ރިޝްވަތުގެ ތުހުމަތު ކުރެވުނު ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ، އާއި ފެމަލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) މިއަދު ސަސްޕެންޑް ކޮށްފިއެވެ.
ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމާއި ގުޅޭގޮތުން މީޑިއާ އަށް މައުލޫމާތު ދެއްވަމުން އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތާ ހަވާލުވެގެން ހުންނެވި ހަސަން ޒަހީން ވިދާޅުވީ، ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރީ ރައީސް މުހައްމަދު ނަޝީދު އެ ކޮމިޝަނަށް ހުށަހެޅުއްވި މަސައްލައާ ގުޅިގެން ކަމަށެވެ.
ޒަހީން ވިދާޅުވީ، ފަނޑިޔާރު ދީދީ ސަސަޕްންޑް ކުރި އެ މައްސަލައަކީ ފުލުހުންގެ އިދާރާއިންވެސް ބަދަލަމުންދާ ޖިނާއީ މައްސަލައެއް ކަމަށެވެ.
"ކޮމިޝަންގެ ގާނޫނުގައި އެބަ ބުނޭ 48 ގަޑިއިރުގެ ތެރޭގައި ކޮމިޝަނުން ވާނެއޭ ހުށަހަޅައިފިނަމަ ތަހުގީގީ އެއްވެސް އިދާާރާއަކުން މައްސަލައެއްދާކަމުގައިވަންޏާ އެކަމާއި ގުޅިގެން ގޮތެއް ނިންމަން". ޒަހީން ވިދާޅުވިއެވެ.
ޒަހީން ވިދާޅުވިގޮތުގައި، ގާޒީ ހަސަން ސައީދުގެ މައްސަލައަކީ ކޮމިޝަަނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މައްސަލައެކެވެ. އަދި އެ ގާޒީ ސަސްޕެންޑްކޮށްފައި ވަނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކޮމެޓީގައި ހިމެނޭ ފަރާތްތަކުން، ގާޒީ ސަސްޕެންޑްކޮށްގެން މައްސަލަ ކުރިއަށްގެންދިއުމަށް ފެންނާތީކަން ޒަހީން ފާހަގަކުރިއެެވެ.
އަދި ފަނޑިޔާރު ދީދީ އާއި ގާޒީ ހަސަން ސައީދު ސަސްޕެންޑްކޮށްފައި ވަނީ އެ ކޮމިޝަންގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި ނުވަ މެންބަރުންގެ އިއްތިފާގުން ކަމަށްވެސް ވިދާޅުވިއެވެ.
އަބްދުﷲ ދީދީގެ މައްޗަށް ހުށަހަޅާފައިވާ މައްސަލައަކީ ރައީސް ނަޝީދަށް 13 އަހަރުގެ ޖަލު ހުމެއް ކުރުމަށް ނަގާފައިވާ މިލިއަން ޑޮލަރެއްގެ މައްސަލައެވެ.
އެނގިފައިވާ ގޮތުގައި، ފަނޑިޔާރު އަބްދުﷲ ދީދީ އެ ފައިސާ ޖަމާކުރައްވާފައި ވަނީ ރާއްޖެއިން ބޭރުގައި ހުންނަ އެމަނިކުފާނުގެ އަނބިކަނބަލުންގެ އެކައުންޓަކަށެވެ. އަދި އޭސީސީން އެ މައްސަލަ ބަލަމުން ގޮސް، އެ މައްސަލަ ކުރިއަށް ނުގެންދެވި ވަނީ ރާއްްޖެއިން ބޭރުގެ ބޭންކެއްގެ އެކައުންޓަށް ފައިސާ ޖަމާ ކޮށްފައިވާތީ ކަމަށްވެސް އެނގިފައިވެއެވެ.
ރައީސް ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ ހައިސިއްޔަތުން އޭރު އެ މައްސަލަ ބެއްލެވި ފަނޑިޔާރަކީ ވެސް ފަނޑިޔާރު އަބްދުﷲ ދީދީ އެވެ. ރައީސް ނަޝީދަށް 13 އަހަަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ 2015 ވަނަ އަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހުއެވެ.
މިއަދު ބޭއްވި ޖޭއެސްސީގެ އެ ބައްދަލުވުމުގައި ފުރަތަމަ ފަހަރަށް އާ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި މަޖިލިސް މެންބަރުންގެ ފަރާތުން ޖޭއެސްސީއަށް އައްޔަން ކުރެއްވި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ސާބަހޭ. އެކްޓިވިސްޓަކު ގާޒީއަކަށް އަވަހަށް އައްޔަންކުރޭ! ޢަދުލުއިންސާފު އޮހިގެން އަންނާނެ.
ޙަނު
ތީކޮންކަހަލަ އިންސާފެއް ޖޭއެސްސީގަ މައްސަލަ ހުށައެޅިމީހުންގެ މެޖޯރިޓީ އޮވެގެން ތިގޮތައް ތިކަންނިންމީމަ ތިހަމަ ސަދޫމްގަ ނިންމާކަހަލަ ނިންމުމެއްނު
ސަސްޕެންޑް ކުރުމުން ކޮށްކަމެއްވާނީ؟ ގޭގަ ހުރެގެން ހަމައަށް މުސާރައާއި ޢިނާޔަތްތައް. އާސިއާން ގައުމުތަކުން މެޑިކަލް މުޅިއާއިލާއަށް. ކާރުކޮޅު، ސެކިއުރިޓީ. އިއްޒަތާ ޝަރަފު. އެހްނވީމަ ސަސްޕެންޝަނަކީ ދޭ އިތުރު އިނާޔަތެއް. އަރާމުކޮށްލަން ލިބޭ ފުރުސަތެެއް. ސަޅި ކަމެއް. މަހިތުން ވަޒީފާގެ މުއްދތަށްވެސް ގުނޭނެ ގޭގަ ހުންނަ މިދުވަސްތައް.
ކޮބާ ފެނޭތަ ފެނޭތަ ފެނޭދޯ.....
މި ސަރުކާރަކީ ހުރިހާކަމެއް އިދިކޮޅުން ކުރާބަޔެއް. މުޖުރިމުން މިނިވަންކޮއް ފަނޑިޔާރުން ހައްޔަރުކުރަނީ.. ކަރަންޓު ބިލު ކުޑަކުރަން ބިލުގެ އަދަދު ބޮޑުކުރަނީ.. ރާއްޖޭގެ އިސްތިގުލާލު ވަރުގަދަކުރުމުގެ ބަދަލުގަ ބޭރުމީހުންއަތައް މިނިވަންކަން ދޫކޮއްލަނީ.. ތަރައްގީ ދޫކޮއްލާފަ ޖަޒީރާ ވެގަންނަނީ..
ޢިސްލާހިއްޔާއަށް ލާގެންވެސް އިސްލާހެއް ނުވާނެ
އަތްޖަހާ އަތްޖަހާ ދެން އަތްޖަހާ ދެން އަތްޖަހާ
ސާބަހޭ ސާބަހޭ މި އިންސާފަށް ހަމަ ސާބަހޭ
އަމިއްލަ އެދުމެއްނެތޭ
ބަދަލު ހިފުމެއް ހަމަ ނެތޭ
ހެޔޮ ކަމުން ކަރަންޓް ވެސް
އަތްޖަހާ އަތްޖަހާ
ކުދިންނަށް ދިން ލޯނަށް
ހަމަ ސާބަހޭ ސާބަހޭ
ބޭބެ އާ ތިބެހުނީ ވާގޮތް ބަލަންތިބޭ
ވަރަށް ތާހިރު. ނަށީދުއަށް ހުކުމް ކުރީމާ ބަދަލުހިފަން މައްސަލަ ހުށަހަޅާފަ އަދި އޭނާ އިން މަޖިލީހަކުން ސަސްޕެންޑް ކުރީ. ކިހާއިންސާފުތޯ؟ ކޯއްޗެއް އެ ހާވަނީ؟
ރިޝްވަތެކޭ އަނެކައްޗެކޭ ކިިޔާނެ ކަމެއް ނެތް. ހަދަން އުޅޭ އެއްޗެއް ހަދާބަލަ. ހުރިގާ ވަގުންތައް ލައިގެން ތިބެ ނިކަން ރީތި ވާހަކަ އެބަ ދައްކައެއްނު. ކޮބާ ހަތަރުކަށިމަތި ވަގު. ކޮބާ ފޯނު ބިލު ވަގު. ކޮބާ ރީލޯޑު ވަގު. ކޮބާ ބޫންބޫން ވަގު. ކަލޭމެންތެރޭ އެކަތިވެސް އެބަހުރިތަ ބޮޑު ވަގެއް ނޫނީ. ބޮޑު ޓެރަރުސްޓަށް ހުކުމް ކުރީތީ ބަދަލު ހިފާލަނީނު ތި. ކޮންމެ ވައްތަރެއް ޖެއްސިޔަސް އެއީ ޓެރަރިސްޓެއް. އެކަމެއް ބަދަލެއް ނުކުރެވޭނެ. ރަތް ލާޖެހި ބާޣީއެއްވެސްމެ. ހުކުމް އިއްވާފަ ހުރި ވަގެއްވެސްމެ.
ސާބަހޭ !!!ހުރިހިތާމައެއްގެ ބޮޑުކަމާއެ. ބަދަލްހިފައިގެން ވާނެ އެއްވެސް މޮޅެއް ނެތެވެ ކުޑަދުވަސް ކޮޅެއްތެރޭ ބޮޑުމަންޒަރު ބަލަންތިބޭ!! !!!ދެން ހަމައަތްޖަހަންވީ !ހަންދާވަރަށް
ލަސްތަކެއްނުވެ ބުޑުންބިންދައިގެންދާނެ ބަލަންްތިބޭތި
ދިވެހިންނަށް ޖެހެމުން މިދާ ހުރިހާ މުސީބާތަކާއި ބަލާވެރިކަމެއްގެ ޒިންމާ ގާސިމާއި މައުމޫނާ އެދެމީހުންގެ ބައިވެރިން ނަގަން ޖެހޭނެ. ދުވަހަކުވެސް ތި ދެމީހުންނަކަށް މާފެއް ނުކުރާނަން.
ޤާޒީ އަށް ރިޝްވަތު ދިން ފަރާތާއި މެދުވެސް ޤާނޫނީ ފިޔަވަލު އަލަންޖެހޭނެ.