ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދަނީ ރަނގަޅު ދުވެލީގައި ކަމަށާއި ދެން ހުރި ވައުދުތައް ފުއްދަން ޖެހޭނީ ފަސް އަހަރުން ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޞާލިހުގެ ފުރަތަމަ 100 ދުވަހަށް ވެވަޑައިގެންނެވި ވައުދުފުޅުގެ 93 އިންސައްތަ ފުރިހަމަ ކުރައްވާފައިވާ ކަމަށެވެ.

މަހްލޫފް ވިދާޅުވީ ދެންހުރި ވައުދުތަކަކީ ވެސް 5 އަހަރު ތެރޭގައި ކޮށްދެއްވަން ވަޑައިގެންނެވި ކަންކަން ކަމަށާއި އެކަންކަން އެގެންދަވަނީ ރާވަވަމުން ކަމަށެވެ.

މިނިސްޓަރު މަހުލޫފު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ސަރުކާރުގެ ދުވެލި ރަނގަޅު ކަމަށާއި، ދުވެލީގައި މައްސަލައެއް ނޫޅޭ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން 93 އިންސައްތަ ވައުދު ފުރިހަމަވެފައިވާ ކަމަށް މަހްލޫފް ވިދާޅުވި ނަމަވެސް ރައީސް އޮފީހުން ވިދާޅުވެފައި ވަނީ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން ފުރިހަމަ ކުރެވުނީ 83 އިންސައްތަ ވައުދު ކަމަށެވެ.

ސަރުކާރުގެ ދުވެލި ރަނގަޅު ކަމަށް މަހްލޫފް ވިދާޅުވި ނަމަވެސް އެމްޑީޕީގެ މެންބަރުން ވެސް ހިމެނޭ ގޮތައް ވަރަށް ގިނަ ބަޔަކު ގެންދަނީ ސަރުކާރުގެ ދުވެލި މަޑުކަމަށް ބުނެ ސަރުކާރަށް ފާޑުކިޔަމުންނެވެ.

އެމްޑީޕީގެ ސަރުކާރު ގެންނަން ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު ވެސް ދާދި ފަހުން ވިދާޅުވެފައި ވަނީ ސަރުކާރަށް ހަތްމަސް ދުވަސް ވީއިރު ވެސް އެއްވެސް ނަތީޖާއެއް ނުނެރެވުނު ކަމަށެވެ.

އެމްޑީޕީގެ ސަރުކާރު ގެންނަން އެންމެ ބޮޑެތި ޚަރަދުތައް ކުރެއްވި އެއް ބޭފުޅާ ކަމަށްވާ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވެސް ވިދާޅުވެފައި ވަނީ ސަރުކާރު ނުހިނގާ ކަމަށާއި ދަރަނި ބޮޑުވުން ފިޔަވައި އިތުރު ކަމެއް ނުވާ ކަމަށެވެ.

ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތައް ލަސްކަމަށް ބުނެ ފާޑުކިޔާ ފަރާތްތަކަށް ރައްދުދެމުން ސަރުކާރުން ބުނެފައި ވަނީ ތަރައްޤީގެ ޕްލޭން ސަރުކާރުން ތައްޔާރު ކުރަމުން ގެންދާ ކަމަށާއި މަސައްކަތްތައް ކުރިއަށް ދާނީ ޕްލޭން ނިމުމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. މަކުނުދޫ / އާސިމް

    5 އަހަރު ނިމެންދެން ވެރިކަން ކުރެވޭނެހެން ހީވޭތަ؟ ރައްޔިތުން ވޯޓްދީގެން ހޮވީ 5 އަހަރުން ވަޢުދުތައް ފުއްދާކަށްނޫން ......ކަންކަން އަވަސް ކުރަންވީ ރައްޔިން ބޭނުންވާ ކަންކަން ނިންމަ ދޭންވީ ސުކުރިއްޔާ

    56
  2. ޖަމާލް

    ކަލެއަށް ރަނަގަޅުވާނެ މިހާރު ހުރިހާ ކަމެއްވެސް. ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެ. ތިހިސާބު އަތުނުލެވިގެން ކަލޭ އުޅުނުގޮތް.ހެހެހެ.

    65
  3. Anonymous

    ރައީސް މީހާވެސް ގަބޫލުކުރޭ ކަމެއް ނުވާކަން. މަހްލޫފު ތިއީ ކާކު؟ އާރެއް ބާރެއްނެތް މީހެއް. ޔޫތު މިނިސްޓަރުވީމަ، މީނައަށް ހީވަނީ، މީނައަކީ، ޕްލޭންގއާއި އަރބަން ޑިވެލޮޕްމަންޓާވެސް ހަވާލުވެހުރި މޮޅުމީހާއޭ. ތިއީ ހަމަ އެއްވެސް މީހެއްނޫން. ބްރޯ ފަނި އަޅުވައިދިން މީހާވީމަ އަގުވަޒަން ކުރުމުގެ ގޮތުން، މަހުންމަހަށް ރައްޔިތުންގެ ހަޒާނާއިން ބޮޑު ފައިސާގަނޑެއް ދެނީ.

    64
  4. ޏ މުލަކު

    ތިމާޔަށް ބޮޑު މަގާމާ ގިނަ ފައިސާ ލިބޭތީވެ ސަރުކާރުގެ ސްޕީޑް އޯކޭ އެކަމަކު މާދަންވެސް ކަނޑާލާފަ ގޭގަ މަޑުކުރަން އަންގާފިއްޔާ ސަރުކާރު ކަނޑަވާނެ. މި އިޅެނީ ހުސް އަމިއްލަ އެދުމުން ފޯވެފަ ތިބި މީހުން.

    65
  5. ޢަލީ

    މިނަ އަށާއި، އަންހެނުންނަށާ، ޅިޔަނަށް ބޮޑެތި މަޤާމު ލިބިފަ ހުރީމަ ގޯހެއް ނުފެންނާނެ

    33
  6. މީގޮނު

    ފުއްދޭނެ އެއްޗެއް އިތުރަކަށް ދެންނެތް! ދަތީގެ ކޮޅަށްލިޔަސް ހަމަ ޕަޓަޕަޓަ ކިޔާނީ.! މެކުނު ފުމުނަކަސް ގާހަކަޔަކަށް ނުފުމެވޭނެ!

    33
  7. މަންޖެ

    މީހަމަ ޑޮލަރު ބޮޑުވަގެއް

    30
  8. މަހޫ

    މަހުލޫފަކަށް ނުބުނެވޭނެ ތިހެނެއް. ސަރުކާރު ދުވެލި 0، ސަރުކާރު ނުހިންގިގެން ތިއުޅެނީ، ވެރިކަން ބޭނުމަސް ވެރިކަން ކުރަން ނޭންގެއްނޔާ ވާނީ ތިހެން. މަޑުމައިތިރިކަމުން ހަމަ ސަތޭކަ. ތިހެނ ކިޔައިގެން ހިފެހެއްޓޭތޯ ބަލާ ، ކަލޭމެން ތިޔަ ކުޅެނީ މުޅި ދައުލަތާ، ދައުލަތުގެ ހުރިހާ މުއްައްސަސާއެއް ތިޔަ ހަލާކުކުރަނީ، ކޮމިސަންތައް އެބަހުރި އެކަމު ކޮމިސަންތައް ހަދަމުން ތިޔަދަނީ ދުވާލަކު ދެއިރު ކާ ބެހެއް ގޮތަށް. މަހުލޫފު އަދި ވަރަށް ޅަކޮން ތިޔައުޅެނީ. މިވެރިކަން ރަގަޅަށް ކުރެވޭތޯ ބަލާ، ރާއްޖެ ޓީވީ އިންވެސް ރޭގަ ގެނައި ޕޮރޮގްރާމުގައ ބުނެފައިވަނީ ސަރުކާރު މާ މަޑުކަމަށް އަދި ދެއްކި ވާހަކަޔާ ކުރާ މަސައްކަތާ ދިމާ ނުވާކަން.

    29
    1
  9. ސާރިޔާ

    އަލަށް އުފަންވާ ކޮންމެކުއްޖަކަށް ދޭން ވަޢުދުވި ޟަރޫރީހަދިޔާވެސް ދޭނީ ފަސްއަހަރު ފަހުންބާ!؟ ދެން ޓީޗަރުންގެ މުސާރަތައް ޑަބަލްކޮށް އޯވަޓައިމް ލިމިޓް ކަނޑާލަނީވެސް ފަސްއަހަރު ފަހުންތަ؟ އަޅަންބުނި ދެ ބްރިޖް ( ނައިފަރު ހންވަރު 4 މޭލް ބްރިޖް ، އައްޑޫ ދެރަށް ކނޑުން ގުޅާލުމަށް 11 މޭލް ބްރިޖް ) ވެސް އަޅާނީ ފަސްއަހަރު ފަހުންތަ؟ މަސްވެރިންގެ ކާޑަށް ރުފިޔާ ޖަމާވާނީވެސް ފަސްއަހަރުފަހުންތަ؟ ލަދުގެންބަލަ ބުރާންޗާ!

    34
  10. ޞިރާޠު

    ދުވެލި ރަގަޅުވާނެތާ ކަލެޔަށް! ކަލޭ ތިހުރީ ބޮޑު ކޮރަޕްޝަނުން އަތްދޮވެލައިދީފަވިއްޔަ!

    35
  11. ބެއްޔާ

    100 ދުވަސް އަދި ހަމަނުވޭނުން. އަދި ހާސްވާކަށްނުޖެހޭ ވައުދުދާނީ އޮޓެމެޓިކުން ފުއްދެމުން.

    24
  12. ފާތުން

    މި ސޮރަށް މިނިސްޓަރކަމުގަ ހުރެވިއްޖިއްޔާ އެ ނިމުނީނު. މުސާރަޔާއި ކަޓާ ނަގަނަގައި ހުރެވޭނެނު. އެހެންވީމާ ސަނާ ކިޔާނެތާ. އެކަމަކު ހަގީގަތުގައި ހިތުގެ އަޑިން މި ސޮރުވެސް ބުނާނެ އެއް ކަމެއް ވެސް ނުވެޔޭ.

    24
  13. ޣަނީ

    ރާއްޖޭގެ އިގްތިސޯދު ކުރިއަރައިގެންދާތަން ގެނުމުން އިންޑިޔާއިންޖެހި މަޅިޔެއްގަ ބެދިފަ މަހުލޫފުމެންތިތިބީ އިންޑިޔާ ވަރައް ހެޔޮކަމައްހެދިގެން އުޅޭނީ ނަމަވެސް އަތުގައޮންނާނެ ދެމިޔަލީ ހަންޖަރެއް

    26
  14. ކުމާރު ސާނޫ

    ސަރުކާރުގެ ދުވެލި ކަމުނުދާނީ ކަލެއާ އަނބިމީހާގެ ވަޒީފާ ގެއްލޭ ދުވަހަކުން.. މިހާރުވެސް ކޮންމެ މަހަކު ސަރުކާރުން މަހުލަުފު ދަނީ ރީލޯޑު ދަނީ ކުރަމުން....ކަލެއަކީ ސިޔާސީ ގޮތުން އެއްވެސް ބުރަދަނެއް ހުރި މީހެއްނޫން.. ބޭކާރު އަނގަނުތަޅާ..ރީލޯޑު ވެގެން ގޭގަ އޮވެވޭތޯ ބަލާ..

    24
  15. ދަންނަ

    އައްދޭ ޔިޔަ ވެރިކަމަކީވެސް ރައްޔިތުން ނިންމިގޮތައް ޙަވާލުކުރި ވެރިކަމެއްނޫން ތިޔަވެތިކަމަކީ އެއުޅޭ ތިމަރަވަގަށް ރިޝްވަތުދީގެން އަދި ބިރުވެސް ދައްކައިގެން ފޭރިގަތް ވެރިކަމެއް

    27
  16. ސިތާރާ

    ކަންކަން ކާމިޔާބުކޮށް ނިންމާލެވުމުގެ އެންމެ ބޮޑު ސިއްރަކީ ރަނގަޅަށް ޕްލޭންކުރުން .. ކުޑަކޮށް ލަސްވިޔަސް ރަނގަޅަށް ޕްލޭންކުރުން އެންމެ މުހިންމީ. ޤަވްމަކަށް ބަލާއިރު 7 މަސްތެރޭ ކަންކަން ކޮށްފަ ނުދެއްކިގެން އުޅޭކަށް ނުޖެހޭ،، ވިސްނޭ އެއްވެސް މީހަކު އެބާވަތުގެ ވާހަކަ މިހާ އަވަހަކަށް އަދި ނުދައްކާނެ.. ޚަރަދަކީ ވެސް ކަންކަން ފަށައިގަންނަވަގުތު ވަރަށް ބޮޑުވެގެން ދާއެއްޗެއް.. ނަމަވެސް ހަމަޔަކަށް އެޅެންޖެހޭނެ 3 އަހަތު ވަރުވާއިރު .. ޓައިމް ޕީރިއަޑެއް އިންނަންވާނެ ކޮންމެ ޓާސްކަކަށް ވެސް.

  17. ހޯހޯ

    ކަލޭމެނަކަށް 10 އަހަރު ދިނަސް ފުއްދޭނެ ވަޢުދެއް ނެތް.

  18. ޙަސަނުބެ

    މީ ބޮޑުބައިސާބެ. އަބަދުވެސް ފޮނިކެނޑުން. ތިމާއަށް ނުކުޅަދާނަވަރުގެ ބޮޑު މަޤާމެއް ލިބުނީމާ ވާގޮތް.

  19. ރީލޯޑު ވަޒީރު

    ނައިބުރައީސުގެ އަނބިކަނބަލުންގެ ފިރިކަލުން ފަކީރު ދޯ ދެން.

  20. ދދދދދ

    ކަލޭ ތީ އަގަލައެއް ހަޔާތެއް ހުރި އެއްޗެއް ނޫން. ކަލޭ ތިހެން ކިޔާ އެއްޗަކީ މީހަކު އަޅައެއްލާނެ އެއްޗެއް ނޫން.