ޖުޑީޝަލް ސާވިސް ކޮމިޝަނުން އިއްޔެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފެމެލީ ކޯޓުގެ ގާޒީ ހަސަން ސައީދު ސަސްޕެންޑް ކުރުމުގައި ޖުޑީޝަލް ސާވިސް ކޮމިޝަނުން ޤާނޫނާއި ހިލާފު ވެފައިވާ ކަމަށް ބައެއް ޤާނޫނީ ވަކީލުން ވިދާޅުވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވި ބައެއް ޤާނޫނީ ވަކީލުން ވިދާޅުވީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ފަނޑިޔާރުންނާއި މެދު ފިޔަވަޅު އަޅާފައި ވަނީ ފަނޑިޔާރުންނާއި ބެހޭ ޤާނޫނުގެ 37 ވަނަ މާއްދާގެ (ރ) އާއި ހިލާފަށް ކަމަށެވެ.

އެމާއްދާގައި ބުނެފައި ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހެޅޭ ފަނޑިޔާރެއްގެ މައްސަލައެއް ތަޙްޤީޤު ކުރާއިރު އެ ފަނޑިޔާރަކު މައްސަލައިގައި ބުނާ އެއްޗެއް ހޯދުމަށް އަޑުއެހުމެއް ބޭއްވުމަށް ފަހު މައްސަލައިގެ ބާވަތަށާއި ފަނޑިޔާރު މައްސަލައިގައި ބުނާ އެއްޗަކަށް ރިޢާޔަތްކޮށް އެފަނޑިޔާރަކު ވަޒީފާ އަށް ނުނިކުމެ މަޑުކުރުމަށް އެންގުމުގެ އިހްތިރާރު ކޮމިޝަނަށް ލިބިގެންވާ ކަމަށެވެ.

ނަމަވެސް އިއްޔެ ދެ ފަނޑިޔާރުން ސަސްޕެންޑް ކުރަން ޖުޑީސަލް ސާވިސް ކޮމިޝަނުން ނިންމީ އެއްވެސް ފަނޑިޔާރަކު ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކޮށްފައި ނޫންކަމަށް ވެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ނިންމި ޖަލްސާގައި އޭނާ ސަސްޕެންޑް ކުރަން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ނަޝީދުގެ ޤާނޫނީ ވަކީލް ހިސާން ހުސައިން އަދި ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ބައިވެރިވުމުން ވެސް ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދާފައެވެ.

އެއީ އަބްދުﷲ ދީދީ އަކީ ނަޝީދު 13 އަހަރަށް ޖަލަށް ލާން ޙުކުމް ކުރި ފަނޑިޔާރުންގެ ބެންޗްގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކަށް ވެފައި އެމައްސަލައިގަިއ ނަޝީދުގެ ދިފާޢުގައި ހިސާން ވަކާލާތު ކުރައްވާފައި ވާތީ އެވެ. އަދި ރިއްފަތަކީ ހިސާންގެ ލޯ ފާމްގައި އެދުވަސްވަރު މަސައްކަތް ކުރެއްވި ބޭފުޅަކަށް ވާތީ އެވެ.

އިއްޔެ ޖުޑީޝަލް ސާވިސް ކޮމިޝަނުން ދެ ފަނޑިޔާރުން ސަސްޕެންޑް ކުރީ ވަކި މުއްދަތެއް ނެތް ގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ދީދީ

    ސަސްޕެންޑް ކުރިޔަސް މުސާރައާ ހުރިހާ އިިނާޔައްތައް ލިބޭނެ ކޮންކަމަކާ ހާސްވާކައް
    ހަސަން ސައީދު މީގެކުރިންވެސް ކުރި ސަސްޕެންޑް 2 އަހަރާ 9 މަސް މުސާރައާ ހުރިހާ އިިނާޔައްތައް ދީފަ ގޭގަ ބެހެއްޓި މީ އިންސާފުތޯ؟

    8
    20
  2. Anonymous

    ތިއެއް މިހާރަކު ނޯންނާނެ. ގާނޫނަކީ ބޭކާރު އެއްޗަކަށް މިވަނީ ހަދާފައި. ކޯޓްތަކުގެ ހުކުމުތައް އެކޯޓުން ބާޠީލް. ކުޑަކުއްޖާވެސް ދަނޭ ޖަޑިބަކީ ކުއްވެރިއެއްކަން. އެކަމަކު ހަމަ އެކޯޓުން ޖަޑިބުވެސް ކުށެއް ނެތްކަމަށް ނިންމީ. ބައިނަލް އަޤްވާމީ ކުށެއްކަމުގައިވާ، އަދި ޑޮމެސްޓިކް ޤާނޫނުންވެސް ކުށެއް ކަމުގައިވާ، މީހުން ވަގަށް ނެގުމުގެ ކުށް ޘާބިތުވެ ބޮޑު ކޯޓުން ނިންމާފައިވާ މީހާވެސް އެހުރީ މިހާރު އެކުށް މަޢާފުވީކަމަށް ހަދާފަ. މިއިރު، މިކުށަކީ، ދުނިޔޭގެ އެއްވެސް ތަނެއްގައި މަޢާފު ލިބޭވެސް ކުށެއްނޫން. ކޯޓުތަކުން ފޭހި އިލޮށިގަނޑު ކޯޓުގެ ފަނޑިޔާރުންގެ ލޮލަށް ތިވަންނަންފެށީ. އެކީ ދޮވެލާނެ ކަމީ ޝައްކެއް ހުރި ކަމެއްނޫން.

    34
    78
  3. ސަބާސް

    ބަދަލުހިފުމުގެ ރޫހު ގެނައުމަށް ވެރިކަމަށް އައމީހުންގެ ނަތީޖާ މާކަރަނަގަޅެއްނުވާނެ. އެހެންނޫނަސް ނަޝީދު އަކީ އަބަދުވެސް ޤާޒީން ވަގަށް ނަގާ އެމީހުންނަށް އުނދަގޫލުރާމީހެކެވެ.

    69
    3
  4. ފެންކުރި

    އޯކޭއެއްނޫން ތިހުރިހާކަމެއްވެސް މިހާރު މިގައުމުގަ އޯކޭ ކުރީގަ އަނިއާވެރިވީ ހަތަރުބޭފުޅަކު ހަތްޔަރު ކޮށްގެން މިހާރު އަނިއާވެރިއެއްނުވާނެ ތީވެސް އޯގަތެރިކަމުން ކުރިކަމެށް ތިކޮމިސަނަށް ހުސްއާއިލާ ލާންފެނޭ އޭރުން އަދި މާރަގަޅުވާނެ މިސަރުކާރެއްތަ ނޫނީ ކުންފުންޏެއްތަ ؟؟؟؟؟

    49
    2
  5. ޖުހާ

    މިޤައުމުގަ ޤާނޫނަކަށް ޤާވާޢިދަކަށް އެބަބަލާތަ މިޤައުމުގައި އޮތީ ގެރި ގުއި ސަރުކާރެއް ބޮޑު މިޤައުމުގައި ވެރިކަން މިކުރާ ބައިގަނޑުގެ ކިބައިން މި ޤައުމު ސަލާމަތްކުރައްވާނދޭވެ. އިސްލާމް ދީނާއި މިޤައުމުގެ އިސްތިޤުލާލް ގެއްލުވާލަން މަސައްކަތް ކުރާބައެެއް. އަމިއްލަ އެދުމުން ފޯވެފައިވާ ބައެއް ވެރިކަމާހެދި ބޫތު ކައިފައި ތިބީ ކޮންމެ ގޮތެއް ހަދާފައިވެސް ވެރިކަންކުރަން. ދީނެއް ޤައުމެއް އަމައެއް ބަފައެއް ދަރިއެއް ކާފައެއް މާމައެއް ވަކިކުރަން ނޭގެ

    53
    2
  6. Anonymous

    މައްސަލަޔަކީީ ބޭއިންސާފު ޝަރުއީދާއިރާ ހިސޯރުކުރީތީވެ

    15
  7. އަހުމަދު

    ކޮބާ ކޮބާ މަސްލަހަތު ފުށެއް ނާރާތޯ ؟ މަށަށް ހުކުމް ކުރިމީހާއަށް މަ ހިތް ހެޔޮ ވާނެތޯ އެއީ ކިތަންމެ ރަނގަޅު ހުކުމަކަސް. އެހެންވިއްޔާ ތިކިޔޭ އެއްޗެއް އެބަ އިނގޭތޯ ؟ އިންސާފް ޤާއިމް ކުރޭ !!!!!!!!!!

    18
  8. ޢަބްދުﷲ

    ހިނދުކޮޅު އަންނަންޏާ ކޮންމެގޮތެއްވެސް އޯކޭ ވެދާނެއެވެ.

    27
  9. ނަޑެއްލާ

    ސްޕްރިމް ކޯޓުގެ ފަނޑިޔާރަކު ވައްކަމެއް ކުރިއަސް އޯކޭ، ދީނާއި ޙިލާފު ކަމެއް ކުރިއަސް އޯކޭ، ރިސްވަތު ހިފިއަސް އޯކޭ! މީދެން އަރަތެންނު ދޮތަ!