މިއަދު މެންދުރުފަހު އިންޑިއާގެ ޓްރިވިންޑްރަމްއިން މާލެ އަންނަން އޮތް މޯލްޑިވިއަން ފްލައިޓެެއްގައި މައްސަލަ ޖެހި ދިވެހިންތަކަކަށް ނުފުރި އެއާޕޯޓްގައި ތާށިވެއްޖެއެވެ.
މިއަދު މެންދުރު 14:45 ހާއިރު ފުރަން އޮތް އެ ފްލައިޓުގައި މައްސަލަ ޖެހިފައި ވަނީ އެ ބޯޓަށް އަރާ ނައްޓާލަންވެސް އުޅުނު ފަހުންނެވެ.
އެ ފްލައިޓުން ފުރަން އޮތް ފަސެންޖަރަކު "ވަގުތު"އަށް މައުލޫމާތު ދެމުން ބުނީ، މިއަދު މެންދުރު ފުރަން އޮތް އެ ފްލައިޓަށް ޓެކްނިކަލް މައްސަލައެއް ދިމާވެ ނުފުރި އެތައް އިރަކު އެއާޕޯޓްގައި މަޑުކޮށްގެން ތިބެން ޖެހިފައިވާކަމަށެވެ. އަދި މީގެ އިރުކޮޅެއް ކުރިން އެ ދަތުރު ކެންސަލްވެފައިވާކަމަށް އަންގާފައިވާކަަމަށްވެސް އޭނާ ބުންޏެވެ.
އެ މީހާ ބުނިގޮތުގައި، އެ ދަތުރު ކެންސަލްވިކަން މީގެ ކުޑައިރުކޮޅެއް ކުރިން އެންގިއިރު، އެ ފްލައިޓުން ދަތުރުކުރަން އޮތް މީހުންނަށް އެއާޕޯޓުން އެކޮމޮޑޭޝަން ހަމަޖައްސާފައި ވެއެވެ. ނަމަވެސް އެ ހިދުމަތް އަދި އެންމެންނަށް ހަމަޖެހިފައިނުވާ ކަމަށާއި، އެ ފްލައިޓުން ދަތުރުކުރަން ތިބި ގިނަ ބަޔަކު އަދިވެސް އެއާޕޯޓްގައި ތާށިވެފައި ތިބި ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނިގޮތުގައި، އެ ބޯޓުން ދަތުރުކުރުމަށް 50 ވަރަކަށް މީހުން ތިއްބެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ދިވެހިންވެސް ހިމެނެެއެވެ.
އެ މީހާ ބުނިގޮތުގައި، އެ ބޯޓަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށް ފުރޭނެ އިރެއް އަދިވެސް އަންގާފައެއް ނުވެއެވެ. އަދި އެތަނުގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންވެސް ތިބިކަމަށް އޭނާ ބުންޏެވެ.
މޯލްޑިވިއަން އިން ބުނީ، ޓްރިވިންޑްރަމް އިން މާލެ އަންނަން އޮތް މޯލްޑިވިއަންގެ މަތިންދާ ބޯޓުގައި މައްސަލަ ޖެހި ގަޑިއަށް ފުރޭގޮތް ވެފައިނުވާ ކަމަށެވެ. އަދި އެ ބޯޓުން ދަތުރުކުރަން އޮތް ފަރާތްތަކަށް އެކަމޮޑޭޝަން އާއި އިތުރު ހިދުމަތްތައްވެސް ފޯރުކޮށްދެމުން އަންނަކަމަށް މޯލްޑިވިއަން އިން ބުންޏެވެ.
އެ ބޯޓަށް މައްސަލަ ޖެހިފައިވާކަން އެނގުނީ ފްލައިޓަށް އެންމެން އެރުމަށްފަހު ފުރަންވެސް ތައްޔާރުވެފައިވަނިކޮށެވެ.
މީ މަބުނިތަން. މޯލްޑިވިއަންގެ ފްލައިޓަށް މައްސަލަ ޖެހުން މިހާރު އާއްމުވެއްޖެ ޓެކްނިކަލް މީހުންނެތް. ކުންފުނި ބަގްރޫޓްވޭދާނެތީ ޚަރަދު ކުޑަކުރީނުން ބޯޓްތައް ރަނގަޅަށް ނުބެލެހެއްޓޭ. ފަސެންޖަރުން ޖެހިލުންވާ ހިސާބަށް މިދަނީކަންކަން.
މި ސަރުކާރުން ވަނީ ވަރަށް ބޮޑެތި އިންޖިނިއަރުންނަށް މޯލްޑިވިއަނުން ވަޒީފާ ދީފައި! މަށަށް ނޭގިގެން މި އުޅެނީ އެމީހުން ހަދަނީ ކޮންވައްތަރެއްގެ އިންޖީނެއްކަން! އެހައި ބައިވަރު އިންޖީނިއަރުން ތިބި ތަނެއްގައި ތިހެން ވެގެންނުވާނެ!
ދެން ކޮޗިން އަށް ގެންގޮސް ފެރީ ގައި ޖަޒީރާ ރާްއްޖެއަށް ފޮނުވަންމޯދީބެއަށް ދައްނަވާ
ތިކަމާ ފިކުރު ނުކުރޭ. މީ ޖަޒީރާ ރާއްޖެ ބޮއްކުރައިގަ ރިޔާ ނަގައިގެން އިންޑިއާ އާއި މިދޭތެރޭގަ ދަތުރު ފަށާނެ މަޑުކުރޭ
ބޯޓެގައި އެވަގުތު އިންމީހެއްގެ ހައިސިއްޔަތުން ބުނެލަން ބޭނުންވަނީ މޯލްވިއަންއިން މިއަދު ކުޑަކުދީން ތިބުމާއެކު ހިދުމައް ތަންކޮޅެއް ލަސްވި ނަމަވެސް ވަރައް ފުރިހަމަ ހޮޓާވެސް ރަގަޅު ކެއުންވެސް ރަގަޅު . މިއަދު ދިމާވީ ކުޑަކަމެއްނޫން ސަލާމައް ކުރެއްވީތީ ﷲޝުކުރުކުރަން . މިއަދު ބ ބޯޓް މާއްޗައް އަޜާން އުޅެފަ ކުއްލިއަކައް މަޑުކޮއ ބްޜޭކް ކުރީ . ދިވެހި ޕައިލެޓް އަދި ކޯޕައިލެޓްގެ ހުށިޔާރުކަން ވަރައް ބޮޑައް ފާހަގަކުރަން . ޝުކުރިއްޔާ ދެބޭފުޅުންނައްވެސް .ވަރައް ހިއްވަރުގަދަ
ނަސީބެއްނު ލަންކާގަ ތާށިނުވިކަން... ކޮބާ އަހަރެމެންގެ ބުރޯ މޯދީ ؟؟؟ މޯދީ މިހާރު ހުރީ އަހަރެމެން ކޮޅަށޭ... ދަރިންނޭ ހާސްނުވޭ
9:08 ޢަދިވެސް ނުފުރޭ. ނޭނގެ ފުރޭނެ އިރެއްވެސް
ހުރިހަާ ޓެކްނިކަލް ސީނިޔަރ މީހުން އިސްތިއުފާ ދިނީމަ ދެންވާނީ ތިހެން. މިހާރު ތީގެން ދަތުރުކުރުން އެހާ ބުއްދިވެރިޔެއްނޫން.
އެއާ މޯލްޑިވްސް ބަނގުރޫޓު ވުމައްފަހު އުފެއްދި އާ އެއާލައިންގެ މުސްތަގުބަލް އުޖާލާކޮށް ފެނިގެން ދާނެ ކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރެވުނު. އެހެނަސް މިހާރު ފެނިގެން މިދަނީ އައިލޭންޑް އޭވިއޭޝަންގެ ތަޖިރިބާކާރު މުވައްޡަފުން ވަޒީފާއިންވަކިވާތަން އަނެއްކޮޅުން ޓްރިވަންޑްރަމް އެއާޕޯޓްގެ ހާދިސާ. އަނެއްކާ މިކުންފުނީގެ ދުވަސްވެސް ދަނީބާ؟