އިދިކޮޅު ކޯލިޝަން ޕާޓީގެ ގޮތުގައި ހިމެނޭ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރު މުހައްމަދު ފައިސަލް ގުޅިއްޖެއެވެ.

އެކަން ހާމަކޮށް މިރޭ އެ ޕާޓީން ބުނީ، ފައިސަލް އެ ޕާޓީއަށް މިރޭ ސޮއިކޮށްފައިވާކަމަށެވެ. ސޮއި ކުރުމަށް ބޭއްވި އެ ހަފްލާގައި ކޯލިޝަން އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

https://twitter.com/spokespersonpnc/status/1138834641383673857?s=21

އަދި ރައީސް އަބްދުﷲ ޔާމީީން ހިމެނޭ ގޮތަށް ކޯލިޝަންގެ ވެރިން މިރޭ ބޭއްވި ބައްދަލުވުމުގައި ފައިސަލް ވަނީ ބައިވެރިވެފައެވެ.

ކޯލިޝަން ޕާޓީން މިޜޭ ބޭއްވި ބައްދަލުވުން - ފޮޓޯ: ޕީއެންސީ

ފައިސަލްއަކީ މިދިޔަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ގައުމީ ކީޕަރެވެ.

އޭނާ ޕީއެންސީއަށް ސޮއިކޮށްފައިވާއިރު، ރާއްޖޭގެ މަޝްހޫރު އެކި ފަންނާނުންނާއި ތަރިން، ސިޔާސީ ޕާޓީތަކާއި ގުޅޭކަން ފާހަގަކޮށްލަން ޖެހެއެވެ،

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އާއިލީ ވެރިކަން

    އެބަ ރަގަޅުވޭ؟ދެން ފައިސަލް އޭނަގެ ފިކުރާ އެއްގޮތަށް ޕާޓީ އަކަށް ވަނީމަ އޭނައަށް ދިމާކުރުމާއި ،ފުރައްސާރަކުރުން ފަށާނެ.މިހާރު މި ފެންނަނީ އަބުޖަހަލު އުޅުނު ގޮތަށް އުޅޭ ބައިގަޑެއް.އިދިކޮޅު މީހުންނަށް ޖެއްސުންކޮށް ބޮލަށް ކަރުގޮހޮރު އަޅަންވެސް މި މެން ފަހަތަކަށް ނުޖެހޭނެ.އެކަމަކު ރައްޔިތުން މިހާރު ބުނަމުން މިދަނީ ކީހާ ޅެންވީ ފަރިއްސަށޭ.ހިތާމަހުރު.-އާއިލީ ވެރިކަން،ކަރަންޓު ފެން ބިލް ބޮޑު،7 މަސްވިއރު ހިންގުނު ޕޮރޮޖެކްޓެއްނެތް.ދައުލަތުގެ އާމްދަނީ ދަށަށް.ދަރަނި މައްޗަށް. 3 ބާރު މުށުތެރެއަށް ލައި ނިންމައިފި.

    20
    1
  2. އަލް ނޫރު

    މި ސަރުކާރު ގަނޑު ނެގި މަޑުވީމަ ގަޓް ޒުވާނުން ފޫހި ވަނީ...މަރުހަބާ ޒުވާން ީކޕަރު .......

    21
    2
  3. އަފީ

    ޒުވާނުންގެ އިތުބާރު ރައީސް ޔާމީނަށް އެބައޮތް. މީ ހެކި

    22
    3
  4. އަލީ

    އަޅޭ ބޮޑު ޚަބަރެއް

  5. ޔަގީން

    ގަރުނުގެ އެއްމެބޮޑު ކާމިޔާބު

  6. ޔޫ ނޯރމީ

    ފައިއްޓޭ ޝެއަރިން އިޒް ކެއަރިން... (ހަތަރު ނަމްބަރގަ)

  7. ހަހަހަހަ

    މި ދެން ކާކު؟؟؟ މީނާ ސޮއިކޮށްގެން ކޮން ފައިދާ އެއްވާނީ.

    4
    3
  8. ސވ

    ވަރަށްވެސް އުފާވެރި ޚަބަރެކެވެ ގިނަޒުވާނުން
    ޕޕމ ޕނސ އާ ގުޅުމަކީ މިވަގުތު ވަރަށް މުހިއްމުކަމެކެވެ ގުންޑާ މޑޕ ރާއްޖެއަށް ވެރިވެ
    ރައްޔިތުންނަށް ކުރާ އަނިޔާ ހުއްޓުވަން ޒުވާނުން
    އިސްނަގަން ޖެހެއެވެ

  9. ޙަސަން

    ޕީއެންސި އަށް މިހާރު މަދުވަނީ ގޯލް ކީޕަރެއް އެކަނި