މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބ. އޭދަފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ބ. ކަމަދޫން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ކަމަދޫގެ ދެ ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ މީހަކާއި 25 އަހަރުގެ މީހެއްގެ އިތުރުން 26 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެއް ކަމަށެވެ. މި ހަތަރު މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.

މި މީހުން ހައްޔަރުކޮށްފައިވަނީ ކަމަދޫ އަށް މަސްތުވާތަކެތި އެތެރެކޮށް މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ރޭ 01:00 ހާއިރު ހިންގި އޮޕަރޭޝަނެއްގައެވެ.

އަދި އެމީހުން ހައްޔަރު ކޮށް، އެމީހުން ދިރިއުޅޭ ގެ ކޯޓުއަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު މަސްތުވާ އެއްޗެއްހުރި 230 ކަރުދާސްކޮޅާއި މަސްތުވާ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓު ފެނިފައިވެއެވެ.

ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ދަނީ މިމައްސަލަ ތަޙުޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މާމިގިލީ މީހާ

    ސިޑޭގެ ގެއަކީ ހަމަ ތިޔަ ވިޔަފާރި ގަދަޔަށް ކުރާ. ގެއެއް. ތިޔަ ހައްޔަރު ކުރީ ސިޑޭގެ ގުރޫޕް ގަނޑު. ސަހަރާ ކުރިމަތީ ހުރި ގެ.