މިސަރުކާރުން ހިންގާ ބޯހިޔަވަހިކަމުގެ މަޝްރޫޢު އިއުލާން ކުރާނީ ދެތިން މަސް ފަހުން ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫޢު އިއުލާން ކުރާނީ ދެތިން މަސް ފަހުން ކަމަށް ވިދާޅުވީ ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު އެވެ.

ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫޢެއް ސަރުކާރުން މިހާތަނަށް އިއުލާން ކުރައްވާފައެއް ނުވެއެވެ. ބޯހިޔާވަހިކަމުގެ މަޝްރޫޢެއް އިއުލާން ކުރާނީ ދެތިން މަސް ފަހުން ކަމަށް ސަރުކާރުން މިއަދު ވިދާޅުވި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ތައްޔާރުވަމުން ދިޔަ ދުވަސްވަރު ކެމްޕޭން ޖަލްސާއެއްގައި ރައީސް ޞާލިހް ވަނީ ވަރަށް އަވަހަށް މާލޭގައި ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫޢުއެއް ފައްޓަވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް ޞާލިހް އެހެން ވިދާޅުވިތާ ވެސް މިހާރު ދެ މަސް ދުވަސް ވެއްޖެއެވެ.

ރައީސް ފައްޓަވަން ވިދާޅުވި ބޯހިޔާވަހިކަމުގެ މަޝްރޫޢު އިއުލާން ކުރަން ސަރުކާރުން މީޑިއާތަކަށް އެދުވަސްވަރު ދައުވަތު ވެސް ދެއްވެވިއެވެ. ނަމަވެސް ފަހުން ވަނީ ރަސްމިއްޔާތު ކެންސަލް ކުރައްވާފައެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫޢެއް މިސަރުކާރުން ނުފެށި ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މަސައްކަތް ފެށި 7000 ފްލެޓްގެ މަޝްރޫޢުއަށް ބަދަލުތަކެއް ގެނެސް ފްލެޓްތަކުގެ އަދަދު ވަނީ މަދުކޮށްފައެވެ. އޭގެ ތެރެއިން ދެން އެޅޭނީ 3588 ފްލެޓް ކަމަށް ހައުސިންގ މިނިސްޓަރު އައިމިނަތު އާތިފާ ވަނީ ކުރިން ވިދާޅުވެފައެވެ.

ރައީސް ޞާލިހް ވެސް ވަނީ ޔާމީން ސަރުކާރުން އެޅި ފްލެޓްތައް ތާޅަލަން އެމަނިކުފާނު ވަޒީރުންނަށް ލަފާ ދެއްވާފައި ވާނެ ކަމަށް ޖަލްސާއެއްގައި ވިދާޅުވެފައެވެ.

"އިހަށް ދުވަހު އިކޮނޮމިކް ކޮމެޓީގައި އަޅުގަނޑު ބުނިން ހިނގާށޭ އެތަން ތަޅާލަން، ބޭނުމެއް ކުރެވޭނެ ތަނެއް ނޫނޭ، އެއަށްވުރެ ރަނގަޅު ވާނޭ އެތަން ތަޅާފަ އެހެން ތަނެއް ހެދިއްޔާ، މިތަނަށް ވަދެ މީހަކު ދިރިއުޅޭނެ ގޮތެއް އަޅުގަނޑަކަށް ނޭނގޭ،" ރައީސް ޞާލިހް މިދިޔަ މާޗް މަހު ވިދާޅުވިއެވެ.

ސަރުކާރު ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫޢެއް މިހާތަނަށް ފަށާފައި ނުވާއިރު ސަރުކާރުގެ ސްޕީޑް ދަށް ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. Anonymous

    ހަމަ ހަޤީޤަތުގެވެސް މިސަރުކާރު ވަރަށް ނާޤާބިލް. ބުނާ ބަހެއްގަ އެއްވެސް އިތުބާރެއް ނެތް. ރައީސް މީހާގެ ދުލުން ބޭރުވަނީ ހުސް ދޮގު. އިޙްލާޞްތެރިކަމުގެ ކަންފުޅެއްވެސް ނެތް.

    117
    1
  2. އަހަންމާ

    އެނގިދާނެތާ! 3 މަސް އެއީ ހަމަ ތިންމަހަށްތޯ ވަނީ ނޫނީ، ބަންދު ދުވަސްތަކާއި، އަވިނުދޭ ދުވަސްތަކާއި، އަވިދޭ ދުވަސްތަކާ ވިއްސާރަ ވެހޭ ދުވަހާއި، ވިއްސާރަ ނުވެހޭ ދުވަހާއި، ދުނިޔެއަށް ވައިޖެހޭ ދުވަސްތައް ކަނޑާފަތޯ ބަލަން އެބަތިބިން! ރައްޔިތުން ކެތްކުރާނީ ވަކި މިންވަރކަށް. 1 އަހަރު ތެރޭ ހަމައެކަނި ސޮޔަކުން ނުފުދޭނެކަން ޗަކޮއެވެސް ވާނެ ގަބޫލުކުރަން.

    108
    • އަހަންމާގެ ދަރި

      ވެރިކަމަށްވެސް އަދި 3 މަސް ވީ ކަމެއް ނޭގޭ.....

      42
  3. މޫސަ

    މިސަރުކާރުން ކަމެއް ކުރާނީ ކިހިނެއް މިދިޔަމަހު ވެސް ލިބުނު އަޢްމުދަނީއަށް ވުރެ ޚަރަދު ބޮޑު. މިހާރުވެސް އެޑިޔުކޭޝަނުން ޚަރަދު ކުޑަ ކުރަން ވެގެން ސްކޫލުތަކުގެ މީހުނަށް ނޯޓިސް ދެމުން އެގެންދަނީ.

    42
  4. ހޯހޯ

    ދުވަހަކުވެސް އެބުނާ މުއްދަތެއް ހަމައެއް ނުވާނެ! ކަމެއްކުރާން ނޭގުނީމަ ވާގޮތް އެވަރުގެ ހިތްވަރެއްވެސްނެތީ.

    36
  5. ރާޅު ބޯއީ

    ކޮންމެވެސް ގައުމަކުން އެހީއެއް ލިބެންދެން އުތަ ތިމަޑުކުރަނީ. މުޅި ގައުމު އިންޑިއާއަށް ދަރާ ވިއްކާލައިފިޔޭ. ތިމާމެންނަށް ބާރެއް ލިބުނީމާ އަދަލުއިންސާފުގެ ހުރުމަތް ކަނޑައި ހަމައެއް ލަމައެއް ނެތި ގާނޫނު އަސާސީއާ ޚިލާފަށް ފަނޑިޔާރުންތައް ވަކިކޮށް ގައުމުގެ ދުސްރޫރީ ނިޒާމް ފުނޑާލައިފި. މިކަމުގެ ހިތި ކަލޭމެންނަށް ފެންނަން މާގިނަ ދުވަހެއް ﷲ އިރާދަކުރެއްވިއްޔާ ނެތްކަން ދަންނާށެ.

    19
  6. ސާހިލް

    ކަލޭގެ ވަޢުދެއް އެއީ ދިވެހި ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ފްލެޓެއް ދިނުން. އޮޅުވާނުލާ! އިންތިޒާރުގަ މިތިބީ

    51
  7. ރާބެ

    ކަމެއް ކުރެވޭނީ ޢިލްމެއްވެސް ހުރެގެންނެވެ. މިއަދުގެ ރައީސަކީ ސަންގޯރެކެވެ. ގްރޭޑް 9 ގެ ފެންވަރުވެސް ނެތެވެ.

    42
    2
  8. ނަމަ

    ހަފުތާގެ 06 ދުވަސް ނުހިމެނޭ ގޮތައްބާ އަނެންކާ ދެތިން މަސް ގުނާނީ

    40
    1
  9. ކުޑަބަޖަރާ

    ދެތިނެއް ވީމާވާނީ ހައެއް.

    33
  10. ޏ

    މި ސަރުކާރުގެ ވައުދުތަކަށް ވަނީ ރައްޔިތުންގެ އިތުބާރު ގެއްލިފަ.. ސަރުކާރު ބަދަލުކުރަން މަސައްކަތް ކުރަންވީ..

    42
  11. ރައްދު

    ގޮތްދައްކަން ތަންތަން ތަޅާސުންނާފަތި ނުކުރުމަށް
    ސަރުކާރަށް ގޮވާލަމެވެ ހަދާފައިވާ އިމާރާތްތަކަކީ
    ރައްޔިތުންގެ ފައިސާއިން ޚަރަދުކޮށްގެން ހަދާފައި
    ހުރި ތަންތަނެވެ މޑޕ ހަރުގެއިން ލިބިފައިހުރި
    ފައިސާއެއްނޫނެވެ އެއްވެސްތަނެއް ތަޅާލައިފިނަމަ
    އެކަމުގެ ދައުވާ ކުރެވޭނެއެވެ.

    46
  12. Anonymous

    02 ތިން މަސްވާއިރު ބޯހިޔާވަހިކަމަށް ސަލާމްޖަހަމުން ފައިކުރުކޮށްގެން ނިދަން ތިބެ އެކަމާ ވިސްނާ ފިކުރުކުރަމުން ދުނިޔެއަޅާ ދާނި

    27
    1
  13. އަހުމަދު މުހައްމަދު

    ތިތާ ނެތް ބޮލެއް ހުރި ހަމަ ބުއްދި ހުރި އެކަތިވެސް. ހުސް ސެޓްފިކެޓް ގަނެފަ ތިބި މީހުން. ތަޖުރިބާ އެއް ނެތް ބަޔަކާއި ސަރުކާރު ހަވާލު ކުރީމަ ވާނެ ގޮތް. އެކަމް ޔާމީންގެ ކިބައިން ސަލާމަތް ކުރަން އެޅުނު ޅައެއްޗެއްކަން މިއަދު އަހަރެމެންނަށް ވިސްނޭ. ދެން ފެންނާނީ ތަންތަން ނުހިންގިގެން މީހުންނަށް ތަންތަން ދީ ބަހާލާތަން. ބުނާނެ މިއީ އޭ މިކަން ކުރާ ގޮތަކީ. ގައުމެއް ހިންގަން ނޭނެގޭނަމަ ޔާމީން އެހެރީ ދުރުކޮށްފަ. އިސްތިއުފާ ދީފަ އިންތިހާބެއް ބާއްވަން ވީ ނޫންތޯ. ކޮބާތޯ ބުނި ވެށިފަހި ޕްރޮގްރާމް. މިއީ އަތުން އެއްޗެއް ދާނެ އެއްޗެއް ނޫން. މިވަރުވެސް ކޮށްލަން ނޭނގުނީމަ ލަދުން އިސްތިއުފާ ދޭން ނުވޭތޯ ؟

    45
    1
    • ސީމާ

      ޢިބޫ ނުޖެހޭ ފްލެޓްތައް ތަޅާކައް ފްލެޓެއް ކަލެއަކަށް ނުތެޅޭނެ، ކީއްވެތަ ރައްޔިތުން ނަށް ތިތާ އުޅެވެން ނެތްތޯ ބެލުމުގެ ފުރުސަތު ނުދެވިގެން ތިއުޅެނީ، ތިތާނުގަ އުޅޭނީ ރައްޔިތުން، ރައްޔިތުންނަށް ތިތަންދައްކަން އިބޫ އަށް ގޮވާލަން ތި ތަން ހުރީ އުޅެވޭގޮތަށްތޯ ނޫނީ ނޫންތޯ ނިންމާނީ ރއްޔިތުން

  14. ދދދދދދ

    ބަންދު ދުވަސްތައް ލައިގެންތޯ 3 މަސް ގުނަންވީ. ކުރީ ބައިގަ އަނގަވާލައްވައްޗޭ.

    18
  15. ކިނބޫ

    ކަރަންޓް އަގު ހެޔޮ ކުރި ގޮތަށް ބޯހިޔާވަހިކަން ނުދޭތި އަނެއްކާ. މިހާރު މިއުޅޭ ހާލުގަވެސް އޭރުން ނޫޅެވޭނެ.

    25
  16. ޥަތަން

    ޢެއްސަރުކާރުން ކުރި މަސައްކަތެއް އަނެއް ސަރުކާރަކުން ހަލާކު ކުރުމުގެ ބަދަލުގައި އިތުރަށް ފްލެޓް ޢަޅާ ކުރިންނުލިބި ތިބި މީހުނަށް ދިނުމަށް ދިވެހިރައްޔިތަކަށްވާތީ ގޮވާލަން! ޜައްޔިތުންގެ ފައިސާ ބޭކާރު ނުކޮށް އިސްރާފު ނުކުރޭ! މިއީ ދިވެހިރައްޔިތުންގެ ގައުމެއް! އަބަދަކު އެއްބަޔަކު ވެރިކަމުގަ ނުތިބޭނެ! ޑިމޮކްރަސީގެ ނަމުގަ ބަދަލު ހިފުމަކީ ނާތަހުޒީބު ކަމެއް!

    14
  17. ާރާނީ

    ކިހިނެއް ތިންމަސް ހަމަކުރާނީ ސަތޭކަދުވަސް އަދިވެސްހަމަނުވޭ

    18
    1
  18. ސޫތު

    އެތައްމިލިޔަން ރުފިޔާ ހަރަދުކޮއްފައިވާ ތަނެއްތަޅާލީ މަފައިދާތޯވާނީ ..ގެއްލުންތޯވާނީީީީީ....ހީހީހީ

    13
    1
  19. ދިވެހިން

    ޖަޒީރާވަންތަކޮށް ހިޑަން އެޖެންޑާ 19 ގެ ދަށުން 3 މަސްގުނާނުނިމޭނެ ކަންނޭނގެ 5 އަހަރު ނިމޭއިރުވެސް

  20. އިބުރާހީމް

    2019 އޭޕްރީލަށް ހަވާލުކުރަން ސަރުކާރުން ވައުދުވީ 7000 ފުލެޓް ކޮބާ. 2 މަސްވީ. ކިލިދައްކައިގެން މިތިބެނީ. ފްލެޓް ނުދީ ދާ ދުވަސްތަކަށް ބަދަލުހޯދަން ކޯޓަށް ދާނަން. ވަކި ސަރުކާރެއް އައުމަކީ ރައްޔިތުންނަށްދޭ ޚިދްމަތް މެދުކެނޑޭނެ އުޒުރެއްނޫން. ސަރުކާރުން ޒިންމާ ނަގަންޖެހޭނެ. 7000 މީހުންގެ ދިރިއުޅުމުގެ ހަރަދުގެ ބަދަލަށް ތައްޔާރުވެ... ހަމައެކަނި ދީބާޖާ އަކަށް ނޫން ބަދަލު ދޭން ޖެހޭނީ...

  21. ދަވްތޫރް އަބުދުލް އަޒީޒް

    ބޯހިޔާވަހިކަމުގެ ވާހަކަ ދައްކާއިރު 1978އަހަރާ ހަމަޔައް ސަރުކާރަކުން ރަށްޔިތަކަށް ގޯއްޗެއް ތިޔަވިދާޅުވާ ބޯހިޔާވަހިކަމެއް ވިއްކާފައެއްނެތް މީސީދާ ރާވައިގެން 1978 އަހަރު ފެއްޓި ގޯތިނުދީ ރަށްޔަތުން އަޅުވެތިކުރާ ސަގާފަތެއް ރަށްޔަތުން ނިކަމެތިކޮށް ފަސޭހަކަމާއެކު ވޯޓްހޯދަން ހިންގާ ޕުރޮގުރާމެއް ކޮންމެ ސަރުކާރަކުންވެސް ބަލަނީ ރަށްޔަތުން ނިކަމެތި ކުރާނެ ގޮތެއް ފުލެޓް ވިޔަފާރި އަކީ މިއަދު ސަރުކާރުންހިންގާ ޖަރީމާއެއް ވިސްނާ ފުލުޓްގެނަމުގައި ސަރުކާރުން މިހިންގަނީ ރިޔަލް ސުޓޭޓް ބިޒްނަސް މީގެ ބޭނުމަކީ ރަށްޔަތުން އަޅުވެތިކޮއް ޕާޓީހިންގަން ފައިސާހޯދާ ވޯޓްހޯދަން ފަސޭޔަކަށް މިމާލެފިޔަވާ ހުރިހާރަށަކުން ގޯތި ހިލޭ ދޫކުރޭ ހަމަ އެކަނި މާލޭގެ ރަށްޔަތުން މިގަންނަން ޖެހެނީ މީނަސްލީ އިމްތިޔާޒަކަށްނުވޭތޯ ތިބޭފުޅުން ކަަލްކިޔެލޭޓް ކޮއްލައްވާ އެވިދާޅުވާ 3588 ކާ 11000ރުފިޔާއާ=39468000 ރުފިޔާ ނިކަމެތި ރައްޔަތުން އަތުން ސަރުކާރަށް ނަގާ މީހިދުމަތެއްތޯ ނޫނޫ ވިޔަފާރިތޯ

  22. ސޯކާބެ

    މިގޯތިގެދޮރުގެ ދަތިކަން ފެށުނީ އެދިގުރާސްތާ 30އަހަރު ބިންތައް ހިސޯރު ކޮއްގެން މާލޭގެ ރަށްޔަތުންނަށްގޯތި ނުދީ ރަށްޔަތުން އަޅުވެތި ކުރަން ރަށްޔަތަކު އަރާމުދިރިއުޅުމެއް އުޅެފާނެތީއާއި ރަގަޅު ދަރފަސްކުޅެއް އުފެދި ނިކަމެއްޗެއްގެ ދަރިޔަކު ވެރިކަމަށް އައިސްދާނެތީ ކޮބާތޯ ބިންތައް ހިސޯރުކޮއްގެން ވިފައިދާއަކީ ޙުދުތިމާމީހާގެ ކާފަދަރިންވެސް މިވީ ގޯތިގެދޮރަށް އަޅުވެތި މާލޭގެ ކިތައް މެންބަރުން މެންބަރުކަން ކުރަށްވާ އަދި ފައިބައި ވަޑައިގެންފީ ހުދު އެބޭފުޅުންނާއި އެބޭފުޅުންގެ އަނބިދަރިންނައްވެސް ގާނޫނީގޮތުން ލިބިއައި އޮއް ގޯތިގެދޮރުގެ ހައްގު ގެއްލުވާލާފައި އެތިއްބެވީ މިހާރުވެސް ރަށްރަށުން ހިލޭ ބިން ދޫކުރޭ ބިންތައް ހިސޯރު ކުރިމީހާގެ ކާފަދަރިޔަކަށްވެސް ނުލިބޭ އެބިންތައްވީ ބޮޑުފިތުނައަކަށް އޭގެބަދަލުގައި ލިބެނީ ރަށްޔަތުންގެ ބަދުދުއާ އާއި ނަފްރަތު އިހުތިރާމްގެ ބަދަލުގައި ވިސްނާ މިދުނިޔެ ހިގާ ގޮތް

  23. ހައިޕް

    އަހަރެން ބުނީ ކޮންމެ ސަރުކާރުން ނިކަމެތި ރައްޔިތުން ނަން ބޯހިޔާވަހިކަން ދިނުމުގެނަންމަތީގައި ފުލެޓް އަޅަނީ އެކަމަކު ފުލެޓް ލިބެނީ ގެދޮރު ހުރި މީހުންނަން އެހެންވެ ނޫންތޯ ފުލެޓް ކުއްޔަން ދީފައި އެހުންނަނީ ފުލެޓް ލިބޭ ވެރިފަރާތް ގެދޮރު ނެތިގެން ފުލެޓް ލިބޭނަމަ ދިރިއުޅޭނީ ކުއްޔަން ނުދެވޭނެން ނޫންތޯ