޑިއާގެ ކަމާއި ބެހޭ ފަރާތްތަކާއިވެސް އެ މައުލޫމާތު ހިއްސާކުރެވިފައިވާނެ ކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ

މިނިސްޓަރ އިމްރާން ވިދާޅުވީ، އަދީބު ބޭރަށް ފުރުވަން ޖެހެނީ އޭނާގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް ކޮންމެެހެން ބޭރަށް ފޮނުވަން ޖެހޭތީ ކަމަށެވެ. އަދި އަދީބު ބޭސް ފަރުވާއަށް ފުރުވާލަނީ އެހެން މީހަކަށް ހަމަޖެއްސިފައިނުވާ ހަރުދަނާކޮށް ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

"އިރާދައްކުރެއްވިއްޔާ އަހުމަދު އަދީބު ފިލުމަކަށް ޕޮލިސް ސާވިސް އަދި ކަރެކްޝަނަލް ސާވިސްގެ ފަރާތުން އެއްވެސް ފުރުސަތެއް އިރާދަކުރެއްވިއްޔާ ނުދޭނަން". މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

އަދީބުގެ މައްޗަށްކޮށްފައިވާ 33 އަހަރުގެ ޖަލު ހުކުމުން ސަލާމަތް ވެފައިވާ ވީ ނަމަވެސް، އަދީބުގެ މައްޗަށް ދައުވާކުރާ ވަރަށް ގިނަ މައްސަލަތައް މިހާރު ވެސް ކްރިމިނަލް ކޯޓުގައި އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބވ

    ލުތުފީވެސް ދިޔައީ ޕޮލިސް މީހަކު ގޮވައިގެން

    10
  2. ނަން

    އެމްޑީޕީ ވެރިކަމަށް އައްނަ ކޮއްމެ ފަހަރަކު ބޮޑު އެއް މުޖުރިމަކު ފިލަން ފުރުސަތު ދޭ

    11
  3. ކކކކކ

    ކަލެއަކީ ގައުމަށް ޣައްދާރު ވެފަ ހުރި ބާޣީއެއް. ކަލެއަށް ކޯޗެއް ކަށަވަރު ކުރެވޭނީ. ތީ ސުމެއްގެ މީހެއް. ފިނޑިއެއް. ސޮހޮލެއް. އަބުލާހި ރިޔާޒުވެސް ކަލެއަށްވުރެ ރަނގަޅުވާނެ.

  4. ތީބޭކާރު އަމަލެއް

    އަޔަސް ނަޔަސް ޤައިދީ-ޙާއިނަކު ފުރިޔަދީގެން ނުވާނެ، ޖަލުގަ ބެސްފަރުވާ ބޭރުންނޫނީ ނުލިބޭނެކަހަލަ ކިތައް ޤައިދީން އެބަތިބިބާ!؟ހާދަހަރަދުބޮޑު ޤައިދީއެއް ލަދުކުޑަކަންދޯ!

  5. ވަކޫލުބޭގެ ދަރި

    ކަލޭމެންގެ ތެރެއިން ކިތަށް މީހުނަށްބާ އަދީބަކީ ދުނިޔޭގެ ހަތިޔާރުގެ ވަގު ވިޔަފާރި ކުރާ ގައުމެއްގެ ރަށްޔިތެއް ކަން އެނގެނީ؟ ގާދޫކޮލުން ނިކުތުމަށް ފަހު ފުލުހުން ޖެހޭނީ ކޮންމެވެސް އެހެން ކަމަކާ އުޅެން އަދީބު ގެނައުމުގެ ބަދަލުގައި. އަދި ދަވާލި ފައިސާތަށް ވެސް ހުރީ ބޭރު ގައުމު ތަކުގައި. ކަލޭމެން ގެ ކުޅަދާނަކަމުން ޖަލަށް ލެވިފައި އޮތް މީހެއް ނޫނޭ ތިޔަ ބުނާ ކަލޭގެ އަކީ. ކަލޭމެންގެ އަތުން އަދީބު ދޫވެ ގައުމަށް ނުރަށްކާވެ ނުނިދާ ހޭލާ ތިބިތަން މަށަށްފެނޭ.

  6. ތިނޯހު ފަގަ

    އެއީ ގަޢިދީއެއްތަ؟ ނޫނީ ގައުމެއްގެ ރައީސެއްތަ؟ 5 ނަންބަރު ކަންވާރެއް ޖަހާފަ ދޫކޮށްލާ ކެރަފާަމާލި އަތަށް ކަންވާރުގެ އަނެއް ކޮލުދިނީމަނިމުނީ (ހައިރާންވެއަންތަރީސްވެއްޖެ(،،؟