ދިޔަވަރުބޮޑުވާ ވަގުތުތަކުގައި ރާއްޖޭގެ ބޮޑު ސަރަހައްދަށް އުދަ އަރާނެ ކަމަށް ލަފާކޮށް ހުދު އިންޒާރު ނެރެފިއެވެެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން މިރޭ ނެރުނު އެލާޓްގައި ބުނެފައި ވަނީ، މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް އުދަ އެރުން އެކަށީގެންވާ ކަމަށެވެ.

މިރޭ 19:45 ހާއިރު މެޓް އޮފީހުން ނެރުނު އެލާޓްގެ މުއްދަތު ހަމަވާނީ މިރޭ 23:00 އަށެވެ.

މިރޭ 8:00 އިން މާދަމާ ރޭގެ 8:00 އާއި ހަމައަށް މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނެފައި ވަނީ، އުތުރުގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެކަމަށެވެ. އަދި އެހެން ހިސާބުތަކަށް ކެރީގެ އަސަރު ފޯރާނެކަމަށްވެސް ބުނެފައި ވެއެވެ.

މެޓް އޮފީހުން ބުނީ، ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ ހުޅަނގުދެކުނާއި ހުޅަނގުން، މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 18 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 03 މޭލާ 11 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާކަަމަށްވެސް ބުނެފައި ވެއެވެ.

އަދި ދެކުނުގެ ކަނޑުތަށް އާދައިގެވަރަކަށް މަޑުވާނެލަފާކޮށްފައިވާއިރު، އެހެންހިސާބުތަކުގެ ކަނޑުތަށް އާދައިގެ ވަރަކަށް ގަަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށްވެސް ބުނެފައި ވެއެވެ.