ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިންޑިއާ އަށް ފޮނުވާއިރު އަދީބުގެ އަރިހުގައި ފުލުހުންނާއި ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ހަރަކާތްތެރިވެއްޖެނަމަ އެކަން ވާނީ ކިޑްނެޕްކޮށް، ރަހީނުކޮށް، ޓްރެފިކިންގެ އަމަލަކަށް ކަމަށް ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރ ޑރ.އަހްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ޤާނޫނީ ދާއިރާ އިން މަތީތައުލީމް ހާސިލް ކުރައްވާފައިވާ ޝަހީދަކީ މިހާރު ދީނީ މިނިވަންކަމާއި ދީނީ ގަބޫލު ކުރުންތަކާއި ބެހޭ އދ.ގެ ހާއްސަ މަންދޫބެވެ.

އަދީބު ރާއްޖެ އިން ބޭރަށް ފޮނުވަނީ ފުލުހުންނާއި ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނާއި އެކުގައި ކަމަށް ސަރުކާރުން ވިދާޅުވުމާއި ގުޅިގެން ޝަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ އިން ބޭރުގައި ދިވެހި ސަރުކާރުގެ ޤާނޫނީ ބާރު ނުހިނގާނެ ކަމަށެވެ. "ހިންގަން އުޅެފިނަމަ ވާނީ ކިޑްނެޕް، ހޮސްޓެޖް، ޓްރެފިކިން ފަދަ އަމަލަކަށް" ޝަހީދު ވިދާޅުވިއެވެ.

އަދީބު ބަލަހައްޓަން ފުލުހުންނާއި ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ރާއްޖެ އިން ބޭރަށް ދިއުމަށް ނިންމާފައި ވާތީ ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަހްމަދު މުއިއްޒު ވެސް ވަނީ އެކަމާއި ސުވާލު އުފައްދާފައެވެ. މުއިއްޒު ކުރެއްވި ޓްވީޓެއްގައި "އެގައުމުގައި އޭނާ އަށް ތަންތަނަށް ނުދެވޭ ގޮތައް ހިފަހައްޓާފައި ހުރީ އެގައުމުގެ ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ އަދީބު ދަތުރުކުރާ ގައުމެއްގެ ކޯޓެއްގައި އަދީބު މިނިވަންކަމުގެ އަމުރަކަށް އެދިއްޖެނަމަ ދިވެހި ސަރުކާރަށް އެމައްސަލަ ދިފާޢު ކުރެވޭނެތޯ؟" މުއިއްޒު ވަނީ ސުވާލު ކުރައްވާފައެވެ.

އަދީބު ރާއްޖެ އިން ބޭރަށް ފޮނުވަން ސަރުކާރުން ހުއްދަ ދިނުމުން މިއަދު ބައެއް މުއައްސަަސާތަކުގެ ވެރިން ވަނީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްފައެވެ. ސަރުކާރުން ވަނީ އަދީބު ފުރައިގެން ދިޔަ ނަމަވެސް އެނބުރި އަންނާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ާAhmed

  ބަލަ އިމްރާނަކީވެސް ލޯޔަރެކޯ! ރައީސްއަކީ ގައިމު ލޯ ހަދަން އުޅުނު މީހެއް. ކިހިނެއްމިވަނީ. މީ ކޮންކަހަލަ ސަރުކާރެއް!

  16
  4
  • Anonymous

   އިމްރާނަކީ، ކޮންތާކުން ލޯ ކިޔަވައިގެން ހުރި މީހެއް. އެހެން ނޫނަސް މިތާނގަ މިހާރު ގާނޫނު ހިނގާތަ؟ ބޮޑެތި ކުށްވެރިން އެތިބީ މިނިވަންވެ ކުށެއް ނުކުރާ ބަޔަކަށްވެފަ. އިމްރާނަކީވެސް، ޖިނާއީ ކުށެއް ކުރެވި ހުކުމް ތަންފީޒު ކުރި މީހެއް. ވަޒީރުންގެ ޝަރުޠުގައި އިނދޭ ޖިނާޢީ ކުށެއް ޘާބިތު ނުވުމަކީ ޝަރުޠެއްކަމަށް. އެހެންވީމާ، ދެން ކޮން ޤާނޫނެއް މިތާނގަ މިހިނގަނީ. އާއްމު ރައްޔިތު މީހާގެ ހައްޤު ގެއްލެން ފެށީމަ ދެން ތެޅިގަންނާނެ. މާލީއެކޭ މިތަނެކޭ އެއްފަދަ. މަދުވަނީ މުސްލިމުންގެ ގަތުލް އާއްމު އެކަނި.

   13
   1
  • Anonymous

   އިމްރާނަކީ، އިސްލާމްދީނުގެ ކަންކަން އެނގިފަ ހުރުމުން ޝޭހެއް. ނިކަން ބުނެބަލަ ބްރޯގެ އެސައިންއިން އެދައްކާދެނީ ކޯންޗެއް؟ ޑެވިލްސް ހޯންއެއްނޫންތޯ އިސްލާމީ ޢިލްމުވެރިން އެއަށްކިޔަނީ. އަދި އެއީ ބްލެކް މެޖިކް ހަދާ ޝައިޠާނާއަށް އަޅުކަންކުރާ މީހުން ބޭނުންކުރާ ސައިންއެއް ނޫންތޯ؟ މީގެން މިއެނގެނީ، ބްރޯއަކީ ބިރުވެރި މީހެއްކަން. ޑެވިލްގެ އައުވާނެއްކަން.

   14
  • ފަތްބެ

   އެމީހުން އުޅުނީ މަސްކައްކާލޯ ހަދަން.

   4
   1
 2. އަބްދުއްލާ

  ސަރުކާރުން އަދީބު ރަހީނުކޮށް، ޓްރެފިކް ކުރަން އުޅޭކަމުގެ ތުހުމަތު ކުރެވިދާނެ!

  ތިވަނީ ރަނގަޅަށް ތިޔަކޮންނަނީ އަމިއްލަ އަތުން ކަށްވަޅު.

  ވީހާއަވަހަކަށް ވީހާ ފުނަކަށް ކޮނެލާތި . ކަފުނާނުލައި ވަޅުލާތަން ބަލަންތިބޭ<؟

  އާޚިރުގައި ފާތިހާދުވަސް ވެސް ނޭގޭނެ.

  ބޮޑުވަރަކަށް " ޚަޝޫޖީ" ހަނދާން ކޮށްލާ

  15
  3
  • ޙިރާ

   ޕްލޭނެއްގެ ދަށުން ފޮނުވާލަނީ އެކަންފޮރުވަން ޙާޟިރު ކުރަނީ. ޙަޤީޤަތް. ޢެމްޑީޕީގެ ޔަހޫދީ އުކުޅު.

   14
 3. މަންޖެ

  އަދީބު ބުރޯވަރެއް ހަމަނެއް އަދީބު އެއްމެއެއްޗެއް ބުންޏަސް މުޅިގައުމު ކައްކުވާލާނެ ކިރުހުސްވެފާވާ ގެރިއެއްގެ މިސާލުގާ ނަސީދު ބާކީވަނީ ކުރިޔައްއޮތް ދުވަސްތަކުގާ މިހެއްވެ އަދީބު ބުރޯދެކެ އމޑޕ މިހުން ބިރުގަނޭ

  11
  5
 4. Anonymous

  ބޮޑަށް ހީވަނީ ޕްލޭނެއްގެ ދަށުން އަދީބު ފިލަން ފުރުސަތެއް ދޭނީހެން.

  18
  1
 5. އަލްޖިބްރާ

  ދުނިޔޭގެ އެހެން ތަންތަނުގައިވެސް މިފަދަ ބޮޑެތި ކުއްވެރިން އެއްތަނުން އަނެއްތަނަށް ބަދަލުކޮށް ކަންތަށް ކުރަނީ ފުލުހުންނާއި އަދިއިތުރުން ޖާސޫސުން ނާއި ހަށިފާރަވެރިންވެސް ބައިތިއްބައިގެން ! ދެން ކިޑްނެޕް ، ހޮސްޓެޖް ، ޓްރެފިކް އަމަލަކަށް ވާނެ ގޮތެއް ނޯންނާނެ !

  7
  9
 6. ޔާމިން

  ފިލާނެ ކަޝަވަރު ބޭރައްދެވޭނެކަންކަށަވީއްސުރެން ގުޅިފާވާކިތަންމެބަޔަކުފުރާފި ދެންތިބޭބަލަން

  13
  1
  • Anonymous

   ސަރުކާރުގެ ބޭނުމަކީވެސް އެއީ. ޖަލުން ދޫކޮށްލަން މަޖްބޫރުވީ، އެކަމަކު މިގައުމުގައި ހުރެއްޖެނަމަ، ބިރުވެރި މީހެއް. ބޮސްމީހާވެސް ދުއްވާލާނެކަން ކަށަވަރުވާތީ އަވަހަށް ފޮނުވާލަނީ. އެކަމަކު މިމީހުންނަށް ނޭނގޭ ކަމަކީ، މިކަލޭގެ ބޭރުކޮށްލީމަ ދެން ހިންގާނެ ޖަރީމާއެއް މިތަނުގައި ވެރިންގެ ގޮތުގައި ތިބި ސިކުނޑި އުނި މީހުނަށް ނޭނގުން.

   10
 7. ހުސޭނުބޭ

  އެހެންވިއްޔާ އަދީބު އިންޑިޔާއަށް ގެންގޮސްފައި ޓްރެފިކް ޕޮލިހަކަށް ހަދަންވީނު! އޭރުން ތި މައްސަލައެއް ނުނިކުންނާނެ!

  3
  2