ފަނޑިޔާރުން ޗުއްޓީގައި ތިއްބެވި ނަމަވެސް އެފަނޑިޔާރަކަށް ދަންނަވައި، އެ ފަނޑިޔާރަކަށް ކޯޓަށް ޙާޒިރުވެވޭނެ ފަދަ ޙާލަތެއްގައި ހުރި ނަމަ، ޝަރީޢަތެއް ނިންމެވުމަށް ބާއްވާ ޙުކުމްކުރުމުގެ ޝަރީއަތުގެ މަޖިލީހުގައި ބައިވެރިވެވޭނެ ކަމަށް ހައިކޯޓުގެ ފަނޑިޔާރުންނަށް ފެންނާތީ އެ ގޮތުގެ މަތީން ޢަމަލުކުރުމަށް ހައިކޯޓުގެ ފަނޑިޔާރުން 2011 ޖޫން މަހުގެ 30 ވަނަ ދުވަހު ނިންމާފައިވާ ކަމަށާއި މިއަދާ ހަމަޔަށްވެސް ހައިކޯޓުގެ ފަނޑިޔާރުން ދަނީ އެ ނިންމުމުގައިވާ ގޮތުގެ މަތިން ޙުކުމްކުރުމުގެ މަޖިލިސްތަކުގައި ބައިވެރިވަމުން ކަމަށް ހައިކޯޓުން ވިދާޅުވެއްޖެއެވެ.

ހައިކޯޓުން މިހެން ވިދާޅުވީ "ބައެއް ނޫސްތަކުގައި ލިޔެފައިވާ ޚަބަރުތަކުގެ ސަބަބުން ޢާންމު ރައްޔިތުންނަށް ޙަޤީޤަތް އޮޅިފައި އޮވެދާނެ ކަމަށްޓަކައި، އެކަން ހާމަ ކުރުމަށް" މިއަދު ނެރުއްވި ބަޔާނެއްގައެވެ.

ހައިކޯޓުން ވިދާޅުވީ ކޮންމެ ފަނޑިޔާރަކީވެސް ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އޭނާގެ ހުރިހާ ވަގުތެއް ތަޚްޞީޞްކުރާ މީހަކަށް ވާން ޖެހޭއިރު، ކޯޓުގައި ޙުކުމެއް ކުރަން ޖެހޭ ޝަރީޢަތެއްގައި ނުވަތަ ވަކި ޢަދަދެއްގެ ފަނޑިޔާރުން ހިމަނައިގެން ކުރިއަށް ގެންދަން ޖެހޭ ޝަރީއަތެއްގައި ނުވަތަ އެ ނޫންވެސް އެ ފަނޑިޔާރަކު ބައިވެރިކޮށްގެން ނޫން ގޮތަކަށް އެ މައްސަލައިގައި ފައިޞަލާކުރެވެން ނެތް ކަމަށް ބެލެވޭ ޙާލަތްތަކުގައި، ފަނޑިޔާރަކު ޗުއްޓީގައި ހުންނެވިއަސް، މައްސަލައެއްގެ ޙުކުމް ކުރުމަށްޓަކައި ފަނޑިޔާރަށް ދަންނަވައިގެން ފަނޑިޔާރު ކޯޓަށް ހާޒިރުކޮށް ޙުކުމް ކުރާ ކަމަށެވެ.

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ޚިޔާނާތުގެ މައްސަލައެއްގައި ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން ހުކުމް ކުރެއްވީ ޗުއްޓީގައި ހުންނަވައިގެން ކަމަށް ބުނެ އޭނާގެ ސުލޫކީ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އިއްޔެ ވަނީ ހުށަޙަޅައިފަ އެވެ.

އެމައްސަލަ ޖޭއެސްސީ އަށް ހުށަހެޅީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    ޙުކުމް ކިޔެއްކުރަން! ބޮޑު އަށި ދޮށުގައި ނިދާފައި އޮތަސް ވަގަށްވެސް ނެގޭނެ! ޖޭއެސްސީ ރައީސް އެ ހުންނެވީ ތަޖުރިބާއާއެކު އެކަން ކުރައްވަން!

  2. ރާބެ

    ވަކި މީހެއްގެ މައްސައިލަ ހުކުމް ކުރަން ވީމަ އެކަނިތޯ ނުކުންނަން ޖެހެނީ..؟؟؟؟