ރޭ ހިނގި ސައިކަލް އެކްސިޑެންޓެއްގައި ރައްޔިތުން މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހްމަދު (ހަސަންޓޭ) ވަރަށް ބޮޑަށް ޒަހަމް ވެއްޖެއެވެ.

ރޭ ހިނގި އެކްސިޑެންޓެއްގައި ހަސަންޓޭގެ އެއް ފައި ބިންދައިގެން ގޮސް ނިއްކުރި ވެސް ވަނީ ޒަހަމްވެފައެވެ.

ނަމަވެސް ހަސަންޓޭގެ ހާލު ސީރިއަސް ނޫންކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން ވިދާޅުވީ، ހަސަންޓޭއަށް އަނިޔާވެފައިވަނީ، ހިނގާދިޔަ މީހަކުގެ ގައިން ސައިކަލު ނައްޓަން އުޅުމުގެ ތެރޭގައި ކަހާލައިގެން ސައިކަލުން ވެއްޓިގެން ކަމަށެވެ.

މެންބަރު ހަސަންޓޭ އަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

އެމްޑީޕީގެ އެކްޓިވިސްޓެއްގެ ގޮތުގައި މަޝްހޫރު ހަސަންޓޭ ރައްޔިތުންގެ މަޖިލީހުގައި މިހާރު ފައްޓަވާފައި ވަނީ އޭނާގެ ފުރަތަމަ ދައުރެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ހޯހޯ

  މިމަތި ބަރު ސަރުކާރަކީވާ އެކްސިޑެންޓް ތަކުގަވެސް ރެކޯޑް ކަންނޭގެ ދޯ! ޕިސްޕިސް.. ހަމަ އިސްލާހު؟

  40
  2
 2. އޮޅުން

  އޮޅޭ ސަރުކާރު .. މި އީވެސް އޮޅުމެއް

  30
  1
 3. އެކްސިޑެންޓް.

  އެމްޑީޕީގަ މިހާރު ހުރި ހަމެކަނި ލީޑަރު އެކްސިޑެންޓް ވުމުން ވަރަށްދެރަވެ ހިތާމަކުރަން. ޙަސަންޓޭ އަށް އަވަސް ޝިފާއަށް އެދެން.

  7
  20
 4. ވީރު

  މަޑުން ދުއްވާތީ ވާ ގޮތް.....

  22
 5. ޖަންޓް

  އަވަސް ސިފާއަކައްއެދެން. ވީ އެންމެ އަވަހަކައް ރާއްޖެއާއި އެންމެދުރު ގައުމަކައްގެންގޮސް ދެވެންއޮތް އެންމެރީތި ފަރުވާއެއް އަޅުގަނޑުމެންގެ ހަސްޓޭއައް ދިނުމަށް ރައީސް ރައީސް ރައީސް ސޮނި ނަސީދުގެ އަރިހުންއެދެން.

  33
  4
 6. ކޮރަލް

  ދެދުނިޔެ ހޯދަން މަސައްކަތް ކުރަން ވީއެވެ.

  11
 7. އަހުމަދު

  މިކަމުން ވެސް އިބުރަތް ލިބިގަންނަންވީ .......މީހުނަށް މަގުމަތިން ވަގަށް ގޮވާ އަބުރާ ބެހެމުން ދުވިޔަސް މިއަދު ތިމާގެ ނިކަމެތިކަން އިހުސާސް ކުރެވޭނެ ދެންވެސް ، އުޅުން އިސްލާހު ކުރޭ އެންމެންވެސް ދާން އޮތީ އެއް ތަނަކަށް މަރު އޮތީ ވަރަށް ގާތުގައި އެކަން ހަދާން ކޮށް ދުއާކުރޭ އިސްލާހުވޭ

  28
  2
 8. Anonymous

  ނިކަމެތި ރައްޔިތުމީހާ އަށް އާސަންދައިން ޕްލާސްޓަރ އެއްނުލިބޭ . ޥަރިހަމަ ތަނެއްމުގުރިފައޮތަސް. މެމްބަރގެފައި ވީމަ ދުނިޔޭގެކޮންމެތަނަކުންވިޔަސް ބޭސްފަރުވާހިލޭ.
  އެވެސް އޮޅޭސަރުކާރައް އޮޅިފަ.

  28
 9. ޖިންނި

  ޝަފާކަﷲ !

  4
  3
 10. ބޮލި މުލައް

  ޔޫރިން ޓެސްޓްކޮށްލުން ރަނގަޅު

  16
  2
 11. ދދދދދދ

  ހަމައިގަބާ ހުރީ. ޔަގީން އެއްޗެއް ބޯލާ ހަދާލައިގެން ދަނިކޮށް ތިކަމެއް ތިވާނީ.

 12. ދދދދދފ

  ދެފައި ނުބިނދުނު ކަމަށްޓަކާ ޝުކުރުވެތިވާން އެނގުނުބާ.

 13. ހުޅުނބު

  ތީ ހުޅުބު ހަސަނު. އެންމެންދަންންނަ އަލިފުށީ ކަޗޯރުތީ. ތިބީތާ ރަނގަޅު ވާނީ 5 އަހަރު ވަންދެން އެނދުމަތީ އޮތިއްޔާ ގަދަވެ ހުއްޓަސް ކުރާނެ އެއްކަމެއްވެސް ނޯންނާނެ

 14. ކިރުކޫ

  ތީ ނުނިދާއުޅޭތީ އަބަދުވެސް ދެލޯމެރިފައިންނަ ސޮރެއް. އެހެން ނިދުނުގަޑީގަ ތިކަމެއްވީކަމަށްވާނީ