ދެ މަހުގެ ތުއްތު ކުއްޖަކާއި އެކު ނ. ލަންދޫގެ އެއް އާއިލާއެއްގެ ފަސް ކުޑަކުދިން ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އެކުދިން ޖެންޑާގެ ބެލުމުގެ ދަށަށް ގެންދަން ޖެންޑާގެ ޓީމެއް އިއްޔެ ވަނީ އެ ރަށަށް ގޮސްފައެވެ.

ޖެންޑާ މިނިސްޓްރީން ބުނ، އެ ކުދިންގެ މައިންބަފައިންގެ އަތުން އެ ކުދިންތައް ނަގައި އެ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދިޔައީ އެ ކުދިންނަށް ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުމަށް ކަމަށެވެ.

"ވަގުތު" އަށް އެގިފައިވާ ގޮތުގައި، ޖެންޑާގެ ބެލުމުގެ ދަށަށް ގެންދިޔަ އެ ކުދިންގެ އެ އާއިލާއަކީ އެހެން މީހެއްގެ ގޭގައި ދިރިއުޅެމުން އަންނަ ބައެކެވެ. އެ އާއިލާގެ ބައެއް ކުދިން ސްކޫލަށް ވެސް ނުފޮނުވައެވެ. އަދި ޖެންޑާގެ ބެލުމުގެ ދަށަށް ކުދިންތައް ގެންދިޔައީ ގޭގެ ސާފުތާހިރުކަމާއި ގޭތެރޭގެ އެހެން ކަންކަން ވެސް ހުރި ގޮތުން، އެތަނުގައި ކުޑަކުދިން ބައިތިއްބަން އެކަށީގެން ނުވުމުގެ ސަބަބުންނެވެ.

އެ ކުދިންގެ މައިންބަފައިންނަކީ ސިކުނޑީގެ އުނިކަމެއް ހުންނަ ބައެއްވެސް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދދދދދދ

    އަނގައިން ގެންދިޔައީ ދޯ؟ ކުދިން އުޅެމުންދަނީ ކުރިންވެސް އުޅުނުތާ ހަމަ އެއުޅުނު ގޮތަކަށް އެހެންނު. ހުރިހާ ކަމެއްވެސް ކަރަންޓް އަގުހެޔޮކުރި ގޮތަށް ނޫނީ ފަތިސް ނަމާދުން ސްކޫލް ފެށި ގޮތަށް ދަނީ.

    16
    4
  2. ނޫރު

    ދީނީ ނަޒަރަކުން ބަލާއިރު ބަޔެއްގެ ދަރިންތަކެއް މާހައުލު ނުސާފޭކިޔާފާ މައިންބަފައިންގެ ރުހުމްނެތި އެގޮތަށް ނެގޭތޯއެވެ...... އެގެޔަށް ޖެންޑާއިން ނޯކަރ ލީނަމަދޯ، ނުވަތަ އެމީހުންނަށް އުޅުވޭވަރުގެ ބޯހިޔާވަހިކަމެއް ދިންނަމަދޯ. ދަތި އުދަގޫ ހާލުގައި އުޅޭމީހުން ފުރަތަމަ ބަލާނީ ކުދިންގެ ބަނޑުފުރާނަ މުއްތިކުރަން.

    18
    3
  3. 3ނިރު

    ރަށްޔިތުން ލަދެއްނުގަނެ ތިތަން ބަލަން ތިބޭކަށް

    19
    1
  4. ޢަފްލާ

    މުސާރަ ދީފަ ކުދިން ބަލަން 2 ބަނގާޅީން ބޭތިއްބަސް ރަނގަޅުވާނެ

    8
    2
  5. ކްރިމިނަލް ޑިފެންސް ލޯޔަރ

    ތިގޮތަށް ނުނެގޭނެ! ފަގީރުހާލުގައި ގެންގުޅުމަކީ ކުށެއް ނޫން. އާއިލާއިން ބޭނުން ވެއްޖެނަމަ ހިލޭ ސާބަހަށް އެމީހުންގެ ދިފާޢުގައި ކޯޓުގައި ވަކާލާތު ކޮށްދޭނަން. މި ޕޯސްޓަށް ޖަވާބުދެއްވާ! ނޫނީ ގުޅޭނެ ގޮތެއް ހައްދަވައި ދެއްވާ!

    24
    1