ސްޓޫޑެންޓް ލޯނަށް އެދި 62 ދަރިވަރުން މިހާތަނަށް ހުށަހަޅާފައިވާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެެވެ.

މިއަހަރުގެ މޭއި މަހުގައި ހުޅުވާލެވުނު ސްޓޫޑެންޓް ލޯނަށް އެދިފައިވާ ގިނަ ދަރިވަރުން ޑިސްކޮލިފައިވާތީ އެ ފުރުސަތު އިއްޔެ އަލުން ހުޅުވާލައިފިއެވެ.

އެ މިނިސްޓްރީން މިއަދު ވިދާޅުވީ، ޖޫން މަހުގެ ލޯން ސްކީމަށް މިހާތަނަށް 62 ފަރާތަކުން ހުށަހަޅާފައިވާަމަށެވެ.

ސްޓޫޑެންޓް ލޯނަށް 242 ޖާގަ ހުޅުވާލުމުން 993 ދަރިވަރުން ވަނީ ލާފައެވެ. އެހެން ނަމަވެސް ޝަރުތު ހަމަވެގެން ފުރުސަތު ލިބުނީ 79 ދަރިވަރަކަށެވެ. މިފަހަރު ހުލުވާލާފައިވަނީ ބާކީ 163 ޖާގައަށެވެ. ދެވަނަ ފަހަރަށް ހުޅުވާލި ފުރުސަތަށް ކުރިމަތިލުމުގެ ސުން ގަޑިއަކީ މިމަހުގެ 24 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިންނެވެ.

ދެވަނަ ފަހަރަށް ލޯނަށް އެދި ފުރުސަތު ހުޅުވާލި އިރު ކުރިއާއި ހިލާފަށް ދަރިވަރުން ބޭނުންވާ ކޮންމެ ޤައުމެއްގެ ސްކޮލަޝިޕަކަށްވެސް އެދި ހުށަހެޅޭނެކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

އެހެން ނަމަވެސް %100 ލޯނު ކަވަރު ކޮށްދޭނީ އެމިނިސްޓްރީން ކަނޑައަޅާ ގައުމުތަކުން ކިޔެވުމަށް އެކަނި ކަމަށްވެސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފާތުމަތު ނާޒު

    ޝަރުތު ހަމަވެގެން ލޯނު ހަމަޖެހުނު ކުދިންގެ ތެރޭގައި 49 ޕޮއިންޓް ލިބިފަތިބި ކުދިންވެސް ހިމެނޭ. ސެޓްފިކެޓް ތަކުގެ ދެފުށް ހުށަނާޅާތީ ޑިސްކޮލިފައި ކުރި ކުދިންގެ ތެރޭގައި މިއަށްވުރެ ރަނގަޅު ނަތީއްޖާ ލިބިފަތިބި ކުދިން އެބަތިބި. އެހެންވީމަ ކޮބަ އިންސާފަކީ؟ ގިނަ ކުދިންތަކެއް ޑިސްކޮލިފަިކުރީ މިކުދިންނަށް ފުރުސަތު ދޭންވެގެންބާ؟

    33
    1