އިއްޔެއިން ފެށިގެން އެއް ދަންފަޅިއަށް ކިޔެވުން ބަދަލުކޮށްފައިވާ ސުކޫލުތަކުގެ ކިޔެވުން، ފަތިސް ނަމާދުން ފެށިކަމަށް ބުނެ މިނިސްޓްރީ އަށް ޓްވީޓު ކުރެވުނީ، އޮޅިގެން ކަމަށާއި، އެ ޓުވީޓު މިހާރު ޑިލީޓް ކޮށްފައި ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިކަމާއި ގުޅިގެން މިނިސްޓަރ ވިދާޅުވެފައިވަނީ، ސުކޫލުތަކުގެ ކިޔެވުން ފަށާފައިވަނީ ހެނދުު 6 ޖެހި އިރު ކަމަށާއި، ދަރިވަރުން ފަތިސް ނަމާދުކޮށްފައި ވަނީ ގޭގައި ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކޮށްފައިވާ ޓްވީޓުގައި ވާގޮތުން މި ޕްރޮޖެކްޓުގެ ދަށުން ސްކޫލް ސެޝަންތައް ފެށިގެން ދާނީ ފަތިސް ނަމާދުން ކަމަށާ، ފަތިސް ނަމާދަށް ފަހު ކުރިއަށް ދާނީ ކުދިންގެ ކަސްރަތާއި ތަފާތު ކުޅިވަރުތައް ކަމަށެވެ. އަދި މި ކަންކަމުގައި މަސްއޫލުވެ އުޅުމަށް ފަހު ގެއަށްގޮސް ތައްޔާރުވެ ސްކޫލުން ހެނދުނުގެ ނާސްތާ ކުރުމަށް ފަހު ކިޔެވުމުގެ ގަޑިތައް ފެށިގެން ދާނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

" އެއް ދަންފަޅިއަށް ސުކޫލުތަކުގެ ކިޔެވުން ބަދަލު ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ، ދަރިވަރުން ޓެސްޓުތަކަށް ތައްޔާރުކޮށް ހަމައެކަނި ޓެސްޓްގެ ނަތީޖާއަށް ބެލުމުގެ ބަދަލުގައި ދިރިއުޅުމަށް ފުރާފުރިހަމަ ވެފައިވާ ދަރިވަރުންތަކެއް މުޖްތަމައަށް ނެރެދިނުން. އަދި ރަނގަޅު ނަތީޖާއެއް ހޯދުމުގައި، ޓީޗަރުންނާއި، ދަރުވަރުންނާއި، ބެލެނިވެރިން ގުޅުގެން ކާމިޔާބު މަސައްކަތްތަކެއް ކުރުން." މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ، ސަރުކާރުން މިހާރު ކުރިއަށް ގެންދާ ވަށާޖެހޭ ތައުލީމުގެ މަޝްރޫޢުގެ ބޭނުމަކީ މި ޝަކުވާތަކަށް ނިމުމެއް ގެނައުން ކަމަށާއި، ކިޔަވައިގެން ސުކޫލުތަކުން މުޖުތަމަޢަށް ނިކުންނަ ދަރިވަރުންތަކަކީ އަޚުލާޤު ރަނގަޅު ބޭނުންތެރި ބަޔަކަށް ހެދުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. ާAhmed

    ހިނިއަންނަނީ. ލަލަލާ.

    89
    1
  2. އަފީ

    މި ސަރުކާރުން ކުރާ ކޮންމެ ކަމެއް ތަކުރާރުކޮށް އެތަށް ފަހަރަކު ކުރަން މިޖެހީ! މީ ކަމަށް ގާބިލް ނުވީމާ ވާގޮތް!

    80
  3. ކުލުނު

    ފުރަތަމަ ތިމާގެ ބަހާ އަމަލު ދިމާވޭތޯ ބަލާބަލަ. ކޮންމެ ކަމެއްގަވެސް އޮޅުވާލުން. ހީކުރީ އާއިޝަތު ޝިހާމާއަށްވުރެ މީނަ ވަރަށް ހިންގުންތެރިވާނެ ކަމަށް ހަމަ ސުމެެއް. ސިޔާސީ ވެގެންގޮސް ވާނުވާ ނޭނގޭ މީހެއް

    89
    1
  4. Anonymous

    ހައިރާނެ ނުވާނެތައް އޮޅިގެންނޭ ކިޔާފައި ކަންހިނގިގޮތާ ހިލާފަށް ޓުވިޓްކުރޭވޭތައް ހުރިހާ ކަމެއްގައިވެސް އޮޅުވާލުން ނޫންކަމެއް ތިޔަ މިނިސްޓަރު ނުކުރޭ

    83
  5. ދަރިވަރެއް

    މިކަން މިގޮތަށް ނިންމިކޯ ބަހުން ދަތެރެ ކެރާ ކުދިންނަށް ވިސްނީ؟

    40
  6. ޚާލި

    އަބަދުވެސް ވާނުވާގަ..... ލޮލް

    58
    1
  7. މަންމަ

    6 ޖަހާއިރު ސްކޫލަށް ގެންގޮއްސަ ކަސްރަތު ނިމުނީމަ އަލުން ސްކޫލަށް ބަލައިގޮސް ގެޔަށް ގެނެއްސަ އަލުން ތައްޔާރުކޮށްގެން ސްކޫލަށް ގެންދަން ބެެނިވެރިންނަށް ފަސޭހަވާނެތަ ؟؟؟؟؟

    95
    1
    • މުލޭ

      މިނިސްޓަރާއި މިނިސްޓަރުގެ ދަރިން ތަންތަނަށް އުފުލުމަށް ކާރަކާއި ޑްރައިވަރެއް ހުއްޓަސް އެންމެންގެ ދަރިން އުފުލަން އެފަދަ ވަސީލަތެއް ނެތް. އަނެއްކާ ބެލެނިވެރިންނަކީ ހަމައެކަނި ދަރިން ސްކޫލަށް ގެންދަން ތިބޭ ބައެއްހެންވެސް ހީވޭ.

      20
  8. Anonymous

    ރަނގަޅުކަމެއް އޮތިއްޔާ ނުކުރާތި

    42
    2
  9. މޫސަ

    މި ހިނގަނީ ވެސް ސަރުކާރެއް. ސަރުކާރަށް އެންމެ 7 މަސް ވީ އިރު ސަރުކާރުގެ ޚަރަދު ބޮޑުވެގެން ސްކޫލު ތަކުން އެތަށް ބަޔަކަށް ވަނީ ނޯޓިސް ދީފަ. މީޑިއާތަކަށް އަރާ ފާޑު ފާޑުގެ މޮޅު ވާހަކަ ދެއްކިޔަކަށް ހާލަތު ކުރިއަށްވުރެ މާ ގޯސްވެއްޖެ. މިީ ނަމުން އޯގާތެރި ކަމުން އަނިޔާވެރި ސަރުކާރެއް.

    74
  10. އިބްރާ

    ފަތިސްނަމާދު ކޮށްގެން ކުރަންވީ ކަސްރަތެއްނޫނެވެ. ހެނދުނުގެ ދުޢާތަށްކިޔައި ﷲހަދުމަކުރަންވީއެވެ. އެ އިލާހް އަންގަވާފައިވަނީ ތިޔަބައިމީހުންގެ ހަށިގަނޑުގައިވާ ހިތަކީ ތިމަން ﷲޞވޢ ހެއްދެވި އެއްޗެކެވެ. އެ ހިތަށް ހަމަޖެހުން ލިބޭނީ ތިމަން ﷲޞވޢ ހަނދުމަކުރުމުންނެވެ. ތަފާތު ކުޅިވަަރުތަކާއި ކަސްރަތުކޮށްގެން ހަށިގަނޑަށް އިތުރު ވަރުބަލިކަމެއް ނޫނީ ނުލިބޭނެއެވެ. ކަސްރަތުކޮށް ވަރުބަލިވެފައިހުއްޓާ ކިޔަވައިދީގެން ސިކުނޑިއަށް އެއްޗެއް ވަނުމާއިދޭތެރޭގައި ތިޔަބޭފުޅުންގެ ޚިޔާލަކީ ކޮބައިތޯއެވެ؟ ވަރުބަލިވުމުން އެންމެ ރަނގަޅުވާނީ އަރާމުކޮށްލުން ނޫންތޯއެވެ.

    84
    6
  11. Anonymous

    ވަރައް ރަނގަޅު ބަދަލެއް، ފަތިސް ނަމާދު ވަގުތު ކުދިން ހޭލަން ޖެހުމަކީ ފަތިސް ނަމާދު ކުމުމަށް ލިބޭ ވަރައް ބޮޑުހިއްވަރެއް

    20
    9
    • އަހުމަދު މޫސާ

      އެއީ ދޮގެކޭ އޮޅިގެން ބުނެވުނު އެއްޗެކޭ މިނިސްޓަރ ވިދާޅުވީމާތަ ރަނގަޅު ބަދަލަކީ

      13
      2
  12. ކޮންމެސްމީހާ

    މީހުނާ ޖައްސާލައިގެން މީހުންގެ ކުށްހޯދާ ބަސްޓުކުރަން އުޅޭ މީހުން އާޚިރުގައި ފަލީހަތްވެގެން ދާނީ ފާޅުގަ، މީ ހަމަ ފެކަލްޓީގަ އުޅުންއިރުވެސް މީހުންގެ ކުށްހޯދައިގެން އަމިއްލަ ޑިގުއަރުވަން އުޅޭ މީހެއް، މިނިސްޓަރަކަށަ ވެގެން އެންމެންގެ ކުރިމަތީ ތިމާގެ ގާބިލްކަމެއް ނެތްކަން މިދަނި ފެންނަމުން...ކަޑަވާނެ ހުވާ!

    45
    1
  13. މުހައްމަދު

    މިނިސްޓަރ ކުރަން ބޭނުންވެގެން އިއުލާންކުރީ. އެކަމަކު އިސްލާމް ދީން ދެކެ ބިރުގަންނަ މީހުން ހުއްޓުވީ

    29
  14. ބައްތި

    ސުކޫލްގެ ނަން ބަދަލު ކުރަންވީނު ޑޭކެެއާ ގެ ނަމައް .. ޓީޗަރުންގެ މުސާރަ ބޮޑުކޮއް ދިނިއްޔާ ކީއްވާނީ... 24 ގަޑިއިރު ސުކޫލުގަ ޓީޗަރަކު ވެއްޖާ އުޅޭނީ...

    12
    1
  15. ސަންތިމަތިޔަބު

    ޢައްސަލާމް އަލައިކުމް ހުރި ހިތާމައެއްގެ ބޮޑކާމާއޭ . ޢެއްދަންފަޅީގާއި ކިޔަވާދޭ ސުކޫލު ތައް ފަތިސް ނަމާދުން ދަންފަޅި ފަށާވާހަކަ އިވުމުން ހިތް އުފަލުން ފޮޅުނެވެ ނަމަވެސް ހަބަރު ކިޔާލުމުން ހިތައް ވަނީ ބިރުވެރިކަމެކެވެ. ކުރާނީ ކީހެއްޔެވެ. ރަށްޔިތުން އެޅިހާބަތަކަށް ރިހަޔެވެ. ޖެނުއަރީ1ގާއި އިރުއަރަނީ 6:11 ގައެވެ. އޭޕރީލް 8 ގާއި އިރުއަރަނީ 6:01 ގައެވެ. ޖުލައި 18 ގާއި އިރުއަރަނީ 6:01 ގައެވެ. ނޮވެންބަރުގެ ނިޔަލަށް އިރުއަރަނީ 6:00 ގެ ކުރިންނެވެ. ފަތިސް ނަމާދުގެ ވަގުތަކީ ކޮބާތޯއެވެ؟ ޢެގިވަޑާއިނުގަންނަވާނަމަ އެގޭމީހުންކުރެ އަށްސަވާއިގެން އޮޅުންފިލުވުން މޮޅު އިތުރުވެގެވެގެން ވެއެވެ. ލަދުފުޅު ގެންވަޑާއި ނުގަންނަވާށެވެ. ދީނުގާއި ކަންއޮތް ގޮތް އޮޅުންފިލުވާ ދަސްކުރުމަކީ ކޮންމެ މުސްލިމް އަކަށް ވެސް ވާޖިބު ވެގެން ވާ ކަމެކެވެ. ހެޔޮމަގައް މަގުދައްކާއި ނުބާއި މަގުން މީސްތަކުން ސަލާމަތް ކުރުމައް ހެޔޮނިޔަތު ގާއި މަސައްކަތް ކުރުމަކީ ދަރުމަ އާއި ސަވާބު ހުރިކެކެވެ. އިސްލާމީ ރިވެތި އުސޫލުން ދަރިވަރުން ތަރުބިއްޔަތު ކޮށް ހާނުވަން ހިޔާލުފުޅު ކުރަށްވާނަމަ އިސްލާމް ދީނު ގާއި ކަންކަން އޮންނަ ރިވެތި އުސޫލުން ކުރައްވަން ދަސްކުރައްވާށެވެ. އަމާކީތީ ފަރަށް ދާ އުސޫލު ނުގެން ގުޅުއްވާށެވެ. ނަމާދު ފާއިތުވާ ފަހުވަގުތާއި ނަމާދު ފާއިތުވާ ފަހުން ދަރިވަރުން ލައްވާ ޖަމާއަތުގާއި ނަމާދު ކުރަން ތަރުބިއްޔަތު ކޮއްފިނަމަ ވާނީކިހިބެބާއެވެ. އަންނަންއޮތް ޖީލަކީ ފަތިސް ނަމާދު ފާއިތުވާފަހުން ޖަމާއަތް ހަދާއި ގެންނަމާދު ކުރާ ބަޔަކަށް ބަދަލުނުވާނެ ބާވައޭހިތައްއަރައެވެ. އަންނަ ޖީލުގެ ޒުވާނުން ނުބުނާނެބާއެވެ. މިއީ ތިމަންމެންނަށް ސުކޫލުން ދަސްކޮއްދިން ގޮތޭ. ވާނެ ހައެތިވީމާ މިއީ މުޖުތަމައު ގެ ޒިންމާ އެކޭވިދާޅުވެ އިސްތަށިފުޅުން ނައްޓާލެއްވޭކަށް ނުމެއޮނާނެއެވެ. މަހުޝަރު ދުވަހެވެ އެދުވަހު ގެ ބިރުވެރިކަމެވެ. މައެއް ބަފައެއް ފިރިޔެއް އަންބެއް ދަރިއެއް ތިމާގެމީހެއްގެ ފަރާތުން ވިޔަސް އެހީތެރިކަން ނުލިބޭދުވަހެވެ. ނަމާދެވެ މަހުޝަރުބިމުގާކުރެވޭ ފުރަތަމަ ސުވާލެވެ. އެސުވާލުގެ ޖަވާބު ރަގަޅު ވެއްޖެނަމަ ތަރުތީބުވެގެން އަންނަ ސުވާލުތައް ފަސޭހަވެ ސުވަރުގެޔަށް މަގުކޮށާއިދޭނަމާދެވެ.ނަމާދު ވަގުތު ފާއިތުވާ ފަހުން ޖަމާއަތު ގާއި ނަމާދު ކުރުމަށް ޅަސިކުޑިތައް ހާނުވާ ތަރުބިއްޔަތުކުރުމަކީ ބިދުއަ އަކަށް ނުވާނެބާއެވެ. ހުރި ބިރުވެރިކަމަކާއި ހިހާމައެއް ގެ ބޮޑުކަމާއެވެ. ދަރިވަރުން އިސްލާމީ އުސޫލުން ހާނުވާ ތަރުބިއްޔަތު ކުރަށްވަން ހިޔާލު ކުރަށް ވާނަމަ އިސްލާމްދީނު ގާއި ކަންއޮތް ގޮތް ދަސްފުޅުކުރަށް ވާށެވެ. ފަތިސް ނަމާދަށް ބަންގި ދިނުމުގެ ކުރިން ދަރިވަރުން ސުކޫލަށް ހާޒިރު ކުރަށްވާށެވެ. ބަންގި ގޮވުމުން ފުރަތަމަ ސުންނަތުގެ 2 ރަކުއަތް ކުރުމަށް ފަހު ޖަމާއަތުގާއި ފަތިސް ނަމާދު ކޮއް އަވަދިވުމުން ހެދުނު ގެ ޒިކުތައް ކިޔުވުމަށް ބާރު އަޅުއްވާށެވެ. ދެންތޯ ހިތްތަކުގެޝިފާ ކަމުގާއި ކީރިތި ގުރުއާނުން މަދުވެގެން ސަފްހާއެއް ކިޔުއްވުންހުއްޓެވ. ދެން އިސްލާމީ ހުދޫދުގެ ތެރެއިން ބޭރުނުވާގޮތުގެމަތިން ތަރުތީބުކުރަށް ވާށެވެ. ކަމަނާޔަށް ހެޔޮވިސްނުން ދެއްވާފާދޭވެ އާމީން. މިއަޅާ މިއަޅާގެ ވަރުން ބަސް އިއްވާފީމެވެ. ޔާ ﷲ އިބައިލާހު ހެކިވެވޮޑިގެންފާދޭވެ. އާމީން ވައްސަލާމް އަލައިކުމް

    11
    1
  16. ޝަހީދު

    މިނިސްޓަރ ބޮލުރޮދިއައް އެޑިއުކޭޝަން ދިނީމަ ވާގޮތް ވަރައް ސާފު.

  17. ދަތްދޫނި

    ވަޒީރޫ ! ތި ކަމުގައި ބެލެނިވެރިންގެ ޙިޔާލު ހޯދާލިންތޯ! ކަމަނާ ފަތިސް ނަމާދު ކޮއްގެން ކަސްރަތު ކުރުމަށްފަހު އެނބުރި ގެއަށްވަޑައިގެން ހެދުނުގެ ނާސްތާ ތައްޔާރުކޮއް ފިރި ސޮރުގެ ކަންތަކާއި ދަރިންގެ ހުރިހާ ކަމެއް ކޮއް އެބަހީ ނާސްތާގެ ކަންކަމާއި އެހެނިހެން ކަންކަން ކޮއް ނިންމާފަ އެ ކުދިން ސްކޫލަށް ލާފައި ކަމާނާ ނާނާ ފިއްލަވައި ހަމަ ޖެހިލައިގެން ކަމަނާ އަށް ގަޑި އަށް އޮފީ ހަށް ޙާޟިރު ވެވޭނެތޯ މިއީ ރައްޔިތުން ކަމަނާ އާއި ކޮއްލަން ބޭނުންވާ ސުވާލެކެވެ.

    13
  18. ޢާފް

    6 ޖަހާއިރު ސްކޫލަށް ގެންގޮއްސަ ކަސްރަތު ނިމުނީމަ ގެޔަށްހޮސް ފެންވަރާގެން ބަޑުހައިކަންމަތީ ހެދުނުގެ ނާސްތާ ހޯދަން ސްކޫލަށް؟؟؟ ޢެވެސް ޕާން ވިއްޔާ އެ ، ބިހެއް ލިބޭ ދުވަހު އެއްބިސް ކުޑަ ޕެކެޓަކާއެކު. ސްކޫލަށް ފޮނުވުމަކީ ވެސް ނުފޮރޮއްޕާނަކަށް ވެއްޖެނު!!!!

    13
    1
  19. ނާސްތާ

    ތިއޮތީ ނާސްތާއެއް ދެވިފަ ވަރަށް ބައިވަރުތަކެއްދޭ.

    11
  20. ޙަސަން

    ކަމަނާއެވެ. އެންމެ ފުރަތަމަ ވިސްނާލަބަލާށެވެ. ރާއްޖޭގެ 80% އަށްވުރެ މަތި އަންހެނުން މިހާރު ތިބެނީ ބުރުގާއަޅައި ނިވާވެގެންނެވެ. ސްކޫލްތަކުގެ ކުދިންވެސް ޓީޗަރުންވެސް ހިމެނޭގޮތުންނެވެ. އެކަމަކު ކަމަނާ ތިހުންނަ ގޮތުން އިސްލާމް ދީނަށް ކަމާގެ ލޯބިއޮތްވަރު ހާމަކޮށްދެއެވެ. ގާތްގަނޑަކަށް ހުރިހާ ދީނީ ޢިލްމުވެރިންވެސް ބުރުގާއަކީ އަޅަންޖެހޭނެ އެއްޗެއްކަމަށް ވިދާޅުވާއިރު ކަމަނާ ތިގޮތަށް ހުރުމުން ކަމަކުނުދެއެވެ. އަދި ރީއްޗެއްވެސް ނޫނެވެ. ރީތީވެސް ބުރުގާ އެޅުމުންނެވެ.

    16
    1
  21. ހުސޭނޫ

    ފަތިސް ނަމާދު ކުރާ ވާހަކަ ބުނީމާ އެލް މީހުން ރުޅިގަދަވީ .އެއީ ވީ ގޮތަކީ .އޮޅުނީ ކީ ނޫން،އޮޅުވާލަނީ.މުސްތަފާ އަކީ ރައީސް އޮފީހުން އެޑިއުކޭޟަން މިނިސްޓަރަކީ ޑރ.މުސްތަފާ .

  22. މިނިސް

    ކޮމެންޓްކުރަން ބޭނުންނުވިޔަސް މިތިބަ އުޑެއްބުޑެއް ނޭގޭމީހުންނާއިހެދި ކޮމެންޓްކުރެވޭގޮތްވަނީ. ފުަރަތަމަ މިމިނިސްޓަރއައް ފަތިސްނަމާދުގެ ވަގުތުއެގިލައްވާބާވަ.ދެވަނަ ކަމަކީ ޓްވިޓާގަ ލިޔެވޭއެއްޗެއް އެގިލަށްވާތޯ. ބުނެފާނެ މިހާރުކިޔެވުން ފެށެނީދަންވަރުގެ ދަންފަޅީގައޭ.

  23. ނީރާ

    24 ގަޑިއިރު ހަމައިގައި ތިބޭކަށް ނުޖެހޭނެ މިހާރަކު އެއް އެހެންވީމަ އަބަދުވެސް ތިބޭނި ވާނުވާގަ

  24. ވާނުވާ

    ބަލަ މިނިސްޓަރޫ އަހަރެންގެ ދަރިން ސްކޫލަށް ފޮނުވަނީ ފަތިސް ނަމާދު ކުރުވާފަ އެވެސް 6 ޖެހީމައެއް ނޫން . ފަތިސް ނަމާދު ކުރަން ޖެހެނީ 6 ޖެހީމަކަށްތަ މިނިސްޓަރު ތިޔަ ހީކުރަނީ ، ތިޔަ ކަމުން އަހަރެމެންގެ ދަރިންނަށްވާނީ އިތުރު އުނދަގުލަކާ ތުރާލަށް ، ކުރާނެ ކަމެއް ނެތިއްޔާ ގޮސް ގޭގަ އޮވެބަލަ.

    14
  25. ކަތުރުފަނި

    އަބަދުވެސް ހުންނަނީ ހިނދުކޮޅުގަތަ؟

  26. ވައުދު

    މި އޮތް ހުރިހާ ދުވަހުވެސް ސްކޫލަށް ދަރިވަރުން ދިޔައީ ގޭގައި ފަތިސް ނަމާދު ކޮށް ގޭން ނާސްތާ ވެސް ނަގައިގެން ސްކޫލަށް ގެންދާ އިންޓަވަލް ވެސް ގެންދަނީ ގެއިން
    ސަރުކާރުން މޮޅު ކަމެއް ކުރުމުގެ ބަދަލުގަ ސްކޫލްތަކުގެ ކިޔެވުން ރަނގަޅު ކުރަން މަސައްކަތް ކުރިއްޔާ މާ ރަނގަޅު ވާނެ
    ވައުދެއް ވާ އިރުވެސް ކަމާދާ ކަހަަލަ ވައުދެއް ވީ ނަމަ
    ދިވެހިން ދިވެހިންގެ ގޮތުގައި ގަމާރުކަން މަތީ އަބަދަށް

  27. އަލިބެއްޔާ

    ފިންލޭޑްފަދަ ތަޢުލީމީ ގޮތުން ކުރިއެރުންތައް ހޯދަމުންދާ ޤައުމުތަކުގައި ކިޔެވުން ފަށާގަޑި ލަސްކޮށް، އެކަމުން ދަރިވަރުންނަށް ލިބުން ކުރިއެރުންތައް އާންމުކުރަމުން ދަނިކޮށް، ޖަޒީރާ ރާއްޖެއިން އެނެއްކާވެސް ފަހަތަށް ފިޔަވަޅެއް.

  28. މަމް

    ބެލެނިވެރިން ގަނަ ތަޅުވަނީ މިހާރު އާ މަންހަޖާ އަމާ... މަހާނަ މައްޗޭ ކިޔައިގެން . ދަރިވަރާ އެއްވަރަށް ބެލެނިވެރިންގެ ގޭގަ އަތުން ކަމެއް ނުކޮށް އިރު އިރުކޮޅާ ސްކޫލަށް ދުވާހާ ވަނީ. ދުނިޔޭގެ ތަރައްޤީވެފައިވާ ބޮޑެތި ގައުމުތަކުގައި ކުރާ ކަހަލަ ކަންތައް ރާއްޖޭ ފަދަ ކުޑަކުޑަ ޤައުމެއްގަ ނުކުރެވޭނެކަން ސަރުކާރުން ވިސްނަންވާނެ. ދެން ބަދަލުކުރޭ އަވަހަށް ބަރުލަމާނީ އަށް ..،..........

  29. ޟޏ

    މި ސަރުކާރުގެ ވަޒީރުންގެ ލިސްޓްގަ ހަމައިގަ ހުރީ ކާކުތަ ؟ ހަމަ ސަރުކާރެއް ނަމަތާ އެވެރިން ހަމަވާނީ. ރައްޔިތުންގެ މަޖްލީހުގައިވެސް ބޯގޯސް މޮޔައިންތަކެއް