ބްރޯޑްކާސްޓިން ކޮމިޝަންގެ ނައިބް ރައީސްކަމުން އިސްމާއިލް ސޮފްވާާން އިސްތިއުފާދެއްވައިފިއެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން ސޮފްވާން އިސްތިއުފާދެއްވާފައި ވަނީ ނައިބް ރައީސްގެ މަގާމުންނެވެ. އޭނާ އެ ކޮމިޝަންގެ މެންބަރު ކަމުން އިސްތިއުފާދެއްވާފައެއް ނުވެއެވެ.

ސޮފްވާން ބްރޯޑްކޮމްގެ ނައިބް ރައީސްއަކަށް އައްޔަނު ކުރެވުނީ 2018 ވަނަ އަހަރުގެ މާރިޗު މަހުގެ 12 ވަނަ ދުވަހު އެވެ.

އޭނާއަކީ ރާއްޖޭގެ މީޑިއާތައް ހިންގުމުގެ މިނިވަންކަމާއި ހަމަހަމަކަން ޤާއިމްކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

ބްރޯޑްކޮމްއަކީ ޤާނޫނީ ގޮތުން ރާއްޖޭގައި ބްރޯޑްކާސްޓުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ބާރު ލިބިދީފައިވާ ފަރާތެވެ.