ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށާއި، ނަމަވެސް ސަރުކާރު ހިނގާ ސްޕީޑާ މެދު ގޮތެއް ނިންމާނީ ރައްޔިތުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު، އިބްރާހީމް ހޫދު ވިދާޅުވެއްޖެއެވެ.

ސަރުކުރާރުގެ މަސައްކަތްތަކާ ގުޅޭގޮތުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޫދު ވިދާޅުވީ، މީގެ ކުރިން ގައުމު އޮތީ ސިޔާސީ ގޮތުން ވަރަށް ބިރުވެރި ހާލަތެއްގައި ކަމަށެވެ. އެގޮތުން ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެކުރިން ނޫސްތަކުން ފެންނަނީ ރާއްޖޭގައި އަނިޔާއާއި، ވައްކަމާއި ކޮރަޕްޝަން އަށަގެންފައިވާ މިންވަރުގެ ބޮޑުކަން ކަމަށް ހޫދު ފާހަގަކުރެއްވިއެވެ.

ނަމަވެސް މިހާރު އެ ހާލަތު ބަދަލުކޮށްފައިވާކަމަށް ހޫދު ވިދާޅުވިއެވެ.

ހޫދު ވިދާޅުވީ، ރައީސް ސޯލިހުގެ ސަރުކާރާއެކު ގައުމަށް ބޮޑު ބަދަލެއް އައިއިރު، މިސަރުކާރުގެ ސްޕީޑާ ގުޅޭ ގޮތުން އެއްޗެއް ބުނަން އެނގޭނީ ރައްޔިތުންނަށް ކަމަށެވެ.

"އަޅުގަނޑަކަށް ނޭނގެ ސްޕީޑް ދަންނަވާކަށް. ފާސްތްތޯ ސްލޯތޯ، އިންޓަމީޑިއެޓްތޯ ނުވަތަ ގޫގުލް ސްޕީޑްތޯ. އެނިންމަވާނީ ރައްޔިތުން. އަޅުގަނޑަށް އެނގޭކަމަކީ ބަދަލުތަކެއް އައިސްފިކަން. މިދިޔަ ހަމަސްދުވަސްތެރެގައި ޤައުމުގެ ހާލަތަށް ބޮޑު ބަދަލެއް އައިސްފި" ހޫދު ވިދާޅުވިއެވެ.

ހޫދު ވިދާޅުވީ، ވޭތުވެ ދިޔަ 10 އަހަރުދުވަހުގެ ތެރޭގައި ރާއްޖޭގެ އެއްވެސް ސަރުކާރަކަށް އެސަރުކާރެއްގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ފެށިފައިނުވާކަމަށެވެ.

ނަމަވެސް މި ސަރުކާރުން މިހާރު ވެސް ގިނަ މަސައްކަތްތަކެއްކޮށްފައިވާ ކަމަށް ހޫދު ވިދާޅުވިއެވެ. އެގޮތުން 117 ރަށެއްގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ޓެންޑަރ ކުރުމާއި، އެއްބަސްވުންތަކުގައި ސޮއިކުރުމުގެ އިތުރުން ޑިޒައިން ފޭސްގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށެވެ. އަދި އިތުރު 41 ރަށެއގައި ހިންގާ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފެށިފައިވާކަމަށް ހޫދު ވިދާޅުވިއެވެ.

"މިއީ މީގެ ކުރިން ވޭތުވެދިޔަ އެއްވެސް ސަރުކާރެއްގައި މި މަސައްކަތް ކުރެވުނު އަދަދަށް ވުރެ ފާސްޓު އަދަދެއް،" ހޫދު ވިދާޅުވިއެވެ.

ސަރުކާރުގެ ދުވެލި ރަނގަޅު ކަމަށް ސަރުކާރުން ބުނި ނަމަވެސް، އެމްޑީޕީގެ މެންބަރުން ވެސް ހިމެނޭ ގޮތައް ވަރަށް ގިނަ ބަޔަކު ގެންދަނީ ސަރުކާރުގެ ދުވެލި މަޑުކަމަށް ބުނެ ސަރުކާރަށް އެތައް ފާޑުކިޔުމެއް އަމާޒު ކުރަމުންނެވެ. އަދި ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތައް ލަސްކަމަށް ބުނެ ފާޑުކިޔާ ކިޔަމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ވަޑި

    ކަލޮއަށް ނުފެނޭތަ ޔާމިނުގެ ފުރަތަމަ ސަތޭކަ ދުވަސްތެރޭ ކުރިކަންތަށް. ރާއްޖޭގެ ކޮންމެރަށެއްގަ ބޭސްފިހާރަ ހަދާ ހިދުމަތްދިންތަށް. ޙަމަ އެކަނި ތިނަދުއަށް އަރާލިޔަސް ކަލޭ ކޮސްވާނެ ކޮށްފަހުރި މަސައްކަތް. ކަލޯމެން އެވަރަށް ދުޕާންކުރަމުން ދިޔައިރުވެސް. ޔާމިން ގެނެސްފަހުރިވަރުގެ އެންމެ މެގަ ޕްރޮޖެކްޓެއްގެ ވާހަކަ ކިޔާބަލަ.

    41
    • އަލިފް ހާ

      5 އަހަރު ވަންދެން މަޑުކޮއްބަލަ

      2
      2
      • ދޮންބެ

        5 އަހަރުވަންދެން މަޑުވެސް ކުރެވިދާނެ. އެކަމަކު އެކަމަކު ސަރުކާރަށް އުނދަގޫ ކުރާނެ ހިންޔެއްވެސް މިހާރުނެތްއިރު ކުރެވޭ މަސައްކަތް މަމަދު، ޔާމީނަށް ހަތަރުފަޅިން ހަމަލާ ދެމުން ދިޔައިރު ކުރިމަސައްކަތަށްވުރެ. މީ ހަގީގަތް. ޔާމީނު ބަޔަކަށް އަނިޔާވެރިވެވުނީވެސް ވެރިކަން ބޭނުންވެގެން ވެރިކަން ވައްޓާލަން ބަޔަކު ނުކުތުމުން. މިހާރު ތިންބާރު އެއްވެ ރަސްކަމެއް ކުރާއިރު ވާކަމެއް ހަރާމް.

  2. ހަސަން

    ރައީސް އިބޫ އައި ފަހުން ވަރަަށް ދަތި ހާލުގައި މިއުޅެނީ. 7 މަސް ވެގެން ދިޔަ އިރުވެސް ބޮޑު އެއްކަމެއް ވެސް ނެތް ކޮއްދީފައެ

  3. Aneeka

    މަމެންނަކަށް އަދި ނުފެނޭ ކަމުދާ ކަމެއް ކުރެވުނު ތަނެއް ފަހުންވާނެގޮތެއް ނޭނގެ އާނ! މަޖްލިސް ހިތަކަށް ލިބި ހަސަދަ ތައް ފިލުވަމުން ދާތަން ފެންނަނީ ސަރުކާ ރުގެ މިނިސްޓަރުންވެސް އަމިއްލައޮފީހަށް ހާޒިރުކޮށް ސަރުކާރުގެ ހައިބަތު ނަގާލާ ތަން ފެނިގެން ދަނީ ތިބުނާ ނާސްތާއެއް ދިނުން އެކަނި ކުރެވުނު ކަމަކީ މާރޗް މަހު އިބޫބުނި ތިޔަބައިމީހުންގެ ހޮޅުއަށި ޖަލްސާއެއްގަ ކަރަންޓް އަގުހެޔޮ ކޮއްފީމޭ ދުވަސްކޮޅެއް ފަހުން ކަމާބެހޭ އިދާރާއިން ބުނީ ރަމަޟާންމަހު ލިބޭބިލް ކުޑަވާނެޔޭ މަމެން ހީކުރީ ކަރަންޓްގެ އަގުހެކޮށް ބިލް ލިބޭނެ ކަމަށް އެކަމަކު ބިލް ހަދާފަވަނީ ހަމަ ކުރީގެ ރޭޓުން މިކަހަލަ އޮޅުވާލުން ތަކެއް އޮޅުވާލަމުން ތިޔަދަނީ ހޫދުމެން އަގަފޭނުކޮށް ތިބިއްޔާ ރަގަޅުވާނީ

  4. ޖަޒީ

    ވަރަށް ދައް. ވަރަށް ސާފު. ދައްކާނެ އިތުރު ވާހަކައެއްނެތް.

  5. އަފީ

    އިބުރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް އައި ފަހުން ބަދަލްތަކެއް އައިސްފި އައިބަދަލް ތަކަކީ

    1. ރައީސް މީހާ އަބަދު ސެލްފީ ނެގުމުގައި
    2. ދައުލަތުން 1.8 ބިލިއަން ރުފިޔާއަށް ވީނުވީ އެއް ނޭގުނު
    3. ދައުލަތުގެ ރިޒާވް އޮތީ އަޑި އަޅާލާފައި
    4. ދައުލަތުން ލޯނު ދެއްކުމަށް ހެދިފައިވާ ސޮވެރައިޒިންގ ފަންޑް އަޑިއަށް ގޮސްފި
    5. ޕާޓީގެ އެކްޓިވިސްޓުނަށް ބޮޑެތި އަދަދުތަކުން މާލިއްޔާއިން ފައިސާ ދޭން ހުކުމް ކޮށްފި
    6. ކަރަންޓްބިލް ދެ ގުނަ ކޮށް ދީފި
    7. ޕެންސަން ފަންޑް ގައި ހުރި ފައިސާ 33 އަހަރު ވަންދެން ސަރުކާރަށް ދީފި
    8. ލޯނު ނުނަގަނަމޭ ބުނެ ބޮޑެތި ލޯނުތައް ނަގަން ފަށައިފި
    9. އިންޑިއާ ސިފައި ގައުމުގައި ތިބުމުގެ ފުރުސަތު ހުޅުވާލައިފި
    10. ދިހެހީންގެ މަސްކަނޑުތައް ސެކިއުރިޓީ ކުރުމުގެ ނަމުގައި އިންޑިއާ އަށް ދީފި
    11. މިގައުމުގެ މިނިވަންކަން ނަގާލުމަށް ރާޑަރު ސިސްޓަމް ބެހެއްޓުމަށް އިންޑިއާއަށް ދީފި
    12. މިގައުމުގެ ސިފައިންނަކީ ގަމާރުން ކަމަށް ހަދައިފި
    13. ދިވެހި އެތަށް ބައެއް ވަޒީފާއިން ވަކިކޮށްފި
    14. ކޯޓްތަކަށް ބިރުދައްކަން ފަށައިފި
    15. ލޯނުގެ އެހީގައި ކުރިއަރަމުން އައި ކުދި ވިޔަފާރިތައް ހުއްޓިއްޖެ
    16. އިންޑިއާގެ އަޅުވެތިކަމަށް ގައުމު ގޮސް ނިމިއްޖެ
    17. ހިގަމުން ދިޔަ ބޮޑު ބިޔަ ޕްރޮޖެކްޓް ތައް ހުއްޓިއްޖެ
    18. ގައުމުގެ އިގްތިސާދީ ހުރިހާ މަސައްކަތެއް ހުއްޓިފައި
    19. ކުރިއަށް އޮތް 3 އަހަރު ގައުމުގެ ކުރިއެރުން ވަޅުވަދެފި
    20. އާއިލީ ވެރިކަމެއް ފައްޓަވައިފި
    21. އިސްލާމް ދީނާ ދުރު ބައެއް އެދޭގޮތަށް ގައުމު ބިނަކުރުވައިފި
    22. ރައްޔިތުން ބިކަ ކޮށްފި
    23. ކުރެވުނު އެއްވެސް މަސައްކަތެއް ފެންނާކަށް ނެތް
    24. ގައުމުގެ ހާލަތު ބަދަލްކޮށްފި
    25. އަމިއްލަޔަށް ކަރަން ފައިން އަރާފި

  6. ތައްހާނު

    މީ އަނެއްކާ ބީރު މަންމަން ސޮރެއްބާ މީނައަށް ނުއިވޭތަ ރައްޔިތުން ދައްކަމުން މިއަންނަ ވާހަކަތައް ހޫދޫދޫދޫދޫދޫދޫ

  7. ރީމާ

    ބަލަގަ މިހާރު ހުރި ނޫސްތަކަކީ މުޅިންވެސް ވަގުސަރުކރުގެ މުށުތެރޭގައި ހުރި އެއްޗެތި! ސަންގު ، ރާއްޖެއޮންލައިން، ، މިހާރު ، އައްޑޫއޮންލައިން މިހެން ކިޔނޭކަމެއްނެތް. ޓީވީތައް ހުރީވެސް ވަގުސަރުކާރުގެ މުށުތެރޭގައި . ސަންގުޓީވީ ، ކާލިޓީވީ ވީޓީވީ، ޓީވީއެމް ، ޕީއެސްއެމް. ދެން ކިހިނެއް ސަރުކާރުން ހިންގާ ޖަރީމާތައް ކިޔާނީ؟ މަށަށް އެގޭކަމަކީ 7 މަސްތެރޭގައި 1.6 ބިލިޔަން ރުފިޔާއިން ދަރަނިވެރިވެއްޖެކަމާ 1.8 ބިލިޔަންރުފިޔަ ގެއްލިއްޖެކަމާ ދައުލަތުގެ ރިޟާވް ހުސްވަކަމާ ، އާމުދަނީއެއްލިބޭނޭ މަސައްކަތެއް އަލަށް ނުފައްޓާކަމާ ، ޢާއިލާގެ މީހުންނަށްދީ ދައުލަތް ދަވަލަމުންދާކަމާ ، ރައްޔިތުން ހަނާވަމުންދާކަން. ދެން އަލުން އެ އަގަތައް ފޮކި މީހުން އެތިބީ އިސްމަގާމުތަކުގައ. އަގަ ކޮފިިދާނެ!

  8. ބުރޯ

    ކުރިން ހިންގަމުން އައި މަސްރޫއު ތައް ހުއްޓުވާލުމުން މިހާރު މިވަނީ އެއްވެސް ކަމެއް ނުފެށިފަ.މިހާރު ތިޔަ އުޅެނީ ހުއްޓުވާފަ ހުރި މަސްރޫއުތައްވެސް ނުފެއްޓިގެން .މަސްރޫއުތައް ހުއްޓުވާލުމުގެ ސަބަބުން ބޭރުގެ އެހީތެރިކަން ލިބުންވަނީ ހުއްޓިފަ . މިހާރު ބޭރުގެ އިންވެސްޓަރުން މިރާއްޖެއަސް އިތުބާރެއްނުކުރޭ.

  9. ރައްޔިތުން

    "ނޫސްތަކުން ފެންނަނީ ރާއްޖޭގައި އަނިޔާއާއި، ވައްކަމާއި ކޮރަޕްޝަން އަށަގެންފައިވާ މިންވަރުގެ ބޮޑުކަން ކަމަށް ހޫދު ފާހަގަކުރެއްވިއެވެ."

    ރާއްޖެ ޓީވީން ތި ޙަބަރު ތައް އަންނަނީ..

  10. ނޫސްކިޔާމީހާ

    ތިބުނީ ތެދެއް. ބަދަލު އައި ކުޑަކޮށެއްނޫން، މުޅިޤައުމުގެ އިޤްތިޞާދު ދަށަށް ގޮއްސި، ޤައުމުގައި ކުރިއަރަމުން ހުރީސިނާއަތް ހުޓިއްޖެ، ފެށިފަހުރި ހުރިހާ ޕުރޮޖެކްޓެއް ހުއްޓިއްޖޭބުންނަސް ދޮގަކަންނުވާނެ. އެމީހުންނަން ކުރިން ގޯސްވި ހުރިހާކަމެއް މިއަދު ރަގަނޅުވެއްޖެ. އެހެންވީމާ ކިތައްމެ ރަނގަޅަކަށްވެސް ބަދަލު އައިއްސި.

  11. ބޯލަބޭ

    ޙޫދޫ ދޮގުކިޔެވީ ކޮންތާކުންތަ، ދެއުޅިއެއްނުވާ ވާކަހަ ނުދައްކަބަލަ
    ގައިމު ވައްކަމާ ފޭރުން ގިނަ ވެއްޖެދީނަށް ފރައްސާރަކުރުން ގިނަވެއްޖެ
    ޑެޑު ސްލޯ

  12. އަހުމަދު

    މީނާ ސިޔާސީ ވެފައި ހުރި ވަރުން ބޭންކް އޮފް މޯލްޑިވްސް އައި ޖަމުއިއްޔާއަކާއި ދެމެދު ވެފައިވާ އެއްބަސް ވުމުގެ ދަށުން ބޭންކް އިން ދޭންޖެހޭ ފައިސާއެއް ނުލިބެގެން ގުޅުމުން ދިން ޖަވާބަކީ އެއީ ކުރީ ސަރުކާރުގެ އިރުގައި ހިނގި ކަމެކޭ އެކަމެއް ނުވާނެއޭ... ބޭންކް އޮފް މޯލްޑިވްސް އެއީ ސަރުކަރުގެ އޮފީހެއްތަ އޭރު މީނާ އަދި މިމަގާމަށް ރައީސް އައްޔަނެއް ނުކުރޭ... މީނާ ތިޔަ ނޫސް ކޮންފަރެންސް ގައި ދެއްކިވާހަކައިންވެސް ނޫސް ވެރިއަަކަށް ނުކެރުނު ރަނގަޅު ސުވާލެއް ކޮށްލާކަށް / ތަފާސް ހިސާބުން އެހެރީ ފެންނަން ކުރީ ސަރުކަރުގެ 100 ދުވަހު ކުރި ކަންތައް ބަންދު ދުވަސް ކަނޑާފައެއް ނޫންކަންކުރީކީ

  13. އަޒާ

    ސްޕީޑް 0.00 ގަ، މިއީ ދިވެހި ރައްޔިތެއް..

  14. ޣެރީ

    komiCanq ސަރުކާރު

  15. ދޮންބެ

    ސަރުކާރުގެ ސްޕީޑް ބަލާ ކޮމިޝަންއެއް އުފެއްދުން ވަރަށް މުހިންމު. އަދި ސަރުކާރުގެ މުއައްސަސާތަކަށް ސްޕީޑް ބަލާ ޑިވައިސް ސަޕްލައި ކުރުމަށްޓަކާ "ސްޕީޑް ޑިވައިސް ސަޕްލައި އެންޑް ޑިސްޓްރިބިއުޓް ކޮމްޕެނީ ލިމިޓެޑް" ކިޔާ ކުންފުންޏެއް އުފެއްދުންވެސް ވަރަށް ވަރަށް މުހިންމު.

  16. ކުރުވާހަކަ

    ގައުމުގައި އޮތް އަމާންކަމާ އޮމާންކަން އޮތީ އެކަންކަން ނަގާލަން ތިބި އެންމެން މިހާރު ސަރުކާރާ މަޖްލިހުގަ ތިބީމަ. ކޮރަޕްޝަނޭ އަދި ނުގޮވަނީ އެއްވެސް މަޝްރޫއެއް ފަށައިގެން ނުގެންދާތީ. މީހުން ހައްޔަރުނުކުރަނީ އިދިކޮޅުގައި ހައްޔަރުކުރާނެ މީހަކު ނެތިފަ އަދި ހައްޔަރުކުރަން ބޭނުންވާ މީހާއާމެދު ހެކި ނެތީމަ. ބޭއިންސާފޭ ނުގޮވަނީ ބޭއިންސާފުން އަމިއްލަ ސަރުކާރުން ކަންކަން ކުރާތީ. މަގުތައް ހަލަބޮލިނުވަނީ އިދިކޮޅުގައި ތިބި މީހުން ބަސްއަހާތީ. ކުރިއަށް ގެންގޮސް ނިންމި ގިނަ ކަންކަމަކީ ކުރީ ސަރުކާރުން މުޅިންހެން ނިންމާފަ ހުރި ކަންކަން. އެންމެ މުހިއްމު ކަންތައް ކަމަށްވާ ބޯހިޔާވަހިކަމާ ބެހޭ ގޮތުން ކުރެވުނު އެއްވެސް ކަމެއް ނެތް، ހެދިފަ ހުރި ތަންތަންވެސް ތަޅާލުން ފިޔަވައި. ވާރލްޑް ބޭންކުން އިގްތިސާދީ ދުވެލި ދައްވާނެ ކަމަށް ލަފާކުރާއިރުވެސް ހޫދު ތިހެން ހެވިފަ ހުރުމުން ދެން ކަންބޮޑުވާން ހަނދާން ނެތިއްޖެ.

  17. ޢަދުޜޭ

    އަފިހުނެއް ކައިގެން ކަނަކު ޢިޝާނަމާދަށް ދާހެން މި ސަރުކާރު މި ދަނީ މީ ރައްޔިތުން ބުނަން ބޭނުން ވާހަކަ އަކީ