ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން މިއަދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުންމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށް ލާން 2015 ވަނަ އަހަރު ކްރިމިނަލް ކޯޓުން ޙުކުމް އިއްވުމުގައި އަބްދުﷲ ދީދީ ބައިވެރިވެ ވަޑައިގެންފައިވާތީ ދިން "ބަދަލު ހިފުމުގެ ހަމަލާއެއް" ގެ ގޮތުގައި ބައެއް ފަރާތްތަކުން ތުހުމަތު ކުރަން ފަށައިފިއެވެ.

ވެރިކަމުގައި ހުންނަވައިގެން އަބްދުﷲ ގާޒީ ރަހީނު ކުރި މައްސަލައިގައި ނަޝީދު ޖަލަށް ލާން ކްރިމިނަލް ކޯޓުން ޙުކުއްވި އިއްވިއިރު އެމައްސަލަ ބެއްލެވި ބެންޗްގައި އަބްދުﷲ ދީދީ އިންނެވިއެވެ. އެބެންޗްގައި ދެން ތިއްބެވީ ގާޒީ އަބްދުލްބާރީ ޔޫސުފާއި ގާޒީ ޝުޖާއު އުސްމާނެވެ. ޝުޖާއު އުސްމާންގެ މައްސަލައެއް ވެސް މިއަދު ޖޭއެސްސީ އަށް ވަނީ ހުށަހަޅާފައެވެ. އެހެންކަމުން ބެލެވޭ ގޮތުގައި އޭނާގެ މައްޗަށް ވެސް ވަރަށް އަވަހަށް ފިޔަވަޅު އަޅާނެއެވެ.

ނަޝީދު ޖަލަށް ލުމަށް ޙުކުމް އިއްވި ފަނޑިޔާރާއި ދެކޮޅަށް ނަޝީދާއި، ނަޝީދުގެ ޤާނޫނީ ވަކީލް އިންނަވައިގެން ފިޔަވަޅު އެޅުއްވުމުން ވެސް ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދާފައެވެ.

މިއަދު އަބްދުﷲ ދީދީ އަށް ފިޔަވަޅު އަޅަން ޖޭއެސްސީ އިން ބޭއްވި ޖަލްސާގައި ނަޝީދުގެ އިތުރުން އެމަނިކުފާނުގެ ޤާނޫނީ ވަކީލް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެ އިތުރުން ހިސާންގެ ލޯފާމްގައި މަސައްކަތް ކުރެއްވި މިހާރުގެ ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ވެސް ޖޭއެސްސީގައި ފަނޑިޔާރު ސަސްޕެންޑް ކުރަން ވޯޓް ދެއްވިއެވެ.

އަމިއްލަ މަސްލަހަތެއް އޮތް މައްސަލައެއް ބެލުމުގައި ބައިވެރިވުމަކީ ހަމަޖެހޭ އުސޫލެއް ނޫންކަމަށް އެމްޑީޕީ އިން މީގެ ކުރިން ބުނަމުން ދިޔަ ނަމަވެސް މިއަދު އަބްދުﷲ ދީދީ ސަަސްޕެންޑް ކުރަން ނަޝީދާއި، ހިސާން އަދި ރިއްފަތު ވޯޓް ދެއްވުމުން ކުރިން ދެއްކި ވާހަކައާއި އަމަލު ދިމާނުވިކަން ގިނަ ބަޔަކު ފާހަގަ ކޮށްފައިވެއެވެ.

ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ނިންމި ނިންމުމަކީ ނަޝީދަށް ޙުކުމް އިއްވުމުން ބަދަލު ހިފުމުގެ ގޮތުން ކުރި ކަމެއްތޯ ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވެސް ވަނީ ސުވާލު ކުރައްވާފައެވެ.

ނަޝީދު، ހާއްސަ އިސްކަމެއް ދެއްވައިގެން އަބްދުﷲ ދީދީގެ މައްސަލަ ބެއްލެވުމަށް މަސައްކަތް ކުރެއްވުމަކީ އެމަނިކުފާނު ޒާތީ ހަސަދައެއް އޮތުމުން ކުރައްވާ ކަމެއް ކަމަށް ގިނަ ބަޔަކު މިއަދު މީސް މީޑިއާގައި ބުނެފައި ވެއެވެ.

ޝަރުޢީ ދާއިރާ އިސްލާހް ކުރުމަކީ މިސަރުކާރުގެ އެންމެ މުހިއްމު ވައުދެވެ. އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި މިހާރު ޝަރުޢީ ދާއިރާގައި އިސްކޮށް ހަރަކާތްތެރިވާ ގިނަ ފަނޑިޔާރުންތަކެއް މަގާމުން ދުރުކޮށް އެމަގާމުތަކަށް އާބޭފުޅުން އައްޔަން ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

50 ކޮމެންޓް

 1. ޢިމްލްވެރިން

  އެހެން ވީމާ ކޮންމެ ޕާރޓީއަކުން ވެސް ވެރިކަން ލިބުނީމާ ކެބިނެޓް އެކުލަވާލާ އުސޫލުން ފަޑިޔާރުންގެ ބެންޗްތައްވެސް އެކުލަވާލާ އަދި ސަރުކާރުގެ ކުންފުނިތަކާއި ސިވިލް ސަރވިސް މުވައްޒަފުންތައްވެސް ބަދަލުކޮށްލުމަކީ ދުރުގާ އޮތްކަމެއްނޫން. ތިޔައީ ނުބައެއްގެ ފެށުން. ތިޔަކަން ހުއްޓާލުމަށް ނަޝީދަށް ގޮވާލަން. ޙަސަދަ ވެރިކަމާއެކު ފަޑިޔާރުގެޔާ ކުޅެން ނަހަދާ!!!!

  159
  10
  • ޕޕއމ

   ފަޑިޔާރުގެޔާ ކުޅެވޭނީ ކުރީގެ ރައީސް ޔާމީނަށް އެކަނިތޯ. ސުޕުރީން ކޯޓުން ޓިނުނަގާގެން ފަޑިޔާރުން ހައްޔަރުކުރެވޭނީ ކުރީގެ ރައީސް ޔާމީނަށް އެކަނިތޯ. އެހެންހީވާމީހަކަށް ބުނެލަންއޮތީ ތިއުޅެވެނީ ހަމަބިމަށްވުރެ މަތީގައޭ އަވަހަށް ހަމަބިމަށްފާބާށޭ.

   8
   17
 2. ޢަޙްމަދު އަކުރަމް

  ކުރިއަށްއޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ރައޯސް ނަޝީދު ރާއްޖޭގެ ވެރިކަމަށް އައުމަށްވެސް ގަދައަޅާ މަސައްކަތް ކުރާނެކަމަށް ބެލެވޭ..

  141
  7
 3. ހިޔާލު

  ނަޝީދު ޒާތީ ހަސަދަ ފިލުވާނަމަ އެންމެ ފުރަތަމަ ހަސަދަ ފިލުވާނީ މައުމޫނަށް

  55
  134
  • .........

   ޒާތީ ހަސަދައަކީ ކޯޗެއްކަން ކަލެއަށް ނޭނގެންޏާ އަނގަ ނުބާނާ ހުރޭ.

   84
   23
  • ނަޝީދު

   ނަޝީދު މައުމޫނަށް ފިލުވާނެ ޙަސަދައެއް މިހާރަކު ނެތް. މައުމޫނު ޖަލަށް ލާނަމޭ ނަޝީދު ބުނި. އެކަމު މިހާރު އެކަންވެސް ޔާމީންގެ ވެރިކަމުގަ ކޮށްފި. ދެން ހުރީ ފާރިޝް މައުމޫނު. އޭނައަކީ މިހާރު ސިޔާސީ މައިދާނުގައި އެއްވެސް ބުރަދަނެއް ހުރި މީހެއްނޫން. މައުމޫނުގެ އާރާއި ބާރު ވެއްޓުނުފަހުން އެސޮރު ހަރުން ބޭރަށްވެސް ނުނިކުމެ. އެހެންވީމަ ޒާތީ ހަސަދަ މައުމޫނަށްވުރެ ބޮޑަށް ނަޝީދު ބޭލުން އެއްމެ ގާތީ ރަޢީސް ޔާމީނަށް.

   94
   8
  • ސަޓޯ

   ކަލޯ ސީލާ ދެފައިދަނޑިއަށް އޭނާއަކަށް ލާހިކެއް ނޫން މައުމޫނާ ކުޅޭކަށެއް.. ހަމަ ނިމުނީ... އޭނާއަށް ވީގޮތަކީ ވެރިކަމަށް ފެން ބޮވައިގަނެފަ ހުރިލެއް ބޮޑުކަމުން ނުކެރުނީ ތާއީދުގެއްލިދާނެތީވެ... ނޯގަޓްސް

   11
 4. ބޮކި

  ބަދަލު ހިފަނީ އެއްނޫ ! ދީދީ ކޮންތާކުންތޯ އެއްމިލިޔަން ޑޮލަރު ހޯދީ އެއަށް ޖަވާބު ދީބަލަ !

  35
  228
  • ސޮރީ! ނުދައްކާ ވާހަކައެއް

   ނަޝީދު މާލީ ބަޔާނުގަ ހިމަނާލި "އެތިކޮޅު" ހޯދީ ކޮންތާކުން؟ މިވެސް ސުވާލެއް. ޖަވާބު ދޭންވީ ހަމަ. ބަޔަކު ދައްކާ ތޯތޯ ވާހަކައެއް ނޫނެއްނު މީ. ތި އެއް މިލިއަނަކީ ބައެއްގެ ޚިޔާލުގަ އެނބުރޭ ޝައިޠާނީ ވަސްވާހެއްނު. ފަނޑިޔާރު އެއަށް ޖަވާބުވެސް ވަނީ ދެއްވާފައެއްނު. ފަންސާސް ފަހަރު ޖަވާބު ދިނަސް ބޮލުރޮއްޖަކަށް ނޭނގޭނެނު.

   22
   2
 5. ސެލްފީނާ ސޯލިހް

  ޖޭ އެއްސީއައް މައްސަލަ ހުށައެޅީ - ނަސީދު
  ޖޭ އެއްސީގަ މައްސަލަ ބަލަންއިނީ - ނަސީދު
  މައްސަލަ ބަލާފަ ފަނޑިޔާރުން ސަސްޕެންޑްކޮށް އަނެއްބައި ފަނޑިޔާރުން ވަކިކުރަން މަޖްލީހަށް ފޮނުވީ - ނަސީދު
  މަޖްލީހުގަ މައްސަލަ ބަލަން އިނީ - ނަސީދު
  މި ކަމައް ހުރިހާ ރައްޔިތުން ސުކުރުވެރިވާންޖެހޭ.

  94
  11
  • ކެކެ

   ހުސް ނަޝީދު

   15
   1
  • ޙހހހ

   އަނެއްބޮނޑި ބޮއެގެން ޖަލަށްދާނީވެސް ނަސީދު. ވ.ވ

   25
 6. Anonymous

  ތިމަންނައަށްވުރެ މަތީ ފަރާތެއް ވޮޑިގެންވާކަން ހަނދުމަ ކުރައްޗޭ.

  107
  2
 7. ކެޔޮޅު

  އަންނި ކަލޭ ތިޔަކުރަނީ މޮޔަކަމެއް ބަދަލުހިފުމުގެ ރޫހު ވަރަށް ހިތިވާނެ ތިވައްތަރަށް އުޅެގެން ބޮޑުވަޒީރު ކަމެއް ނުކުރެވޭނެ މިހާރުވެސް ބޫތުކައިފަ ތިހުރީ ބޮޑުވަޒީރުކަން ކުރާހިތުން.

  103
  9
 8. ކިނބޫ

  ޢިއްޒަތްތެރި ބަޣާވާތްފަޅު ގެނައި ސައީދާއި ހަމީދު މިކަންކަމުގެ ޒިންމާ ނަގަން ޖެހޭނެ. ގައުމުގަ ގާނޫނީ ދާއިރާގަ އުޅޭ މީހުން ހަމަހިމޭނުން ތިބުމަކީ ލަދުވެތި ކަމެއް. ތިޔައިން ކޮންމެ ބޭފުޅަކާވެސް މިކަންކަމާ ކުރިމަތިލާން ޖެހިދާނެ. ހަމައެއްލަމައެއް ނެތް ބަޔަކު ކަންކަމާ ހަވާލުވެ ހެދޭނެހެދޭ ނޭނގިގެން އުޅޭއިރު އެމީހުން ހަމަ މަގަށް އަޅުވަން މަސައްކަތް ނުކޮށް މިއަދު ހިމޭނުން ތިބެއްޖެނަމަ މާދަމާ ހީވެސް ނުކުރާފަދަ ނުރައްކަލާ ކުރިމަތިލާން ޖެހިދާނެ.

  64
  3
 9. ހަމީ

  އަމިއްލަ މަސްލަހަތެއް އޮތް މައްސަލައެއް ބެލުމުގައި ބައިވެރިވުމަކީ ހަމަޖެހޭ އުސޫލެއް ނޫންކަމަށް އެމްޑީޕީ އިން މީގެ ކުރިން ބުނަމުން ދިޔަ ނަމަވެސް މިއަދު އަބްދުﷲ ދީދީ ސަަސްޕެންޑް ކުރަން ނަޝީދާއި، ހިސާން އަދި ރިއްފަތު ވޯޓް ދެއްވުމުން ކުރިން ދެއްކި ވާހަކައާއި އަމަލު ދިމާނުވިކަން ގިނަ ބަޔަކު ފާހަގަ ކޮށްފައިވެއެވެ.

  އެމްޑީޕީ ބައިގަނޑު ދެން ކިޔާނީ ކީކޭތަ. ލަދެއް ހަޔާތެއް ނެތޭ ދޯ

  96
  6
 10. އައްޓަމަސް

  މަމީއަންނިޔަށްސަޕޯރޓްކުރާމީހެއްނޫން ނަމަވެސްބަދަލުހިފަންނަމަވެސް ކަނޑައެޅިގެން އުސޫލުތަކާއި ޚިލާފަށް ހުކުމްތައްކުރާމީހުންނަށް އެބަޖެހޭ ހެޔޮރަނގަޅުފިލާވަޅެއްދޭން، ބޮޑުމުސާރަޔަކާއި އިނާޔަތްތަކެއް ފަނޑިޔާރުން ނަށްދެނީ އެންމެންނަށްކަމުނުދިޔަސް ގިނަބަޔަކަށްގޯސްކަމަށް ނުފެންނަ- ހެން ހުކުމްކުރުމަށް އެންމެންނަކަށް އެއްވެސްކަމެއް ކަމަކުނުދާނެ! ފަނޑިޔާރުންގެ"ރަނގަޅުކަމަކީ" އެންމެންދަންނަބޮޑުސިއްރެއްތާދޯ ؟! އިހަކަށްދުވަހުވެސްދުށިން ނޫސްތަކުގައިލިޔެފައިއޮއްވައި މީހަކު މަގުމަތިން އަންހެނަކާފޮށިގެން ޝަރީޢަތްނިމެންދެން ބަންދުގައި ބަހައްޓަން ހުކުމްކުރިވާހަކަ، ތަންކޮޅެއްކުރިން ކިޔުނު ގެސްޓްހައުސް އެއްގެތެރެއިން އަންހެންކުއްޖަކު ހަޅޭއްލަވާއަޑަށް ފުލުހުން އެތަނަށްވަންއިރު އަންހެން ކުއްޖަކު ރޭޕްކުަރަން ބަޔަކު އުޅެނީކަމަށް ރާވެސް ކޮޓަރީގައި ހުރިކަމަށް! ނަމަވެސް ކޯޓުންޖެހީ ބަންދަށް 5 ދުވަސް! ވިސްނާލަންވީ އަންހެނަކަށް ބޮޑަށްބެހެވެނީ ނުވަތަ އަނިޔާލިބެނީ އަނގަބަހުން ފޮށުމުންތޯ ނުަވަތަ ގަދަކަމުން ގަޔަށް އެރުމުންތޯ؟!

  15
  85
  • ދޮގެއް؟

   ޖަމާއަތެއްގަ ކަންކަމަށް "ޙުކުމް ކަނޑައަޅާ" ބަޔަކީ ކަލެއާއި މަށާ ދެމީހުން ކަހަލަ ޖާހިލުންނަށް ވެއްޖެއްޔާ އެބަކަށް ވާނެ ގޮތް މިވަނީ. ބޮޑެތި ޓެރަރިސްޓުންވެސް ކުށުން ބަރީއަވެ އެ ޓެރަރިސްޓް މީހާއަކީ އޭނަގެ މައްސަލަ ބެލި ގާޒީއަށް ފިޔަވަޅު އަޅާ މީހާ ކަމުގަވެސް ވެގެން ދާނެ އޭރުން. ފަހުޒަމާނުގެ އަލާމާތްތަކުގެ ތެރެއިން ފާޅުވާ ޒާތު ކަންކަން ފެންނަމުން މިދަނީ.

   13
 11. ވެލެޒިނީ

  ލަނޑަޔާވާނީ ލަނޑަޔާ... މުނާފިގުންގެ ޕާޓީ

  17
  1
 12. ރތ

  މިޖައްބާރު އަންނީ ކުރިންވެސް ޢަބުދުﷲ ގާޒީ އަށް ޒާތީ ޙަސަދަ ފިލުވިއެވެ އާޚިރު ނަތީޖާ ވަރަށް ހިތި މިފަހަރުވެސް މިކަލޭގެ މާޒީން ޢިބުރަތެއް ނުހޯދާ ބާރު ލިބުމުން ދިވެހި ރައްޔިތުންނަށް އަނިޔާވެރިވާން ފެށީ ކަލޯ ބާރަކީ ﷲ ގެ ބާރު !! ދެރަ ނިކަމތި ގޮތެއް ވުމުގެ ކުރިން ބުއްދި އިސްކުރޭ ނޫންނަމަ ކުރިއަށް ވުރެ ހިތި ރަހަ ކަރުބުޑަށް ޖެހިދާނެ މިއީ ދުނިޔެ އިއްޔެ ބާރު އޮތް މީހުން މިއަދު ކޮންހާލެއްގައި !! މާދަމާ ވެރިކަމާއި ބާރު އޮންނާނެ ފަރާތެއް ދެނދވޮޑިގެން ވަނީ ޚާލިޤު ވަންތަ ﷲ ޔާﷲ !! ޔާ ޤައްހާރު! ޔާރަޙީމް ! ޔާ ޙަލީމް! މިނުލަފާ މަލްޢޫން އަންނިގެ ކިބައިންނާއި ނަޖިސް އިންޑިޔާގެ ކިބައިން އަޅަމެން އެންމެހައި ދިހި މުސްލިމް ރައްޔިތުން ސަލާމަތް ކުރައްވާދޭވެ!!!

  19
 13. މައުމޫނު

  މިސަރުކާރު ވަރަށް އަވަހަށް ވެއްޓޭ ތަން ފެންނާނެ. 1 އަހަރުވެސް ނުވާނެ.

  19
  1
 14. ސާދު

  ޔަގީންތާ ރިޝްވަތުނަގާގެން ވަލުޖަނަވާރުން ކަންތައް ކުރާއުސޫލުން ނަޝީދަށް ހުކުމް ކުރަން ބައިވެރިވި އެންމެހާ ވަކަރުގެ ފަންޑިޔާރުން އިންސާފުގެ ކުރިމައްޗަށް ގެނެސް ހައްގުއަދަބުދިނުމަކީ ކޮންމެހެންކުރަންޖެހޭކަމެއްކަން ޔަގީނެވެ.

  1
  19
 15. އެޖެންޑާ19

  7 ފެބްރުއަރީ 2012ގެ ބަޤާވާތުގައި ބައިވެރިވި މީހުންވެސް ޖަލަށްލާނެ.. ސުޕްރީމްކޯޓް ފަނޑިޔާރުން ބަދަލްކުރުމަށްފަހު އޮންނާނީ އެކަންތައް..

  19
 16. އަލީ

  ތީ ވަރައްރަނގަޅުކަމެއް. އެއްވެސް ޕާޓީއަކައް ނިސްބައް ނުވާމީހެއްގެ ހައިސިއްޔަތުން ބުނެލަންއޮތީ ތިގާޒީންނަކީ އަބަދުމެ ފައިސާނަގައިގެން މީހުންމނައް ނުހައްގުން ހުކުން ކުރާބައެއް. ހަރުކަށި އަދބަުދިނުމައް ގޮވާލަން.

  3
  12
 17. ޖަވާހިރު

  ސާބަހޭ އަންނި

  16
 18. ާޭަކަލޯ

  ހަމަ އެއްވެސ ް ހައެއްލަމައެއްނެތި ނިންމުމެއް

  10
 19. މާޒީ

  ޙުކުމެއް ވަކި ގޮތަކަށް އިއްވުމަށް 1 މިލިއަން ޑޮލަރު ނެގިޔަސް ތިބުނަނީ ހަމަ އަޅާވެސް ލާނެ ކަމެއް ނެތޭދޯ؟ ނުހައްގުން އަނިޔާ ލިބުނުމީހާ ހަމަ އެ އަނިޔާ ގަބޫލުކޮށްގެން ހުންނާށޭތަ؟

  2
  7
 20. ޢަހުމަދު

  ބޮޑު ވަޒީރު ހައިޖާނު

  8
  1
 21. ޝަކީ

  ނަޝީދަކީ އަނިޔާވެރިއެއް. މައުމޫނުގެ ޤަދަރު ނެތިކޮށްފި. ޔާމީނުގެ ސިޔާސީހަޔާތް ފުނޑުފުނޑުކޮށްލައިފި. ނަމަވެސް ހިތާމައަކީ ނަޝީދަށް މިފުރުސަތު ތަނަވަސްކޮށްދިނީ ވެސް ދިވެހިންގެ ތެރެއިން ބަޔަކު ކަމަށްވީކަން. ނަޝީދު މިނިވަންވުމަކީ ދިވެހިގައުމުގައި ހަމަޖެހުން ގާއިމުވެގެންދާނެ ކަމެއްކަމަށް ގޮވި މީހުންތައް ކޮބާ؟

  17
  1
 22. ނަބީލާ

  މިހާރު ތިދަނީ ރަނގަޅަށް. ސިޔާސީ މައިދާނުގައި ކުރިން އައްނި ހެދި ގޮތަށް މަޢާފް ދިނުމާއި ހިތް ތިރި ކުރާ ނަމަ ޖެހޭނީ ކަރަށް މަޅި ކަމަށް ޑޮނަލްޑް ޓްރަންޕް ބުނެފައިވޭ. އެއީ އުމުރުން ދުވަސް ވެފައިވާ ތަޖްރިބާ ކާރެއް.

 23. އަލްޖިބްރާ

  ރިޝްވަތު ކައިގެން ނިޔާކަޑައެޅުން ފަދަ ބޮޑެތި ޖަރީމާ ހިންގީމާ އެކަމުގެ ބަދަލު މިދުނިޔޭގައި އަދި އާޚިރަތުގއިވެސް އެމީހަކާ ކުރިމަތިވާނެ ކަމީ ޔަޤީން ކަމެއް !

 24. އަލްޖިބްރާ

  މައްސަލަ ޖެއްސީމަ ގޯސްވީ މައްސަލަ ޖެއްސި މީހާ ! މިލިއަން ޑޮލަރު އެކައުންޓަށް ޖަމާކުރީމާ އެކަމެއް ގޯހެއްނުވި ! ސަރުކާރުގެ މަތީ މަޤާމުތަކުގަ ތިބޭ ކޮންމެ މީހަކަށް އެއްމިއަން ޑޮލަރު ލިބޭނެ މަގުފަހިވަންޏާ އެހެންކަމެއް ކުރާނެކަމެއް ނެތް ! އަނެއްކާވެސް ސަރުކާރުން ބޭރުކުރީމާ މިޖެހެނީ ރައްޔިތުންގެ ފައިސާއިން މިމީހުނަށް އިނާޔަތް ދޭން ! މިއީ ހަމަ ވަރުގަދަ މުސީބާތެއް !

  4
  1
 25. ޔަގީން

  އެއްމެ އަވަހައް ކުރަންޖެޖޭ ކަންތަށް މިހާރު އެފެށީ.ސުކުރިއްޔާ

  2
  2
 26. މޮހަނު

  މިޤައުމު އިންސާފްގެ މަގަށް ބަޔަކަށް ގެންދެވޭނީ މިވަރަށް ، ތިމާ ހުށަހެޅި މައްސަލަ ބެލުންވެސް ތިމާއަށް، މިމީހުންނާ ދެކޮޅަށް މައްސަލައެއް ނިމިއްޖެނަމަ އެ ޤާޟީ މަޤާމުން ވަކިވާގޮތަށް އިސްލާހެއް ގެންނަން ފެނޭ

 27. ގލޅ

  ނަސީދު ކުރި ކުށަށް އަދަބު ކަނޑައެޅި ކޮނމެމީހަކު ހިފާހައްޔަރުކޮށް އެމީހެއްގެ ދިރިއުޅުން ފުޑާލުމަކީ މިސަރުކާރުގެ އެންމެއިސް
  ކަންދޭނެ ކަންތަކެވެ ގާނޫނީބާރު ނުފޯރާ ގޮތުގައި ވަކިމީހަކު ނުވަތަޔަކު ތިބޭކަމަށްވާނަމަ އެތަނެއްގައި އަދުލުއިންސާފު އޮތްކަމަކަށް ނުބެލެ
  ވެއެވެ.

 28. ބަރުގޮނު

  މި ނަޝީދު ބަދަލު ހިފާ ގޮތްގޮތް ހަދަން ބޭނުންވާ މީހުންނަށް ބަދަލު ހިފާ ގޮތްގޮތް ހަދަން ބޭނުންވާ މީހުންނަށް ގޮތްގޮތް ހަދާ " އަލާ ކެޑުނު" އިރަކުންނޫނީ ސަރުކާރަކަށް މާބޮޑަކަށް ކުރިޔަކަށް ނުދެވޭނެ. އެކަމަކު ނަޝީދު ގެ މި ކުޅިގަޑާ ހެދި ޢާންމުން ފޫހިވާނީ ސަރުކާރު ދެކި. އެމް.ޑީ.ޕީ ގެ ހަލާކަކަށް ވާނީ މިކަލޭގެ.

 29. ޒަކަރިއްޔާ

  ނަޝީދު ކަލޭ ކައިރިންވެސް ބަދަލު ހިފާނެ ވިސްނައިގެން ހުންނައްޗޭ އެއްވެސް ކަމެއް ދިގުދެމިގެން ދާނެ ނަމަ މިދުނިޔެވެސް އޮތް ގޮތަށް އޮތީސް. ކަލެއަށް ތި ގޮނޑިއަށް އެރުނީމަ ހީކުރަނީތަ ތިވަރުގެ ކަމެކޭ ކަލޯ ކޮންމެ ކަމަކީވެސް ﷲ ކުރިމަތި ކުރައްވާ އިމްތިޙާނެއް އިންސާނުންނަށް އެވަރުނޭގި ބޮނޑާކަންމަތީގައި ދިރިއުޅެވެނީ... ނަޝީދު ވިސްނާ ފިކުރުކުރޭ މީހަކަށް އަނިޔާއެއްދީގެން މޮޅެއްނުވާނެ ކަން ދަންނާތި..

 30. ޒާ

  މިހާ ނާއިންސާފުކޮށް ބަދަލު ހިފުމުގެ ކަންކަން ކުރަމުން ދިޔަ ޒަމާނެއް ދުވަހަކުވެސް ނުދެކެން.

 31. ހަސަދު

  ބަލަ ދެން އެކައުންޓަށް ވަތް 1 މިލިއިންޑޮލަރޯ. މިބޭފުޅާ އުޅުއްވަނީ މުސާރައަކުން މީހަކު އުޅޭވަރަށް ވުރެ މަތިވެރިކޮށް. މިއިންވެސް ޝައްކު އުފެދޭ.

  1
  6
 32. ކާޅު

  މިހާރު ހުންނާނީ ރަގަޅަ ރާކަނިމަސް ކެވިފަ !

  3
  1
 33. މޫސާ މަނިކު

  މި އީ މިސަރުކާރުގެ ނިމުމުގެ ފެށުން ކަމަށް ޤަބޫލް ކުރެވޭ، ނަޝީދުއަކީ އަމިއްލަ އަށް ހިހި ހަދާ މީހެއް. ތިމާ ކުރަން ބޭނުން ކޮންމެ ކަމެއް ބޭނުން ގޮތަކަށް ކުރާ ކަމެއް، ފަހުން ނުކުންނަށް ނަތީޖާއަކަށް ވިސް ނާމީހެއް ނޫން، ހަމަހޭ އަރާއިރު ކަންވެ ނިފައި އޮންނަނީ.ހެހެ

 34. މަލީހު

  ނަޝީދުއަށް ހުކުމް އިއްވީ އެމަނިކުފާނު ކުށެއްނުކުރައްވާ ގާނޫނާގަވާއިދާ އިސްލާމްދީނުގެ ރީތި
  ހަމަތަކުގެމަތީގައި ރީތިކޮށްހުންނަވަނިކޮށްނޫން ފަނޑިޔާރު ޢަބްދުﷲ ގާޒީރަހީނުރިމައްސަލާގައި
  ބާރުލިބުނީމައި ކޮންމެކަމެއްވެސް ކުރެވިދާނެ ކުރިން ޢަބްދުﷲ ގާޒީ ރަހީނު ކުރެއްވީވެސް ބާރުލިބައިފައިއޮތީމަ ނަމަވެސްުކުރިން ލިބުނުބާރު ނެތިދިޔަގޮތަށްބަލާއެކަމުންއިބްރަތްހާސިލްކުރުން
  ރަގަޅު ކަންކަން މިންވަރުކުރައްވަނީ ވަކިފަރާތަކުން ވީމާ،މިހާރު ތިލިބިފައިވާބާރުވެސް ހެޔޮގޮތުގައިބޭނުންކުރައްވާ ކުށެއްނެތި އިންސާނަކަށް އަނިޔާވެރިވުމަކީ ދީނާ، ގާނޫނާ،ގަވާއިދު
  ހުއްދަކުރައްވާނެ ކަމެއްނޫން ކުށެއްގެމައްސަލައައިސްއެކަންބައްލަވާއެކުށަށްއަދަބުކަނޑައަޅުއްވަން
  ތިއްބަވާބޭފުޅުން އަދަބުކަނޑައެޅުއްވުމަކީ އެކަމުގެ ބަދަލުހިފަންޖެހޭކަމެއްނޫން ބެލެވެނީ ކުރިން
  ކޮށްްފައިވާކުށެއް އަދިވެސް ހަޖަމްނުކުރެވިގެން އުޅުއްވާކަމަށް

 35. ތޯހިރު

  ތިހެންވިއްޔާ ތިޔަ ފަނޑިޔާރުންގެ މައްސަލަ ބެލޭނެ މެމްބަރެއް އެމްޑީޕީގަ ނުހުންނާނެ. އެބޭފުޅުން ކޯޓުތަކުގަ ތިއްބަވައިގެން އެމްޑީޕީގެ މުޒާހިރާ ތަކާދެކޮޅަށްވެސް ކިތައްމައްސަލަ ނިންމިތޯ! ވީމާ އެމްޑީޕީގެ މެމްބަރެއްވިއްްޔާ މަސްލަހަތު އޮންނާނީ ފުށުއަރާފަ.

 36. އަޙްމަދް

  ޙަޤީޤީ ޑިމޮކްރެސީ އަކީ މީ ދަންޑިވަޅުބަލާ ބަދަލު ހިފުން!

 37. ޥިންދު

  ފަނޑިޔާރުން އެކަނި ނަޒާހަތްތެރިވާން ޖެހެނީ. މި ނުބެލެވޭތަ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ކުރާކަމަކަަށް.
  މިވެސް ބެލެވޭނީ ކޮރަޕްޝަންކަމަށް.
  އަދި އަމިއްލައަށް މައްސަލަ ހުށަހަޅާ އަމިއްލައަށް މައްސަލަ ބަލާ އަމިއްލައަށް މައްސަލާގއި ޙުކުމްކުރުން މީ. ދެން އެބޭފުޅުންނަށް އިޞްލާޙުކުރެވޭނެ ޖުޑިޝަރީއެއް އެބައޮތްތޯ. ަަަަަަަަަަަަަަަަަ

 38. މުޖޫ.

  މިމީހުންނަށް އެނގޭ މިމީހުން ސުޕްރިމް ކޯޓްގެ ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ކަން ފެބްރުއަރީ ޙުކުމްނެރެންވެސް އެންގީ . އެހެން ވެގެން މިމީހުންވެސް މީގެ ރަހަ ބަލާފަ ތިބީމަ މިހާ ފަނޑިޔާރުންނާ ކުޅެން މިއުޅެނީ.

 39. އަފްލާ

  މީހަކައް މިލިއަން ލިބުނު ގޮތެއް ސާފް ކުރުމުގެ ކުރިން ތިމާ އައް ފައިސާއާއި ސިރިއުޅުމުގަ ބޮޑު އަގުގަ ލިބޭ މުދާ ހޯދާ ގޮތް އއހއން މީހުނައް ސާފް ކޮއްދޢން ޖއހޭ ރ ނަޝީދު 5.8 މިލިއަން ރުފިޔާ ހޮވީ ކޮންތާކުން ކޮން ވަޒީފާ އަކުން މިސާލަކައް ރޔާމީން އުމުރުން 26 އަހަރުން ފެށިގެން ވަޒީފާ އަދާކުރި އެކަން އެންމެނައް އިނގޭނެ ރައްޔިތުންގެ މަޖިލީހުގެ 3 ދައުެުރު އަދާ ކުެިކަން އިނގޭނެ ލާރި ރައްކާކުެިޔަސް ކުރެވޢނެ މާލެ ގެދޮރު ހުރި ދެން ކޮބާ މައްސަލައަކީ

 40. އައްލާ

  ބަލަ ދީދީގެ މައްސަލަ ތަކެއް އުޅޭނަމަ ވޯޓުދިނުންއެއީ މައްސަލައެއްނޫން. އޭނަކުރި 13 އަހަރުގެ ޖަލުހުކުމް އޭނަ އިންފަނޑިޔާރުގެއަކުން ބާތިލުކުރީމަވެސް ހަމަ ރަގަޅުދޯ. އަބުދުﷲ ދީދީގެ ސަލާމަތަކަށް ވެސް އޭނައެތަނުންނެރެފަ ޖަލަށް ލާންޖެހޭ.

 41. ލައްޓި

  ޕޕއމ. ސުޕްރީމް ކޯޓުގައި ތަޅުއަޅުވައި، ފަނޑިޔާރަކު ވަގަށް ނަގައި ގިރިފުށީގައި ބެހެއްޓީވެސް ޔާމީނުދޯ؟

 42. ާއިމްތިޔާޒްވ

  މައްސަލަ އަކީ ހުކުމްކުރުމެއް ނޫން ރިޝްވަތުގެ ތުހުމަތު އޮވެ ޖިނާއީ ތުހުމަތުގަ ތިބޭ ބަޔަކު ލައްވާ ހުކުމް ކުރަން ބަލަިގެން ތިބޭއިރު އިސްލާމް ދީނާމެދު ވިސްނާލީ ކިތައްމީހުންތޯ