ރާއްޖޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަަކަށް ފަހި މާހައުލެއް ގާއިމްކުރުމަށް އެކުލަވާލާފައިވާ ސިޔާސަތުތަކަށް އަމަލުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ރައީސް އެގޮތަށް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓްރީން ހުށަހަޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މަޖިލީހުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

ސަރުކާރުން އެކުލަވާލާފައިވާ މި ސިޔާސަތުގެ ދަށުން ސަރުކާރުގެ މުއައްސަސާތަކުގެ ޕްރޮކިއުމަންޓް އަދި ޑިއުޓީ މައާފު އުސޫލަށް އިސްލާހު ގެނެވޭނެއެވެ.

އަދި ސަރުކާރާއި މިނިވަން މުއައްސަސާތަކުން އަދި ސަރުކާރު މެޖޯރިޓީ ހިއްސާވާ ކުންފުނިތަކުން ކުރާ އިއުލާންތަކުގައި ބިޑް ކުރުމަށް ހުޅުވާލެވޭއިރު އެ އިއުލާން ކުރާ ޕްރޮޖެކްޓެއްގެ އަގު 2.5 މިލިއަން ރުފިޔާއަށް ވުރެ ދަށްނަމަ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިސްކަންދޭނެ ޝަރުތުތަކެއް ސިޔާސަތުގައި ވަނީ ކަނޑައަޅައިފައެވެ.

މި ސިޔާސަތުގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް ޓެކްސްގެ ދާއިރާއިން ތަފާތު އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ހިމަނާފައިވެއެވެ. އެގޮތުން އެ ސިޔާސަތުގެ ދަށުން އެފަދަ ވިޔަފާރިތަކަށޤ ކުޑަ އަގެއްގައި ޕީއޯއެސް ފޯރުކޮށްދިނުމާއި ތަމްރީނު ދެވޭނެއެވެ.

އޭގެ އިތުރުން ވިޔަފާރިތަކަށް ސަރުކާރުން ނުވަތަ ސަރުކާރުގެ ކުންފުނިތަކުން ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ކުރާ އިންވޮއިސްތަކަށް އަވަހަށް ފައިސާދެއްކުމަށް ބާރުއެޅޭގޮތަށް ވަނީ ހިމަނައިފައެވެ.
އަދި މީހުން ތަމްރީނުކުރުމާއެކު ވިޔަފާރިތަކަށް ހިތްވަރުދިނުމުގެ ގޮތުން އެވޯޑް ދިނުން ފަދަ ކަންކަން ތަޢާރަފް ކުރުމަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ގުޅޭގޮތުން ސަރުކާރުން އެކުލަވާލާފައިވާ ސިޔާސަތުގައި ވަނީ ކަނޑައަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ވާހަކަ ދާއްކާލާއިރު ހާދަ ރީއްޗޭއިނގޭ..

    8
    1
  2. ޒާ

    ވާނެހޭ ސުވާލަކީ؟ އަނގައިން އެކަނި ހަމަޖެއްސިޔަސް ނުވާނެ.

  3. އަލީ

    ބަލަ ކުދި އަދި މެދު ފަންތީގެ ވިޔާފާރީ ގެ ވާހަކަ ދެއްކުމުގެ ކުރިން މިހަލަ ވިޔަފާރީގެ ކުލާހަކަށް އިބުރާހިމް މުހައްމަދު ސޯލިހު އާޢި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ދިޔައިންތޯ؟ ބަލަގަ މުޅި ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ބިޔަ އެސްއެމްއީ ގައި ތަގުރީރު ކުރެއްވުމަށް ޗައިނާގެ ބެޖިންގ އަށް ރައީސް ޔާމީން ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ސައީދު ވަނީ ފުރާފައި! ކޮބާ މި ސަރުކާރުގެ ވެރިން! ކޮބާ މިކަމަށް މި ސަރުކަރުގެ ގާބިލް މީހަކީ! އަންނަނީ ހިނި

    10
  4. ދަވްތޫރް އަބުދުލް އަޒީޒް

    މިގައުމުގައި ސަރުކާރުން ހޯއްދަވާ އާމްދަނީނުފެނޭތޯ މުޅިސަރުކާރު އެހިންގަނީ ރައްޔަތުން އަތުން ނަގާ ރީތިކޮއްލަން ޖިޒީއޭ ނުކިޔާން މިކިޔާ ޖީއެސްޓީ އިން ދެން ކާބަފައިން ލޯބޯފިއްސައިގެން ހޯދާފައި ހުރި އެސެޓްތައް ބޭރުގެ ފަރާތަކައް ހިބައިން ކަހަލަ ގޮތަކައްދީ ރަށްޔަތުން އަޅުވެތިކުރަން މީގެ ހެކި ވަރަޢްސާފު ފުލެޓްގެ ނަމުގައި ގެސްޓްހައުސް ވިޔަފާރި ރައްޔަތުންނަށް ރައްޔަތުން އަޅުވެތިކުރަން ހެއްވާކަމަކީ މިބޭފުޅުންގެ ކާފަދަރިންވެސް އަޅުވެތި ކުރަފީގެ ބުއްދި ހަކުރުގުޅިއެރޭނެ އެގުޅިންއަރާނެ ގޮތެއް ނޭންގޭނެ ކުދިމެދުފަންތީގެ ވިޔަފާރިހިންގަނީ ބަނގުލާމީހުން ނޯޕޭޓެކްސް ނޯޕޭވޯކްޕާމިޓް ނޯޕޭވިސާގެ އަދި ފުރީ ގާނޫނުގެ ދަށުން ބައި ކުދިންކޮޅު ރުއްސާލަން ޕޯޑިއަމްތަކުގައި ސަޅިޑުރާމާ ޖައްސަނީ