ރާއްޖެއިން، މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް ބާއްވަން ތައްޔާރީ ތަށް ވާން ފަށައިފިއެވެ.
މިމަހުގެ 17 އަދި 18 ގައި ބާއްވަން ހަމަޖެހިފައިވާ މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް ކޯ ހޮސްޓް ކުރައްވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ފިނޭސް މިނިސްޓަރު އިބްރާހީމް އަމީރެވެ. މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް އަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މަލްޓިލޭޓަރަލް ބައްދަލުވުމެވެ.
މި ބައްދަލުވުމުގައި ގިނަ ގައުމުތަކުންނާއި ބައިނަލް އަގްވާމީ ބޮޑެތި ޖަމިއްޔާތަކުން ބައިވެރިވާނެއެވެ. މި ފޯރަމްގައި މި ސަރުކާރުން ކުރިއަށް ގެންދާ ބޮޑެތި ޕްރޮޖެކްޓްތަކުގެ އެޖެންޑާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސް ވުމުގައި ސޮއި ކުރެވިގެން ދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ޕާޓްނާޝިޕް ފޯރަމްގައި ބައިނަލްއަގްވާމީ މުޖްތަމައުގެ އެހީތެރިކަން ސަރުކާރުން ބޭނުންވާ މައިގަނޑު ފަސް ދާއިރާއަކުން ޕެނަލް ޑިސްކަޝަންތައް ބާއްވައި، މައުލޫމާތުދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އެދާއިރާތަކަކީ މާލީ އަދި އިގްތިސޯދީ ދާއިރާ، ނޫ އިގްތިސާދު، އިޖްތިމާއީ ދާއިރާ، އިދާރާތައް ހަރުދަނާކުރުން، ޕްރައިވެޓް ސެކްޓާ އާއި ގުޅިގެން ތަރައްގީކުރުމެވެ.
ސަރުކަރުން މި ފޯރަމަށް ކަނޑައަޅާފައިވާ ޝިއާރަކީ "އިންވެސްޓިން އިން އަ ރިޒިލިއެންސް އެންޑް ސަސްޓައިނަބަލް މޯލްޑިވްސް" އެވެ.
ބެރު މީހުން ތައްޕާހަށް ވެއްޓިގެން އެހީ ހޯދުން ނޫން ކަމެއް މިބސަރުކާރުގައި ނެތޭ. ހައިރާންވެ އަންތަރީސް ވެއްޖެ.
ތިކަމުންވެސް ސާފްކޮށް އެގެނީ މި ސަރުކާރުގައި ލައުކަމެއް ނެތްކަމެވެ. އަމިއްލަޤަވްމަށް އާމުދަނީ ވަންނާނޭ މަގުތައް ތަނަވަސްކުރަން ނޭނގި ނާށިގަނޑުހިފައިގެން ނުކުމެ މިޙުންކައިރީގައި "ދީބަލަ ، ދީބަލަ" ގޮވުމަކީ ޤަވްމެއްގެ ފެންވަރުގައިވެސް ދީނުގެފެންވަރުގައިވެސް ލަދުހުރިކަމެކެވެ.
ކޮބާ، އެއްކަލަ ބާ މުދަލަށް ދޭ ކްރެޑިޓް ފެސިލިޓީ، 800 މިލިއަން ޑޮލަރުގެ މުދާ އިންޑިޔާގެ ވިޔަފާރިވެރިންގެ އަތުން މިސަރުކާރަށް ގަނެވިދާނެ. 800 މިލިއަން ޑޮލަރު + އިންޓެރެސްޓް 6 ޕަސެންޓް. ވީމާ ޖުމްލައަކީ، 848 މިލިއަން ޑޮލަރު އިންޑިޔާއަށް ލިބޭނެ. މީގެ އިތުރަށް، ދިވެހި ރާއްޖެއިން އިންޑިޔާ މީހުންނަށް ވަޒީފާ ޔަގީންކޮށްދޭންޖެހޭނެ. އިންޑިޔާއަކީ ވަޒީފާ ނެތިގެން ރައްޔިތުން ސަރުކާރު ފަހާ ދުވާތަނެއް. މޯދީ އެހޮވުނީ އެތާނގެ ރައްޔިތުން ވޯޓުން ނޫންކަމާ، ޒައިނިސްޓް އެޖެންޓުން ފަރިތަ ކަމާއެކު ކުޅެލާ ޓެކް އިންކަން ނުދަންނަ މީހަކު ދުނިޔޭގައިވެސް ނޫޅޭ.
ސަލާން ޖަހަންވީނުން.
ބަލަގަ ކަލެއެއްނު ބުނީ ޔާމީން ސަރުކާރުން 5 އަހަރުން ހޯދި ހިލޭ އެހީ މި ސަރުކާރުން ހޯދީ 3 މަސްދުވަހުންނޭ! ކޮބައިހޭ ތި ހޯދި އެހީ! އެއީ ކަލޭގެ ގޭ ބޮޑުއަށީގައި އޮއްވައި ލިބުނު އެހީއެއްނޫން! އެއީ ދިވެހި ރައްޔިތުންގެ ހައްޤެއް! އެ ލިބުނު އެތިކޮޅު ކާފައި އަދިވެސް ކެވުނު ވަރު މަދުވެގެންތަ ތި އުޅެނީ!
ޖީވަންޓޭ އުޅޭ ގޮތުން ލަދުން ބޯހަލާކު. އަހަރުމެން މުޅި ދުނިޔޭގަ ފަޟީހަތް ކޮށް އަގު ވައްޓާލައިފި.
ވަން ޑޮލަރ ، ވަން ޑޮލަރ ، ވަން ޑޮލަރ ސަރުކާރު. ޓުވަރގައިޑް ސަރުކާރު. ބޯހަލާކު
ބޭރު ގައުމު ތަކުން މިތާ ކުރި އިންވެސްޓް މަންޓް ގެތެރޭ ހިމެނޭ ހައުސިން މަސްރޫއުތަކަށް ހެދި ގޮތުން މިރާއްޖެ އަކަށް ހައުސިން މަސްރޫއުތަކަށް ފަންޑް ކުރާނެ ބަޔަކު ދެނެއްނުވާނެ.ތިޔަ ބައްދަލުވުން ބޭއްވިޔަސް އެހީ ނުލިބޭނެ. ސަބަބކީ ރާއްޖެ ފަގީރު ގައުމުތަކުގެ ލިސްޓުން ތަރައްގީވާގައު ތަކުގެ ލިސްޓަސް ޕްރޮމޯޓް ވެފައިވާތީ އަދިވެސް އިތުރު ސަބަބުތައް ބައިވަރު 2008 ގަ ބޭއްވި ޑޯނާ ކޮންފަރެންސް މަތިން އެމްޑީޕީ ހަނދާން އެބަހުރިތަ ؟ އެފަހަރު ވެސްއެއްބަޔަކު އެކައްޗެއްވެސް ނުދިން ދޯ މިހާރު އަމުދުންނުދޭނެ. މިހާރުވެސް ވޯލްޑް ބޭންކުން އެބުނީ ރާއްޖެ ދަނީ ފަހަތަށޭ . ސަރުކާރަށް އަންނަ ބަދަލަކުން ފަހަތަށް ދާންވީ ކީއްވެ ؟ ހުރިހާ ވެސް ސަބަބަކީ ހައުސިން އާ ތަރައްގީގެ މަސްރޫއުތައް ހުއަޓުވާލުމުގެ ނަތިޖާ .
ސަލާން ޖެހުމުގެ ރޮގުން ޝަރަފުވެރި ކަމުގެ އިނާމު ހައްގު
ތިވަރުން ތިކަމެއް ވާނެހެން ހީނުވެ.
ރާއްޖެ ބަނޑައް ޖެހުނީތަ ތިއުޅެނީ އެހީ ނުލިބިގެން. މިތާގަ އެތަކެއް ޓުއަރިސްޓު އާ ރިސޯޓުތައް އެބަހަދާ.. ގެސްޓުން އަންނަ އަދަދު އިތުތުރަކަމައް ނޫހުގަ އެބަޖަހާ.. ވީއިރުދެން ސަރުކާރައް ވެގެން މިއުޅެނީ ކީއްތޯ ބަލަން އެބަ ޖެހޭ.. އިންވެސްޓާރ ފޯރަމްތައް ބެއްވުމުގެ ބަދަލުގައި މި ފެންނަނީ އެހީ ހޯދަން ސަލާންޖަހަން ނާށިގަނޑު ދިއްކުރާމަންޒަރު.