ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފިއެވެ.

އެ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މީޑިއާއަށް މައުލޫމާތު ދެއްވަމުން އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތާ ހަވާލުވެގެން ހުންނެވި ހަސަން ޒަހީން ވިދާޅުވީ، މިއަދުގެ ޖަލްސާގައި ނިންމުނު އެންމެ މުހިންމުކަމަކީ ކޮމިޝަނުގެ ތާރީހުގައިވެސް އަލަަށް ފަނޑިޔާރަކު މަގާމުން ވަކި ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމެވި ނިންމެވުން ކަމަށެވެ.

"މި ނިންމެވުން ނިންމާފައި ވަނީ ކޮމިޝަންގެ ގާނޫނުގައި ބުނޭ ފަނޑިޔާރަކާއި ބެހޭގޮތުން ސުލޫކީ މައްސަލައެއް ހުށަހެޅިއްޖެއްޔާ އަމަލު ކުރާނެ ޕްރޮސީޖާ. އެ އުސޫލުގެ ދަށުން ކޮމިޝަނުން މިހާތަނަށް ގެންދަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކުރުމަށްފަހު މިއަދު ކޮމިޝަންގެ ބައްދަލުވުމުގައި ބަހުސް ކުރުމަށްފަހު މިއަދު ނިންމާފައި ވަނީ އެ ފަނޑިޔާރު ވަކި ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުަށަހަޅަން". ޒަހީން ވިދާޅުވިއެވެ.

ޒަހީން ވިދާޅުވީ، އެ ފަނޑިޔާރަކީ ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ކަމަށެވެ.

އިބްރާހިމް ރަޝީދު އެ މަގާމުން ވަކިކުރަން ނިންމާފައި ވަނީ އެ ކޮމިޝަންގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި ނުވަ މެންބަރުންގެ އިއްތިފާގުން ކަމަށްވެސް ވިދާޅުވިއެވެ.

ޒަހީން ވިދާޅުވީ، އިބްރާހިމް ރަޝީދު އެ މަގާމުން ވަކި ކުރުމަށް މަޖިލީހަށް ހުށަހަޅާފައި ވަނީ ކޮމިޝަނުން ބަލަމުންދިޔަ ބަދުއަޚްލާގީ މައްސަލައަކާއި ގުޅިގެން ކަމަށެވެ.

އަދި ޖޭއެސްސީން މިއަދު އެގޮތަށް ފާސްކުރުމުގެ ކުރިން، އެ މައްސަލައިގެ ތަހުގީގު ނިންމުމަށް ފަހު ދޭންޖެހޭ ހުރިހާ މުއްދަތެއް ދީފައިވާނެ ކަމަށް ވެސް ޒަހީން ވިދާޅުވިއެެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކައްދާދި

    ބާރު ލިބުނީމަ ހުރިހާކަމެއްވެސް ކުރާނެ، އެކަމަކުވެސް ފަހުން ދުވަހެއް އޮތްކަން ހަނދަންކޮން ކަންކަން ނިންމަންވާނީ އެ ރިޝްވަތު ދިނީ ނުވަތަ ހިފުނީ އަހަރެން ކަމުގައި ވާނަމަވެސް.

    37
    2
  2. މާމިއި ހަނދު

    މުޅި އާއިލާ އެކީގަ އެމްޑިޕީ ގެންނަން މަސައްކަތްކުީ ތިޔަ ހުކުމުން ސަލާމަތްވާން. މިހާރު ހުންނާނެ އެމްޑީޕީގރ ބަސް އަހައިގެން ރާކަނިމަހާ ވެލާމަސް ކެވިފަ.

    45
    4
  3. ޜަބީ

    އިންސާފުން ކަންކުރާނަމަ މިހާރުސަރުކާރުގަތިބި ވެބްކެމް ކުރިމަތީގަ އެކަންކުރިމީހުންވެސް ވިކިކުރަންޖެހޭން

    34
  4. އަފްލާ

    މިލަނޑާތައް ނުރުހޭ ގޮތަކައް ޙުކުމެއް ކޮއްފިއްޔާ މިއާލާތުންނައް ހަޖަމެއްނުކުރއވޢނެ ބުޅާ ގޯނިން ބޭރުވާނީ ކޮންވަގުތަކު ކަމެއްވެސް ނޢނގޭނއ އެމްޑީޕީ ބޮޑު ގުއްޑާ

    28
    1
  5. ޛޖަމާލު

    ﷲުފުނަދޫ މެޖެސްޓްރޭޓް މާލެއިން ދެގެއާ ހުޅުމާލެއިން ތަންތަން ގަންނަމުން އެދަނީ ކޮންހާ ފައިސާއެއްބާ..

  6. ހހހހހހ

    ކަޑައެއްނު. އެމް.ޑީޕީ އޮފީހަށްނު ފޮނުވަން ޖެހޭނީ.

    13
  7. ާާއަތާ

    ކުޅުދުއްފުށީގަ ހުންނަ ނޮޅިވަރަމް ގާޒީވެސް ބޭރުކުރަންވީ، ވަރަށް ކޮރަޕްޓެޑް ބޭފުޅެއް

  8. ދަތްދޫނި

    ތި ބުނާ ބަދު އަޙުލާގީ މައްސަލަ ރައްޔިތުން ނަށް ސާފު ކޮއްދޭނެ ޖެހޭނޭ ކަމަށް ދެކެން.